ސުޕްރީމް ކޯޓުގެ ލަފައަކީ ތުންމެޓައެއް ކަހަލަ ލަފައެއްްކަމަށް ޤަބޫލުކުރައްވާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބު މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލަސްކޮށްފައިވާއިރު، ޖޫން 3 އަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ޤާނުނު އަސާސީ އިސްލާހުކުުރުމާއި މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް މަޖިލީހުން ވަނީ އެދިލައްވާފައެވެ.

އަދި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނު އަސާސީއަށް މާއްދާއެއް އިތުރުކޮށް ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައި ވަނީ ގާނޫނުއަސާސީ އިސްލާހުކުރަން މިހާރު ހުށަހަޅާފައިިވާ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސްގެން، ނުވަތަ ގާނޫނު އަސާސީގެ 231 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައިގެން ޤާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ކަމަށެވެ.

އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމަނާ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކުރުމަށް ވެސް އެ ލަފާގައި ވެއެވެ.

މިރޭ މަޖިލީހުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެއީ ހުރިހާ ފަރާތެއްވެސް ރުއްސާލެވޭނެ ލަފައެއްކަމަށާ، އެ ލަފާއިން ކައުންސިލަރުންގެ ދައުރު ދިގުދަންމާލުމަށް ހައްލެއް ލިބޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"ސުޕްރީމްކޯޓުގެ ރައުޔަކީވެސް އަޅުގަނޑު ދެކޭގޮތުގައި ހަމަ ތުންމެޓައެއް ކަހަލަ ހުރިހާ ފަރާތެއްވެސް ރުއްސާލަން ދެވޭކަހަލަ ރަނގަޅު އަދި މީގެ ފަރުވާއެއްް ލިބޭނެ ކަހަލަ ކަމެއްކަމަށް ފާހަގަކުރެވޭ. ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދެމިއަ އެޅި ކަނޑިއެއް ދެވިފައި އެ އޮތީ. ދެ ފެކްޝަނަށް ވެސް ވަރަށް ރަނގަަޅަށް ފަހިވާކަހަލަ ގޮތަކަށް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ." އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ދެ ފެކްޝަންގެ ގޮތުގައި އިޝާރާތް ކުރެއްވީ، ޤާނޫނު އަސާސީ އިސްލާހުކުރުމާއި މެދު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ މެދުގައި ޚިޔާލް ތަފާތުވެފައި ވާތީ އެކަމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޤާނޫނު އަސާސީ އިސްލާހް ކުރަން ބޭނުން ވަނީ ރައީސް ޞާލިހްގެ ފެކްޝަނުންނެވެ. ނަމަވެސް ޤާނޫނު އަސާސީ އިސްލާހް ނުކޮށް، ޤާނޫނަކުން ހައްލެއް ހޯދަން ބޭނުން ވަނީ ރައީސް ނަޝީދުގެ ފެކްޝަނުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޤާނޫނު އަސާސީ އަށް އިސްލާހު ގެންނަ އިރު ވިސްނަން ޖެހޭ ގިނަ ކަންކަން އެބަހުރިކަމަށެވެ. އެހެންނަމަވެސް މިހާރު ކުރާ މަސައްކަތުން ރަނގަޅު އިސްލާހެއް ލިބޭނެ ކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނާދިރާ

    ތިޔަ ބުނާ ތަނަކީވެސް ތުންމެޓައެއްތަ؟

  2. އަލްޖިބްރާ

    ޔާމީނުގެ ވެރިކަމުގަ ކަލޭގެ ބާރު އޮތްއިރު ޤާނޫނުތަށް އެގޮތް މިގޮތަށް ބަދަލުކޮށް ހުރިހާބާރެއް ޔާމީނުގެ މުށުތެރެއަށްލާ ނުވިތާކަށް މަޖްލިސް މެންމްބަރުން ފާރުމަތިން އުކަލީ ކާކު ކޮންކަހަލަ ތުންމެޓައެއް ކަލެއަށް ދީގެންތަ ؟ ލަދުކުޑަ !

    5
    18
    • އަލްޖިބުރާ ކޮށްކޮ

      ބޭބެ އައީ ބާރު ލިބުނީމަ އިންސާފު ގާއިމުކުރަން ނޫންތަ... ދެން އެމްޑީޕީގެ އެކި ޙަރަކާތްތަކުގަމެކި ފަސްބައިގަ ދަބަރުޖަހާފަ ތިބި ބަޔަކު ސްޕްރީމް ކޯޓަށް ވައްދައިގެން ކޮން ޔާމީނެކޭ ކިޔާކަށް...

      7
      2
  3. ބަރުގޮނު

    އެމް.ޑީ.ޕީ ސަރުކާރުން ހުށަހެޅި ހުށަހެޅުމަކާ ހަމަ އެމް.ޑީ.ޕީ މެމްބަރުންތަކެއް ދެކޮޅުހެދުމަކީ އެހެން ކަންތައްގަޑެއް ފަރުދާގެ އަނެއްފަރާތުގައި ފޮރުވާގެން ތިބެ ކުޅޭ ކުޅިގަޑެއް. "ކެތްނުކުރެވޭނެ" ކަމަށް އެބުނާ ކަލޭގެ މިކަމުގެ މުގުލުގައި ހުންނާނެކަން ހަމަ ކަށަވަރު.

  4. ޓ

    ވާވާ. އާދަނާ. ކިޔާ މިސާލްހޭ. "ތުންމެޓާ" ޖަވާބްނެހީ.

    1
    4
  5. ބޭޗާރާ

    ތިޔައީ ތުންމެޓާ މަޖިލީހެއް. ކިތައް ކިތައް ބިލް ތުންމެޓާ ޖައްސައިގެން ފާސްކޮށްފައިވޭތޯ ބަލާބަލަ. ތި މަޖިލީހުގައި ގިނަވާނީ ތުންމެޓައަކަށް ވޯޓު ދޭނެ ކުދިން. ބައެއް ކުދިން ބޭނުންވާނީ ބޮޑެތި ތުންމެޓާ.

    6
    1
  6. ކަނުބީރު ވަގުންގެ ހަރާންސަރުކާރު

    އޯތް އޯތް ޖަނަވާރު ތަކެއްހެއް އުޅެއްޏާ ފާރުމަތިން ވެސް އުކަންޖެހޭނެ އަދި ފުރާޅުމަތިން ވެސް އުކަން ޖެހޭފަހަރު އައިސްދާނެ އިންސާނުން ނާއި ޖަނަވާރުން ނާއި ވަރަށްތަފާތުވާނެ ކަލޯ މެނަކަށް އެކަމެއް ނޭނގޭދޯ ރައީސްޔާމީން އާއި އެއްފެންވަރަށް ދުވަހަކު ވެސް ކަލޯމެނަކަށް ނާދެވޭނެ ރައީސް ޔާމީން އާއި އަޅާކިޔާއިރު ކަލޯމެންތީ އަށްޗަކަ ޗަކަޗާޑި ދެންއަތްޖަހާ ރައީސްޔާމީން ޖަލަށްލާ ފައި ވައްކަން ކުރުން ނޫންކަމެއް ނުކުރޭ ކަމެއް ނުކުރެވުނީމަ ކުރަންނުއެގުނީމަ ކާޅު ތަކެއްހެ ކާ ކާ ތިލައްވަނީ ލަދެ ހަޔާތެއް ހުރި ބައެއްނަމަ މިއަދު ތިބޭނީ ބޮލާފޮށާ އަޅައިގެން ދެންވެސް ކާއް ނުލައްވައި ރައްޔަތުން ނަށް ކޮށްދޭން ވައުދުވި ކަންތައް ކޮށްދެވޭތޯ އުޅުނިއްޔާ މާތާހިރުވާނެ މިއަދު ތިރީނދޫ ލާދީނީ ބައިގަނޑަށް ވޯޓު ދިން ގިނަމީހުން ތިބީ ލަދުން ބޮލާފޮށާ އެޅިގެން އަދިވެސް ކަމެއްނުކޮށް ލާރިތައް ބަޑުއެޅޭތޯބަލާ އަނގަ އޮތީޔަކާ ކާޅެއްނުކަނެ!

  7. ރީ

    އާދަމް ޝަރީފު ފަހާ ދުވުނަކަސް 100 ދުވަހުން ފުއްދަން ބުނި ވަޢުދު ތަކެއް ނުފުއްދޭނެ 5 އަހަރު ނުނިމެނީސް ރައްޔަތު ގުބޯހައްދައިގެން ވިވަޢުދުތައް ފުއްދޭތޯ ބަލާބަލަ!

  8. ބޮޑުހުޅު ޖަމުޢިއްޔާ!

    ތީ 100 ގެ ވާހަކައެއް! ތުންމެޓާ ބޯކުދިން ކޮޅެއް އެތާ އެބަތިބި!

  9. ފަހާދުވުން

    މިފަސްއަހަރުގައި ވަޢުދަކާ ވަޢުދެއް އިދިކޮޅު މީހުން ފަހާދުވުން އެވެސް ވަޢުދެއް!