ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި އެއްވެސް ކުންފުންޏަކަށް ނުލިބޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ޝިފާ ވިދާޅުވީ، މުޅި މާލޭގައި ހިންގާ ހުރިހާ ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމަކީ އެ ކައުންސިލްގެ ބޭނުން ކަމަށާއި، ވިހާވެސް ފުޅާދާއިރާއެއްގައި މުޅި ސިޓީގައި ވިޔަފާރި ކުރާ ފަރާތްތައް ދެނެގަންނަން ބޭނުންވާ ކަމަށެވެ.

"މިހެން ދަންނަވާއިރުގައިވެސް އަޅުގަނޑުމެންނަށް އެބަ އިނގޭ ވަރަށް ގިނަ ވިޔަފާރިތަަކަކީ ރަޖިސްޓަރ ވެފައި ހުރި ތަންތަންކަން، އެހެން ނަމަވެސް އެ ވިޔަފާރިތަކުގެ ތެރޭގައި ޝާމިލްވަނީ ކޮން މުވައްޒަފުންނެއް ކަމާއި، އަދި ބިދޭސީންގެ ގޮތުގައި މަސައްކަތް ކުރަނީ ކޮން ކޮން ބައެއްކަން މި ހާލަތުގައި އަޅުގަނޑުމެން ދެނެގަންނަން ޖެހޭ" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، ކޮންސްޓްރަކްޝަންސް މަސައްކަތް ކުރުމަށާއި، އެހެނިހެން ބޭނުންތަކަށް ހުއްދައަށް އެދި ހުށަހަޅާއިރު އެ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ކޮން ބައެއްކަން ޕޯޓަލް މެދުވެރިކޮށް އަންގައިދޭން ޖެހޭނެ ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ކޮންމެ ވިޔަފާރިއެއްގައިވެސް ތިބޭފުޅުން ހުރިހާ މައުލޫމާތެއް ވީ އެންމެ ރަނގަޅަކަށް އެ ޕޯޓަލް ފީޑްކޮށް ދެއްވުން، އަދި ކުންފުންޏެއްނަމަ އެ ކުންފުންޏެއް ރެޖިސްޓަރ ކުރެއްވިއިރު ތިޔަބޭފުޅުންނަށް ލިބިވަޑައިގެންނެވި ނަމްބަރު އެންޓަރ ކޮށްދެއްވަން އެބަ ޖެހިވަޑައިގަންނަވާ، އަދި ވެހިކަލެއް ނަމަވެސް، އެއިރުން އެ މައުލޫމާތު އެއްފަހަރާ ފުލުހުންނަށް ލިބިވަޑައިގަންނަވާނެ". ޝިފާ ވިދާޅުވިއެވެ.

ޝިފާ ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެވުނު ނަމަވެސް، މިގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ.

ޝިފާ ވިދާޅުވީ، މިހާރުވެސް ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ގިނަ ބިދޭސީންތަކެއް އެބަ ހުރިކަމަށާއި، ގަވާއިދާއި ހިލާފަށް ބިދޭސީން ލައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ ކަމަށެވެ.

"ގަވާއިދާއި ހިލާފަށް، ހުއްދަ ނުލިބޭ ބިދޭސީން، އިލީގަލް ވޯކާސުންނަކަށް ހަގީގަތުގައި ކުންފުނިތަކުން ނަގައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް ކުރިއަށް އޮތްތަނުގައި ނޯންނާނެ". ޝިފާ ވިދާޅުވިއެވެ.

ޝިފާ ވަނީ މިހާރު ރަޖިސްޓަރކޮށްފައި ތިބި ފަރާތްތަތައް ހޯދައިގެން ކުންފުނިތަކުގައި މަސައްކަތް ކުރުމަށް ބާރު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ. އެ މައްސަލަ ހައްލު ކުރަން ހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކޮށްފައި ވެއެވެ. މި ސަރުކާރުންވެސް އެފަދަ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ހަރަކާތްތަކެއް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޒާ

    ކަލޭ ހުއްދަ ދިނީވިއްޔާތަ ކުރެވޭނީ؟ ތިމާއަށް ބެލެހެއްޓޭވަަރުގެ ވާހަކަ ދައްކާ ބަލަ.

    17
    2
  2. ސިފާ

    އިހައްޤަވާއިދު ބާއްވަން ވީނޫންތޯ. ޡދިވެހިން އިހަށް އަނގަޔާއަތާ ދިމާވޭތޯ ބަލަންވީ. ޙަމަޔަކަސް އެޅުނީމަ ބިދޭސީންގެ ބައި ގެންދަވާނީ. މިހާރު ތިކަމުގަ ހިފައިގަތީމަ ވަރަށް ދެރަވާ އެންމެނަށްވެސް.

    8
    6
  3. ޑައެލޯގް

    ކިހިނެއް ހައްލުކުރާނީ ބިދޭސީން ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކުރަން އުޅެއުޅެ ރިޝްވަތުނުދީ ރަޖިސްޓްރީއެއްނުވޭ

    23
    1
  4. އެޖެންޓް 19

    ތިޔަހެން ވިދާޅުވިޔަކަސް ތިޔާކަން ވާނެބާ މީރާގެ ގާނޫނު ވަރައް އިޙްލާސްތެރިކަމާ ކަމައް ކަމޭ ހިތައިގެން ކުރައްވާ ރުފިޔާނަގަންވީމާ އެހެންވީމާ ހަމަ އެގޮތައް އިމްގްރޭޝަން ގާނޫނު ނުހިންގެނީ ކީއްވެގެންތޯ

    12
  5. Anonymous

    ޝިފާ ކަލޭ ދެން މަހަށް ދޭ.

    15
    1
  6. އައްމަޑޭސަމީރު

    ދިވެހިން ގޮވަމުންމިދަނީ ގަވާއިދާޚިލާފަށް
    އުޅޭބޭރުމީހުން ދިވެހިރާއްޖެއިން ބޭރުކޮށް
    ދިވެހިންނާ ދިވެހިރާއްޖޭގެ މަސްއޫލިއްޔަތާ ޒިންމާ ހަވާލްކޮއްދޭށޭ .
    އަދި މުސްތަޤުބަލުގަ ޤަވާއިދާޚިލާފަށް ބޭރުމީހުންނަށް ރާއްޖޭގައި ނޫޅެވޭނެ ގޮތަކަށް ސަރުކާރުން ޤައުމުގެ ދުސްތޫރު
    ބައްޓަންކޮށް އެކަންބަލަހައްޓާށޭ .
    ރައްޔިތުންގެއަތުން އެކިއެކި ނަންނަމުގައި
    ޓެކުސް ނަގައި ރައްޓެހިންނަށް ބަހާލައި
    ޤައުމު ބޮއްސުންލިޔަނުދޭށޭ .

    21
  7. އަލިބެ

    މިގައުމަކީ ބަންގާޅީންގެތަނެއް ހުރިހާ ކުދިފިހާރަތއްހިންގަނީ ބަންގާޅިން ހުރިހާވަޒީފާތަކުގައިވެސް ބަންގާޅުން

  8. ބޭޗާރާ

    ތިޔަ ބުނީ ދެން ނުލިބޭނެއޭ. އެހެންވީމާ ތިޔަ ތިބީ އެކަހަލަ އެތައް ބަޔަކަށް ހުއްދަދީގެން ދޯ. ތިމާމެން ރުހޭ މީހުންނަށް ހުއްދަ ދީ ނިމުނީމާ މި ބުނަނީ ދެން ނުލިބޭނެއޭ. ކިހާ ސަޅި. މީ މިމީހުންގެ ހަމަ ހުންނަ ގޮތަކީ. ބޭނުންވާ ހުރިހާ ކަމެއް ކޮށްފައި ނިމުނީމާ ދެން މީގެ ފަހުން ނުކުރެވޭނެއޭ މިބުނަނީ. ނޫނޭވާ އެބަހުރި ދުނިޔޭގައި އުޅެން ދަސްވެފައި.

  9. އައިއޭ

    އާންމުހާލަތުގައި ނުވި ކަންކަން މިހާރު؟

  10. ޖޯން

    ތިމާއަށް ނުވާވަރުގެ ވާހަކަ ނުދައްކާތިބިއްޔާ އިތުރަށް ފަލީހަތްނުވާނީ. ތިޔަބަންގާޅިން ހުޅުމާލޭގައި އެތިބައުޅެނީ މަސްދޯނިފަހަރު ގަނެގެން ޙުޅުމާލެފަދަތަންތަނުގައި އަމިއްލަފިހާރަހުޅުވާލައިގެން. ރަތްކުލާގެ ބޯޑެއްގައި އިނގިރޭސިން ޑާކާ ޓްރޭޑާސް ޖަހާލައިގެން ތިބެ ވިޔަފާރިއެކޮށްލަނީ ގަވާއިދާހިލާފައްއުޅޭ ބަންގާޅިން. ކަމަނާއަށް ލިޔަންކިޔަން އެނގޭތޯ.

  11. މޯދީ

    އޭ ކަނބުލޯ - އަޅުގަނޑުމެން ރެގިއުލޭޓް ކުރަން ހުށަ ހަޅާފަ ތިބި މީހުންނަށް ކަމަނަ ތަ މުސާރަ ދެނީ ! އަޅެ ބުނެބަލަ މާލޭގެ މޭގަނޑާ

  12. އުދަލި

    އަޅެ ބުނެބަލަ ކަނބުލޮ ތަ އެމީހުންނަށް ކާންދެނީ