ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދަށް ދީފައިވާ ލުއިތަކާއިވެސް އެއްވެސް މީހަކަށް މަސް މާރުކޭޓަށް މަސް ގަންނަން ދާން ހުއްދައެއް ނުދޭނެ ކަމަށާއި، ނަމަވެސް މަސް ޑެލިވަރީ ކުރުމުގެ ހިދުމަތް ދެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ދުވަސްވަރު މަސް މާރުކޭޓް ބޭނުން ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ މަސްވެރިންނަށް ދަތިތަކެއް ވަމުން އަންނާތީއެވެ. މަސްވެރިންނަށް އަލުން މަސްމާރުކޭޓް ބޭނުން ކުރެވޭނެ ގޮތް ހެދީ މި މަހުގެ ކުރީކޮޅު އެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާ ވިދާޅުވީ، މަސް މާރުކޭޓުގައި މަސް ގަތުމަށް ހުއްދަ ނުލިބޭ ކަމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފައިވާ ހުއްދާގައި ވަނީ މަސް ޑެލިވަރީ ކޮށްދިނުމަށް ކަމަށެވެ.

"އެއްގޮތަކަށްވެސް މަސް ގަންނަން މާރުކޭޓުގެ ސަރަހައްދު ކައިރިއަށް ދިއުމަކަށެއް އަދިއެއް އަސްލު ފުރުސަތެއް ހުޅުވާލެވިފައެއް ނެތް، މި ދެވޭ ކުޑަކުޑަ ފުރުސަތުގެ ތެރޭގައިވެސް". ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، މާރު ކޭޓު ސަރަހައްދުގައި އެހާ މީހުން ބޮޑިވެ އުޅުމަކީ މިވަގުތުވެސް ރަނގަޅުކަމަކަށް ނުވާ ކަމަށެވެ.

"ގައިދުރުކަން ބެހެއްޓުމަކީ މުހިންމު ކަމެއް، އެހެންވީމަ މަސް މާރުކޭޓުން މަސް ވިއްކުމަށްޓަަކައި ހަމައްސާފައި މި އޮތީ ޑެލިވަރީއަށް މުޅިން ދިއުމަށް، އެހެންވީމަ އެގޮތަށް ރައްޔިތުންގެވެސް އަމަލުތައް ބަހައްޓާދެއްވުމަކީ ހުރިހާ އެންމެންވެސް ރައްކަލަކަށްޓަކައި މިވަގުތު މުހިންމު ކަމެއް". ޝިފާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައި

    ދެދުވަހު އެކައްޗެއް ނުކިޔާތި..

  2. ސީޑީ

    ތި ޑެލިވަރީކުރާ މަސް ގިނަފަހަރު ކެވޭވަރަށްވުރެ ހާލުދެރަކޮށް ހުންނަނީ. ގުޅާލީމަ ބުނާނެ ތާޒާ މަސްކަމަށް، ލިބިގެން ރަނގަޅަށް ޗެކްކޮށްލާއިރު އެތައްދުވަހެއް އައިސްކޮށްފައި ބައްހައްޓާފައިވާ މަސް ބޭނުންކުރެވޭވަރަށްވުރެ ހާލުދެރަކޮށް ހުނަނަނީ...ނިމިދިޔަ ރޯދަމަހުވެސް ޑެލިވަރީން ލިބޭ މަސް ހުންނަނީ މިހާލަތުގަ...އަގުބޮޑުކޮށް ގަނަނަ މަސްކޮޅޮ ޖެހެނީ އުކާލަން..

  3. ހިޔާލު1

    މަސްގަންނަ ހުއްދަ އެއްފަހަ ރާ މަދުބަޔަކަށްދެއްވާނި އެއި ރުން. ރަގަޅެއްނުން.

  4. މޯދީ

    މަސް ގަންނަން މާރުކޭޓަށް ދާން ހުއްދައެއް ނެތް، ޑެލިވަރީ ހިދުމަތް ދެވޭނެ. ކޮންމެއް ގޭބީސިއަކުން 3 މީހުންނަށް ކޮންމެއް ދުވަހަކު 2 ގަޑިއިރު ބޭނުންތަނަކަށް ދާން އެބަ ހުއްދަދެވޭ! ހެދިފައިވާ ޤަވާޢިދުތަކަށް އެބަ ފުށުއަރާ.... އިސްލާކޮށް ދެއްވުމަށް އެދި ވަރަށް އަދަބުވެރިކަމާއެކު ދަންނަވަން.