ދެކުނު އޭޝިއާ ސަރަޙައްދުން ފަސްވަނައަށް އެންމެ ގިނަ ބަޔަކު، ކޮވިޑް-19 އަށް ފައްސިވީ ޤައުމަކަށް އަނެއްކާވެސް ރާއްޖެ ވެއްޖެއެވެ.

މީގެ ކުރިންވެސް މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމެއްގެ ގޮތުގައި އޮންނަތާ ގިނަ ދުވަސްތަކެއްވީ ފަހުން، ހަވަނައަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޤައުމަކަށް ރާއްޖެ ވެފައި ވަނީ ރޭގައެވެ.

އެހެން ނަމަވެސް މިރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއެކު، ކުރިން ފަސްވަނައިގައި އޮތް ސްރީލަންކާ އަށްވުރެ ބަލީގެ ވޭދަނަ (ކޭސް) ރާއްޖެއިން ވަނީ އިތުރުވެފައެވެ. ލަންކާއިން މިހާތަނަށް ބަލި ޖެހިފައިވަނީ 1558 މީހަކަށެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ ޖުމްލަ 1591 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 1037 ބިދޭސީންނާއި 554 ދިވެހިންނެވެ.

މި ސަރަޙައްދުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އިންޑިއާއަށެވެ. އިންޑިއާއިން އެކަނިވެސް މިހާތަނަށް ޖުމްލަ 173,491 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އެޤައުމަކީ މުޅި ދުނިޔެއިން ވެސް 9 ވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމެވެ. މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހިގެން 4,980 މީހަކު މަރުވެފައި ވާއިރު، އެޤައުމުގައި ބަލީގެ ނުރައްކާ ބޮޑުވެ، ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ދެކުނު އޭޝިއާއިން ދެވަނައަށް އެންމެ ގިނަ ވޭދަނަ ފެންމަތިވި ޤައުމެއްގެ ގޮތުގައި ޕާކިސްތާން އޮތްއިރު، އެޤައުމުން 64,028 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ބަންގްލަދޭޝް އިން މިހާތަނަށް 42,844 މީހަކަށް ބަލި ޖެހިފައި ވެއެވެ. ހަތަރުވަނައަށް މި ސަރަޙައްދުން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އަފްޣާނިސްތާނުންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 13,659 މީހަކަށް ބަލި ޖެހިފައި ވެއެވެ.

މި ސަރަޙައްދުން ހަތްވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ ނޭޕާލުންނެވެ. އެޤައުމުން މިހާތަނަށް ބަލި ޖެހުނީ 1,212 މީހަކަށެވެ. އަދި މި ސަރަޙައްދުން އެންމެ މަދު ވޭދަނަ ފެންމަތިވި ބޫޓާނުން މި ބަލި ޖެހިފައި ވަނީ 31 މީހަކަށެވެ.

ދެކުނު އޭޝިއާ ސަރަޙައްދުން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމަކަށް ރާއްޖެ މިރޭ ވެގެންދިޔައިރު، މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 232 މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިހާތަނަށް 232 މީހަކު ރަނގަޅުވެފައިވާއިރު، ފަސް މީހަކު ނިޔާވެފައި ވެއެވެ. ރާއްޖެއިން މި ބަލީގައި ނިޔާވީ، އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސީދީ

    ޓިޔަ އަޅުވާކިޔަނީ މިލިޔަނުން އާބާދީ ގުނޭ ޤައުމުތަކާ. 6 ލައްކައިން ދަށުގެ އާބާދީ މުޅި ދުނިޔެއެިން 3 ވަނައިގަ ދިވެހިރާއްޖެ. ކޮމެންތު ޖަހާނެބާ؟

    • Anonymous

      ރަން މެޑައްޔަށް (ޔައްނީ 1ވަނަ) ހެޗްޕީއޭ އިން އެ އުންމީދު ކުރައްވަނީ

  2. ާރޯޒް

    ނިސްބަތުންނޭ ކީނަމަ ދޯ

  3. އަމީދު

    މިލިބެނީ ހަމަ ހުސް ކުރިއެރުން އެހެންނުން އެޗްޕީއޭ.

  4. ކޮތަރު

    އަޅުވާކިޔުމަކީ ދެޖިންސުގެ ދެމީހުން ލޯބީގެގޮތުން ގުޅިގެން އުޅޭކަމަށް ހަދައިގެން، އެދެމީހުންގެ އެފަދަ ގުޅުމެއްނެތީސް އެދެމީހުންނާއި ދިމާއަށް ނުވަތަ އޭގެ ތެރެއިން އެކަކާއި ދިމާލަށް ކިޔާ ކިޔުމަށް ކިޔާ ނަމެއް. އެކަތި އަނެކައްޗާއި ހުރި ތަފާތު ނުވަތަ އެއްގޮތް ކަން ބަޔާން ކުރުމަށް ބުނެއުޅޭނީ އަޅާކިޔުމޭ. ބުނެވިދާނެ މިސާލަކަށް މިކަމުގައި ލަންކާ އާއި ދިވެހިރާއްޖެ އާއި މިކަމުގައި އަޅާކިޔޭނީ ކިހިނެއްހޭ.

  5. ކޮތަރު

    ކޮވިޑް-19 މުބާރާތުގައި އެއްމެ ގާތުން ވާދަކުރަނީ ދިވެހިރާއްޖެ އާއި ސްރީލަންކާ.