ރޭ ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި 44 މީހުންގެ ތެރޭގައި ހަތް މަހުގެ ދިވެހި ފިރިހެން ކުއްޖަކު ހިމެނޭކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ މައުލޫމާތުން ދައްކައިފިއެވެ.

ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ މައުލޫމާތައް ބަލާއިރު ހަތް މަހުގެ ކުއްޖަކީ "އެމްޑީޖީ" ނަމަކަށް ކިޔާ ކްލަސްޓާ އަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކްލަސްޓާ އިން 33 އަހަރުގެ އަންހެނަކު ވެސް ރޭ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އެ ކްލަސްޓާގައި އިތުރު އެއްވެސް މީހަކު ދެން ނުހިމެނެއެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ދިހަ އަހަރުން ދަށުގެ 51 ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާތަނަށް ރާއްޖެ އިން 1591 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، 24 ގަޑިއިރުގެ ތެރޭގައި 78 މީހަކު ރާއްޖެ އިން ވަނީ ފައްސިވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އެގޮތުން 1037 ބިދޭސީން ރާއްޖެއިން ވަނީ ފައްސިވެފައެވެ. މިހާރު ރާއްޖެ އިން ފައްސިވި ދިވެހިންގެ އަދަދު ވަނީ 554 އަށް އަރާފައެވެ. ވަކިވަކި ގައުމުތަކުގެ މީހުންނަށް ބަލާއިރު ރާއްޖެ އިން ފައްސިވި ގިނަ މީހުން ނިސްބަތްވަނީ ބަންގްލަދޭޝް އަށެވެ. ތެރެއިން ބަންގްލަދޭޝް އިން 835 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އިންޑިއާގެ 517 މީހަކު މިހާތަނަށް ރާއްޖެ އިން ފައްސިވެފައި ވެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ނުދިޔަ ނަމަވެސް އިއްޔެ އިން ފެށިގެން ވަނީ މާލޭގެ ފުރަބަންދަށް ވަނީ ބައެއް ލުއިތައް ދޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު