ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ ވެސް މާލޭގެ ތޮއްޖެހުން އިތުރުވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސީޓީގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވީނިއުސްއަށް ވިދާޅުވީ މާލެއަކީ ތޮއްޖެހިފައިވާ ތަނެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ ހައިރާންވާވަރުގެ ކަމެއް ކަމަށެވެ.

"މާލޭގެ މަގުމައްޗަށް ހިނގާފައި ނުކުތަސް އަދި ދުއްވާއެއްޗެއްގައި ނުކުތަސް ދާން ބޭނުންވާ ތާކަށް ދެވެނީ ވަރަށް ގިނަ އިރުން މަގުމަތީގައި އެހާ ކާރޫބާރޫ ބޮޑު " ސަމާއު ވިދާޅުވިއެވެ.

ސަމާއު ވިދާޅުވީ މާލެ ތޮއްޖެހެނީ އަތޮޅުތަކުގެ ރައްޔިތުންނަށް މާލެ އަންނަން މަޖުބޫރުވާތީ ކަމަށެވެ.މާލޭގައި މީހުން ދިރިއުޅެމުންދަނީ ވަރަށް ދަތިހާލުގައި ކަމަށް ވެސް ސަމާއު ވިދާޅުވިއެވެ.

މާލެ ވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި ކަމަށާއި ވޭތުވެދިޔަ ހަތަރުފަސް ވަރަަކަށް އަހަރު މާލެއަށް ހިޖުރަކުރި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

"ބޭސްފަރުވާއާއި ތައުލީމާއި ވަޒީފާ ލިބެން އޮތީ މާލެ އައިސްގެން ކަމަށާއި ރަށްރަށުން މީހުން މާލެ އަންނަނީ އިތުރު ގޮތެއް ނެތިގެން "ސަމާއު ވިދާޅުވިއެވެ.

ސަމާއު ވިދާޅުވީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ޖެހެނީ ޑީކޮންޖެސްޝަން ޕްލޭނެއް އެކުލަވާލުމަށް ކަމަށެވެ. އެގޮތުން ފަހުގެ ތާރީޚެއްގައި ހެދުނު އެފަދަ އެންމެ ރަގަޅު ޕްލޭނަކީ އެމްޑީޕީ ސަރުކާރު ދުވަސްވަރު އެކުލަވާލެވުނު ވެށިފަހި މާލެ ޕްރޮގްރާމް ކަމަށް ވެސް ސަމާއު ވިދާޅުވިއެވެ.

" ޑިއުޓީ ބަހައިގެން ނިދާ ގޭގެ އެބަހުރި. އަޅުގަނޑުވެސް ހަމަ ކޮސްވި މާލެ ތޮއްނުޖެހޭ ކަމަށް ވިދާޅުވީމަ. އަޅުގަނޑު ދިރިއުޅޭ ސަރަހައްދުގައި އެއްގޭގައި އެބައުޅޭ ވ.އަތޮޅު ރަށެއްގެ ރައްޔިތުން. 100 އަށްވުރެ ގިނަ މީހުން އެބައުޅޭ އެއްގޭގައި " ސަމާއު ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ އެއީ ހަމައެކަނި ފްލެޓު ދިނުމަށް އެކުލަވައިލެވުނު ޕްރޮގްރާމެއް ނޫން ކަމަށާއި އެއީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ޒަމާނީ ސިޓީއަކަށް ތަރައްގީ ކުރުމުގެ މަގުސަދުގައި ހެދިފައިވާ ޕްލޭނެއް ކަމަށެވެ.

މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވަނީ މޮޓޯކޭޑްގައި ދަތުރުކުރައްވާ ރައީސަކަށް މާލޭގެ ހާލަތު ފެނިވަޑައިނުގަންނަވާނެ ކަމަށާއި މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ހާލު ރައީސަށް ކުޑަކޮށްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާއްޖެ

    މާލޭގެ ހާލަތާ ބެހޭގޮތުން ޚިޔށލް ފާޅުކުރަން
    ސިޓީކައުންސިލް ނުފުދޭ އުވާލަން ޖެހޭ ބޭނުމެއްނެތްތަނެއް

  2. ޙަފްޞާ / މާލެ

    މާލޭސިޓީގެ ކުނިގޮޑުތައްވީ އިތުރުތަ؟ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތް!

  3. ހުސޭނުބޭ

    އެހެންވިއްޔާ މަގުމަތީގައި ސަޓާ އަޅާފައި ހުރިހައި "ތޮއް" ތައް ސިޓީ ކައުންސިލަށް ނަގައި.

  4. އަޒޫ

    ހަމަ ޔަގީނުންވެސް މާލޭގެ ތޮއްޖެހުން މިސަރުކާރު އައިފަހުން އެތައް ތަނެއް ރަގަޅު. މަގުމަތީގަ ޓްރެފިކްްގަ ޖެހިގެން ތިބުން ވަރަށް ބޮޑުތަން ކުޑަކުރެވިއްޖެ. ރަގަޅުކަންތައްތަކެއް ހުއްޓަސް ދެކެން ބޭނުންނުވަންޏަކާ ނުފެންނާނެ.

  5. އަޒޫ

    އަޖާއިބެއްނު. ސަމާއު ބުނަން ވާހަކައެއް. މާލޭގަ ބުރިބުރިއަށް ނަގާފަ ހުންނަ ގޭގޭގަ 100 މީޙުން އުޅުނަސް އަހަރެމެން ކަންބޮޑެއްނުވޭ. ޙައިރާނެއްވެސް ނުވޭ. ޢަހަރެންގޭގަ ވެސް އުޅޭ 22 މީހުން. ޢަހަރެން އުޅެނީ އަތޮޅުތެރޭ ރަށެއްގަ. ޢަނެއްކާ އަހަރެންގެ ހުންނަނީ މަތިމައްޗަށް ނަގާފައެއްވެސް ނޫން .

  6. ޙަފްޞާ / މާލެ

    ތިޔަތިބީ މާލޭސިޓީކައުންސިލް ގާތްގަނޑަކަށް އެއްކޮށްދީފަ! މިހާތަނަށް މާލެސިޓީގެ ތަރައްޤިއަށް ނުވަތަ މި ސިޓީގެ ރައްޔިތުންގެ ފަސޭހަޔަށް ތިޔަ ކައުންސިލުން ކޮށްދިން އެއްމެކަމެއްވެސް ބުނެބަލަ! ފިތުނަފަސާދައުފައްދާފަ އޭގެ އަގު ދައުލަތުން މުސާރާގެގޮތުގަ ނެގުންނޫންކަމެއް ނެތް! ކުރާނޭކަމެއްވެސް ނެތް! ކަލޭމެނަށް ނުކުރެvުނު މެއް ރައީސް ޔާމީންވަނީ ކޮށް ނިންމފަ! ގޮނޑިހޫނުކުރަންތިބޭ!