ށ. ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓު ބިލް، ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ ދައްކަވައިފިއެވެ.
ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓު ބިލް ރިޒާާ ދެއްކެވި އިރު، އެ ރަށަކީ ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވި ރަށެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ރަށުން 11 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.
ނަރުދޫ ކައުންސިލުން ވިދާޅުވީ ރިޒާ، އެ ރަށުގެ 87 ގެއެއްގެ ކަރަންޓު ބިލް ދައްކަވާފައިވާ ކަމަށެވެ. ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓު ބިލާ ރިޒާ ހަވާލުވެވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.
ނަރުދު އަށް މާލެއިން ދަތުރު ކުރި ބޯޓެއްގެ ކައްޕިއެއް ކޮވިޑް-19 އަށް ފައްސިވުމާ އެކު ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން އެ ރަށުގައި ދިރިއުޅޭ ގިނަ ބައެއްގެ ސުންކު ނެގިއެވެ. ނަމަވެސް 11 މީހުން ފިޔަވައި އެންމެން ވެސް ވަނީ ބައްޔަށް ނައްސިވެފައެވެ.
ނަރުދޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ނަރުދޫ މޮނިޓަރިންގެ ހާލަތުގައި އޮތުމުން، އެ ރަށް ކައިރީގައި އޮންނަ ފުނަދޫ އާއި ގޮއިދޫ އާއި އެހެން ބައެއް ރަށްރަށުންނާއި ކުންފުނިތަކުންނާއި ޖަމިއްޔާތަކުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ވެލާ ރިސޯޓުން ވެސް ވަނީ އެ ރަށަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.ވެލާ ރިސޯޓުގު ފަރާތުން އެ ރަށަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 3000 މާސްކާއި 3000 އަންގި އާއި 110 ޕީޕީއީ ސެޓް އަދި 2500 ޕެނެޑޯލް ކާޑު ހިމެނެއެވެ.
ހާދަ ރަނގަޅޭ، ތިބާއަށް މާތްﷲ ހެޔޮ ރަޙުމަތް ލައްވާށި.
ތީގެ ފައިދާ އޮތީ މުންސަދިންނަށް. މިދުވަސްކޮޅަކީ ސަރުކާރުން ކަރަންޓު އަގުހެޔޮކޮށްފަވާ ދުވަސްކޮޅެއް. އައިދައިގެ މީހާގެ ކަރަންޓުބިލަށްއެރީ -/8ރ
ހޭބަލިވެފަތަ ތިހިރީ
ސިޔާސީ އުކުޅެއް ޖަހާލީނު. ދެން ނަރުދޫ ރައްޔިތުން އަޅީ ރިޒާ ދައްކައިދިން ކަރަންޓު ބިލުން ސަލާމަތެއް ނުވާނެ. ތިޔަ "ދަރަނި" އުމުރު ދުވަހުވެސް އަދާ ކޮށްދީ ނުނިމޭނެ! ބަލަން ތިބެބަލަ މި ނޫން ގޮތެއްވޭތޯ؟
އެހެން ބޭފުޅުންނަށް ރަނގަޅު މިސާލެއް ﷲ ތިބާއަށް ހެޔޮ ރަޚްމަތް ލައްވާ ފާފަތައް ފުއްސަވާށި
އެހެން ބޭފުޅުންނަށް ރަނގަޅު މިސާލެއް ﷲ ތިބާއަށް ހެޔޮ ރަޚްމަތް ލައްވާށި
19
ކޮބާހޭ ކެންދޫ ދާއިރާގެ ނަޒާހަތްތެރި މެންބަރު މިދާއިރަގެ ރަށަކަށް މާސްކްގަނޑެއްހާ ހިސާބުވެސް ފޯރުކޮށްލަ ނުދިން ދޮތައެވެ އެއީ ނަޒާހަތްތެރިވީމަ ވީގޮތެއްދެއްތޯ ؟
ދާއިރާދެކެ ލޯބިވާ ދައިރިއެއް ހޮވަންވީދޯ، ނެކްސްޓައިމް، ބައިބާއި އައްޔާ
ނަރުދޫ ރައްޔިތުން ދެން ތިދަރަނި ދައްކާނުނިމޭނެ
އެއީ ކިހާ ވަރެއް ތޯ އެވެ ؟
ތީވާ މެންބަރުން. ރ އަތޮޅުގެ ކޮންމެވެސްވދާއިރާއެއްގެ މެންބަރެއްގެ ގާތު ކަމަކު ބުނުމުން ދައްކަނީ އެކައުންޓް ބެލެންސް ކަމަށް ވަނީ.
ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓު ބިލް މެމްބަރު އަލީ ރިޒާ ދެއްކިއިރު ފީވައް އަދި މިލަންދޫގެ ކަރަންޓް ބިލް ނުދެއްކީ ކީއްވެގެންތޯ؟
ސަދަގާތް ކުރުމަކީ ވަރަށް މާތް ކަމެކެވެ. އެކަމަކު މި ގޮތަށް ހުރިހާ އެންމެންގެ ކަރަންޓް ބިލް ދެއްކުމުގެ ބަދަލުގައި ނިކަމެތިންނަށް ބޭސްކޮށް ނިކަމެތިންނަށް ވަކި ރަށެއް ހާއްސަ ނުކޮށް ކާކުކަން ނޭންގޭ ގޮތަށް އެހީވުމަކީ ކަންކުރަންޖެހޭނެ އެންމެ ރަގަޅު ގޮތް ކަމަށް ދެކެެމެވެ. ދުނިޔޭގެ ގިނަ މުޖްތައުތަކުގައި މިގޮތަށް މީހަކު ފައިސާ ދޭން އުޅޭނަމަ އެމީހުން އޮފެންޑްވާނެތީ އެޒާތުގެ ކަމެއް ކުރާކަށް ނޫޅޭނެއެވެ. އެމީހުން ބޭނުންވާނީ އެމީހުންގެ އަމިއްލަ މަސައްކަތުން ފައިސާ ހޯދާ ދިރި ތިބޭށެވެ. ޒަމާނުއްސުރެ މިރާއްޖެ އަކީ މިޒާތުގެ ކަންކަމަށް ތަރުހީބުދޭ ބައެއްކަން ފާހަގަ ކުރެވެއެވެ. މިޝަޤާފަތް ބަދަލުވާނެބާއޭ ހިތަށް އަރައެެވެ މިހާރުގެ ތައުލީމީ ޒުވާނުން މިފަދަ އެހީތަކަށް ތަރްހީބުދޭބާވައެވެ.
ގުރައިދޫގެ ގޭގެބިލްތައްވެސް ދައްކާފިޔޯ
މާތް ރަސްކަލާނގެ މަގުގައި ކުރާ ހޭދަޔަކީ ގެއްލިގެންދާ އެއްޗެއް ނޫން.. އެއީ ހަގީގީ ފައިދާ.. ވަރައް އުފާކޮއްފިން...
ކޮބާހޭ ކ.ގުރައިދޫ ދާއިރާގެ ނަޒާހަތްތެރި މެންބަރު މިދާއިރަގެ ރަށަކަށް މާސްކްގަނޑެއްހާ ހިސާބުވެސް ފޯރުކޮށްލަ ނުދިން ދޮތައެވެ އެއީ ނަޒާހަތްތެރިވީމަ ވީގޮތެއްދެއްތޯ؟
ހައުދަހައި ރަންގަޅައޭ ދީދެން ރިޒާ... ސޯބެއަށް އެވަ ރޮ ކަމަކަސް ނިވެއި ލޮލް