ގުޅީފަޅު ހިއްކުމުގެ މައްސަލައިގައި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ދިން އިރުޝާދަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އަމަލު ނުކުރެއްވި މައްސަލަ ހޫނުވެ، ނައީމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިންޒާރު ދެއްވައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ދެއްވި އިރުޝާދާ އެއްގޮތަށް އަމަލު ނުކުރުމުން އޭނާގެ މަޤާމް ދަށް ކުރަން ނުވަތަ، ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމަށް، ލިޔުމުން ނައީމަށް ދީފައިވާ އިންޒާރުގައިވެއެވެ.

މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަޖުވަދު މުސްތަފާ ސޮއިކުރައްވައި ނައީމަށް ފޮނުއްވާފައިވާ އިންޒާރުގެ ލިޔުމުގައި ވާގޮތުން ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެރަށް ހިއްކަމުން ދާތީ އެ ސަރަހައްދުގެ ތިމާވެށްޓަށް ނޭދެވޭ އަސަރުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން ދިއުމާއި ގުޅިގެން ނައީމް އަށް ޑރ.ނަސީރު ވަނީ ވަޓްސް އެޕް ގްރޫޕް މެދުވެރިކޮށް އިރުޝާދުތަކެއް ދެއްވާފައެވެ. އަދި އެ އިރުޝާދަށް އަމަލުކުރަން ނައީމް ވަނީ އިންކާރުކުރައްވާފައެެވެ.

ނައީމަށް ފޮނުވި ލިޔުމުގައި އިތުރަށް ވަނީ ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ނަސީރަކީ އީޕީއޭގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި އީޕީއޭގެ ވެރިންނަށް ލަފާ އެރުވުމުގެ ގޮތުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު، ކަނޑައަޅުއްވާފައިވާ ސިޔާސީ އެންމެ އިސް މުވައްޒަފުކަމަށް ވާއިރު ނަސީރު، ވަކިކަމެއް ވަކިގޮތަށް ކުރުމަށް ލަފާ އެރުވުމުން ޤާނޫނާއި ޚިލާފް ނުވާ ކަންކަން ކުރުމަށް އިންކާރުކުރުމަކީ ނައީމަށް އޮތް އިހުތިޔާރެއް ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން ނައީމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޕީއެސް އަޖުވަދު މުސްތަފާ ވިދާޅުވީ ނައީމަށް އިންޒާރު ދިން ކަމަށް ބުނެ ދެކެވެނީ ތެދު ވާހަކައެއް ކަމަށެވެ. އެހެންނަމަވެސް އެއީ މުވައްޒަފާއި އެ ވުޒާރާ އާއި މެދު ދެމެދު ހިނގާފައިވާ ކަމަކަށް ވާތީ އެކަމުގެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ލިޔުންތައް ލީކުކޮށްލުމުން ކަންބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ސިވިލް ސާވިސް ގަވާއިދު 2014 ގެ އިސްލާހީ ފިޔަވަޅު އެޅުމާ ބެހޭ ޗެޕްޓަރުގެ ދަށުން ވަޒީފާގެ ކުށުގެ ދަރަޖަ 2 އަށް ފެތޭ ކުށެއް. އެއީ ގުޅީފަޅުގެ މައްސަލަތޯ ނޫންތޯވެސް އަޅުގަނޑަށް ހާމަކުރެވެން ނެތް އެއީ ސިއްރު މައުލޫމާތަކަށް ވީމަ. ވަަރަށް ދެރަ ކަމެއް އެ މައުލޫމާތު މީޑިއާ އަށް ލީކުކުރުމަކީ. އެއީ އޭނާގެ ޕަރސަނަލް ފައިލްގައި އޮންނަން ޖެހޭ މައުލޫމާތެއް." އަޖްވަދު ވިދާޅުވިއެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންތޯ ވަރަށް ކައިން ބަލަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ބުނެފައެވެ.

ގުޅީފަޅު ހިއްކުމުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެތަނުގެ ވަށައިގެންވާ ފަރުތަކަށް ބޮޑެތި ގެއްލުން ވަމުންދާކަމަށް ބުނެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން ރައްޔިތުންގެ މަޖިލީހާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    އެއުޅެނީ އެއްޗެކޭމީއްޗެކޭ ކިޔައިގެން ކެނެރީގޭ ނަޝީދުގެ ގާތްމީހުން ތިތަނަށް ލާންވެގެންނެވެ. ބަލަ ނައީމަކީ އެތައްޒަމާނެއްވަންދެން މަސައްކަތްކޮށް ތަޖުރިބާލިބިފަހުރިބޭފުޅެއް އަދި ނަސީރަކީވެސް ތަޖުރިބާލިބިފައިވާ ބޭފުޅެއް ނަމަވެސް ނަސީރު އަންނިގެ އޮފީހުން މިކަމަށް ބަޔާނެއް ނެރުނީމަ އެއުޅެނީ މިހާރު