މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ވައިރަހަށް ވެކްސިނެއް އުފެއްދިއްޖެ ނަމަ އެ ވެކްސިނެއް ދުނިޔޭގެ ހުރިހާ ގައުމަކަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އިއްޔެ ސްވިޒްލޭންޑްގެ ޖެނީވާގައި ވާރޗުއަލްކޮށް ބޭއްވުނު ސޮލިޑަރިޓީ ކޯލް ޓު އެކްޝަން ގައި ދިވެހިރާއްޖެ ތަމްސީލް ކުރެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ވެކްސިނެއް އުފެްދިއްޖެ ކަމުގައިވާނަމަ އެ ވެކްސިނެއް ދުނިޔޭގެ ބޮޑެތި ތަރައްގީވެފައިވާ ގައުމުތަކަށް ފޯރުކޮށްދޭ އުދޫލުން ރާއްޖެ ފަދަ ކުދި ގައުމުތަކަށްވެސް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަމީން ވަނީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާ، ކޮވިޑް-19 އަށް ވެކްސިންއެއް ތައްޔާރު ކުރެވިއްޖެނަމަ، ތަރައްޤީ ވެފައިވާ ޤައުމުތަކާއި ވަޞީލަތްތައް މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެފަދަ ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށްވެސް ފަރުވާ ނުވަތަ ވެކްސިން ލިބެންވާނެކަމަށް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ، މިކަމުން އަރައިގަނެވޭނީ ހަމައެކަނި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންބަދަހިކޮށް އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދީގެންކަމުގައެވެ. އަދި މި ކޯލް ޓު އެކްޝަންގައި މިހާތަނަށް ބައިވެރިވެފައިވާ 34 ޤަޢުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި، ބައްދަލުވުމުގައި އެކަމަށް ތާއީދުކޮށް ހުރިހާ ޤައުމުތަކަކުން ގުޅިގެން ހެލްތު ޓެކްނޮލޮޖީ ގެ ބޭނުން ހިފޭނެގޮތްހެދުމަށާއި މައުލުމާތު ބަދަލުކޮށް ކޮވިޑް19ގެ ކަންކަމުގައި އެއްޤައުމުން އަނެއްޤައުމަށް އެއްބާރުލުންދިނުމަށް މިނިސްޓަރ ޢަބްދުﷲ އަމީން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މި ސޮލިޑަރިޓީ ކޯލް ޓު އެކްޝަން ގައި ދިވެހިރާއްޖެއިން ބައިވެރިވާނޭކަމަށް މިނިސްޓަރ ވަނީ މިއަދުގެ ކޮންފަރެސްގައި ދެއްވި ސްޓޭޓްމަންޓްގައި ފާހަގަކުރައްވާފައެވެ.

މި ސޮލިޑަރިޓީ ކޯލް ޓު އެކްޝަންއަކީ ކޮސްޓަރިކާއިން އިސްނަގައިގެން ޑަބްލިޔު.އެޗް.އޯއާއި އެކު ކޯވިޑް-19ގެ ކަންކަމުގައި ހެލްތް ޓެކްނޮލޮޖީސްގެ ގްލޯބަލް ރިސޯސް ޕޫލްއެއް އެކުލަވާލައި، އެއަށް ހުރިހާ ޤައުމުތަކަށް އެކްސެސްވެވޭނެ ގޮތަކަށް ހެދުމަށް ގޮލާވާ ގޮވާލުމެކެވެ. މ މި ކޯލް ޓު އެކްޝަންގައި ޤައުމުތަކުގެ ބޮޑުވަޒީރުންނާއި، ސިއްޙަތާއިބެހޭ ވަޒީރުންނާ ދުނިޔޭގެ ސިއްޙީ ދާއިރާ އަދި ފަންނީ އެހެން ދާއިރާތަކުގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލ ކުއްޖާ

    ކަލޯ އަމީނޫ! ކަލޯ ނުކުމެ ރައީސް ޔާމީނަށް ނިސްބަތްކޮށް އަވަގުރާނަ ގޮވައިދިނީމާ ކަލޯއަށް ދީފައި އޮތް މަޤާމެއް ތިޔައީ! މީހާގައި ޤާބިލްކަމެއް ހުރެގެނެއްނޫން!

    6
    2
  2. ނުކުތާ

    އަމީނު ތެހެން ބެނިމެއި ބާކިން ދޭނެއްޔާ؟؟؟

  3. އަހްމަދު

    އަހަރުމެންނާ އަހަރެމެން ގެ ދަރިން ގަޔަށް ތި ވިހަތައް ޖަހާކަށް ބޭނުމެއް ނޫނެވެ.

  4. ޖަޒީރާ

    ޙިނި އައްނަނީ މީޓަރުތައް ގޮވާކޮސް ރައްރަޝައް ފުރަން ދާމީހުން ދެންފުރޭނީ ފާހާނާކުރި ތަޝީގެ ސައިޒު ފޮނުވީމައޭބުނޭ .