މިހާރު ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތާއެކުވެސް، މިއަހަރުގެ އަމާޒަކަށް ވާނީ ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރާނެކަމަށާއި، އެއީ ނުވާނެ ކަމެއް ނޫން ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރެވިގެން ޖުލައި މަސް ތެރޭގައި ބޯޑަރު ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަރުކާރުން އަންނަނީ ވިދާޅުވަމުންނެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ، ޖުލައި މަހު ގިނަ ގައުމުތަކުގެ ބޯޑަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ރާއްޖެއަށް އަލުބް ފަތުރުވެރިން ގެނައުމަށްޓަކައި އެ މިނިސްޓްރީން އެމްއެމްޕީއާރުސީއާއިއެކު ފަތުރުވެރިކަމުގެ މުޅި އިންޑަސްޓްރީ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އަޒުމަކީ މަސައްކަތްކޮށްގެން އިރާދަކުރެއްވިއްޔާ ޓާގެޓެއް އޮވެގެން ފަތުރުވެރިން މި އަހަރުވެސް އިތުރަށް ގެނައުން، އެންމެ ވޯސްޓް ކޭސް ސިނާރިއޯއެއްގައި ރާއްޖޭގެ ފޯކާސްޓުގެ ސިނާރިއޯއެއް އެއީ އެއްވެސް ފަތުރުވެރިއަކު ނާންނާނެ، އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް އިރާދަކުރެއްވިއްޔާ ކުރާނީ މިއަހަރު ނިމޭއިރު އެއް މިލިއަން މާރކް އަޅުގަނޑުމެންނަށް ރީޗްކުރެވޭތޯ. އެއީ ވަރަށް އެފިޝެންޓް ޓާގެޓެއް، އެހެންނަމަވެސް އަޅުގަނޑު ދެކޭގޮތުގައި ފަތުރުވެރިކަން ފަށައިގަނެގެން ވަރުގަދަ މަސައްކަތެއް ކުރެވިއްޖިއްޔާ ނުވެދާނެ ކަމެއްނޫން އެއީ." އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، މިގޮތަށް ދެންނެވި ނަމަވެސް، ރައްކާތެރިކަން އިސްކޮށް ފަހަތަށް ޖެހެން ޖެހިއްޖެނަމަ ފަހަތަށް ޖެހޭނެ ކަމަށެވެ. އަދި ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް އޮތުމަކީ އަމާޒު ކަމަށް އަލީ ވަހޯދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަތުރުވެރިކަން ހުޅުވާލުމުން އެ މަސް ތެރޭގައި އެއްފަހަރާ މީހުން ނާންނާނެ ކަމަށާއި،އެހެން ނަމަވެސް އޮކްޓޯބަރު މަހާއި ހަމައަށް ދާއިރު ފަތުރުވެރިކަން ރަނގަޅުވަމުން އަންނާނެ ކަަމަށެވެ.
އަލީ ވަހީދު ވަނީ ޓުއަރިޒަމް މިނިސްޓްރީގެ ގައިޑްލައިން ރަނގަޅު އިސްލާހުތަކަކާއެކު ފަހު މަރުހަލާތަކަކަށް ގޮސްފައިވާ ކަންވެސް ހާމަކޮށްފައެވެ. އަދި އެ ގައިޑްލައިނާއި މެދު ހިޔާލު ފާޅު ކުރުުމަށް ހުރިހާ ރިސޯޓްތަކަށްވެސް ފުރުސަތު ހުޅުވާލިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަދި އެންމެންގެ މި ހިޔާލު މައްޗަށް ޑްރާފްޓްތައް ތައްޔާރުކޮށް ފައިނަލް ނިންމުމަކަށް ދާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑު ދެން ޔަގީންކަން ދޭން ބޭނުން އިރާދަފުޅުން އަޅުގަނޑުމެންގެ ޑިސްޓްނޭޝަން އަލުން ހުޅުވާއިިރު، އަޅުގަނޑުމްނެގެ ޑިސްޓިނޭޝަން ވާނީ ހިތްގައުމު އަގުބޮޑު ޓެކްސްތަކެއް ނުހިމެނޭ، އަދި އެ ފަތުރުވެރިން އެންމެ ގަޔާވެގެން އަންނާނެ މަންޒިލަކަށް، އަދި އެންމެ ރައްކާތެރި އެއް މަންޒިލަކަށް". އަލީ ވަހީދު ވިދާޅުވިއެވެ.
މި އަހަރު ދެން އެއްމިލިއަން ކަރާ ފަޅާ! އިންޑިޔާއިން ގެނެސްގެން!
އަމާޒު ހިފަންވި ކޮންމެ މަހަކަށް މިލިނެއް. އެހންވީމާ ޑިސެންބަރު 31ގަ ރާއްޖޭގަ ތިބޭނީ 6 މިލިއަން ޓޫރިސްޓުން (ދެއްތޯ ސީނާ)
އެހެންވީމާ 6 މިލިއަން. 100 ޑޮލަރު 6 އަކާ ގުނަކުނީމާ 600 ޑޮލަރު ( އަދުރޭ މިހިސާބު ރަނގަޅު. ދެއްތޯ)
އެހެންވީމާ ފަހުދެކޯޓާގަ ތޫރިޒަމުން ލިބޭނީ 6 މިލިއަނޤ ތޫރިސްޓުން ޜައްޖޭގަ އެއްވަގުތަކު ތިބެގެން 600 ޑޮލަރު. އައްޗާ. ރަނގަޅު
ތީ މޮޔެ ސޮރެއް
ނުވީތާ ކަށް ދިވެހިރާއްޖޭގެ މަދްރަސީ ނިޒާމް ވެސް ފުޑުފުޑުކުރަނީ/ މިވެރިންގެ ކުދިންގެ ކިޔަވާތަންތަނާއި އެއްގޮތައް ބޮޑުޗުއްޓީވެސް އެހަމަޖައްސަނީ މިވެރިން މ އުޅޭނީ ކޮންކަމެއް ނުވެގެން/ ރިސޯތުތަކުން މީހުންނަށް ދޭ މުސާރަ ބޮޑެއްނުކުރެވޭ އިނާޔަތެއް ބޮޑެއްނުވޭ/ހުސްއެކަނި ބޭނުންވަނީ މޮޅުއަނގަތަޅުވައި ގެން ރައްޔަތުން މުގޯލި ހައްދަން
އެއްމިލިޔަން އިސްތަށިވެސް ނުގެނެވޭނެ.
އޭ ބަލަ ޚަބަރުތައް ކިޔާބަލަ.. ބޯޑަރުތައް ހުޅުވަން އުޅެނީ ބޭނުން ހާގައުމަކައް ދެވޭގޮތަކަށެއް ނޫނޭ.. އެއީ ޓުރެވަލް ބަބުލްތަކެއް ގޮތައަ ވަކި ގައުމުތަކެއްގެ މެދުގައި އެކަނި. ކީކޭ ދެން ބުނާނީ..
ރާއްޖޭގެހުރިހާގެސްޓްރޫމުތަކަށްވެސް މުސްހަފުލުމަށްފެނޭ.
އޭރުންތާ އެވީދާ ހަލަކު ކުރާނީ
ހިނި އަންނަނީ.. ތިއޮށް އެއަރޕޯރޓެއް ބަލާބަލަ ފުރަތަމަ. ޖާގަ އެއް ނެތް... ދަތުރުފަތުރުގެ ނިޒާމުވެސް ނުކުޅެދޭ.. ތީ މިއަހަރު ފެށުމުގެ ކުރިންވެސް ތިގޮލާމެން ކުރި ޓާގެޓެއް. ޓުއަރިސްޓުންނަށް މުސީބާތެއް ޖެހުން ނޫން ކަމެއް ތި ޓާގެޓުން ނުވާނެ ސަންގޯރުތައް
ޖިންނި ޓޫރިސްޓުންނައް ޕެކޭޖުހަދާފަ ވިއްކަން ނިންމީތޯ..އަލީވަހީދު.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރީ ރަނގަޅައް ހިނގާނީ ދިވެހި ބޭސްވެރިޔަކު ޓޫރިޒަމް މިނިސްޓަރަކައް ލެވިގެން.
ޢަހަރެމެން މޮޔަމީިހުން ގުރައިދުއައް ފޮނުވަމާ
ޖިންނި ޓޫރިސްޓުން ހިމަނައިގެން 4 މިލިޔަންވެސް ގެނެވިދާނެ...