މަސްވެރިކަމާއި ބެހޭ ވަޒީރު ޒަހާ ވަހީދު މަޤާމުން އިސްތިއުފާ ނުދެއްވައިފި ނަމަ ވަރަށް އަވަހަށް އެކަމަނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅުއްވާނެ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއި ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަަމުން ރާއި ވިދާޅުވީ މަސްވެރިންނަށް އެއްވެސް ކަމެއް ނުކޮށްދެވޭ ކަމަށެވެ. އެމްޑީޕީ މެމްބަރުން އެކަމަށް ނޫނެކޭ ނުބުނާނެ ކަމަށާއި، ކޯލިޝަންގެ ރަޖާ އަޅައިގެން ތިބި އެހެން މިނިސްޓަރުންވެސް ސަރުކާރާއި މަޖިލީސް ފެއިލްކޮށްލާ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޒަހާ އަށް މަސްވެރިންގެ ހައްގުގައި ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް ރާއި ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން މިކަން ނުވެއްޖެ ނަމަ، ފެއިލްވެގެން ދާނީ. އަޅުގަނޑުމެންނަށް މިވަގުތަށް މަސްވެރިކަމަށް ހަމަ ޒީރޯ. އެއްވެސް ކަމެއް އެ ބޭފުޅުންނަކަށް ނުކޮށްދެވޭ. އެހެންވީމަ އަޅުގަނޑު މި ގޮވާލަނީ، އަޅުގަނޑުމެން މިގޮވާލަނީ މިނިސްޓަރ ޒަހާއަށް އަޅުގަނޑުމެން މިތަނަސް ގެނެސް ނޯކޮންފިޑެންސް ވޯޓް ނަގާނަން. މި މަސް ތެރޭގައި ނޫނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ކުރާނަން. އެހެން ނޫނީ ވަގުތުން ވަގުތަށް އިސްތިއުފާ ދީ." ރާއި ވިދާޅުވިއެވެ.

ރާއިގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ އެހެން މެމްބަރުން ވެސް ވަނީ ޒަހާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިދިޔަ 5 އަހަރު ކަންކަން ހިނގިގޮތަށް މިހާރު ކަންކަން ހިނގަން ފުރުސަތު ދެވެން ނެތް ކަމަށާއި ރަނގަޅަށް މަސައްކަތް ނުކުރާނަމަ ވަޒީރުކަމުން ވަކިކުރަން ޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

ކުޅުދުއްފުށީ ދާއިރާގެ މެމްބަރ ޔާސިރު އަބްދުއްލަތީފް ކުރިން ހުންނަވާ ގޮތް.

އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ މަޖިލީހުން މަސްވެރިންނަށްޓަކާއި ފާސްކުރި ޤާނޫނުން އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށާއި، އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަން އުޅޭ ވާހަކައަކީ އަޅުގަނޑުމެން ވެރިކަަމަށް އަންނަން މި ދައްކާ ވާހަކަ ތަންފީޒުކުރެވޭނެ މިނިސްޓަރުން ތިބެން ޖެހެއޭ. އަޅުގަނޑުމެން އެޖެންޑާ-19އިގެ ދަށުން މަސްވެރިންނަށް ވަރަށް ބޮޑަށް އިސްކަމެއް ދެވިގެން ރަގަޅު ޤާނޫނެއް އެކުލަވާލެވުނު ކަމަށް އަޅުގަނޑު ޤަބޫލުކުރަން." ޔާސިރު ވިދާޅުވިއެވެ.

ސަރުކާރަށް އަންނަ އިރު ވާ ވައުދުތައް ނުފުއްދޭ، މަޖިލީހުން ހަދާ ޤާނޫނުތައް ތަންފީޒު ނުކުރެވޭ ވަޒީރެއް ބޭނުން ނުވާކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލިސް އިދާރާ

މީގެ އިތުރުން، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމްވެސް ވަނީ ޒަހާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށްޓަކާއި އެމްޑީޕީން މަސައްކަތް ކުރާއިރު، ހަނި ދޭތެރެއެއް ހޯދައިގެން ވެސް އިދިކޮޅު މީހުން މަސައްކަތް ކުރަނީ އެކަމަށް ހުރަސްއަޅަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތަކީ މިއަދު އަޅުގަނޑުމެން މިއުޅެނީ ސަރުކާރު ވެސް ނުހިންގިގެން. އަޅުގަނޑުމެން މި ދަންނަވަނީ ފިޝަރީޒް މިނިސްޓަރުވެސް އިސްތިއުފާދެއްވާށޭ. ފިޝަރީޒް މިނިސްޓަރ ވެސް އިސްތިއުފާދެއްވާށޭ، މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ވާނަަމަ. އަޅުގަނޑުމެން މިތަނުން ޤާނޫނު ހަދާ އެ ޤާނޫނު އެ ބޭފުޅާއަށް، އެ ޤާނޫނުގައި ހިމެނޭ ގޮތަށް ގަވާއިދު ނުހެދޭނަމަ އިސްތިއުފާ ދީފަ ވަޑައިގަންނަވަންވީ." ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހެއްރަބޭ

    ކުރިމަސައްކަތް ނުކުރެވި ދަރާ ބޯ ހިކެންނެތިފަ ހުއްޓަ މިވަރުގެ މަގާމަކަށްއާދެވި ގިނަފައިސާ ގަނޑެއްލިބެންފެށީމަ ހިތް އާްސްމާނަށް އަރައިގެން ތެޅެނީ. ތިހުރިހާ ގަނޑެއްވެސް ގަންނާނެ.

    40
    2
  2. ޒީރޯ

    ޒަހާ ވަހީދު..އަސްލުވެސް އިސްތިއުފާދީފާ ރަގަޅު ހިންގުންތެރި މިނިސްޓަރެއްލާންވީ..

    22
    10
  3. ޖިންނި

    ތީ ކަމުން ރެކެން ދައްކާ ވާހަކަ “ މުޅި “ ސަރުކާރު ފެއިލް ވެފަ ކުރެވުނު އެއް ކަމެއްވެސް ނެތް

    56
    1
  4. Mahujanu

    ދެން މަޖިލިހުން ރައީސް ޞާލިހަށް ޖެއްސުން ކު ރަންޏާ ރައީސް ޞާލިހަށްވެސް އޮންނާނެތާ މަޖިލިސް އުވާލުމުގެ ބާ ރު، މާ ގަދަފަދަ ބަޔަކަށް ވެގެން ސަ ރުކާ ރު ހިންގަން އުނދަގޫ ނުކޮށްތިބޭ،

    47
  5. އަހްމަދު

    އެމްޑީޕީ މީހުނަށްވެސް މިހާރު އެނގިއްޖެ މިސަރުކާރު ފޭލި ވެއްޖެކަން. ސަރުކާރު ނުހިނގާކަން.

    50
  6. އައްޑޫ ދޫ

    ވަކިކޮއްފަ އަލުން މަގާމުދީ ތިސަކަރާތުގަ އުޅެނިކޮއް މިފަސްއަހަރު ނިމޭނީ

    43
    1
  7. މާމީ

    މައުމޫނު ވަރައް ކޯފާއިސްވާނެ އަދި ފަލަކީގޮތުން ތިކަން ކުރެވޭތޯ ބައްލަވާ ދެއްވާނެ ތިބޭފުޅުން ސައިޒު ވެގެން ތިއްބަވާ.

    37
    1
  8. Anonymous

    އަތައް ގޮވާކޮންމެ ފަހަރަކު ވަޒީރުންނާ ދިމާނުކޮށްބަލަ

    47
  9. އެކްޓަރ

    މިއަދު ފުއްޕާ މީހުންގެ ތާރީޚް.
    2008. އިންތިޚާބު ކާމިޔާބުވީ ..ޑީއރުޕީ ފިޔަވާ ރައްޖޭގެ ތިބި 12 ޕާޓީއާއި ރިފޯމް ފިކުރުގެ ހުރިހާ ރައްޔިތުން ވެގެން
    2009 މަޖްލިސް އިންތިޚާބް..27 ގޮޑި.
    2013 ރިޔާސީ އިންތިޚާބް އެކަނި ނުކުމެ ( ބަލި)
    2014 މަޖްލިސް އިންތި ޚާބް 26 ގޮޑި.
    2018 ރިޔާސީ އިންތިޚާބް.ކާމިޔާބްވީ. ޕީޕީއެމް ފިޔަވާ ޕާޓީތަކާއި ޤައުމު ވިއްކާލާ ނީލަންކިޔަން ބޭނުންވާ އެންމެންނާއި ބޭރުގެ އަދިރި އުދުޅި ބާލާއިގެން
    2019 މަޖްލިސް އިންތިޚާބް ކާމިޔާބު ކުރީ ނިސްބަތުން 65 ގޮޑިއަށް 35000 ތިރީސް ފަސްހާސް މީހުންގެ ވޯޓުން.
    އަދި އިދިކޮޅު ލީޑަރ ރ.ޔާމިން ތަޅުއަޅުވާ ފިއްތާއިގެން.. އަދި ޖޭޕީއާއި ޕީޕީެމުން ހެދުނު ބޮޑެތި ސިޔސީ ގޯސްތަކުގެ ސަބަބުން... ރައްޔިތުންނޭ...މިއަދު މިވަނީ 3 ބާރު އެއްކޮށް އެމްޑީޕީ އަތުގަ... ނަމަވެސް މިޤައުމުގަވެސް އެމްޑީޕީގެ ސިޔާސީ ފިކުރުތަކާއި ސީދާ ނުރުހޭ ޕިންކުގެ 110000 އެކެއް ލައްކަ ދިހަހަސް ވޯޓް ލެވޭ ރައްޔިތުން އުޅުއްވާ އަދި . ވަކި ސިޔާސީ ފިކުރެއްނެތި ޤައުމާއި ވަތަނީ ފިކުރުގެ 170000 އެކެއް ލައްކަ ހަތްދިހާސް ރައްޔިތުން އުޅުއްވާ... ވާއިރު މަޖްލިސްގައި ތިބެގެން ބޭއަދަބީ ގޮތުން ރައްޔިތުންނަށް ފުރައްސާރު ނުކުރައްވާ.. މިނޫން އެހެން ސަރުކާރެއް ރ.ޔާމިންގެ ޒައާމަތުގައި ޤާއިމްވުމީ ހަމަ ކައިރިކަމެއް... އަބަދު މޯދީގެ އެހީގައި ނުހިފެހެއްޓޭނެ. ރައްޔިތުން ނުކުމެ ގުޅެކުޅޭ ފަސްގަޑުގައި ބަޑުދަންމާތަން މިޤައުމުގައި ފެންނާނެ.....

    25
  10. ދަބަރޭ

    މި މަހު ތިކަން ކުރާކަށް ލާހިކެއްނޫން އަދި ކިއެއްތައް ކުރިޔަށް އޮތް މަހުވެސް ތިކަމެއް ނުވާނެ ކަރުން ނާރު ފުއްޕާފަ ހަޅޭއްލެވޭނީ ކަލޭމެންނަށް ކަމަކާޖެހުމުން އަގުޅި ނެތް ކަންނޭލަކަށް ވެދޭ
    އަނގަމަތީ މާސްކް އަޅާއިގެން ތިބެވޭތޯބަލާ އޭރުން މާތާހިރުވާނެ

    36
  11. މޫސަ

    ކީއްވެހައުސިންމިނިސްޓަ ރުގެެ ވާހަކަ ނުދައްކަނީ ކޮބާފުލެޓުތައް ކީއްވެނުދެވެ ނީ ހައުސިންމިނިސްޓަ ރުގެއިސްތިއުފާ ޔައްގޮވާބަލަ ކީއްވީނޮގޮވަނީ ރާއިއަވަހް ގޮވާބަލަ ނުކެ ރޭނެ ތި ރޭވުމެކޭ ކަލޭމެން އަދިއަންނާނެ އާދޭސްކު ރައް ވޯޓުހޯދަން ހަމަހުސްގާސިމު

    39
  12. ތާކިހާ

    ޢަވަސްކުރައްވާ. ޥަގުތެއްނެތް. ކޯލިސަން ނިންމާލައިގެން ކުރިއަށްކަނޑާނީ

    8
    2
  13. ނޫސްކިޔާމީހާ

    ޢަދި ދެތިން އަހަރު ފަހުން އަހަރުމެން އަންހެނުން ކައިރިއަށް އަންނާނެ ވޯޓް ހޯދަން ފިސާރި ކުޅި ދައްކާލަނަން ހުރިހާ އަންހެނުން ވެގެން ޕާޓީއެއް އުފައްދަން ތަޢުލީމީ ކަނަބަލުންނަށް ގޮވާލަން. މިއަދު ތިބޭރުކުރަނީ ސަރުކާރުގަ ތިބި އަންހެން ކަނބަލުން.

    28
    2
  14. ޑައެލޯގް

    އަޖައިބެއް ކަހަލަ ސަރުކާރެއްމިއީ ކިނބޫ ނުނަގާއެއްވެސްކަމެއްގެ ޒިންމާއެއް. ކޮވިޑްމާލެއައީމަ ރައްޔިތުން ބަސްނާހާތީ ވީކަމަކަށްވެ ރައްޔިތުންގޯސް، މިނިސްޓްރީންކަމެއްނުވީމަ މިނިސްޓަރުގޯސް ބަލަމިނިސްޓަރަށް ކަމެއްނުވެހިގައިދާނެދޯ ބަޖެޓްނެތަސް، ރައީސްއޮފީހަށް ކޮންމެދުވަހަކު މިނިސްޓަރުންޖެހޭނެ ތަފްސީލުދޭން. ހުރިހައިތަނަކުން ކިނބޫރެކިގަންނަތަން މިފެންނަނީ ދެންކޮބައިތަ ވެރިއެއްގެ ބޭނުމެއް ހަމަހުރި ބޮލެއްދޯ.

    19
  15. ހަދީލް

    ޒަހާ އެކަނިތަ.. އެހަރަ އަލީވަހީދެކޯ.. އެހެރަ މަހުލޫފެކޯ.. އެހެރަ ނަހުލާ އެކޯ.. އެހެރަ އިކޮނޮމިކް މިނިސްޓަރެކޯ.. އެހެރަ އިމްރާނު.. މި މީހުންވެސް އިސްތިއުފާ ދޭކައް ނުވޭތަ.. ސޯލިހު އިސްތިއުވާދޭކައް ނުވޭތަ.. ގައުމުގަ ވަކިލާރިކޮޅެއްވެސް ނެތިގެން އޯވާޑުރޯ ކޮއްގެން މިތިބެނީ. އެކަމަކު އިސްތިއުފާ ދޭންޖެހެނީ ޒަހާ އެކަނި. ދެކޮޅުޖެހޭތަ.؟

    20
  16. ޜާއްޖެ

    ފިސަރީޒް މިނިސްޓަރު ބަދަލުކުރިޔަސް އެއްކަމެއްވެސް މިސަރުކާރަކައްނުވާނެ. ކޮންބަލަ މަހުންނާނައް ބަލަން.. ކުރީސަރުކާރުން ކުރި ކަމެއް ފެންނާނީ މޮޔަ މެމްބަރުންނޭ ނިދިން ހޭލަބަލާ.. މަގުމަތީގަ ހޫރެއްތިބި މީހުންނައް ވޯޓް ދީގެން ބަޔަކު ހޮވައިދިނަސް ނުވާނެ ކަމެއް.. ތިޔަވާހަކަ ދައްކާ މީހުން ނަކީ ކިހިނެއް އުޅުނު މީހުންކައް އެގޭތަ... ހަމަތޯ.... މެމްބަރު...... މިޙާރު ތިތަނައް ވާނުވާ އެގޭނެ މިނިސަޓަރަކީ ހަމަ ޒަހާ... ދެން ބަދަލްކޮއްފިނަމަ އަތައް ގޮވާނެ.. އިތުރައް ރަގަޅު ޥާނީ އެމް.ޑީ.ޕީ ސިޔާސީ މީހުން ކަޑާގެން ކުރިއެރުމެއް އަންނާނީ. ޢުމުރު ދުވަސް ތިތާ ހޭދަކުރަނީ ސަރުފިޔާ ކިޔާ މީހެއް... ވާނުވާ ނޭއްގެ އެއްގޮތަކައްވެސް ހިތުން އެހުރީ މޮޅެތި ކަންކައް ކޮއްގެން.. އަމިއްލަ އެދުމައް ހުރިހާކަމެއް ކުރާނެ.. ރަގަޅައް ބަލާ... ގަވާއިދު ވެސް ބަދަލް ކޮއްގެން އަމިއްލަ އެޖެއްޑާ ހިންގަނީ.. ހުރިހާ ހިނދަކު ރަގަޅު ނުވާނެ.. ނިކައް ބަލާލާ

  17. އާދަމުގެދަރި

    އެއްގޮތަކަށްވެސް އިސްތިއުފާ ނުދޭތި އިނގޭތޯ. ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކުރި ނާރައިގެން އުޅެނީ ވަކި މީހަކު އެތާނގައި ހުރީމައެއް ނޫން. މަސްގަނެގެން ބޭރުކުރޭ އެ ދުވަސްވަރެއްގައި ދުނިޔޭގެ މާކެޓް އޮންނަ ގޮތަކަށް. ކަންނެލި އޮޑީގައި އަވަށްޓެރި ގައުމުތަކަށް ގޮސް ކަންނެއްޔެއް ނުވިއްކޭނެ. ކުއްލިއަކަށް ބަނބުކެޔޮ ހެއްދިޔަސް އެހާ އަވަހަކަށް ކަނޑާކަށް ނުލިބޭނެ.

    14
  18. އެންދެރި

    އަންނި ބޭނުންވާ ގޮތައް ސަރުކާރެއް ނުހިން ގާނެ އެވެ.

    16
  19. ޢަލީ

    ފުރަތަމަ އެޑިޔުކޭޝަން މިނިސްޓަރު ވަ ކި ކުރަންވި، އެބޭފުޅާ ކުރާ ކަމެއް ބުނެބަލަ

    18
  20. ބޭރުމީހާ

    ޥުޒާރާތަކަށް މިނިސްޓަރުން ލާންވާނީ އެވުޒާރާއަކާ ގުޅޭގޮތުން ތަޢުލީމާއި ތަޖުރިބާ ލިބިފައިތިބި މީހުންނަށް އިސްކަންދީގެންނެވެ. އެހެންނޫންނަމަ ވުޒާރާގެ ލަނޑުދަނޑި ކާމިޔާބު ނުކުރެވޭނެއެވެ.
    ކަންއޮތީ މިހިންކަމަށްވިޔަސް ޒަހާ ދުރުކޮށްފައި އެތަނަށް ލާނީ އަޑުގަދަ ކޮންމެވެސް ސިޔާސީ މީހެކެވެ. މިކަމުގެ ހެކި ރ ނަޝީދުގެ ވެރިކަމުގެ ދައުރަށް ބެލުމުންވެސް ސާބިތުވެގެންދެއެވެ. ނަޝީދުގެ ދައުރުގައި ފިޝަރީޒް މިނިސްޓަރަކަށް ލެއްވީ “ދަތު ޑީޑީ” އެވެ. ނުވަތަ ސ ހުޅުދޫ ނަހީފުގެ ޑރ އިބްރާހީމް ދީދީއެވެ. އެބޭފުޅާއަކީ ކަނޑުފަޅު އެއީ ކޮންއެއްޗެއްކަންވެސް ދަންނަމީހެއްނޫނެވެ.
    ރާއްޖޭގެ މިހާރުގެ ޓޫރިޒަމް މިނިސްޓަރަށް ބެލުމުންވެސް، އަޅުގަނޑު މިބުނަނީ ތެދެއްކަން އެބައެނގެއެވެ. ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމަކީ އިގްތިސާދުގެ މައި ނާރުތަކެވެ. އެތަންތާގައި ތިބެންވާނީ ކަމުގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންނެވެ. ކާމިޔާބު ވާނީ އޭރުންނެވެ.

    16
  21. އަހުމަދު އަދީބު

    ރާއީ ނިސްބަތްވާ ދާއިރާގެ ރައްޔަތުންނަށް ކޮށްދެވުނު ކަމެއް އެބައޮތްތަ ؟ ވެރިކަމަށް އައިސް ތިބި ބޭފުޅުން ވައުދުވާއިރު ނޭންގޭތަ ތިމަންނަމެންނަށް ނެތްފެންވަރު ދައިކައިގެން އައިސް ތިބިކަން

  22. އަހުމަދު އަދީބު

    ވެރިކަމުގައި އެހުރީ ކޮންކަހަލަ އިލްމެއް ހާސިލް ކުރައްވައިގެބް ނުކުންނެވި ބޭފުޅެއްބާ؟

  23. ކިންގފިޝަރ

    ވަޒީރަކު އިސްތިއުފާދޭން ގޮވުމަކީ ރައީސް އިސްތިއުފާ ދިނުމަށް ގޮވުން. ވަޒީރު ކަންކަން ހުށަހަޅަނީ ވަޒީރުންގެ މަޖްލިހަށް. އެތަނުން ފާސްވީމަ އެކަމެއްވާނީ. މިހާރުތީ ބާރުތަކުގެ ރައީސުން ފަރުދާ ބިއްދޮށުގައި ސައްލާކޮށް ޕަޕެޓް 19 ކުދިންކޮޅު ބޭނުންކޮށްގެން އަމިއްލަ އެދުން ތަންފީޒުކުރުން.