ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ މި ހާލަތުގައި ކަރަންޓް ބިލަށް ފައިސާ ނުދެއްކޭ ފަރާތްތަކުގެ ހިދުމަތް ކަނޑާލުމަށް ބައެއް ފަރާތްތަކުން އެދެމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުއުނީ ވިދާޅުވީ، ބިލް ނުދެއްކޭ ފަރާތްތަކުގެ ބިލް ކަނޑާލުމުގެ ވިސްނުމެއް އެ ކުންފުނިން ނުގެންގުޅޭ ކަމަށެވެ. އަދި މިހާލަތުގައި މިމަހުވެސް ބިލް ކަނޑާނުލާނެ ކަމަށެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބިލް ކަނޑާލުމަށް އެދެމުން އަންނަ ކަމަށް މުއުނީ ވިދާޅުވިއެވެ.

"އެއްބައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރައްވާ ބިލް ނުދައްކާ ފަރާތްތަކުގެ އެ ކަނޑާލަ ދިނުމަށްޓަކައި. ގިނައިން މިކަން މި ހިނގަނީ ކުއްޔަށް އުޅޭ ތަންތަނުގެ ވެރިން ރިކުއެސްޓް މިކުރަނީ ފަހަރެއްގަ ބިލު ނުދައްކާ އެ ފަރާތްތަކުން ހިނގައިދާނެ ކަމުގެ ބިރަށް" މުއުނީ ވިދާޅުވިއެވެ.

މުއުނީ ވިދާޅުވީ، ފުރަބަންދު އޮތްހާ ހިނދަކު އެކުންފުނިން އެއްވެސް ފަރާތެއްގެ ހިދުމަތް ކަނޑާނުލާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ދޭން ޖެހޭ ޑިސްކައުންޓާއި އެކީ ފުރިހަމަ ހިދުމަތެއް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މުއީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވަހީދު

    ކުއްޔަށް ކޮޓަރިދޭ މީހުންގެ ނުބައިކަން ވިސްނަ ބަލަ.

    66
    8
    • މޯދީ

      ކުއަޔަށްދޭމީހާ މި ނުބައިވީ؟
      ކުއްޔަށް ހިފިމީހާ ކުލިނުދައްކައި އަދި ކަރަންޓު ބޭނުންކޮށްފަ ބިލުނުދެއްކީމާ ދަރަނިވެރިވަނީ ގޭގެ ވެރިމީހާ ފަހުންވެސް މި ފައިސާ ސްޓެލްކޯއަށް ދައްކަންޖެހޭނީ ގޭގެ ވެރިމީހާ ނުދައްކައިފިނަމަ ދައުވާކުރާނީވެސް ގާގެ ވެރިމީހާ ގޮވައިގެން ، ކުއްޔަށްހިފިމީހާ ކުލިވެސް އަދި ބިލުވެސް ނުދައްކާ ގޭގެ ވެރިމީހާ ބޮލުގައި ދަރަނި އަޅުވާފަ ފިލީމާ މީދޯ އިންސާފަކީ.
      ވަރަށް ސަލާމް.

      20
      4
      • މުރާދު

        އެޑްވާންސް ނަގަނީ ކަމަކު ދޯ، އެކަމަކު، އެޑްވާންސް އެއީ ބަނޑުއަޅާލަން ލިބޭ ލާރިއެއް ކަމަށް ބަލާ މީހުނަށް މި ވާނީ އިތުރު ހަރަދަކަށް

  2. ކާފަބޭ2020

    ބިލުނުދައްކާ ތިންހަތަރުމަސްކޮށްފަ ތަންދޫކޮށްފަދިޔައިމަ އެބިލުތައް ދައްކާނީކާކުތޯ؟ ގޭގެވެރިމީހާތޯ ނުވަތަސަރުކާރުންތޯ؟ގޭގެވެރިފަރާތުން ހަދާނީކިހިނެއްތޯ؟

    16
    1
  3. ބުއްޅަ

    ކުއަޔަށްދޭމީހާ މި ނުބައިވީ؟
    ކުއްޔަށް ހިފިމީހާ ކުލިނުދައްކައި އަދި ކަރަންޓު ބޭނުންކޮށްފަ ބިލުނުދެއްކީމާ ދަރަނިވެރިވަނީ ގޭގެ ވެރިމީހާ ފަހުންވެސް މި ފައިސާ ސްޓެލްކޯއަށް ދައްކަންޖެހޭނީ ގޭގެ ވެރިމީހާ ނުދައްކައިފިނަމަ ދައުވާކުރާނީވެސް ގާގެ ވެރިމީހާ ގޮވައިގެން ، ކުއްޔަށްހިފިމީހާ ކުލިވެސް އަދި ބިލުވެސް ނުދައްކާ ގޭގެ ވެރިމީހާ ބޮލުގައި ދަރަނި އަޅުވާފަ ފިލީމާ މީދޯ އިންސާފަކީ.
    ވަރަށް ސަލާމް.

  4. ބިލު

    އިރު އިރުކޮޅާ ގުޅާބިލު ނުދައްކާލަސްވާތީއޭ ކިޔާފަ ސްޓެލްކޯ ތީ ނަފްސާނީގޮތުން މީހުން ބަލިކޮށްލަން އުޅޭބައެއް

    29
    1
  5. ސަޖުނާ

    އެންމެ ރަނގަޅު ގޮތަކީ ދެއްކޭ ވަރަކުން ކޮންމެ މީހަކުވެސް ބިލު ދައްކަމުން ދިޔުން. ސްޓެލްކޯއިން މިހާރު ކަނޑާ ނުލިޔަަސް ލޮކްޑައުން ނިމުމުން އަންނަ ބިލު ބަލާލަން ނުކެރޭނެ . ފަހުން މާ ދަތިވާނެ އެއްފަހަރާ ކަރަންޓާ ފެނާ ފޯނުބިލު ދައްކަންވީމަ

  6. ވައިޑީ

    ބިލްނުދައްކާ ގެއިން ނުކުމެގެން ދިޔައީމާ ގެއްލުންވަނީ ސްޓެލްކޯއަށްތޯ

  7. ކާފަރު

    ކޮވިޑް އުޅޭތީވެ ތަ މީއްޗަކު މޫނުމަތީގައި އިސްތަށި ފަޅުވައިގެން މިއުޅެނީ..

    3
    1
  8. ތަޚާނުގެ ޢަލިދީދީ

    މިތާމިކީއެއްޗެއް ނޭންގުނު. ހިޔެއްނުވޭ އެކަކުވެސް މިޒަމާނުގާ ކަނުއަނދިރީގާ އުޅެންބޭނުންވާނެއެކޭ. ދެން އަނެއްކޮޅުން ބުނެލަންބޭނުންވަނީ ބުނަންއުޅޭއެއްޗެއް ތަންކޮޅެއް ތިލަކޮށްބުނާށޭ.

  9. ސަމޭދާން ވަލް ވަސަންތީ

    މުޣުނީ މިފެންނަނީ ކޮވިޑުތެރޭ ވަރަށް އިސްލާހުވެފާހުއްޓާ. ރަނގަޅުތާ!

  10. ައަހުމަދު

    މުދަލާއި ފައިސާއަށް ހެއްލުމަކީ އިންސާނާހަލާކު ، ނަސިބުވެރިޔަކީ ވެވުނުވަރަކުން ދީލަދިވާމިހުން ، ޚާއްސަކޮށް މިކަހަލަ ދަނޑިވަޅެއްގައި، ﷲ އެންމެނަށް ހެޔޮވިސްނުމާއި ، ފާގަތިދުވަސްތަކެއް ދެއްވާށި. އާމީން