ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ސްޓެލްކޯއިން މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށް ބުނެފައިވާތީ އެކަމާއި ގުޅިގެން އިތުރަށް ދެން ދައްކާނެ ވާހަކައެއް ނެތް ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިގޮތަށް ވިދާޅުވެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ މުސާރައިގެ މައުލޫމާތު ހިމެނޭ ލިޔުމެއް ރައްޔިތުންގެ މަޖިލީހުން ލީކުވި ގޮތުގެ ސަބަބު ހޯދަން މަޖިލީހަށް ފޮނުވި ސިޓީގެ ޖަވާބުގައި ސްޓެލްކޯއިން މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުޣުނީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތް ހިންގުމުގެ އެއްބާރު ކަމުން އެކަމާއި ދެން އިތުރަށް ވާހަކަ ދައްކަން ބޭނުންފުޅު ނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރު ތެރެއިން އެއް ބާރު. އެތަނުން ބުނާ އެއްޗަކަށް ޗެލެންޖެއް ނުކުރާނަން. އެކަމާ ގުޅޭގޮތުން އިތުރު ކޮމެންޓެއް ނެތް،" މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އެޑްރެސް ކުރައްވައި މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް މީސް މީޑިއާގައި ލީކުވުމާ ގުޅިގެން އެ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

އެސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާއި މެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައިދިނުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ. މި ސިޓީ ލީކުވުމާއި ގުޅިގެން މުޣުނީ އަށާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ވަޒީފާ ގެއްލި ދަނެކަމުގެ ބިރަށް

    16
    1
  2. Anonymous

    ވަޒީފާ ގެއްލި ދަނެކަމުގެ ބިރަށް އަބިދަރީންވެސް ރަހުނު ކޮއްފާނެ

    13
    1
    • Anonymous

      ތެދެއްތިބުނީ. އެކަމަކު މުގުނީއަކީ ވަރަށް މަބޮޑޭއެއް. ނަޝީދަށްވެސް ބަވާނެ. ރާއްޖޭގެ ރައީސްއަކީވެސް މީނަ ކައިރީ އެއްވެސްމީހެއްނޫން.

  3. ދޫނިހުރާ

    ވަޓް އަ ޖޯކް. ޔޫ ޑު ޗެލެންޖް އެވްރި އޯގަނައިޒޭަަޝަން އެންޑް އެވްރި ޕާސަން

    • މީޒްލީ

      ކޮން ވަޓްއަޖޯކް ކިޔާކަށް، ތިޔަ ބުނާ ނަޝީދަކީ މީހަކަށް ޗެލެންޖް ނުކުރެވޭ ވަރުގެ މީހެއްތަ؟ ތިޔަ ބުނާމީހާ މަވަރެއް ނެތިގެން ޤައުމުގެ އަބުރު ކަތިލަމުން ދެއިރު ދެދަޅައަށް ދުވަނީ؟ ބޯހަލާކު!

  4. ހހހހ

    ވަޒީފާގަނޑު ގެއްލިދާނެތީ. ތިއީ ވަރަށް ފޮނި ބޮޑާ މީހެއް.

  5. ތާކިހާ

    ސުވާލަކީ ފުރަބަންދު ފިލާދުވަހު ބިލްދައްކަން ލާރިތަކެއްލިބެނީތޯ. ވަރަށްދެރަ ޕެންަސަނަރަކަށް ނުވާތީ މަސައްކަތްކުރުމުގެ ހައްގުވެސް ގެއްލެނިއްޔޯ. ސުކުރިއްޔާ ސްޓެލްކޯ ބިލްތައް ކަނޑާނުލާކަމަށްޓަކައި މިވަތުތު. މައެ ޔޭ އެހެސާން ޒިންދަގީ ބަރު ޔާދުރަކޫންގާ. #ޑިސްކައުންޓްސަރުކާރު

  6. ީއިބޫ

    މުގުނީ ތީ އަންނިގެ ޕަޕެޓެއް ނުކެރޭނެ ޗުއްޕުވެސް ބުނާކައް! ހެދި އެއްޗެއް ހެދިގެން ހުންނަން ޖެހޭނީ!

  7. އަލީ

    ލީކު ވީ ކަމުން އަހަރުމެންނަށް އެބަ އެގެ ބޮޑެތި މުސާރަ ނަންގަވަން ލަދުފުޅުވެސް ނުގަންނަކަން.