ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހެލިކޮޕްޓަރެއް ބައްލަވައިގެންފިއެވެ.
ޖާބިރު "ވަގުތަށް" ވިދާޅުވީ އޭނާ ހެލިކޮޕްޓަރެއް ބައްލަވައިގަތީ ގާތްގަނޑަކަށް 6 ލައްކަ ޑޮލަރަށް ކަމަށެވެ. އަދި އެ ހެލިކޮޕްޓަރު ރާއްޖޭގައި ދުއްވުމުގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އެ ހެލިކޮޕްޓަރު ދުއްވަން ބަހައްޓަން ބޭނުން ވަނީ ދިވެހި ޕައިލެޓެއް ކަމަށެވެ.
އެ ހެލިކޮޕްޓަރުގައި ހިމެނެނީ ޖުމްލަ 6 މީހުންގެ ޖާގައެވެ. އެއީ ކުރީ ދެ ސީޓާއި، ފަހަތު ހަތަރު ސީޓެވެ.
"އަޅުގަނޑު ބޭނުންވަނީ ދިވެއްސަކު ޕައިލެޓަކަށް ބަހައްޓަން. މިހާރު އެ ހެލިކޮޕްޓަރުވީ އިޓަލީގައި. އިޓަލީ ޕައިލަޓުން އެބަ ތިބި އެކަމަކު ދިވެހި މީހެއް ބޭނުންވަނީ. ދެން ހެލިކޮޕްޓަރު ދުއްވުމުގެ ހުއްދައަށް ސަރުކާރާއި އެކު ކުރާ މަޝްވަރާތައް ދަނީ ކުރިއަށް." ޖާބިރު ވިދާޅުވިއެވެ.
ރާއްޖެއަށް ޕްރައިވެޓް ހެލިކަޕްތަރެއް ގެނައުމުގެ ހުއްދަ ދިނުމަށް، ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީގައި ޖާބިރު ވަނީ ފެބްރުއަރީ 18 ވަނަ ދުވަހު އެދިވަޑައިގަންނަވާފައެވެ.
އެ ވުޒާރާ އަށް ފޮނުވި ސިޓީގައި ޖާބިރު ވިދާޅުވީ، އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާކުރަމުންދާ ވިޔަފާރިވެރިއަކަށް ވުމާއި އެކު އޭނާ އުޅެން ޖެހިފައި ވަނީ ވަރަށް އަަވަދި ނެތިކޮށް ކަމަށެވެ.
އެގޮތުން ކާށިދޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށާއި، ވިޔަފާރީގެ ބޭނުމަށް ގިނަ ދަތުރުތަކެއް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުތަކެއް ކުރަން ޖެހުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމެއް ކަމަށް ޖާބިރުގެ އެ ސިޓީގައި ވެއެވެ. އަދި އެ ދަތުރުތަކުގައި ހޭދަ ކުރާ ވަގުތު ކުރުކުރުމަށް ޕްރައިވެޓް ހެލިކަޕްޓަރެއްގެ ބޭނުން ބޮޑުވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ރަގަޅުނިންމުމެއް.
ދެން އިންޑިޔާ ސިފައިންގެ މީހުން އަނބުރާ ރަށަށް ފޮނުވާލާ!!
މިހާރު ދެން ސަންސެޓް ބައްލަވަން ދިމާ މައްޗަށް އަރުއްވަނީތޯއެވެ. ބުއްދި ރަންވެގެން ތިއިން ފުންމާނުލިއްޔާ ކިތަންމެހައިވެސް ރަގަޅެވެ.
އަލިވަހީދު އެ ހެލިކޮޕްޓަރު ގަ އުފަލުން ފޮޅޭނެޔޭ ގައިމު ނާޗަރަންގީ ކުޅުއްވާ ނެތެވެ.
ފަރަށް އަރާވަރުން މައްޗަށް ބަދަލުކޮށްލަނީ ދޯ. ދެންގޮސް ގެއެއްގެ މެދަށް ވައްޓާލާ.
ޖާބެ ހަދަނީ ރަނގަޅަށް. ދެން ބަލި މީހުން އުފުލަން ޖާބިރުގެ ހެލިކަޕްޓަރު ދެއްވާނެ ކަމާއި މެދު ޝައްކެތް ނެތް. ބަޔަކަށް އަޅުވެތި ނުވެ ގައުމުގެ ދަރިއެއްގެ ހެލިކަޕްޓަރުގައި އަހަރުމެން ބަލި މީހުން އުފުލާނީ.
ޖާބެ ވަރެއް ހަމަނެތް ....އަދިވެސް ބުނާމީހުން ބުނާނެ ޖާބެ ކަޑަނީ ސަޅިއޭ... މިފަހަރު ޖާބެގެ އަސްލު ކެޕޭސިޓީ ބަލަން ތިބި ބަޔަކައް ފެންނާނެ...
ހުއްދައެއް، ތިކަމުގެ ގަވާއިދެއް މިރާއްޖޭގަނެތީސް ތިހާބޮޑު ހަރަދެއްކޮށް ތިކަން ތިބޭފުޅާ ތިކުރެއްވީ؟ ހުއްދަލިބެންދެން މަޑުކޮށްލިނަމަ. ދެން ތި ހުއްދައެއް ދުވަހަކުވެސް ނުލިބޭނެ. ނުލިބިގެން ތި ރާއްޖެގެނެވޭކަމަކަށް ނުވާނެ. ޖާބިރުގެ މީޑިޔާ ސްޓަންޓުތައް މިހާރު ދިވެހިންނަށް އެނގޭ ބްރޯ.
6 ލައްކަ ޑޮލަރަކީ 10 މިލިޔަން ރުފިޔާ ގާތްގަނޑަކަށް. ދެމަސްދޯންޏަށް ވުރެ ވެސް އަގު ކުޑަ.
އަދުރޭ ކައިރިންތޯ ހިސާބު ކިޔެވީ؟؟
މަގޭ ދޮށީ މަންޖެ މިހަބަރު ކިޔާފައި އައިސް ބުނަނީ މަންމާއޭ ޖާބިރު ހެލިކޮޕްޓަރެއް ގަނެފިއޭ، މަށަށް ވެސް ގަނެދޭށޭ. މަ ބޯ ހަލާކު.....
ދެން އެކޮން ބަ ހަނާ ނުދައްކަ އެމަންޖެއަށް
ހެލިކޮޕްޓަރެއް ގަނެދީ
ދެރަ ނުވޭ، ޖާބިރު ގަންނަހެން އެެއް ހެލިކަޕްޓަރެއް ނޫން ފަނަރަ ހެލިކަޕްޓަރުވެސް ދަރިފުޅަށް ގަނެދެވިދާނެ. އަނގަ އޮތިއްޔާ ކިތަންމެ ފޮންޔެއް ކަޑާފަ މީހުންނަށް ހުވަފެން ދެއްކިދާނެ، ތި ޖާބިރު ތީ މީހުންނަށް ހަމަޔަށް މުސާރަ ނުދެވޭ މީހެއް. ހެލިކަޕްޓަރޭ ބުނިކަން ދެރައީ، އެއާފޯސް ވަން އޭ ނުބުނީ ކީއްވެބާ؟!
ހިބަޅިދޫ މައްސަލަ ބަލަނީ ކޮންއިރަކުންބާ؟
އަނެއްކާ ކުޅޭކުޅޭ ހެލިކޮޕްޓަރެއްތަ ޖާބެ ބައްލަވައިގަތީ ؟ ތިޔަ ޖާބިރަކީ ބަރަށްމޮޅު ވާހކަދައްކައިގެން މީހުން ހައްދާ ބޮޑު ދޮގުވެރިއެއް ކާށިދޫ ދާއިރާގެ ރައޔިތުން މިހާރުތިބީ ޖައްވުގަ އާބާދުކޮށްފަ ކާށިދުއާ ގާފަރު ޓުވަރިޒަމުގެބޭނުންތަކަށް ޖާބިރު ބޭނުންކުރަނީ ކާށިދުއާ ގާފަރާ ދެމެދު ލޭބަލްކާރު އަޅައިގެން ގެސްޓުން އެދޭތެރެ ވައިގަ އުދުހެނީ ހުރިހާ ދިވެހިން ބޭސްފަރުވާއަށާ ތަޢުލީމުހާސިލްކުރަން ދަނީ ކާށިދުއާ ގާފަރަށް ބޭރު ޤައުމުތަކުންވެސް މަތީ ތަޢިލީމާ ފެންވަރުމަތީ ސިއްޙީ ޚިދުމަތް ހޯދުމަށްދަނީ ކާށިދުއާ ގާފަރަށް މީވާ ބޭކަލެއް
ދެތިން މަސް ފަހުން ތިޔަ އެތި ވިއްކި ބަޔަކު ޖާބިރު ފަހާނުދުވިއްޔާ ރަގަޅު !
ދަބަރު ޖަ ހާހފަ ދޯ ޖާބިރު؟
ޖާބެ އަކީ ފޮނި ދިރިއުޅުމަށް ލޯބިކުރާ މީހެއް؛ ސީ ޕްލޭނެއް ހޯއްދެވި ނަމަ ނ7ވަތަ އުދުހޭ ކާރު ހޯދިނަމަ ސޭފްވާނެތާ... ރާއްޖޭގައި ހެލިޕެޑް ހަނދާ ކަންކަން ކުރުމަކީ ޚަރަދު ބޮޑްކަމެއް... ސީޕްލޭން އަގުބޮޑީ ތޯ... 2023 ރިޔާސީ ކެންޑިޑޭއްގޮތުގައި ފެންނާނެތާ..އެހެންވީމަ އުދުހެންޖެހޭނެ....
ހީވަނީ އިޓަލީ ޕޮލިހުން ބާވެ ކައްވެގެން އެއްލާލާފަ އޮތް އެއްޗެއް އެތަނުގެ ކޮންމެވެސް ބަޔަކާ ޑީލެއް ހަދައިގެން ކަޓުވާލާފަ އޮތް އެއްޗެއްހެން ! ދުވަސްކޮޅެއް ފަހުން ތިޔައެތީގެ ޚަބަރު އޮޅުން ފިލާނެ !
މުސާރަލިބުނުބާ ސުޓާފުންގެ،
އުއްމީދު ކުރަން ބަލިމީހުން އުފުއްލުމުގައި ޖާބިރުގެ ހެލިކޮޕުޓަރ ގެ އެހީތެރިކަން ލިބޭނެކަމަށް
ކޮބާ މީގެ ބުރަފައްޗާ އިންޖީނާ؟ އެބައި ފަހުން ދޯ ގަންނާނީ
ޥަގުތު ތިޔަ ހެލިކޮޕް ޓަރުގަ އިނި ޕޮލިޒިއަ މި އަނެއްކަ ޕޮލިސް ހެލިކޮޕްޓަރެއް ތަ ޖަބިރު ރަގަނޅު ވަނެ ތިޔަ އެތި ދިވެހިން ޕޮލިހައް ދެން އެރުން ރައްޖެ ގެ ވައިގެ ސަރަހައްދު ބެލެނެ އެމިހުން އަތަކުނެތް ވައިގެ ސަރަހައްދު ބެލެނެ ގަބިލް ކަމެއް ?
މީހަކު އެއްޗެކޭ ބުނާއިރަށް މިވެރިންނަށް މިހިރަ ވާގޮތެއް. ޢަޅެ އޭނަ އެހެން ބުނެފާނެ ހިޔާލުގަ އެހެން އޮތަތީވެސް.ޖާ އަކީ ކާކުކަން ދިވެހިންނަށް އޮޅުނީތޯ ދެރަ.
އެމްއެންޑީ އެފް އަށް އަދި އަމިއްލަ ހެލިކޮޕްޓަ ރެއް ނެތެވެ.
ޖާބިރު މީ މޭން އެކޭ ?
ޖާބެއަށް ހެލިކޮޕްޓަރެއް ގަނެވުނު އިރު ދިވެހި ގައުމީ ދިފާއީ ބާރުން މިއުޅެނީ ބަޔަކު ހަދިޔާ ކުރި އެއްޗެއްވެސް ދުއްވާލެވޭނެ ދިވެހި ސޮރަކު ނޭރުވިގެން
އެންމެ ..އެއްޗެއްތަގަތީ..؟
ފޮޓޯތަކުން ފެންނަގޮތުން މަނިކުފާން ބައްލަވާގެންފަ ތިއޮތީ 3 ހެލިކަޕްތަރ
ފަހަތުގައި އިނީ ތިންސީޓް
ދިވެހި ސަރުކާރަށް ހެލިކޮޕްޓަރެއް ނުގަނެވުނު. ޢިންޑިއާގެ ބާ ހެލިކޮޕްޓަރު ސިފައިން ގެނެސް މި ދުއްވަނީ. މީހެ ހެއްވާ ކަމަކީ ހެލިކޮޕްޓަރެއް ދުއްްވަން އެނގޭ ދިވެއްސެއް އަދިވެސް އުފަން ވެސް ނުވޭ.
އަޅެކީއްކުރަންތިޔަގަތީ މިރާއްޖެއަކުތިޔަދުއްވަންއިގޭނެމީ ހެއްނެތޭ އަނެއްކާއިންޑިއާއިން ތިޔަދުއްވަންމީ ހުންނުގެނަސްނުވާނެ! ބޮޑުބޭބެގެއަމުރެއްނެތި ތިޔަނުދުއްވޭނެ! ކުރިންއެކަމަށްއެދުނިންތޯ؟
އަހަރެން އަންހެނުން ޒިންމާއަދާނުކުރާކަމަށް ބުނިސަބަބަކީ މިޢީތޯ؟
ފެސްދޫ ކައިރިއަށް ވެއްޓުނު ހަމިންގް ބަރޑް ހެލިކޮޕްޓަރައް ވީވަރު ނުވެއްޖެއްޔާ ރަންގަޅު
ޖާބިރޫ.......ފުރަތަމަ ޓެކްސް ދައްކަބަލަ. ބިލިއަން ރުފިޔާގެ ޓެކްސް ޕެންޑިންގަ. އަދިވެސްހެލިކޮޕްޓަރާ ވަލްޗަރާ ގަތުމުގަ.
ސަލާމް.ޖާބެ އަޅުގަނޑައް ޖާބެގެ ކާރު ޑްރައިވަރ އެއްގެ ވަޒީފާ ދޭންވީނުންތޯ އަޅުގަނޑު މިއުޅެނީ ވަރައް ދަތިކޮއް.???.
ކޮބާ ކޭބަލް ކާރު ކަންތައް ކިހިނެއްބާވީ..!!
ޖާބިރު އަށް ވެދުން ވަރަށް ސަލާމް!
އެދިފައިވާ ހުއްދަދޭން މިމިނިސްޓްރީއިން ނިންމާފައިވަނީ ޕައިލެޓަކަށް އިންޑިޔާ ސިފައިންގެ "ފަންސަވަންނަހައްޓި" ސިފައިން ބައިތިއްބާ ގޮތަށެވެ. ސަބަބަކީ ހެލިކޮޕްޓަރު ދުއްވަން އިންޑިޔާ ސިފައިންނަށް ނޫނީ ނޭނގޭނެތީއެވެ.
އިހްތިރާމް ގަބޫލު...
ޚާދިމްކުމް
ސޮއި
.........
ދޫނިރާއްޖެ
އެެެނަ ގަތިީ ޕޮލިސް ހެލިކޮޕްޱަރެއްތަ ލޮލް????
މިރާއްޖޭގަ ޖާބިރު ވަރެއް ހަމަނެތޭ ބުނުމަކުން ގޯހަކަށްނުވާނެ.
މިކަލޭގެގެ ލަދުހަޔާތްކޮބާ؟؟ ކޭބަލް ކާރުގައި ދެވެންއޮއްވައި ކީއްކުރާ ހެލްކޮޮޕްޓަރެއް ބޮޑުއަގުދީފައި؟؟ ސަރުކާރަށް ދައްކަން އޮތް ލާރިދައްކަބަލަ. މީނަގެ އެކައުންޓްތައް ފުރީޒްކޮށް ތިޔަ ހެލްކޮޮޕްޓަރު ސަރުކާރަށްނަންވީ، ނޫނީ ސަރުކާރަށް ނަގާފައި ވިއްކާލަންވީ.
މަވެސް ހެލިކޮޕްޓަރެއް ބޭނުން. މަޖިލިސް މެމްބަރަކަށް ވެވޭތޯ އަވަހަށް ބަލަންވީ. ލޮލް.
މި ކާކު ލޮގިންއެއް؟
ތި ހެލިކޮޕްޓަރ ދުއްވާ ޕައިލެޓް އައް މުސާރަ ދެވޭނެބާ؟
މިހާރުވެސް ކިތައް ދިވެހި ރައްޔިތުންނަށް(ޖާބިރުގެ ޔޮޓް ޓުއަރސްގެ މުވައްޒަފުން ނައް) މުސާރަ ނުދީއެބައޮތްތޯ؟ "ސުވާލު ކޮއްލަން ބޭނުން". މިހެން ބުނާއިރައް ބުނޭ އެއީ ޔޮޓްޓުވަރސް އޭ މީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އޭ!އެހެން ވެއްޖިއްޔާ ކޮން ޗެޔާރ މަން ޖާބިރު އެއްތޯ؟؟؟
ކާށިދޫދާއިރާގެމިންބަރު..ޖާބިރުގޮވާޔްގެން
ޢެތަބަޔަކު.ކާށިދޫކޯޓަށް.މަސްހަލަތަށްހުށަ.ޢަޅާޔްފި
ޖާބިރު.ދޭންޖެހޭފާްއިސާ.ހޯދުމައް.ކާށިދުވަށް.ލަދުން
އަރަންނުކެރިފަޢެހުރީ..މާތާހިރުވާހަކަޔެނޫ.މީީޑިޔާޔަށް
ތިހިއްސާކުރުން...ލަދުގަނޭތޯ.މިދާްއިރާގެމިންބަރުކަން
ޙަދާނުހަންދާނުންފޮހެލަވާ
ސޮރީވައްސަލާމް
މީތޯ ކޭބަލް ކާރަކީ އޭރު ވިދާޅުވި ..ގޯހެއްނޫން
ޕޮލިސް ހެލިކަޕްޓަރެއް
ޔަގީން ތަ އެއީ ޖާބެ އެއްޗެއްކަން
3 ފޮޓޯއިން ފެންނަނީ ތަފާތު 3 ހެލިކޮޕްޓަރުކަމަށް ބެލެވޭ. ކުލަ އާއި ޑިޒައިނަށް ބަލާއިރު..