ކޮވިޑް-19 އާއި ގުޅިގެން ބޭރުގައި އުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީ ކަރަންޓް މީޓަރު ކައިރިއަށް ނުގޮސް ރީޑިންގ ނެގޭނެ ގޮތެއް ބަލައި އެކަން ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގެ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ. ދިރިއުޅޭތަނާއި ދުރުގައި މީޓަރު ހުރުމުން ދަތިތަކެއް ދިމާވާ ފަރާތްތަކަށް އެކަން ހައްލު ކުރުމަށް މީޓަރު ކައިރިއަށް ނުގޮސް ކަރަންޓް ރީޑިންގ ބެލޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ކުރަމުން ގެންދަވާ ކަމަށެވެ.
މި މަސައްކަތް ކުރަމުން އަންނައިރު މިހާރު ކޮވިޑް-19 އާއި ގުޅިގެން މަޑުޖެހިފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގަ އެ ކަންތަށް ހަމަޖެހުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން، މި އަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެންނަ ހިސާބަށް ގެންދެވޭ ގޮތަށް ޕްލޭން ކުރެވިފައި އޮތީ، އެކަމަކު ކޮވިޑް-19 ގުޅިގެން އެ މަސައްކަތް ކުޑަކޮށް ކުޑަކޮށް ލަސްވެފަ މި އޮތީ" މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ، އެ ކުންފުނިން ކުރަމުން އަންނަ މި މަސައްކަތުގެ އަމަލީ ނަތީޖާ މިއަހަރުގެ ފަހު ކޮޅު ފެނިގެންދާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އެކުންފުނިން ދެމުން އަންނަ ހިދުމަތްތައް މިހާރު ވަނީ އޮންލައިންކޮށް ދޭން ފަށާފައެވެ. އެގޮތުން ހިދުމަތްތައް ހުއްޓުމަކަށް ނައިސް ދެވޭނެ އިންތިޒާމުތައް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ. އެއާއިއެކު ކަރަންޓް ބިލަށް ފައިސާ ދެއްކުމަށް މިހާރު ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަނީ އެކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނެވެ.
ތިޔަ ހުރިހާ ކަމަކީ ކުރިންވެސް ކުރެވެން ހުރި ކަންކަން. އެކަމަކު ގިނަ މުވައްޒަފުން ވައްދައިގެން ސަޅިބައިސާ ނުކެނޑޭނެތީ ނުކޮށް ހުރި ކަންކަން. ގިނަ ކުންފުނިތަކުގައި ތިންބައިކުޅަ އެއްބައި މުވައްޒަފުން މަދުކޮށްލިޔަސް ބަރާބަރަށް މަސައްކަތް ހިނގާނެ. 4 ލައްކަ ހަމަނުވާއިރު 40 ހާސް މުވައްޒަފުން ދައުލަތުގައި ތިބުމަކީ ބޮޑު ޖޯކެއް.
އޮޅުވާލައިގެން މިމަހުގެ ބިލް ތައްޔާރުކުރީ 1000ރ އާމުކޮށް އަރަމުންއައީ މިފަހަރު ދުވަހަކުވެސް ނާރާހާ ބޮޑުކޮށް2300ރ އަރާ އޮތީ...
މިހާރުވެސް ސްޓެލްކޯ މީހުން މީޓަރު ކައިރިއަކަށް ނާދޭ ރީޑިންނަގާކަށް. އަހަރެމެން އެމީހުން ބުނާތާކަށް މީޓަރު ފޮޓޯއެއް މިފޮނުވަނީ. މިގޮތައް ދަންމާލާފަ ގަވައިދެއް ހަދާލީމަ އެއޮތީ އެކަން ވަރަށް ފަސޭހައިން ވެފަ.