މާލޭ ސްވިމިންގ ޓްރެކަށް ޖަމާވެފައިވާ ފަސްތައް ނަގައި ޓްރެކް ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން އެހިސާބު ވަގުތީގޮތުން ބަންދުކޮށްފިއެވެ،

ސްވިމިން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މިއަދު މެންދުރުން ފެށިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އަދި އެ މަސައްކަތް ކުރާތީ، އެހިސާބުގެ މޫދު ލޮނުގަނޑު ކިލަނބުވެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ސިއްހީ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ކަމަށް އެސަރަޙައްދަށް މޫދަށް އެރި އުޅުން ވަނީ މަނާކުރެވިފައި ކުރެވިފައި ކަމަށް އެފަރާތުން ބުނެއެވެ.

އެގޮތުން އެސަރަޙައްދުގައި މިމަސައްކަތް ނިމި މޫދަށް އެރުމަށް އެށީގެންވާ ވަރަށް މޫދުލޮނުގަނޑު ސާފުވުމުން އެސޯސިއޭޝަނުން އެކަން އަންގަމުންގެންދާނެ ކަމަށެވެ.

އަދި މިމަސައްކަތް ކުރިޔަށްދާއިރު މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ދެއްވުންމަށް ވަނީ އެދިފައިއެވެ.

ކިޔުންތެރިންގެ ހިޔާލު