ބިރުދައްކައިގެން ކުޑަ ކުއްޖަކު ރޭޕް ކުރަމުންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ އަންހެން ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 05:37 ގައި ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.
އަދި އެ މައްސަލަ ހުށަހެޅުމާއި އެކު މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން ކަމަށާއި،އެ ކުއްޖާ ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރއިންފެނުނުއިރު އިތުރު މީހަކުވެސް އެތަނުގައި ހުރި ކަމަށެވެ. އަދި އެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ. އަދި މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.އެއީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެންް މިހާތަނަށް ބެލިބެލުމުން އެ އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއް ކައިރިއަށް ކުއްޖާ އެކަނި ކަން ފުލުހުންގެ ތަހުގީގަށް އިނގޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެ އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހްޤީޤަށް ފާހަގަ ކުރެވޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ޤުރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ޢަމަލު ކުރާ މީހުންނާއިމެދު ޤާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު މިސަރވިސްއިން އަޅަމުން ގެންދާނެކަމުގައި ދަންނަވަން". ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަރނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި، ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއި އެކު ކުދިން ތަންތަނަށް ނުފޮނުވުމާއި، ކުދިންގެ ރައްކާތެރިކަމަށް އަޅުއްވަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައެެވެ.
އަދި މިފަދަ މައްސަލަ ތަކުގެ މަޢުލޫމާތު މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ފޯން 3000600 ނުވަތަ 9790163 އަށާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ...
ތިކުއްޖާގެ މައިންބަފަިންނައް ޝުކުރު ދަންނަވަން ޖެހޭ އެމީހުންގެ ހުރި ބުއްދީގެ ނިކަމެތިކަމާއެވެ. ޞނޑު އަޅައިވިހެއި އަންހެންދަރި މީހަކާ ހަވާލު ކުރަން މާލެ ފޮނުވީ
ހޯރަ އިއްބެ ގެ ކޭސް ކޮންތާކު ވީ މިހާރު؟
ހޯރަ އިއްބެއަކީ ސާފު ބޯކިރުފޮދެއްފަދަ ހުދު ފޮތިކޮޅެއް އެމްޑިޕީއަށް ވެރިކަން ލިބުނީމާ ވީގޮތެއް އެއީ
ހޯރަ އިއްބެގެ މައްސަލަ ރޭޕްގެ ގޮތުގައި ބެލެން ނެތީ! ގާނޫން އޮތީ ކޮންސެންޓް އޮވެއްޖެޔާ ރޭޕް އަށް ނުވާގަޮތަށް. އެކަން ވާނީ ވެސް އެހެން. އެކަމަކު ހަމަ އެގާނޫންގެ ދަށުން ޖިންސީ އަމަލެއް ހިންގުމާ ބެހޭ މާއްދާގެ ދަށުން ދައުވާ ކުރެވޭނެ...ކުރިއްޔާތާ
ތި ވާހަކައިގެ ބޮޑުބަޔެއް އަދި ސާރފަސް ނުވާހެން ހާދައެބަހީވެޔޭ..
ހުސް ދޮގު ތީ...ރުހުމުގަ ގޮސް ބޭނުނީމަ ރޭޕް އޯ..އުމުރަކީ 17 އަހަރު.ފިރިހެން ސޮރު އެއީ އޭނަ ބިޓު އޭނަ މައިންބަފައިން ވެސް ރުހި ގަބޫލް ވެގެން ދިޔައީވެސް..ގައުމުގެ ހާލަތް
އެޖެންޑާ 19 ތަފާތުވާނެ
ކުޑަކުދިން ގެ ކޭހުގައި ހޯރައިއްބެއާއި އިބޫސޯލިހު.
މައްސަލަ ރަނގަޅަށް ބަލާ ނިމޭއިރު އަންހެން ކުއްޖާ މާލެ އައިސް ހުންނާނީ އަމިއްލަ ރުހުމުގަ .. 18 އަހަރު ނުފުރޭތީ ވާނީ އެއްޗެއް ނުވިސްނޭ ސިކުނޑިވެސް ނެތް ކުޑަ ކުއްޖަކަށް
އެވަރު ވީއިރު މައިންބަފައިން ތިބީ ހަމަހޭގަ ބާ
ތުހުމަތުކުރެވުނު މީހާ ކުށޫގެ ރެކޯޓު އޮތްމީހެއް އެކަމަކު މުޖުތަމަޢުގާ މިނިވަނެއްގެ ގޮތުގަ ކިހާ ހެއްވާކަމެއް ކޮބާ ދައުލަތުގެ މުއައްސަސާތައް؟
މިކަހަލަ މައްސަލަތަށް ގިނަވަނީ ދިވެހިން ފޮތް ކިއުން މަދުވެ، ކަންކަމާއި ފުންކޮށް ވިސުނަން ނޭގޭތީއެވެ. ސިޔާސީ ލާޑަރުން (ޔާމީން، އިބޫ އަދި ނަޝީދު) ރައްޔިތުން މޮޔަހައްދާ ކަލްޓް ވިސްނުމެއްގެ ތެރޭގައި ގެންގުޅެމިންދަނީ! ދިވެހިންނަކީ މިއަދު ބޭކާރު ވާހަކަ ގިނަ، ހަސަދަވެރި، އަދި ދެއްކުންތެރިކަން ބޮޑު ބައެއް! ރައީސް ނަޝީދު، ނޫނީ ޔާމީން ނޫނީ އިބޫ އާއި އެކު ސެލްފީ ނެގުނީމަ ނިމުނީ! އުޅުމެއް ދިރިއުޅުމެއް ގިނަ މީހުންގެ ނެތް!
ކަލޯ ސިޔާސީމީ ހުންގެ ނަންލިޔުނުއިރު މައުމޫނާ ގާސިމާ ކާނަލްނާޒިމާ އަބުދުޑރިޔާޒާ އުމަރުނަސީރާ އިމުރާނާ މިމީ ހުންގެ ނަން ނުލިޔުނީ ކަލޯއަށް މިމީ ހުން ގޮވާގޮވެލިފަތި އަޑުނީވެނީތަ..ޔާމީންގެ ނަން ލިޔަންޖެ ހޭ ސަބަބެނެތް.،އިބުރާ ހީމްގެ ނަން ލިޔަންޖެ ހޭނީ ހޯރައިއްބެ ދޫކުރީ އިބުރާ ހިމު..
މައިންބަފައިން ހަމަ ހޭ ހުރިކަމަކަށް ލަފައެއްނުކުރެވޭ ކާކު ކޮންތަނަކަށް ކީއްކުރަންކަން ނުބަލާ ޖެހުނު މީހަކަށް ބަނބުކެޔޮ ގޯންޏެއް ހަދިޔާ ކުރާ އުސޫލުން ދަރި ދޫކުރީ ކީއްވެ ފުކެއްބޮޑުވަރު އެވަރު މައިން ބަފައިން ދަރިން ހޯދަން ހެޔޮނުވާނެ އަންހެން ވެރިން ނުދައްކާ ވާހަކަ ޔާ އި ނުކިޔައިދީ ހުރި ވާހަކަ ވަރަށްވެސްގިނަ މި މުޖްތަމަޢު ގައި އެހެންވެ ނޭގި ބޮޑު ސިއްރަށް ވެފައި ކަފުނާ އެކުވަން ދެންވެސް ސިއްރުވެފައި އޮންނަނީ އާބާދީގެ ގިނަ ބަޔަކީ ހާއްސަކޮން އަންހެނުންގެ ތެރޭ ކޮންމެސް އުމުރު ފުރައެއްގައި އަނިޔާ ވެރިކަމާ ޖިންސީ ގޯނާގެ ޝިކާރަ އަކަށް ވެފައިވާ މީހުން ސާރވޭ ކުރިއަސް ތަފާސް ހިސާބުތަކަށް ބެލިއަސް މިކަން އޮންނާނީ މިހެން ހަގީގަތަކީ ބަލަދު ވެރިންގެ އިހުމާލު
ތިގެސްޓްހައުސް ރަގަޅަށްބަލާ ޗެކްކުރޭ. އާމުގޮތެއްގައި ބިދޭސީންތަކަމުގެ އަޑީގައިނުވެނުދާނި. ދިވެހިޒުވާންފިރިހެނުް ހައްދައިގެން އެމީހުންޖަހާސަކަރާތެއްތީ. ގެސްޓްހައުސްތަކުގައި އާމުކަމެއް. ބީރުމީހުންހިންގާ ގެސްޓްހައުސްތަންބަންދުކުރަންވީ. ހަގީގީމައްސަލަފުރަތަމަހައްލުކުރަންޖެހޭނީ
ހޮލަފާ މައިންބައިން ނަމަ ބަނޑުއަޅާ ވިހޭދަރި މީހަކާ ހަވާލު ކޮށް ފޮނުވާނެތޯ؟
ކޮބާ ހޯރަ؟ އުދުހިލާ އުދުހިލާ ދޯ އުޅެނީ. މިނިވަންކަމުގަ!
ތިނުބައިޢަމަލު ހިންގި ކުއްވެރިޔާއަކީ ރީދޫކުއްޖެއްނަމަ މިނިވަންވާނެއެވެ. އެއީ ހޯރައިއްބެވެސް މިނިވަންވެފައިވާތީއާ މިއީ ބިރަކާނުލާ މަޖާކުރާ ސަރުކާރަކަށްވާތީއެވެ.