ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލެވުމުން، ސަރުކާރުން ފެށި އިންސާފުގެ ދަތުރު ނިމުނީތޯ، ރައްޔިތުންގެ މަޖިލިހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން ސުވާލުކުރައްވައިފިއެވެ.

ޣައްސާން މިގޮތަށް ސުވާލުކުރައްވާފައި ވަނީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ނުބަލައި ލަސްކުރަމުންދާ ކަމަށް ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ޣައްސާން ވިދާޅުވީ، "އެމްއެމްޕީއާރުސީ މައްސަލައިގައި ޑީލެއް ހަދަން ނޭދޭ" ކަމަށާއި، ވެރިކަމާއި ފުލުހުންގެ ކޮންޓްރޯލް އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރުމުގެ ބާރު ލިބުމުންވެސް މައްސަލަ ނުބަލާ ލަސް ކުރަމުންދާ ކަމަށެވެ.

ޣައްސާން ވަނީ ސަރުކާރަށް ހުރިހާ ބާރެއް ލިބިފައިވާއިރުވެސް މި މައްސަލަ ނުބަލާ ލަސް ކުރަމުން ދަނީ ޕީޕީއެމް އިންތޯ ސުވާލުކުރައްވާފައެވެ. އަދި މި މައްސަލަ އަވަހަށް ބައްލަވައިދެއްވުމަށް ޣައްސާން ވަނީ ގޮވާލައްވާފައެވެ.

"ރައީސް ޔާމީން ޖަލަށް ލެވުނީމަ އިންސާފުގެ ދަތުރު ނިމުނީތޯ؟ މި މައްސަލަ އަވަހަށް ބައްލަވާދެއްވުމަށް ގޮވާލަން،" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްޤުން ކަމަށެވެ. އަދި އެމަނިކުފާނު މިނިވަންކޮށް ވެރިކަމަށް ގެނައުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕީޕީއެމް-ޕީއެންސީ އިން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ، އެ މަސައްކަތް ކުރަމުންދަނީ "ކެރިގެން. ސިއްރު ޑީލްތައް ހަދައިގެން ނޫން" ކަމަށާއި އެ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާން ޙުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ އެމަނިކުފާނު ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ފަސް އަހަރު ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަބޭ2020

    ޣައްސާން! ފައިންއެރުނީމަތަދުވާކަންކުކުޅުހާލަށްވެސްއިގޭ ތިޔަވިދާޅުވަނީ ވެރިކަންލިބުނީމަ ހިއްސުކެނޑުނީކަމަށްތޯ؟ ނޫން ކޮނުނުވަރަކަށްފަސްގިނަވާއުސޫލުން ބައިވަނީބޮޑު ބައިކޮޅަށްގޯލުޖަހާކަށްފޯވާޑުންބޭނުމެއްނުވާނެ ވީމާ ބެދޭމަޅިބާރުވާނެތީ އެކަންނިންމޭކަށްނެތް ދެންދަރަނިނަގައިގެން ހޯދިގޮތަކަށްހޯދައިގެންތިބޭއިރު ދަރަނިއަދާކުރެވެންދެން ދެކޮޅަށް ދަމާލަދަމާލާތިބީމަ އޯކޭނޫންތޯ؟

  2. ރާގޮޑިރާޖަ

    މިގައުމުގެ އެންމެބޮޑުވައްކަންކޮށް 3ބިލިއަން ރުފިޔާ ވަގަށްނަގައިގެން ޖަލުގައިހުރި ޔާމީނު އެއަރކޯން ގަނޑުވަރެއްގަ ބަހައްޓާފައި ރިހާކުރުފުޅިއެއްފަދަ ކުޑައެއްޗެއްވަގައްނަގާފައިވާ މީހުން ކުޑަގޮޅީގަ ތިއްބަނީ ކީއްވެތޯ އައްސާނު ސުވާލުކޮއްލަބަލަ!!!!

    2
    7
  3. އަލްޖިބްރާ

    ތިޔައީ ރަގަޅުވާހަކައެއް ! ކަލޭވެސްތީ ބޮޑުވަގުގެ ބައިވެރިއެއް ! ކަލޭވެސް ޖަލަށް ވަންނަން ޖެހޭ !

    3
    7
  4. ޯބޯޖަލީލު

    އެއްމެ ބޮޑުވަގު އެހެރީ ރައީސް އޮފީހުގައި ބުރޯ އަތުން އެއްމެގިނަރުފިޔާ ގެންދިޔަކަމަށް ވަނީ އޭނަ

    11
    1