ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ކޮވިޑް-19 އާއި ގުޅިގެން، ޤާނޫނަކުން ވަޒީފާއިން ވަކި ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލެއްގައި ހިމަނައިފިއެވެ.

މިގޮތަށް ހިމަނާފައި ވަނީ "އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލެއްގައެވެ.

ބިލުގައި ކަނޑައަޅާފައިވާ ގޮތުން ވަޒީފާ އިން މުވައްޒަފުން ވަކި ކުރުމަށް ހުއްދަވާނެ ހާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮށްފައި ވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރަ އާއި އިނާޔަތްތައް ދެމުން ނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ހާލަތުގައެވެ.

މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ އިތުރުން، މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައުމަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމުގެ ހުއްދަ ދިނުމަށް ވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ.

ބިލުގައި ކަނޑައަޅާފައިވާ ގޮތުން ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންނަށް ޚާއްސަ ސަލާމާއި، އާއިލީ ޒިންމާގެ ޗުއްޓީ އާއި އެނޫންވެސް ޚާއްސަ ޗުއްޓީ ދޭންވާނެ އެވެ. މިގޮތުން މުވައްޒަފުންނަށް ޗުއްޓީ ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް ކަމަށްވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ވަކި ހާލަތްތަކެއްގައި މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭ ގޮތައް ވަޒީފާދޭ ފަރަތައް ބާރުތައް ލިބިދީފައިވާ ޤާނޫނެއް ފާސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިހިރު ކޮވިޑް-19 އާއި ގުޅިގެން މިހާރު ވެސް ރާއްޖޭގައި ވަޒީފާ އަދާކުރާ ވަރަށް ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި ވަޒީފާ ނުގެއްލި ތިބި ގިނަ މީހުންގެ ވަޒީފާ ވެސް މިހާރުގެ ހާލަތައް ބަދަލެއް ނާންނަނަމަ ވަރަށް އަވަހަށް ގެއްލިގެން ދިއުމުގެ ބިރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ނޫސްކިޔާމީހާ

    މި ޔުޅެނީ ބަޔެއްގެ ވަޒީފާ ގެއްލުވާލަން ކަން ޔަގީން . ހެޔޮނުވާނެ އެއްވެސް މީހަކުގެ ވަޒީފާ ގެއްލުވާ ނުލައްވާ . މިޔަދު މަޖިލީހުން ތިޔަހެން ތިހަ ބިލް ފާސްކުރައްވާ ބޭފުޅުން މަހުޝަރު ދުވަހު ޖަވާބު ދާރީވާން ޖެހިވަޑައިގަންނަވާނެ ކަން ވިސްނަވާ

    245
    12
    • ޙައްގުބަސް

      ކީއްކުރާނީ!! މިގައުމުގެ ކުރިން އޮތް ޙާލަތުން އެއަށްވުރެން މާރަގަނޅު ޙާލތަކަށް 2013 ވަނަ އަހަރުން ފެށިގެން އައީ ބަދަކލުވަމުން!! ތަރައްގީ އައީ ވަމުން!! މިގައުމުން މީގެކުރިން ދުވަހަކުވެސް ނުފެންނަ ވަރުގެ ބިޔަ ބޮޑެތި އެތައް މަޝްރޫއެއް ފަށާ އައި ނިމެމުން!! ރާއްޖޭގެ އިގުތިސާދު ރަގަނޅުކޮށް ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ ޑޮލަރުގެ ޢަދަދު 6000 ޑޮލަރުން 2019 ވަނަ އައިރު އޮތީ 10000 ޑޮލަރަށް ބަދަލުވެފަ!! ވަޒީފާތައް އިންތިހާއަށް އިތުރުވެ ޒުވާނުންނަށް އެތައް ފުރުސަތުތަކެއްވަނީ ފަހިކޮށް ދެމުން! ރާއްޖޭގެ ސިއްޙީ ނިޒާމަށް އިންގިލާބީ ބޮޑެތި ހެޔޮ ބަދަލުތައް އައީ ގެންނަމުން!! އޭގެ އެތައް ފަސޭހަތަކެއް ދިވެހިރައްޔިތުންނަށް އައީ ލިބެމުން!! ރައްޔިތުންގެ އަތްމަތި ތަނަވަސްވެ ކުރާނެ މަސައްކަތްތަށް އައީ ފަހިވަމުން!! މިހެން މިކަން ހިނގަމުން ދަނިކޮށް މިރާއްޖޭގެ އަމިއްލަ އެދުން ބޮޑު ސިޔާސީ ހަތަރު ރަންޑިން ބައިވެގެން ވެރިކަން ބަދަލުކުރީ!! އެކަން ކުރުމުގައި ހުރިހާ މަދަދެއް ފޯރޮކޮށްދިނީ މިގައުމަށް ދަހިވެތިވެފައިވާ އަވަށްޓެރި ނުލަފާ ގައުމަކުން!! އަދި ސިޔާސީ ހަތަރު ފެއިލިއަރުން (ސިޔާސީ ރަންޑިން) ރައްޔިތުން ކުރިމައްޗަށް ނިކުމެ ދެއްކި ވާހަކަތަކާއި ހެދިހާ ދޮގާއި ކުރިހާ ވަޢުދުތަކަށް ރައްޔިތުން ހެއްލުނީމަ ވާނީ މިހެން!! މިހާރު ކޮބާ އެސިޔާސީ މީހުން!! މިހާރު އެތިބީ ދެ ލޯ މަރައިގެން ކަންފަތަށް ނެރުބައްތި ޖަހައިގެން ނުފެންނަ އަޑު ނީވޭ ބަޔަކަށް ހެދިގެން!! ހުރިހާކަމެއް ވަރިހަމަވެގެން!! ދެން ރައްޔިތުން ރޯނެ ކަމެއް ނެތް!! ދިވެހި ރައްޔިތުން މިބަދަލު ގެނައީ!! މިހާރު ފެންނަ ތަރައްގީއެއް ނެތް!! ލިބޭ ޢާންމު ދަނީ އެއް ނެތް!! ގައުމުގެ ޙާލަތު މިދަނީ ހުރިހާ ގޮތަކުންވެސް ގޯހުން ގޯހަށް!! ބޭރު ގައުމުތަކުން އަދި އެބަބުނޭ މިގައުމުގައި އޮތީ އަވަށްޓެރި ގައުމެއްގެ ޕަޕެޓް ސަރުކާރެކޭ!! އަދިވެސް މިކަން ބަދަލުކުރެވެން އޮތީ ރައްޔިތުންނަށް!! ރައްޔިތުން ޖެހެނީ މަސައްކަތްކުރަން ކެރިގެން!! ބުނާހާގޮތެއް ހަދައިގެން ކުރާ ކޮށްމެ ކަމަކަށް އާނބަސް ބުނެގެން ތިބެގެން ރަގަނޅު ނުވާނެ!!

      100
      7
  2. ދޮންބެ

    سبحان الله! ދެރަކަމެއް

    178
    4
  3. އިބޫ

    ވިޔަފާރިވެރެިންގެ ފުރެޝަރު ސަރުކާރަށް އޮތް މިންވަރު ވަރަށް ސާފު، އެހެންވެ މި ރިސޯރޓު އޯނަރުން ވެންޓިލޭޓަރާއި މާސްކާއި ސެނެޓައިޒަރ ފަދަތަކެތި ހަދީޔާކުރަނީ، ސަރުކާރު ވެއްޓޭނެކަމުގެ އަލާމާތެއްމީ

    225
    8
  4. ދެރަ

    ކީކޭދެން ބުނާނީދޯ

    141
    4
  5. ހުސޭނުބޭ

    މިއީ ކޮންފަދަ އޯދާތެރި ސަރުކާރެއް! މިހާރު ރައްޔިތުން ބަނޑުފަޅާ ކާންވެގެން ކަތިވަޅި އެ ތޫނުކުރީ!

    190
    10
  6. ރޯދަ މުބާރިކް

    ވަރަށް ގޯސް ޢަމަލެއް!

    155
    7
  7. Anonymous

    ތިން ހަތަރު މަހަކު އޯނަރުގެ ޖީބުން މުސާރަދެވިދާނެ. ތާއަބަދު އެކަމެއް ނުކުރެވޭނެ. ވަޒީފާ އުފެދެނީ ޑިމާންޑުގެ މައްޗަށް. ނުލިބޭ ރުފިޔާއެއް އަބަދު ދީގެން މުއައްޒަފުންނެއް ނުބޭތިއްބޭނެ. ލިބޭ ޢާންމު ދަނީ އެއްގެ މައްޗަށް ގެންގުޅޭ މުއައްޒަފުން ގެ އަދަދު ބިނާވާނީ. ވަޒީފާ މަދު ކުރަން ޖެހޭތީ ދެރަވޭ އެކަމަކު ނުލިބެންނާ ނުދެވޭނެ. ނުދެވެންޏާ އަދި މާހުތުރު ވެފަ ދެރަ.

    53
    101
    • ކިޔުންތެރިޔާ

      ސަރުކާރަކުނެތް ކަންކަން ރާވާ ހިންގާ އަދި ޚިޔާލުދީ ހެދޭނެ ފެންވަރެއް. އެމްޑީޕީ މީހުން ދެން ކޮޑުހުޅުން އަތް ނެއްޓެންދެން އަތްޖަހާ! ގައުމެއްވާ ދަވާލައިފި.

      79
      5
  8. ދާއޫދް އިބްރާހިމް

    ރިސޯޓް ކުދިންގެ ވަޒީފާ ގެއްލުވާލަން ކުރި ކަމެއް. މީ ހަމަ ސީދާ ޕަޕެޓް ސަރުކާރެއް.

    151
    11
  9. ނަބާ

    އެންމެ ހެޔޮ އޯގަތެރި ވެރިންނަކީ ރައްތިޔުން ހާލުގައި ޖެހޭ ވަގުތު އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭ ވެރިންނެވެ. ޢެފަދަ ވެރިންގެ މަތިން ދުވަހަކުވެސް ރައްޔިތުން ހަދާނެއް ނުނެތޭނެ!! އެކަމަކު ރާއްޖޭގެ ހާލަތަށް ނިކަން ވިސްނާބަލާށެވެ! ސަރުކާރުން މިބަލަނީ ނިކަމެތި ރައްތިޔު މީހާ އަށް ލިބެން އޮތް “ ކުޑަ” އެތިކޮޅުވެސް ނުދީވޭތޯ ބަލަން!! ރައްޔިތުން މިފަދަ ކަންތައްތަކާ ދޭތެރޭ ފުންކޮށް ވިސްނަވާ !! މީތޯ ތިޔަބުނާ ހެޔޮވެރިކަމަކީ!!! މިއީ ނޫންތޯ އަނިޔާވެރިކަމަކީ !!

    152
    7
  10. މޮޔަސޮރު

    ކޯޗެއް ބޮވިގެން ތަ ކަލޭމެން ތި އުޅެނީ. ވަކިކޮށްފައި ޤަވާޢިދަށް ފައްތަނީ. ރޭވުންތެރިކަމެއް ނެތްކަން އެގެނީ. ރިސޯޓް ވެރިންނަށް ކުލި މާފް، ނިކަމެތި ރައްޔިތުން ވަޒީފާ ދަނީ، މުސާރަ ކުޑަވަނީ، އަދި ޖީ.އެސް.ޓީ ވެސް ދައްކަންޖެހޭ.

    46
    4
  11. އައްޑޫ މީހާ

    ކޮބާ ރާކަނިމަސް ކެވޭ؟ ނާގާބިލުކަން މިފެންނަނީ ގަބޫލު ކުރިޔަސް ނުކުރިޔަސް ހަގީގަތަކީ ވެރިކަން ކުރަން ނޭގުނީމާ ދެން ކުރާނީ މިކަހަލަ ކަންތައް

    79
    4
  12. އެކްޓަރ

    މިއީ ވަރަށް ޒަމާނާއި ނުފެތޭ ބިލެއް.. ވިޔަފާރި ކުރަން ގަސްދުކޮށް އެވިޔަފާރީގެ އޮނިގަޑު އެކުލަވާލާނީ ވެރިފަރާތުން.. މިއީ 100 އަހަރުން 1 ފަހަރު ދިމާވާ ކަމެއްކަމަށް ސައިންސް ވެރިން ވިދާޅުވަނީ.. ޕުރައިވެޓް ސެކްޓަރ ގައި މަސައްކަތްކުރާ ދިވެހިންގެ މުސާރައަށް ބަދަލު ގެނައުމާއި ވަކިކުރުމާއި ލީވްތައް ދިނުމަކީ އެގްރިމަންޓަކުން ހަމަޖެހޭނެކަމެއް... އަސްލު މިހާރު ތިއުޅެނީ ކުންފުނިތަކުގައިތިބި އެމްޑީޕީ ނޫން މީހުންކަނޑާލާ ޔެލޯ މީހުން ވައްދަންކުރާކަމެއް... ރ.ސޯލިހު އަށް ޤައުމު މެނޭޖް ނުކުރެވޭނަމަ އެއްވެސް މަޖްބޫރެއް އެބައޮތްތޯ ވެރިކަމުގައި ހުރުން. ސޭޓްމެން ދިނީ.. 999 ރ. އަދި 2222 ރ
    ދިވެހި ދައުލަތުގައި ހުރި ފައިސާތައް ކޮވިޑް ޖެހުނު ބޭރު މީހުންނަށް ޚަރަދުކޮށް..ހުސްކޮށް، ދިވެހިން ވަޒީފާތަކުން ކަނޑާލާ ސަލާމް ޖަހަން މަގުމަށްޗަށް ދޫކޮށްލަން ކުރާކަމެއް....ރިސޯޓްތަކުގައި 30% ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބެނީ...އަދި ވަރަށް ކުޑަ މުސާރައަކަށް 50 އަހަރު މިއުޅުނީ.. މިނިމަމް ވޭޖް ކަޑައަޅަން ބިލެއް ފާސްނުކުރެވި ވަޒީފާތަކުން މީހުން ކަޑާލާ ބިލެއް....

    40
    2
  13. Anonymous

    އަސްލު ހާލަތުގެ ގޮތުން ވަޒީފާއިން ވަކި ނުކޮއް ނުވީމަ ދޯ ކުރާނީ. ޙަމައެކަނި އެއްއޭނގަލް އަކުން ވިސްނައިން މިވަގުތު ވާކަށްނެތް. އަހަރެން ދެކުނިން މިދިޔަދެމަހު ވަޒީފާއައް ހަމައައް އަންނަން ނުޖެހި މުޅި މުސާރަ ދިންތަން. ނަމވެސް މުޅި އެލަވަންސް ނުދެވުނީމަ ވެރިންނާދިމަލަށް އެއްޗެހިގޮވިތަން.

    11
    31
  14. ހަގީގަތް

    މީ އެއްވެސް ބަޔަކު ދުވަހަކުވެސް އަންނާނެ ކަމަށް ހީވެސް ކޮއްފައިވާ ހާލަތެއްނޫން، ހާއްސަ ހާލަތުގައި ތަފާތުކޮއް ކަންކަން ކުރަންޖެހޭނީ، މަޖުބޫރުކޮއްގެން ވަޒީފާއަކު ނުގެންގުޅެވޭނެ، ވެރިން ޖީބުން މުސާރަދޭންބުނާއިރު އެމީހުންވެސް ތިބީ މިހާލަތައް ތައއޔާރުގެ ފައިސާ ރައއކާކޮއްގެންނެނޫން، އެމީހުންވެސް ކުރަން ބައިވަރު ހަރަދު އޮންނާނެ، އެގޮތައް މުއައއޒަފުންވެސް ކޮންމެވެސް އެއްޗެއް ފަހައް ރައްކާކުރިނަމަ، ބޮޑަށް އާމްދަނީލިބޭމީހުން ކުރާ ހަރަދުވެސް ބޮޑުވާނެ

    10
    33
  15. މުހަންމަދުއަމީ

    އެހެން ގައުމުތަކުން ރައްޔިތުން ވަޒީފާއިން ނުކެޑުމައް ވިޔަގާރިތަކައް ބޮޑެތި އެހީ ދެމުން ދާއިރު މިތާގަ މިފެންނަނީ އެމްޑީޕީގެ ރޫހާނީ ތަޅުމުގެ ރައީސް ހުންނަވައިގެން ރައްޔިތުން ވަޒީފާތަކުން ވަކި ކުރުމައް ބިލު ފާސްކޮއްދޭތަން. މިއޮތީ އަހަރެމެންގެ އަތުން 2018ގަ ލީ ވޯޓުގެ ރަހަ ލިބިފަ.

    35
    2
  16. އަސީލް

    ތިޔަ ބިލުފާސް ކުރާއިރު ހުރިހާ މެމްބަރުންވެސް ނިކަން ހެވިފައި ތިއްބަވާފަ ތިކަން ކޮއް ނިންމާފައި މެމްބަރުންގެ ބޮޑު މުސާރާގައި މެމްބަރުންގެ އަނބިދަރީންގާތައް ގޮސް ބޮޑު މުސާރައިން ގަތް ތަކެތީން ކުކުޅު ބިރިޔާނީ އާއި އައިސް ކުރީމް ކާލައިގެން އޭސި ކުރި ކޮޓަރިތަކުގައި ނިިދި ކުރައްވާށެވެ.

    36
    1
  17. ދުންތަރި

    ސަރުކާރުން މަސައްކަތްކުރަނީ ވިޔަފާރިވެރިން ހިންހަމަ ޖައްސައިދީ ނުކަމެތި ރައްޔިތުން އިތުރަށް ނުކަމެތިކޮށްލުމަށް ޙައްޤުތަށް ހޯދައިދިނުމަށް ވަޢުދުވެ އައި ސަރުކާރުގެ ކޮންމެ ފިޔަވަޅަކުންވެސް ފެނިގެންދަނީ ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތިކުރަމުންދާމަންޒަރު އަދިވެސް މުޅިޤައުގެ ރައްޔިތުން އެކީއެކައްޗަކަށް އެމްޑީޕީއަށް ތާއީދުކޮށް ވެރިކަމާ މަޖިލީހާ ކައުންސިލްތަކާ ނުވިތާކަށް މުޅިޤައުމު އެމްޑިޕިއަށް ވެދުންކުރަންވީ

    36
    1
  18. ގެރި

    ކޮބާ ފައިވިއްދާފަ ރިސޯޓްބޯއީސްތަށް ވޯޓްދީގެން ގެނައި ސަރުކާރު! ހެހެހެހެ

    48
    4
    • އަމީދު

      ރައީސް ޔާމީނައް .. ވޯޓުނުދިން..ހުރިހާ..ރިސޯޓުބޯއިސް..އަށް .. ސަލާންރައްދުކުރަން.. ރާކަނިމަސް..ކެވިއްޖެތޯ..ބަޑުފުރޭވަރައް..ދެން ..މަގޫފަތްކާން ..ތައްޔާރުވޭ..

      25
      1
  19. މުހަންމަދު

    ގައިމު ހިންނަވަރު އިބްރަހިމް ބުނި އެއްވެސް މީހަކު ވަޒީފާ އިން ވަކި ނުކުރާނަމޭ.

    70
    2
    • ކިނބޫ

      ބުނި ހުރިހާ ކަމެއް އަނެއް ކޮޅަށް. ޒީރޯ ޓޮލަރެންސް ވެސް.

      48
      2
    • ކޮތަރު

      ބުނި ދޯ ސްޓިކަރ ވެސް ނުޖަހާނަމޭ. އޭގެންވެސް ރެކޯޑް ހަދައިފި.

      52
      2
  20. ޒާ

    ހެޔޮފުޅހު ވެރިމީހާ ފެނިއްޖެދޯ؟ މިވެރިކަން ގެންނަން ފޫގެޅި މީހުން ދެން ތިބޭ ދަތްކޮށްޓަން.

    73
    4
    • ޢަބްދުއްލަޠީފު

      ހައްހައްހައްހައްހައްހައްހައް..............................................100 އިގެ ކޮމެންޓެއް.

      32
      1
    • ރޯނު އެދުރު

      ތި ބޭފުޅާ މިކަމުގަ އުފާ ފާޅު ކުރަންވީ ސަބަބެއް ނުވިސްނުން. ތަގުދީރުގަ ވާކަމެއް އެކަކައްވެސް ނޭންގޭ.

      4
      4
      • އަބްދުއްލަޠީފު

        ކަލޭމެންގެ އަތްތަކުން ހޯދައިގަންނަ ކަންތައް ތަޤުދީރާ މަތިނުކުރެވޭނެ. ކަލޭމެން ދެކަންފަތް ބީރު ވެފަތިބީމަ އަހަރުމެން ދެއްކި އެއްވެސް އަޑެއްނީވުނު. ކަލޭމެންގެ ހުރިނިކަމެތިކަމާ އަދި ގޮތް ދޫނުކޮށް ތެދު ދޮގަށް ހެދީމަ އަހަރެން ހިނިއަންނަނީ. މިހާރު އެތައްޔާރުވަނީ ލީގަލްކޮށް ވަޒީފާއިން ދުރުކުރަން. އެހެން ނަހަދާ ކަލޭމެން ބުރުއްސާލައިފިނަމަ ލޭބަރ ރިލޭޝަން އޮތޯރިޓީ އަށް ދުވާވަރުން ބޮލާ ނުފޮރުއްޕާން ވާނެތީ ގާނޫނަކުން ބާރުލިބިގެން އެކަން ކުރަން އެއުޅެނީ. ދެންތިބޭ ރާކަނި މަސްކެވިފަ. އަހަރެންވާ ސަލާމް. ވައާޚިރު ދަޢުވާނާ ޢަނިލްޙަމްދު ﷲ.

  21. ތާކިހާ

    ބޭނުން މީހުން ނަށް ލޯނު ދެވުނީމަ ސަޅި ޤާނޫނެއް. ވިވަރުން ވެސް ރައްޔިތުންގެ ތެރޭގައި ތިބި ބައެއްމީހުންނަކަށްނުވިސްނެ . ޝުކުރިއްޔާ ސަރުކާރު

    40
    1
  22. ޗާލީ 13

    ގާނޫނަކުން ފާސްކޮއްލަ ދީބަލަ، ރިސޯޓު އޯނަރުން އެހެންވެސް ވިޔަފާރި ހިންގާމީހުންނަށް ފައިދާ ވާފަހަރު މުވައްޒަފުންނަށް ބޯނަސްއެއް ދޭގޮތަށް، ނުކެރޭނެ އެގޮތަށް ފާސްކުރަން... ތި ފާސްކުރަން ތިތިބެނީ ހުސް ވިޔަފާރި ވެރިން، ރައްޔިތުން ފެލަމުން، ނިކަމެތި ކުރަމުން ތިދަނީ، ﷲ ގެ ކޯފާ ލައްވާނެ

    41
  23. ހާލުގެދުލުން

    سبحان الله ހާދަ ދެރައޭ

    41
    1
  24. އަލިފުނޫނު

    ޢަދިވެސް މަތިމައްޗަށް 100ޕަސެންޓް މެޖޯރިޓީ ދީ.އޭރުން ރަނގަޅުވާނީ.އެމީހިން އެކަނި ކައިގެންތިބީމަވީ.

    45
    2
  25. ނާޒިމާ

    ކިހާވަރެއް ރިސޯރޓު އޯނަރުން މިސޮރަށް ދިނީބާ؟ މީނަ ބިލެއް ހުށަނޭޅިއަސް އެތިބީ ގިނަ ޢަދަދެއްގެ ބަޔަކު ކަޑާފަ ގެއަށް ފޮނުވާލާފަ؟ އަލީވަހީދު އާއި މަބްރޫކު ކިޔާ އެއްޗަކާ ބަނޑާރަނާއިބު ކިޔާ އެއްޗެއް ދިމަލެއްނުވޭ؟ މީ ކޮންފަދަކަމެއް

    31
    1
  26. ލާމު

    މަޓީ އަށް ފަސޭހަ ކޮށްދޭން ވެގެންނެވެ.

  27. ފަގީރުކޮއި

    ކީއްކުރާ ގާނޫނެއް؟؟ މި ހާރުވެސްް ގާނޫނުގައި އޮވޭ އިނާޔަތް ދިނުމަށްވެސް، އަދިވެސް ގާނޫނު ހަދަންތިބި މަ ހުޖަނުން މާރޗްމަ ހު މުސާރަ ވެސްނުދޭ. ތިގާނޫނު ފާސްކޮއްފިއްޔާ އާމްދަނީ އިތުރުވާ ކޮންމެ މަ ހަކު އިތުރު ބޯނަސް ސްޓަރފުންނަށްް ދޭންޖެ ހޭނެ، މުސާރަ 10ވަނަ ދުވަ ހުގެ ފަަ ހުން ދޭނަމަ ކުންފުނިން އިތުރު އެލަވަންސެއް ސްޓަރފުންނަށްދޭންޖެ ހޭ. އެއީ އެންމެެ ދުވަ ހަކު ނާދެވުނަސް މުސާރައާއި ސާވިސްޗަރޖް ނުލިބޭ.. ތިބިލް ތީ ހަމައެކަނި މުއްސަދިިންް ސަލާމަތްކުރަން ހުށައަޅާ ބިލެއް، މަ ހުޖަނުން ބޭނުންގޮތަކަށްސްޓަރފުން ހަންދަމާލަންް ފާސްކުރާބިލެއްތީ.

    15
  28. މާމިގިލީީ މަންޖެ

    ރާކަނިމަސްކެވިއްޖެ މާދަމާ ސޭޓްް ޖަލްސާއިން ފެންނާނެ، މި ހާރުން މި ހާރަށް ސޭޓް ތިބިލް ވޯޓްދީފި، އެކަމަކު އަދިވެސް އިނާޔަތުލާރިވެސް ނުދޭ މާރޗް މަ ހުގެ މުސާރަނުދޭ. ސޭޓްމެން ގާނޫނު ހަދާ އަމަލެއްނުކުރޭ މި ހާރުވެސް ސަންގަ 500 ގިނަ މުއައްޒަފުން އެބަތިބި، ރެޔާދުވާލު ގޭދޮށު މަސްފެކޓަރީ އަޅަނީ. މައިދާތަމެން ސްވީޓްގަ ނާޗަރަންގީ ކުޅެނީ ސްޓަރފުން ދަރީންނަށް ނުކާންދީ ސޭޓްގެ ދަނޑު ތައް ހަދަނީ ކޮބާތޯ ގާނޫނު، ފެ ހި ގާނޫނު

    14
  29. މުއްސަނދިފަޤީރު

    ކޮންމެމީހަކުވެސް ވަޒީފާދޫކޮއްލާފާ އަމިއްލއައް ކޮންމެސް މަސައްކަތެއްފައްޓަވާ ވަޡީފާގެ އިތުބާރުގެއްލޭ ހިސާބައްދަނީ މީ މުއްސަނދި ފަޤީރުންއުޅޭ ޤައުމެއް

    16
  30. ލޮކް

    ކޮން ޒާތެއްގެ ބަޔަކައްތަ ވެރިކަން ދެވިގެން މިއުޅެނީ. ސިޔާސީ މީހހުން ކޮންމެހެންވެސް ނުކަނޑާތި. ބުއްޅޮ

    19
  31. އޯގާ

    ޖަވާ ހިރެއްފަދަ އޭޖީ. ހަމަ އެފަދަ ޕީޖީ. ވިޔަފާރިވެރިންގެ ހަޒާނާ. މި ވެރިންގެ ޖީބައް ބަންޑުން ކޮއްލައިފިތާ

    18
    1
  32. ރިސޯރޓު ބޯއީ

    މިނިމަމް ވޭޖް ކަޑައަޅަން ބިލެއް ފާސްނުކުރެވި ވަޒީފާތަކުން މީހުން ކަޑާލާ ބިލެއް....

    28
    1
  33. އެމް ޑީޕީ

    އެންމެން ނުކުންނަންވީ މުޒާހަރާ ކުރަން. ކޮވިޑް-19 އަށް ވުރެ ނުބައި ބައްޔެއް މިއޮތީ ރާއްޖެއަށް ޖެހިފަ އެޖެންޑަރ-19

    13
  34. ޙަރާމެވެ.

    އެއްވެސް އިންތިޚާބެއްގައި، އެއިންތިޚާބަކަށް ސިޔާސީ ޕާޓީ އަކުން ކުރިމަތިލައިގެން އަހަރެންގެ ގާތަށް ވޯޓު ހޯދަން އަންނަ ކޮންމެ މީހަކަށް އަހަރެންގެ ވޯޓު ޙަރާމެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް އަދި ކޮންމެ ޕާޓީއަކަށް ވިޔަސް ވަރިހަމައެވެ.

    10
  35. މުޒީ

    ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ހެއްލުނު ހެއްލުމުގެ ހިތިނަތީޖާ މިއަދު މިގައުމުގެ އެއްމެން ގެ ކަރުގަ ރަހަލައްވާލާނެ. ދެން ކުރެވޭނެ މާ ބޮޑުކަމެއްނެތް. ވަރަށް ސަލާމް ވޯޓްދެއްވި ހުރިހާބޭފުޅުންނަށް.