އަންނަ ޖުލައި މަހު ރާއްޖެއަށް ފަތުރުވެރިން ގެންނަން ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވާކަން ހާމަކޮށްފައި ވަނީ މިއަދު ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ރާއްޖެއަށް ފަތުރުވެރިން އައުމަށް ހުޅުވާލާއިރު، ފަތުރުވެރިންގެ އަތުން އިތުރު ފީއެއް ނެގުމަށް ނިންމާފައިނުވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުން، ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާނީ މަރުޙަލާތަކަކަށް ބަހާލައިގެންނެވެ.

މިގޮތުން އެކުލަވާލެވޭ "ސޭފް ޓޫރިޒަމް ގައިޑްލައިން" އެއް ތައްޔާރުކޮށް އާންމު ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި ގައިޑްލައިން ތައްޔާރު ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ވެސް މީގެ ކުރިން ހުޅުވާލާފައި ވެއެވެ.

ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް، ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ތައްޔާރުވަމުން ދާއިރު، ޓޫރިޒަމް މިނިސްޓަރ، އަލީ ވަހީދު ވިދާޅުވީ، މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތާއެކުވެސް، މިއަހަރުގެ އަމާޒަކަށް ވާނީ ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޖުލައި މަހު ގިނަ ގައުމުތަކުގެ ބޯޑަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ ރާއްޖެ އިން ވަނީ ޗައިނާ ފަތުރުވެރިން ރާއްޖެ އައުން ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހު މަނާ ކޮށްފައެވެ. އޭގެ ފަހުން އެކި ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އައުން އެކި ފަހަރުމަތިން މަނާކޮށް ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދު ކުރީ މާޗް މަހުގެ ފަހުކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރޯދަ މުބާރިކް

    އެބަޔާނުގައި ފީ އެއްގެ ވާހަކަ ލިޔަންޖެހުނީ ކީއްވެބާ؟

  2. ކޮރޯނާ

    ހުޅުވަ ހުޅުވަ ދުވާލަކު 500 ޕޮޒިޓިވް ވިޔަސް އެއީ ބޮޑު އަދަދެއް ނޫން އާބާދީގެ 1/2 މަރުވީމަ އެއްޗަކަށް ވާނި

    • ހާޖަރާ

      0.3% މަރު ރޭޓް. އެހެންވީމަ 500000 މީހުންނައް ޖެހުނަސް މަރުވާނީ އެންމެ 1500 މީހުން. 500000 މީހުންނަކައް ނުވެސް ޖެހޭނެ.

  3. އަމީން

    ރާއްޖެއައް ކޮންމެ ފަތުރުވެރިޔަކުވެސް އައުމާއި އެކު އެފަތުރުވެރިޔެއްގެ ނޭފަތުގެ ދެ ލޯވަޅައް ހޮޅިގުޅައި އަނގަޔައް އޮކްސިޖަން މާސްކުޖަހައި ވެންޓިލޭޓަރުގައި އެ ފަތުރުވެރިޔަކު ރާއްޖޭގައި ޓޫރިޒަމް ހޭދަކުރާހާ ދުވަހަކު ހުރެވޭނެ އިންތިޒާމު ހަމަޖެހިފައި ވާތީ ދެއްތޯ.

  4. ނަބުރު

    ކޮވިޑު19 ޖެހުން މީހުންގެ 12% މީހުން މަރުވެ 88% މީހުން ރަނގަޅުވީ
    500000 މީހުންނަށް ޖެހިއްޖެނަމަ 60000 މީހުން މަރުވެދާނެ އަދި އިޓަލީ ކަހަލަ ބޮޑުވަރު ވީ ގައުމުތަކުގައި 18% މީހުން މަރުވި.

  5. ޞަބީ

    މީގެން އެނގެނީ ކޮވިޑު19 ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައި ވާކަން. މިހާރު 100 އިން މީހުން އެދަނީ ފައްސިވަމުން

  6. ލކ

    އަލީވަހީދު އޮޅުވައި ނުލާތި