ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް، މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ނިންމައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވާފައި ވަނީ، މާދަމައިން ފެށިގެން، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން ހާމަކޮށް ވިދާޅުވެފައި ވަނީ، ސަރުކާރުގެ އިދާރާތއް ހުޅުވުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެވެސް ތިން ދުވަހުއެވެ. އެއީ ހޯމަ އަންގާރަ އަދި ބުދަ ދުވަހެވެ. މި ތިން ދުވަހު އިދާރާތައް ހުޅުވުމުގެ ހުއްދަ ލިބޭނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

އިދާރާތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވީނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިނުލުމަށް އޮފީސްތަކަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި، އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާއި، ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގާފައެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވަން ޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވުމުގެ ހުއްދަ ލިބޭނެއެވެ.

އަދި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެއިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށް އޮފީސްތަކަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިވެހިސޮރު

    މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވަނީ ...މާދަމާއަކީ އާދިއްތަ ކީކޭ މިކިޔަނީ ...އެއީ ހޯމަ އަންގާރަ އަދި ބުދަ ދުވަހެވެ. މި ތިން ދުވަހު އިދާރާތައް ހުޅުވުމުގެ ހުއްދަ ލިބޭނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

  2. ޙާލަތު

    ތިޔަގޮތަށް އޮފީސްތައް ހުޅުވުމުގެ ބޭނުމެއް އެބައޮތްބާ ދޯ...

    26
  3. ސަމީމް

    ހޭއަރާނީ ރާއްޖެއިން ލައްކަ އެއް ޕޮޒިޓިވް ވީމަތަ ؟
    މި ކަން ޖެހުނީވެސް އިބޫގެ ނާގާބިލް ކަމުން

    34
    3
  4. ދެންވެސް

    ތިޔަކިޔަަނީ ފެލާލުން

    14
    1
  5. ތާކިހާ

    ތިޔަ ގޮތަށް ސަރުކާރު ހުޅުވީމަ ރައްޔިތުމީހާގެ ހައްޤު އޮންނާނީ އަންބޮޑީގައި ނޫންތޯ ؟ މިސާލަކަށް ޤާނޫނީގޮތުން ސަރުކާރު ހުޅުވޭދުވަހު ރައްޔިތަކު ކޮންމެހެންވެސް ސަރުކާރުގެ ތަނަކަށް ހުށައަޅަން ޤާނޫނޫ ލާޒިމު ކުރާ ފޯރމެއް ހިފައިގެން ދެވެން ނެތް ހާލަތުގައި ނަމުގައި ސަރުކާރުހުޅުވީމައި މީ ކޮންފަދަ އަނިޔާއެއްތޯ؟މާދަމާ ބުނާނެ ކީއްވެހޭ ސަރުކާރު ހުޅުވިދުވަހު ތިޔަ ފޯރމް ހުށަނޭޅީ. މިދިޔަ ހަފުތާގަވެސް ހުޅިވިނޫންހޭ ؟ ކޮވިޑު ނިމިގެން ހުށައަޅަންދިޔައީމަބުނާނެ، ތިޔަ ހުށައެޅި މާފަހުންނޭ؟ ރައްޔިތަކަށް ލާބައެއްލިބޭނެ ގޮތަކަށް އެއްވެސް ކަމެއްކުރަންނޭންގޭ # އަނގަފޮޅިސަރުކާރު

  6. މިނިވަންދޫ

    ހޯމަ އަންގާރަ އަދި ބުދަ މި ތިންދުވަސް އެއްކުރީމައި އާދިއްތަ އުފެދެނީބާ ؟