ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާން ކޮށްފައި އޮތް އުސޫލުތަކާއި ހިލާފަށް ކޮވިޑް-19 ފެނިފައި ނެތް ރަށްތަކުގެ ކޯޓުތައް ހުޅުވަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ކޯޓުތަކަށް އަންގައިފިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ކޯޓުތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ މެއި 31 ވަނަ ފެށިގެން، ޢާއްމު އުޞޫލުން ޚިދުމަތް ދިނުމަށްޓަކައި ހެނދުނު 0800 އިން މެންދުރުފަހު 14:00 އަށް ކޮވިޑް-19 ފެތުރިފައި ނެތް ރަށްރަށުގެ ކޯޓުތައް ހުޅުވައި ޚިދުމަތް ދެމުން ގެންދެވުމަށް ދަންނަވާ ކަމަށެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މިގޮތައް އެންގި ނަމަވެސް ސަރުކާރު އޮފީސްތައް ވެސް ހުޅުވަން ހުއްދަ ދީފައި ވަނީ ހަފްތާއަކު ތިން ދުވަހު ހެނދުނު 09:00 އިން 13:00 އަށެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެކަންޏެވެ.

ހުރިހާ އޮފީހެއްވެސް ހުޅުވުމުގެ ހުއްދަދޭނީ ހަތަރު ގަޑީގެ ޝިފްޓަކަށް ގިނަވެގެން ފަސް މީހުންނަށް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވެސް ކުރިން ވަނީ ވިދާޅުވެފައެވެ.

ކޯޓުތައް ހުޅުވައިގެން ޚިދުމަތް ދިންނަމަވެސް މިބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށާއި، އަދި އޯޑިއޯ ވީޑިއޯ ނުވަތަ އޯޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތްތަކާއި ކައިވެނި ކޮށްދިނުންފަދަ ކަންކަން ކުރިއަށް ގެންދިއުމަށް އިސްކަން ދިނުމަށާއި، ކޯޓަށް ޙާޟިރުކޮށްގެން ޝަރީޢަތް ކުރާނަމަ، ކޯޓުގެ އެތެރޭގެ ތޮށްޖެހުން ކުޑަވާނޭ ގޮތަށް ޢަމަލުކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވިދާޅުވިއެވެ.

ކޯޓުތައް ހުޅުވަން ނިންމީ ބަލިމަޑުކަން ޢާއްމުކޮށް ފެތުރިގެން ހިނގައިދާނެކަމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޢުލާނު ކުރެވުނު ފުރަބަންދަށް މިހާރު ލުއެއް ދީފައިވާތީއާއި، އަދިވެސް ރަށްރަށުގެ މެދުގައި ދަތުރުފަތުރު ކުރުން މަނާކުރެވިފައި އޮތުމުން، މިބަލި މިހާރު ނެތް ރަށްރަށުގައި މިބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު ހަނިކަމަށް ފެންނާތީ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހިޔާލު1

    ތި ހެންނު ހަދާ ޖުޑިޝަރީއާއި ސަރުކާރާއި މަޝްވަރާ ކުރުމަށްފަ ހު ތި ބާވަތުގެ ކަންކަން ނިންމާ އެއްބާރުން އަނެއްބާރަށް ގޮއްޖަ ހާފަ ރައްޔިތުންނަށް ހިދުމަތެއްނުދޭވޭނެ މި ހާލަތުގައި ދަވްލަތުގެ ތިންބާރުންވެސް އެއްބައިވައްތަ ވާންޖެ ހޭނެ އެ ބާރަކުން ބޭނުންވީމަ ބޭނުން ހާ ގޮތަކަށް ކަންކުރީމަ ނިޒާމު ގެއްލި ފަސާދަ އުފެދި ރައްޔިތުން ހަނާވެ ބަލި މަޑުކަން އާންމުވާނި މިފަދަ ހާލަތެއް މެދުވެރިވެދާނެ ގޮތަކަށް ކަން ކުރުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެނެއްނުވާނެ. ތިންބާރުގެ ވެރިންނަށް މި މެސެޖުއަރުވަން

    42
    2
    • ޙައްގުބަސް

      މިވަނީ ކިހިނެތް؟ މިހަދަނީ ކިހިނެތް؟ މިރައްޖޭގެ އޮތީ ތިންބާރޭ ކިޔާތީ އަޑުއިވޭ!! އެއްވާރުން އަނެއްބަރުން ކުރާކަމަކަށް އިޙްތިރާމްކުރާތަނެތް ނުފެނޭ!! އެޗްޕީއޭއިން އަންގާ އެންގުމަށް ބޯ ލަބަންވީ ހަމަ އެކަނި ދިވެހި ރައްޔިތުން އެކަނިތަ؟ މަޖްލީހުންވެސް ބޭނުންވާގޮތަށް އަދި އެމީހުން ބޭނުންވިގޮތަށް ގަދަބަސްބުނެ ފާޑަކަށް ބިރު ދައްކައިގެން މަޖްބޫރުކުރުވައިގެން ބޭނުންވިގޮތަށް ޖަލްސާތައް އެދަނީ ބާއްވަމުން!! މިހާރު ޖުޑިޝަރީ މިއޮތީ އަނެއްކާ އެމީހުން ބޭނުންވާގޮތަށް ކަންކުރަން ނިކުމެފަ!! ދިވެހި ރައްޔިތުން ނިކަމެތިން އޮބި އަޅުވައިގެން ގޭގައި ބައިތިއްބަންވީ؟ ނިކުމެއްޖިއްޔާ އެއްހާސް ރުފިޔާއިން ޖޫރިމަނާ ކުރަނީ!! މިހާރު އެއަދަދު ދިހަ ހާސް ރުފިޔައަށް ބޮޑުކުރަން އެއުޅެނީ!! މިއީ ގައުމު ހިންގަން ފައިސާ ހޯދާގޮތްކަމަށް ދެކިގެންނުވާނެ!! އެކަން އެމަގުން ދާތަން މިފެންނަނީ ހަމަ އެކަނި ރައްޔިތުން ލޮކް ޑައުންގައި ބައިތިއްބައިގެން!! މިބަލިމަޑު ކަމުގައި ނަމޫނާ ދައްކަންޖެހޭ އިސް ފަރާތްތަކުން އެޗްޕީއޭގެ އެންގުމަށް ގޮންޖަހަމުން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރަމުންދާތަން ފެނުމަކީ ހިތާމަހުރިކަމެއް!! ރައްޔިތުން ލޮކް ޑައުންގައި ބައިތިއްބައިގެން ޖޫރިމަނާކުރަމުން މިގެންދަނީ ރައްޔިތުން އިހްތިޖާޖުކުރަން ނިކުމެދާނީތަ؟ އެފުރުސަތު ނުދޭންތަ؟ މިސްކިތްތައްވެސް އަވަހަށް ހުޅުވާ!! އިސްލާމިކް މިނިސްޓަރު އެބަޖެހޭ މިސްކިތްތައްވެސް ހުޅުވަން!! ވަކި މީހަކު ބޭނުންވާގޮތަށް އޭނާގެ ބާރު ހިނގާ ހުރިހާތަނެއްގެ ކަންކަން އޭނާ ބޭނުންވާގޮތަށް އެޗްޕީއޭއަށް ގޮންޖަހަމުން ކުރާނަމަ މިސްކިތްތައްވެސް ހުޅުވަންޖެހޭ!!

      20
      1
  2. ޢަބްދުއްލަޠީފު

    ހައްތާވެސް ބުއްޅަބޭގެ ކަންތަކާހެދި ޖެހޭ މުޞީބާތް. ދެންހަދަންފެންނަ ގޮތަކީ އެޗްޕީއޭ ބަންދުކޮށްފަ އެމީހަކާ އެމީހެއް ގޮށްޖެހެން ދޫކޮށްލާފަ މަބުރޫކު ޝޯވް ނިންމާލަންވީ، ހުވާގަންދީފަ ބުނަން މަށަކީ މަބުރޫކު ނަމަ މިވަގުތު ފިސާރި ކުޅިސަމާ ދައްކާލީމުސް.

    53
    1
  3. ފަނޑިޔާރު ކާޅު

    ތަނެއް ދޮރެއް، އުޑެއް ބުޑެއް ދަންނަ ބައެއް އުޅޭ ތަނެއްނޫން އެއީ!

    47
  4. މުގުރާން

    ދެ ސަރުކާރެއްގެ ޢަމަލުތައް އަދި އެންގުންތައް އެއްގޮތް ވާކަށް ކޮންމެ ހެން ނުޖެ ހޭ؟؟؟

    31
    6
  5. ހަސަދު

    ގައުމުގާ ހަރުދަނާ ވެރިޔަކު ނެތުމުން މުޅި ގައުމު ހަލާކު. ހޮޔޮ ނުވާނެ ސަރުކާރު ، މަޖްލިސް އެއްކޮށް އިސްތިއުފާ ދީފަ އަލުން ފަށަމާ ހިންގަވާ.

    61
    4
    • ޏަކް

      3 ބާރު ވަކިވެފަ އޮތެއް ބޮޑުކަމުން އެއްދައުލަތެއްގެ ސިފަ ގެއްލޭ ހިސާބުގަ

      13
      1
  6. މައިމޫ

    އެޗްޕީއޭއިން މާދަމާ އަންގާނެ "އުސޫލުތަކާކާއެކު ހުޅުވުން މައްސަލައެއް ނެތް" ކަމަށް.

    47
    1
  7. މާމިގިލީ މީހާ

    އަންދާ ގާނޫނު

    45
    1
  8. އާދަނު

    ރައީސް އިބޫ ކުރަންވީ ކަމަކީ މަޖިލިސް އުވާލާފަ ކާފިއު ހިންގުން..މިނޫން ގޮތަކުން މިވަގުތު ސަލާމަތެއް ނޯންނާނެ..

    42
    3
  9. ތެދުޚަބަރު

    އެޗް.ޕީ.އޭގެ ކޮން އެންގުމަކާ ޚިލާފަށްތޯ ކޯޓުތައް ހުޅުވަން ޑީ.ޖޭ.އޭ އިން އަންގާފަ އޮތީ. ޚަބަރު ލިޔާއިރު މަޢުލޫމާތު ރަނގަޅަށް ހޯދައިގެން، ލިޔުމަށް އެދެން.

    19
    17
    • ބޯބުރާންތި

      ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މިގޮތައް އެންގި ނަމަވެސް ސަރުކާރު އޮފީސްތައް ވެސް ހުޅުވަން ހުއްދަ ދީފައި ވަނީ ހަފްތާއަކު ތިން ދުވަހު ހެނދުނު 09:00 އިން 13:00 އަށެވެ. މިއޮތީ ޚިލާފުވެފައި. ޚަބަރު ރަނގަޅަށް ކިޔާބަލަ

  10. Anonymous

    ކޯޓުތައް މިދިޔަ ލޮކްޑައުންގެ ދުވަސްތަކުގައިވެސް ބަރާބަރަށް ޚިދްމަތް ހޯދިން.

    14
    1
  11. ލާމު

    އަންނި އާ ސޯލިހާ ދެމީހުންގެ ކޯޅުމެކެވެ.

    21
    2
  12. ޟުހާދު އިދުރިސް

    ޏަޒީރު ވައްކަން ކުރަން ތިއުޅެނީ، މަގާމު ހޯދަން

    10
    1
  13. ނާނު

    ދެން މާލެ ބަންދުވެފަ ތިބޭ މީހުން އެމު 14 ވަހު ކަރަންޓީން ވެފަ ރަށަށްދާންވީ މި އަޅެ ބޯދުވެގެންވާ ވަބާއެއްނު މާލެ ބަންދުވެ ފަ ހުންނަ މީހުންގެ އެއްވެސް ހައްގެއްނެއް އެކަމު އެބަޔަކު ކުރާނެ ކަމެއް ކުރަންވީ ކީއްކުރަން ކުރާ ބޭކާރު ހަރަދެއްބާ އޭ ހިތަށް އަރާ މީގަ އަޑު ފަތުރާލި އިރު ފަތުރާލީ ދެން ބިރުން ގޮސް މީހުން ހިތް ހުއްޓޭވަރަށް ބަލީގެ ކަންތަކުގަ އެކމު އަޑުފެތުރިވަރާގާތަށްވެސް މި ބަލީިގަ މާޑު ބިރުުވެރިކަމެއްނެއް ދައްކަމުންދާ ވާހަކަތަކުން ބަލި ޖެހި ބަލިން ފަސޭހަވެސް ވޭ އަދިވެސް މިނޫން ގޮތެއް ރަށަށް ފޮނުވުމުގަ ނެތީ ތޯ ހަމަ؟ ބަލި ހުރިތޯ ގޭގަ ހުއްޓަސް ދާންބޭނުންވާ މީހާ ތެސްޓް ނަތީޖާ ލިބުމުން ފޮނުވިއަސް ކޮބާތޯ މައްސަލަ އަކީ ؟ މި ބުނާ 14 ދުވަހު ގެ ކަރަންޓީން އަށް ނުފޮނުވާ

    2
    1
  14. ދަންމާނު

    އަންނިޔާ ސޯލިހަކާ ނުކޯޅޭނެ ތީހަމަހީވާގޮތް ދެމީހުންގެ ދެއަތަކީ ހަމައެކެއްގެއަތް ދެމީހުންރާވައިގެން ކުރާކަންތައް

    11
  15. Asly

    Mabrook ge samaalu kamh genesbala

  16. ނާނި

    ހުރިހާ ނުބައެއް ހަދާތަނަކީ ޖުޑިޝަރީ،

    4
    4
  17. ކޭ ބީ

    މީކީ މާބޮޑު ވާހަކައެއް ނޫން. ޙެޑްލައިނަށް އެރުވީމަ ބޮޑުވީ

    ހޮސްޕިޓަލް ތައްވެސް 24 ގަޑިއިރު ހުޅުވާފަ ހުރޭ. ދަރުބާރުގެ 24 ގަޑިއިރު ހުޅުވާފަ. ފުލުސް އޮފީސް 24 ގަޑިއިރު ހުޅުވާފަ. ކަނަކަން ބޮޑުކުރަން އުޅެންޏާ ބޮޑުވާނެ

    13
  18. ޙަމަހަމަ

    ކޮން އެޗް.ޕީ.އޭ އެއް؟! މި ގައުމު މި ހާރު ހިންގަނީ އައްސުލްތާން ސިރި ސްރީސްރީ އެލެކްސް ނަށީދު.

  19. ޓަކި

    ބޯޙަލާކު

  20. މުހައްމަދު

    ޑީޖޭއޭ ގެ އެންގުން އެޗްޕީއޭގެ އިރުޝާދާ ޚިލާފެއް ނޫން. ރަނގަޅަށް މަޢުލޫމާތު ސާފުކުރައްވައިގެން ނޫހުގައި ލިޔުއްވައި. ކޮވިޑް-19 ފެނިފައި ނެތް ރަށްރަށުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ފިޔަވައި އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް އެއްވެސް ހިފެހެއްޓުމެއް މިހާރު ނެތްކަމަށް އެޗްޕީއޭ އިން ވަނީ އިޢުލާންކޮށްފައި

  21. މުހައްމަދު

    ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ބަންދުކުރުންތަކުގައި ޖުޑިޝަރީ އިސްތިސްނާ ކޮށްފައިވާކަން ނޫސްވެރިޔާ އަށް އެނގި ނުލައްވަނިތޯ

  22. ދިރާސާވެރިޔާ

    މި ފަ ހަރު އެޗު. ޕީ. އޭ އަށް މި ޕެންޑަމިކު މެނޭޖު ކުރުމުގައި ސިޔާސީ ޕުރެޝަރ އަންނަކަން ދިވެ ހި ރައްޔިތުންނަށް އެނގެއެވެ. އެޕްރިލް 15 ވަނަ ދުވަ ހު މާލެއިން ފެނުނު ކޭސް ރާއްޖޭގެ ނުފޫގަދަ ސިޔާސީ މީ ހެއްގެ އާއިލާއަށް ނިސްބަތް ވުމާއި، 14 ދުވަސްތެރޭ ޓްރެވެލް ހިސްޓްރީއެއް ނެތަސް ޕޮޒިޓިވް ވުމާއި މަ ހެއްހހ ހައި ދުވަސް ކުރިން ރާއްޖެއިން ބޭރަށް ދަތުރު ކޮށްފައި ވުމާއި ، އެއާއިލާގެ މެންބަރަކު އިނގިރޭސި ވިލާތުން އައުމުން ކަރަންޓީން ފެސިލިޓީއަކަށް ދިޔުމަށް އެންގުމުން ނުފޫޒު ބޭނުންކޮށްގެން ހޯމް ކަރަންޓީންއަށް ދިޔުމާއި، މިބުނި ހޯމް ކަރަންޓިން ހުރި ފަރާތް ކަރަންޓިން މުއްދަތުގައި ގޭގައި ޕާރޓީ ބޭއްވުމާއި، މާ ހެފުން ބޭއްވުމާއި އެޕާރޓީތަކާއި ހެފުންތަކުގައި ޕުރަތަމަ ޕޮޒިޓިވް މީހާ އާއި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވުމުން މާލެއަށް ކޮވިޑު އެތެރެވުމުގައި ސިޔާސީ ނުފޫޒު ވަދެފައިވުން އެކަށީގެންވޭ.