ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު، ކާށިދޫ ދާއިރާގެ ހުރިހާ ގެއަކަށް ތިން ބާވަތުގެ ކާޑަށްވާ ފައިސާ ފޯރުކޮށްދީފިއެވެ.

ކާށިދޫ ދާއިރާގެ ކޮންމެ ގެއަކަށް ވެސް ފުށާއި، ހަނޑޫ އަދި ހަކުރު ހިމެނޭހެން ވައްތަރަކުން ބަސްތާއަކަށްވާ ވަރަށް ޖާބިރު ވަނީ ފައިސާ ދެއްވާފައެވެ. ޖާބިރު "ވަގުތަށް" ވިދާޅުވީ އެ ފައިސާ ދެއްވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މި ހާލަތުގައި ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމެއް ދިމާވެދާނެތީ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.

އަދި އެ ދާއިރާގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންދާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ ކޮވިޑް-19އިން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

"މިހާރު މަހަށް ދާންވީ. ކަންކަން ކުރިއަރުވަންވީ. ކޮންމެވެސް މަސައްކަތެއް ކުރަންވީ." އޭނާ ވިދާޅުވިއެވެ.

ޖާބިރު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީސް ރައީސް ކަމުގެ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަންހުރި ކަމަށް ނުފެންނަ ކަމަށާއި، އެހެންކަމުން ވަގުތުން ވަގުތަށް މަޖިލީސްގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލާއްވާފައެވެ.

ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ހާއްސަ ހާލަތު އިއުލާނުކޮއްފައިވަނިކޮށް އަދި މުޅިމާލެ ފުރަބަންދުގެ ހާލަތުގައި އޮއްވާ ސަރުކާރަށް ގޮންޖައްސަވައި ރައްޔިތުންގެ މަޖްލިސްގެ އިދާރާގައި ޖަލްސާތައް ބާއްވަން
ފެށުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަވަންޖެހޭ، ރައްޔިތުންގެ މަޖިލިސް މެންބަރުން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް މަނިކުފާނު ހިންގެވި ޖަރީމާއެއް ކަމަށެވެ.

އަދި މިއަދު، ސަރުކާރަށް އެންމެ ބޮޑަށް މަޖްލިސްގެ އެއްބާރުލުން ލިބެންޖެހޭ ދަނޑިވަޅުގައި، މަޖިލީސް ހިންގަވަމުން ގެންދަވަނީ ސިޔާސީ "އައްޑާ"އެއްގެ ގޮތުގައި ކަމަށް ޖާބިރުގެ ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރަނެ

    ޖާބިރުރަގަޅުބޭފުޅެއް. މިޔޮށްދަތިދުވަސްވަރު

    50
    7
  2. ކާށިދޫ ދާއިރާ

    ތީ އެއްވެސް ހަގީގަތެއް އޮތް ވާހަކަ އެއް ނޫން
    ކާށިދޫ ދާއިރާ ގެ ރއްޔިތުންނަކަށް ނޭނގޭ ތިކަހަލަ ކަމެއް ހިނގިކަމެއް. ވ ސަލާން

    27
    32
  3. ޔަމީލް

    ޖާބިރު ޑޮން ކިޔާ ހެޔޮފުޅުތޯ..

    16
  4. ތާކިހާ

    ވައްތަރަކުން ބަސްތާއަކަށްވާ ވަރަށް ޖާބިރު ވަނީ ފައިސާ ދެއްވާފައޭ . އަދި ރައްޔިތުން ނަށް ހިލަމެއްނުވާކަމަށްވަނީ . ކައުންސިލުން ލާރިގަނޑު ކައިލިއެއް ނޫން. އަނެއްކާ މީ ކޮންފަދަ ކަމެއްބާ ޔަޤީނުންވެސް ޖާބިރު އިތުރުފުޅެއް ނުހައްދަވާނެ ދެއްތޯ . އެބޭ ފުޅާ މިބާވަތުގެ ކަންކަމުގައި ވ. ސުމާޓް ވާނެ ދެއްތޯ

    21
    2
  5. ރާހުލް

    ޖާދެވީ3ވައްތަރުގެ ކާޑައްވާ ފައިސާތަ ނޫނީ ކަދުޑުތަ

    6
    2
  6. ޟާމަ

    ބުނެބަލަ

    4
    2
  7. Anonymous

    ޭކަމަކު ދެން މިވަރުގެ ދހޮގު ހަދަން ވާނެބާ

    3
    4
  8. ފަހަތްޕުޅުގަ

    ދެން ހެލިކޮޕްޓަރުގަ ރަށައްވަޑައިގަތީމާ ފަހަތްޕުޅުގަ ތިއްބަވާ

    9
    2
  9. ރައްޔިތުމީހާ

    ކުއްޔަށް ނަގާފައިވާ ރަށްތަކުގެ ކުލީގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ފައިސާ ދައްކައިފިބާ؟؟؟ އެފައިސާ ދެއްކިއްޔާ މާރަނގަޅެއްނު!

    8
    3
  10. ރަނާ

    ރަނގަޅު މެމްބަރުންވެސް އުޅޭތާ، ކޮބާތަ ދިއްގަރު ދާއިރާގެ މެމްބަރު، ދާއިރާއާ ޙަވާލުވި ފަހުން ރައްޔިތުމީހާ ހިފައިގެން އުޅޭ ހުރިހާމަސައްކަތެއްވެސް އެމީހާއަތުންނަގާ،، ބަނގްލަދޭޝީން ލައްވާ އެމަސައްކަތްތައް ކުރުވާފަ އެހުރިހާފައިސާއެއްވެސް މެމްބްރަށް ލިބޭގޮތަށް ހަދައިގެން ، މިހާރު ކައިރީގަ ހުރި ފަޅުރައްތައްވެސް ހޯދަން އެ މަސައްކަތް ކުރަނީ، ޓޫރިޒަމް މިނިސްޓްރީތެރޭ ނުނުކުމެ އިނދެ މެމްބަރަށް ބައި އަޅާގޮތަށް،
    މ. ރީޖަނަލް ހޮސްޕިޓަލް ސާފުކުރުމުގެ މަސައްކަތް ހިފައިގެންއުޅޭ ރައްޔިތުމީހާ އަތުން އެމަސައްކަތް ފޭރިގަނެ، އެ މުވައްޒަފުން ވަކިކޮށް، މެމްބަރު އެމަސައްކަތްވެސް ނަގާ، ބަނގްލަދޭޝީން ލައްވާ މަސައްކަތް ކުރުވާ އެ ފައިސާވެސް އަޅާ ޖީބު ފުރާލުން ، ދިއްގަރު ދާއިރާގެ މެމްބަރު ކުރާކަމަކީ،

  11. އަލަމާރި

    ޖާބިރު ވަރެތްނޯންނާނެ. ބުނެފިއްޔާ އެކަމެއްކުރާނެ. ތޯތޯ މީހެއްނޫނޭ. އަގު ބައްޓާލަން މަސައްކަތްނުކުރޭ.

    5
    3
  12. ކާށިދޫ މީހާ

    ނުލިބެ އަދި ކާޑަށްވުރެ ކަރަންޓް ބިލް ދައްކާ ދިނިއްޔާ ރަނގަޅު. %40 ކަނޑާދޭ އިރުވެސް ކުރިން ދެއްކިވަރަށް ދައްކަންޖެހޭ ވިއްޔަ

    4
    2
  13. ނަައީމް

    މިއަދު ރައްޔިތުން ބިކަކޮށްލައިފި ކޮންމެމީހަކުވެސް މި ކިޔަނީ މިހެން ބަލަ ނިކަން ކެރިގެން ފަރުދީ ޒިންމާނަގާބަލަ އެމީހުނަށް ވޯޓްނުދީބަލަ މިހާރު އެގި ފެނިއްޖެއްނު ޔަގީނުންވެސް މިކަން މި ވީގޮތް މިފަހަރު ބަދަލްކުރަމާހިގާ.....

  14. އަހަން

    މީ ކަނޑައެޅިގެން ދޮގެއް. ޖާބިރުގެ އަނގައިން ބުނެފިއްޔާ އެއީ ތެދެއްތޯ ވެސް ބެލުމެއް ނޯވޭތަ؟ ޚަބަރު ހަދާލަންވީ ދޯ. ކާށިދޫ ދާއިރާގެ އެއްވެސް މީހަކަށް ޖާބިރުގެ އެއްވެސް އެހީއެއް ނުލިބޭ.

    6
    2
  15. ބޯގޯސް

    މިނާހަމއެއްނޫވާނެ އަބަދުވެސް ހުންނަވާނީ ހުވަފެނީ ޢާލަމްގަ އެހންވީމަ މިކަހަލަ ވާހަކަ ބުނެލަނޭ. ނުދެއްވާނެ ދެއްވާނެފައިސާ ކެންޕެއިން ތެރޭގަ ވަނީ މިދުވަހަށް ވާވަރަށް ދެވިފަޔޯ

    3
    1
  16. ޏޯ

    ފުރަތަމަ ވަގުތުން ސުވާލު ކޮއްބަލަ ޖާބިރު ގެެ ދާއިރާގައިި ކުއްޔަށް ހިފާފަ ހުރި ގެތަކުގެ ކުލި ދިންތޯ.

    2
    1
  17. ޙަސަންބެ

    ކާކާތަ ހަވާލުކުރީ ތިޔަ ބަހަން ރަށުގަ ބަހައްޓާފަހުންނަ ކަލޭގެ ޕާރޓްނަރައްތަ ފޮނުވީ އެހެންވިއްޔާ ތިޔަ ލިބި އަވަދިވީ ހަމަގައިމުވެސްިމިގެއައް ތިޔަ އެހީއެއް މިގޭދޮރަކުން އެތެރެއަކައް ނުވަދޭ ހެޔޮކޮންވިއްޔާ އެއޮންނާނީ ކާލާފަ މިހާރު

  18. އިބްރާހީމް

    މީމަޙުލޫފް ކަދުރު ބެހިގޮޔައްތޯ.. އަލުނޑަކީ ކަސީދު ގައި ދިރި އުލޭ މީހެއް.. މިގެއަކައް ރުފިޔައެއް ކީއްކުރަން . ހަޑޫ ހަކުރު ފުއް ކިލޯއެއް ވެސް ބޭރު މިހަކު ނުވައްދާ ކައުންސިލުން މި ބައިވެސް ކާލީ ބާ.. ކާށިދޫ ކައުންސިލުން މިކަމައް ޖަވާބެއް ދެއްވުން އެދެން.. ކައުންސިލްގެ ހުއްދަޔާ ނުލަަ.. ރަށައް ނޭރޭ އިރު މިކަން މިހެން ނުވަަނެ ދޯ. ކައުން ސިލުން ތި ކަލީ .. ޖަވާބެއް ދެއްވާ.. އަހަރުމެންގެ މެންބަރު ދެއްވާ ހަދިޔާ ކައުންސިލުން ކާލެވިގެން ނުވާނެ...

  19. ކިޖަލް

    ކޭބަލް ކާރުންނޯ ފޮނުވީވެސް

  20. ކިހިނެއް އެނގެނީ

    ގާފަ ރަކަށް ގައިމުވެސް ނުދޭ.. ކާށިދޫއަށް ދިނީކަމަށް ވެދާނެ...

  21. Anonymous
  22. މުޙައްމަދު

    ޖާބިރު ދެއްކިޔަސް މީ ރަނގަޅު ވާހަކައެއް