ރާއްޖެއިން މިހާތަނަށް ފައްސިވި މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓާއަކާއި ގުޅުން ނެތް 87 މީހަކު ފެނިފައިވާ ކަމަށް ކޮވިޑް-19 ގެ ހާއްސަ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ރާއްޖެއިން މިހާތަނަށް 1672 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރެއިން 1177 މީހުންނަކީ އެކި ކްލަސްޓާތަކާއި ގުޅުން ހުރި މީހުން ކަމަށެވެ.

އެހެން ނަމަވެސް އެއްވެސް ކްލަސްޓާއަކީ ގުޅުމެއް ނެތް 87 މީހަކު މިހާތަނަށް ފެނިފައިވާ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

"87 މީހަކު އިންޑިޕެންޑެންޓް ކޭސްގެ ގޮތުގައި، މާނައަކީ އެހެން އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތްކަމަށް އަޅުގަނޑުމެންނަށް ފާހަގަވެފައި ވަނީ" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވި، ކްލަސްޓާއަކާއި ގުޅުމެއް ނެތް 87 މީހުންނަށް ބަލި ޖެހިފައިވާގޮތް އަދި ދެނެގެނެވިފައިނުވާ ކަމަށާއި، މިހާރު ޑޮކްޓަރުން އަންނަނީ އެ މީހުންނަށް ބަލި ޖެހުނުގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1672 އަރާއިރު، 125 މީހުންނަކީ މިއަދު ފައްސިވެފައިވާ މީހުންނެވެ. މި ބަލި ޖެހިގެން 401 މީހަކަށް ފަރުވާދެވި ރަނގަޅުވެފައިވާއިރު، ބަލި ޖެހިގެން 5 މީހަކު ވަނީ ނިޔާވެފައެވެ.

މި ބަލިޖެހިގެން ރާއްޖެއިން ނިޔާވެފައި ވަނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.

ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވެރިރަށް މާލެއިންނެވެ. މާލޭގައި މުޖުތަމަޢުގެ ތެރެއިން މި ބަލި ފެތުރެމުންދާތީ މާލެ ސަރަޙައްދަށް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޝީދް

    ސޯލިހު އެބަޖެހޭ މި ކޮވިޑް އުފެދި ފެތުރޭގޮތް ތަހުލީލް ކޮއްލަ ދެއްވަން ނޯ ކޮންފިޑެންޓު ވުމުގެ ކުރިން

  2. ކުޅަނދު

    މީހުން ޖޮބްސެންޓަރަށް މައްސަލަ ހުށަނާޅައިގެން މަބްރޫކު ވަރަށް ފޯރި ހުރި. ރައްޔިތުން ގަނަ ތަޅުވަން ކުރި ކަމެއްތަ އެއީ. މިހާރު ސަރުކަރުން އެހާވަނީ ކޮން ހަޑިއެއްތަ؟ އޭހީއަކަށް ހުރި ޕަޕެޓް ލައްވާ. ވަޒީފާއިން ކަނޑާލުން މައްސަލައެއް ކަމަށް ގަނޫނަކުން ކަނޑައަޅަނީ. މި ކަންކަމުގެ މަގުސަދު އެނގެން ވާނެ ރައްޔިތުންނަށް

  3. ޢަބްދުއްލަޠީފު

    ކްލަސްޓާއަކާއި ގުޅުމެއް ނެތް 87 މީހަކު ފެނިފައިވޭ- މަބްރޫކު
    އަހަރުމެންނަށް ކޮން ބަލާއެއް؟ އަހަރުމެން މިހާރު ތިޔަ ހާސަރުތައް ގޮވާ ވަރުން ފޫހިވެއްޖެ. އިރުކޮޅަކުން ހަމަ ނޫސްހުޅުވާލާއިރަށް ތިކަހަލަ ކޮންމެސް ފަޅޮލެކޭވީދިފަ އޮންނާނެ. ތިޔަޚަބަރު ކިޔާފަ ވީ އެއްވެސް ފައިދާއެއްނެތް. ވަގުތުނޫހުންވެސް މިކަން ހުއްޓާލަންވެއްޖެ. އަހަރުމެންނަށް މީގެން ކޮންފައިދާއެއް ނުވަތަ ގެއްލުމެއް އޮތީ.

    1
    3
  4. އާދަނު

    ތިވަރުންދަންޏާ ބަލި ޖެހުނު ގޮތް ހޯދާ ނިމޭއިރު އެންމެންނަށް ތިބެނީ ބަލި ޖެހިފަ ކަންނޭގެ. ދެރަ ކަމެއް..

    2
    1