ކޮވިޑް-19 އާއި ގުޅިގެން މީޑިއާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެންސީ) އާއި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން އުފުލަމުން ގެންދިޔަ ބައެއް ޒިންމާތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެމްސީ އާއި އެމްބީސީ އިން ނޫސްވެރިންނަށް ބޭރުގައި އުޅުމަށް ދެމުން އައި ހުއްދަތައް ދިނުން މިހާރު ވަނީ އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައެވެ.

އެކަން އަންގައި ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އިޒްމިއާ ޒާހިރު، އޭނާގެ "ވަޓްސްއެޕް" ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ މީޑިއާތަކަށް ބޭނުންވާ ހުރިހާ ހުއްދައެއް ހޯދަން ދެން ހުށަހަޅަން ޖެހޭނީ އިކޮނަމިކް މިނިސްޓްރީއަށް ކަމަށެވެ. ފުލުހުންގެ ދައުރަކީ މިހާރު އިކޮނަމިކް މިނިސްޓްރީން ހުއްދަ ފޮނުވުމުން އެޕްރޫވް ކުރުން ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓްރީން މީޑިއާތަކަށް ހުއްދަ ދޭން ނިންމުމާއި އެކު ކުދި މީޑިއާތަކަށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ދަތިތައް ދިމާވާނެއެވެ. ސަބަބަކީ ކުދި ގިނަ މީޑިއާތަކަކީ މުވައްޒަފުންނަށް މުސާރަ ދީގެން ހިންގާ ތަންތަނަށް ނުވާތީ އާއި ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ނުވާ އެއްވެސް މުވައްޒަފަކަށް އިކޮނަމިކް މިނިސްޓްރީން އެއްވެސް ހުއްދައެއް ދޫނުކުރާތީއެވެ.

މީގެ ކުރިން ކޮންމެ މީޑިއާއަކަށް ވެސް އެމްއެމްސީ އާއި އެމްބީސީ އިން ފަސް ފާހެއް ދޫކޮށްފައި ވެއެވެ. އޭގެ އިތުރުން ވެހިކަލްތަކަށް ވެސް ކަނޑައެޅިފައިވާ އުސޫލުން ހުއްދަ ދޫކޮށްފައި ވެއެވެ.

އެމްއެމްސީ އާއި އެމްބީސީގެ ޒިންމާގެ ދަށުން މީޑިއާތަކަށް ދެމުން އައި ހުއްދަތައް އިކޮނަމިކް މިނިސްޓްރީން ދޭގޮތައް ހަމަޖެއްސި ސަބަބެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހިރަގުލް

    ފޫޅުމާ ފޯމު ފުރުމާ ވަރިކައިވެނި ސަޓިފިކެޓް ހެއްދުންވެސް ތިޔަ މިނިސްޓްރީ ދަށަށް ގެންދަގަ!

  2. ާައަހުމަދު

    މިހާރު މިގައުމު ހިންގަނީ އިކޮނޮމިކް މިނިސްޓްރީކަން ވަރަށްގިނަ މީހުން ކިޔާ އަޑު އިވޭ އެއީ ތެދެއްތަ؟

  3. ކޮތަރު

    ކީއްވެބާ އެމް.ޓީ.ސީ.ސީ އާ ހަވާލުނުކުރީ.

  4. ރަނާ

    ޕެންޝަން އޮފީހުގަ މުވައްޒަފުން ގަދަކަމުން ރެޖިސްޓްރީ ކުރި ގޮތަށް ނޫސްވެރިޔާ ގަދަކަމުން ޕެންޝަން އޮފީހުގަ ރެޖިސްޓަރ ކޮށްފަ ، ޕެންޝަނަށް ލާރި ކަނޑާފަ، އިކޮނޮމިކް މިނިސްޓްރީއަށް ލާރިގަނޑެއް ދެއްކީމަ ދެން ހުއްދަދޭގޮތަށް،
    އަނެއްކާވެސް ރައްޔިތުން އަތުން ފައިސާ ފެލުމަށް އާގޮތެއް،
    ރައީސްކަންކުރި މީހުންނަށްދޭ އިނާޔަތު ރިވިއުކުރަން ފޮނުވިގޮތަށް އެތަނުގަ ތާށިވެފައި، އެއަކުން އުނިކުރެވޭގޮތެއް ނުވޭ، އެ އޮތްގޮތަށް ބާއްވާފަ އަނެއްކާ އާގޮތަކަށް ރައްޔިތުމީހާ ފެލަން މިފެށީ،

  5. ދުންތަރި

    ތިޔަ މަސައްކަތް ހަވާލުކުރަން އެންމެ ރަނގަޅީ ކެނެރީ މަޖިލީހުގެ ސްޕްރީމް ކޮމެޓީއާ އެއީ ހުރިހާ ކަމެއްކުރާ މަޖިލިސް

  6. ނަައީމް

    ނެތްފައިސާ އިތުރްއް އަތުލަނީ 19 ތަފާތު ވާނޭބުނީމާ ތެޅިގަތީވެސް ކަލޭމެން ތީނުވިސްނުނުކަން އެބަޔަކުކުރިކަމެއް އެބަޔަކަށް .....

  7. ހުސެއިން ރަސީދު

    އިކޮނަމިކުމިނިސްތުރީގަ ހުރީ ދަންޑަހިލުތޯ

  8. ޖަމާލީ

    ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަނެވޭނީ މިހާކަންހާ ވަރަށް. ނޫސްވެރިން އަދިވެސް ހެވިފަ. ވަކިން ހާއްސަކޮށް ރާއްޖެ!