23:21

ރާއްޖެއިން ބޭރަށް ކޮންމެހެން ދާން ޖެހޭ ވަރަށް ހާލު ސީރިއަސްވެފައި ތިބި ވަރަށް ގިނަ ބަޔަކު އެބަ ތިބި. އެ މީހުން ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދޭ.

22:57

ބޭރަށް ނުކުންނަ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ، ބާރަށް ހިނގަން ނުކުންނަ މީހުންނާއި ކަސްރަތުގެ ގޮތުގައި ހިނގަން ނުކުންނައިރު، ނޫނީ ބައިސްކަލުގައި ދާ މީހުން ރަނގަޅީ މާސްކް ނޭޅުން. ޑރ. އަފްޒަލް

22:33

ޑރ. އިބްރާހިމް އަފްޒަލް: މިހާ ބޮޑަށް ފައްސިވި މީހުން އިތުރުވީ، ފުރަބަންދަށް ލުއިތަކެއް ދިނީމަ ކަމަކަށް ނުބެލެވޭ. މިހާ ބޮޑަށް އިތުރުވީ އެއް ތަނެއްގައި ތިބި ބައެއްގެ ފަރާތުން.

22:32

ޑރ. އިބްރާހިމް އަފްޒަލް: އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުންނަ އިރު، މާސްކް ނޭޅުން ރަނގަޅީ. އަޅުގަނޑުމެން އިރުޝާދު ދެނީ އެކަކު އަނެކަކާ ކައިރިވާ ނަމަ، ގައިދުރުކަން ބެހެއްޓުމާ އެކުގައި ވެސް މާސްކް އަޅައިގެން އުޅުމަށް.

22:29

ޑރ. އިބްރާހިމް އަފްޒަލް: އުމުރުން ދުވަސްވީ މީހުން ފަތިހު ކުޑަކޮށް ހިނގާލަމުން އެބަދޭ. އެއް ކަމަކީ އެމީހުންނާ އެކުގައި އެހެން އުމުރުފުރައިގެ މީހުން ދާ ތަން އެބަ ފެނޭ. އެއީ ރައްކާތެރި ގޮތެއް ނޫން. އަދި އެއީ ހުއްދަ ދޭ ކަމެއް ނޫން. އަޅުގަނޑުމެން އެދުމަކީ އެ އުމުރުގެ މީހުން އެކަނި ކަސްރަތު ކުރުމާ ކަންކަމަށް ދިއުން.

22:28

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި 101 މީހުންގެ ތެރެއިން 79 މީހުންނަކީ އެއްތަނަކުން ފައްސިވި މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

22:25

ޑރ. އިބްރާހިމް އަފްޒަލް: ބަލީގެ އަލާމާތްތަކާއި ބަލި ނެތް އަލާމާތްތައް ހުރި މީހުންގެ ޕަސަންޓު ހުރީ ދާދި އެއްގޮތަށް. މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 72 ބަންގްލަދޭޝް މީހުންނާއި 21 ދިވެހިންނާއި އިންޑިއާގެ އަށް މީހުން.

22:24

މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ރަށަށް ދިއުމަށް 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު 360 މީހަކު ރަށަށް ގޮސްފި.

22:20

ޑރ. އިބްރާހިމް އަފްޒަލް: ފައްސިވި 101 މީހުންގެ ތެރެއިން 79 ކޭސް ފެނިފައި ވަނީ އެއް ތަނެއްގައި މަސައްކަތް ކުރާ ތަނަކުން. ދެން ހިމެނޭ 19 މީހުންގެ ކްލަސްޓާއެއް. ފްރަންޓްލައިނަށް ބަލާ އިރު، މާ ބޮޑު އިތުރުވުމެއް ނެތް ފެނިފައެއް.

22:17

އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް: ރާއްޖޭގެ އިތުރު ދެ ސަރަހައްދުގައި، އައްޑޫގައި އާއި ކުޅުދުއްފުށީގައި އޮކްސިޖަން ޕްލާންޓުތައް ގާއިމުކޮށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން މިދަނީ. ބޭނުން ވަނީ ރާއްޖޭގެ ތިން ސަރަހައްދުގައި އޮކްސިޖަން ރީފިލް ކުރުމުގެ މަސައްކަތް ކުރަން.

22:15

ރާއްޖެއިން އިތުރު 101 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ.

22:14

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 47 މީހަކު ބަލިން ރަނގަޅު ވެއްޖެ.

22:13

އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް: އައިސޮލޭޝަންގައި 1،250 މީހުން އެބަތިބި. އަދި ކަރަންޓީން ފެސިލިޓީތަކުގައި 1،403 މީހުން އެބަތިބި. 69 މީހުން މިއަދު ވަނީ ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލެވިފައި.

 

22:12

އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް: ޓްރީ ޓޮޕްގައި 13 މިހަކު އެބަތިބި. ދެ މީހުން ތިބީ އައިސީޔޫގައި. ބާކީ ތިބި މީހުން ވޯޑުގައި ތިބީ.

22:11

އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް: ރޭގެ ޕްރެސް އިން ފެށިގެން މިއަދު ހައެކާ ހަމައަށް 477 ސުންކު ނެގިފައި ވަނީ. ފައްސިވެފައި ވަނީ 101 މީހުން. 532 ސުންކު ނަތީޖާ ނުލިބޭ. މި ބަލި ޖެހުނު 1،313 މީހުންނަށް ފަރުވާދެމުން ދަނީ. 453 މީހުން ވަނީ މިހާތަނަށް ރަނގަޅުވެފައި.

22:08

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

22:02

ސްރީލަންކާއިން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1631 އަށް އަރާފައި. އެ ގައުމުން މިހާތަނަށް 10 މީހަކު ވަނީ މި ބަލީގައި މަރުވެފައި.

21:56

އިންޑިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 205 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5390 އަށް އަރާފައި. އެ ގައުމުން އިތުރު 7938 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 189765 އަށް އަރާފައި.

21:56

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރި، އެންމެ ގިނަ މީހުން މަރުވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ފްރާންސުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންނަށްވުރެ އަވައްޓެރި އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިތުރުވެއްޖެ.

21:56

ޕާކިސްތާނުން ކޮވިޑް-19 ޖެހިގެން އިތުރު 88 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1483 އަށް އަރާފައި. އެ ގައުމުން އިތުރު 3039 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 69496 އަށް އަރާފައި.

21:55

ބަންގްލަދޭޝްއިން ކޮވިޑް-19 ޖެހިގެން އިތުރު 40 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 650 އަށް އަރާފައި. އެ ގައުމުން އިތުރު 2545 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 47153 އަށް އަރާފައި.

21:54

ނޭޕާލުން ކޮވިޑް-19 ޖެހިގެން އިތުރު ދެ މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައި. އެ ގައުމުން އިތުރު 166 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1567 އަށް އަރާފައި.

21:54

އަފްގާނިސްތާނުން ކޮވިޑް-19 ޖެހިގެން އިތުރު އަށް މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 257 އަށް އަރާފައި. އެ ގައުމުން އިތުރު 680 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 15205 އަށް އަރާފައި.

21:53

އިންޑޮނޭޝިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 40 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1613 އަށް އަރާފައި. އެ ގައުމުން އިތުރު 700 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 26473 އަށް އަރާފައި.

21:52

ކުވައިތުން ކޮވިޑް-19 ޖެހިގެން އިތުރު ހަތް މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 212 އަށް އަރާފައި. އެ ގައުމުން އިތުރު 851 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 27043 އަށް އަރާފައި.

21:52

ސްވިޒަލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1920 އަށް އަރާފައި. އެ ގައުމުން އިތުރު 17 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 30862 އަށް އަރާފައި.

21:48

ޕޯޗުގަލްއިން ކޮވިޑް-19 ޖެހިގެން އިތުރު 14 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1410 އަށް އަރާފައި. އެ ގައުމުން އިތުރު 297 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 32500 އަށް އަރާފައި.

21:48

ޔޫއޭއީން ކޮވިޑް-19 ޖެހިގެން އިތުރު ދެ މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 264 އަށް އަރާފައި. އެ ގައުމުން އިތުރު 661 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 34557 އަށް އަރާފައި.

21:47

ސިންގަޕޫރުން އިތުރު 518 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 34884 އަށް އަރާފައި. އެ ގައުމުން މިހާތަނަށް 23މީހަކު ވަނީ މި ބަލީގައި މަރުވެފައި.

21:46

ބެލަރުސްއިން ކޮވިޑް-19 ޖެހިގެން އިތުރު ހަ މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 235 އަށް އަރާފައި. އެ ގައުމުން އިތުރު 898 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 42556 އަށް އަރާފައި.

21:44

ނެދާލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު ފަސް މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5956 އަށް އަރާފައި. އެ ގައުމުން އިތުރު 185 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 46442 އަށް އަރާފައި.

21:44

ގަތަރުން ކޮވިޑް-19 ޖެހިގެން އިތުރު ދެ މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 38 އަށް އަރާފައި. އެ ގައުމުން އިތުރު 1648 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 56910 އަށް އަރާފައި.

21:43

ބެލްޖިއަމުން ކޮވިޑް-19 ޖެހިގެން އިތުރު 14 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 9467 އަށް އަރާފައި. އެ ގައުމުން އިތުރު 195 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 58381 އަށް އަރާފައި.

21:42

21:42

ސައުދި އަރަބިއްޔާއިން ކޮވިޑް-19 ޖެހިގެން އިތުރު 23 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 503 އަށް އަރާފައި. އެ ގައުމުން އިތުރު 1877 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 85261 އަށް އަރާފައި.

21:42

އީރާނުން ކޮވިޑް-19 ޖެހިގެން އިތުރު 63 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7797 އަށް އަރާފައި. އެ ގައުމުން އިތުރު 2516 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 151466 އަށް އަރާފައި.

21:41

އިޓަލީން ކޮވިޑް-19 ޖެހިގެން އިތުރު 75 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 33415 އަށް އަރާފައި. އެ ގައުމުން އިތުރު 355 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 233019 އަށް އަރާފައި.

21:41

އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން އިތުރު 113 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 38489 އަށް އަރާފައި. އެ ގައުމުން އިތުރު 1936 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 274762 އަށް އަރާފައި.

21:39

ބްރެޒިލް އިން ކޮވިޑް-19 ޖެހިގެން އިތުރު 38 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 28872 އަށް އަރާފައި. އެ ގައުމުން އިތުރު 3545 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 501985 އަށް އަރާފައި.

21:38

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 138 މީހަކު މަރުވެއްްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 105696 އަށް އަރާފައި. އެ ގައުމުން އިތުރު 5638 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1822458 އަށް އަރާފައި.

21:32

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ބަދަލު ދޭ ގޮތަށް ދައުލަތާ ހަވާލުކުރަން އެންގުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި.

21:29

15 ވަރަކަށް އަހަރު ރިސޯޓް މިއުޒިކް ކުޅުނު ފަތޯ އަކީ އަމިއްލަ މަސައްކަތެއް ކުރާ މީހެއްކަން ސަރުކާރަށް ގަބޫލެއް ނުކުރެވުނު ކަމަށް އޭނާ ބުނެފި.

18:33

 

17:44

17:40

17:25

17:04

15:45

15:27

15:27

14:19

14:08

ނަރުދޫން ކޮވިޑް-19 ޖެހުނު 11 މީހުން ވަނީ ބަލިން ރަނގަޅުވެފައި. އަދި އެ މީހުން މިއަދު ރަށަށް ދާނެ ކަމަށް ކައުންސިލުން ބުނޭ.

13:28

ރާއްޖޭގައި ތިބި އިންޑިއާގެ 700 މީހުން ގެންދިއުމަށް އެ ގައުމުގެ އަސްކަރީ މަނަވަރެއް މާލެ އައުމަށް ނިންމައިފި.

11:52

11:40

ބެލަރޫސް، ލަންކާ އަދި އިނގރޭސިވިލާތުގައި ތިބި 103 ދިވެއްސަކު މިއަދު ހެނދުނު ރާއްޖެ ގެނެސްފި. ސްރީލަންކަން އެއާލައިންސްގެ ފްލައިޓުގައި، ރާއްޖެ ގެނައީ ބެލަރޫސްގައި ތިބި 48 މީހަކާއި އިނގިރޭސި ވިލާތުގައި ތިބި 23 މީހަކާއި ސްރީ ލަންކާގައި ތިބި 32 ދިވެހިން.

11:23

ކޮވިޑް-19 އާ ގުޅޭ ގޮތުން ސިއްހީ މާހިރުން ހެދި ފުރަތަމަ ޕްރޮޖެކްޝަނާއި ދެ ވަނަ ޕްރޮޖެކްޝަންގައި ލަފާ ކުރި ވަރާ ގާތަށް ރާއްޖޭގައި ބަލި ފެތުރިފައި ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައި. ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ކަމަށް ލަފާ ކުރި އަދަދަށް ބަލި ފެތުރިގެން އިންތިހާ އަށް ނުދިޔައީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި.

11:16

10:54

10:18

ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ވެކްސިން މި އަހަރުގެ ފަހުކޮޅަށް ނިމިދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި.

10:14

09:47

09:47

05:27

04:11

އުރުގުއޭއިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 821 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 22 މީހަކު ވަނީ މަރުވެފައި.

04:08

03:53

02:41

02:06

ގުޔާނާއިން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 150 މީހަކަށް މި ބަލި ޖެހިފައިވާއިރު، މިހާތަނަށް 12 މީހަކު ވަނީ މި ބަލީގައި މަރުވެފައި.

02:05

ޔަމަނުން އިތުރު 26 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 12 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 310 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 77 މީހަކު ވަނީ މަރުވެފައި.

02:05

ރުވާންޑާ އިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 359 މީހަކަށް ކޮވިޑް-19 ޖެހިފައިވޭ.

02:03

މަޑަގަސްކާ އިން އިތުރު 60 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 758 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6 މީހަކު ވަނީ މަރުވެފައި.

02:03

ސިއެރާ ލިއޯނުން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 852 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 46 މީހަކު ވަނީ މަރުވެފައި.

02:03

މާލީން އިތުރު 26 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 3 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1250 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 76 މީހަކު ވަނީ މަރުވެފައި.

02:02

ލިތުއޭނިއާ އިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1670 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 70 މީހަކު ވަނީ މަރުވެފައި.

02:02

ކެންޔާ އިން އިތުރު 143 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1888 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 63 މީހަކު ވަނީ މަރުވެފައި.

02:02

ސޯމާލިއާ އިން އިތުރު 88 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1916 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 73 މީހަކު ވަނީ މަރުވެފައި.

02:02

ކިއުބާ އިން އިތުރު 20 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2025 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 83 މީހަކު ވަނީ މަރުވެފައި.

02:02

އުތުރު މެސެޑޯނިއާ އިން އިން އިތުރު 35 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 5 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2164 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 131 މީހަކު ވަނީ މަރުވެފައި.

02:01

އެލްސަލްވެޑޯ އިން އިތުރު 117 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2395 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 44 މީހަކު ވަނީ މަރުވެފައި.

02:00

ބަލްގޭރިއާ އިން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 3 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2499 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 139 މީހަކު ވަނީ މަރުވެފައި.

02:00

އައިވަރީ ކޯސްޓުން އިތުރު 49 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2799 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33 މީހަކު ވަނީ މަރުވެފައި.

02:00

ޖިބޯޓީން އިތުރު 280 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3194 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 22 މީހަކު ވަނީ މަރުވެފައި.

01:57

ސެނަގާލުން އިތުރު 106 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3535 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 42 މީހަކު ވަނީ މަރުވެފައި.

01:57

ހަންގޭރީން އިތުރު 26 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 7 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3867 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 524 މީހަކު ވަނީ މަރުވެފައި.

01:57

ގުއަޓަމަލާ އިން އިތުރު 259 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 10 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4607 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 90 މީހަކު ވަނީ މަރުވެފައި.

01:56

ހޮންޑޮރަސް އިން އިތުރު 134 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 3 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4886 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 199 މީހަކު ވަނީ މަރުވެފައި.

01:56

އަޒަރުބައިޖާނުން އިތުރު 257 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 3 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5246 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 61 މީހަކު ވަނީ މަރުވެފައި.

01:56

ކެމަރޫނުން އިތުރު 223 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5659 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 185 މީހަކު ވަނީ މަރުވެފައި.

01:56

އިރާގުން އިތުރު 306 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 10 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 6179 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 195 މީހަކު ވަނީ މަރުވެފައި.

01:55

ފިންލޭންޑުން އިތުރު 50 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 6826 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 316 މީހަކު ވަނީ މަރުވެފައި.

01:55

ގާނާ އިން އިތުރު 152 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7768 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 35 މީހަކު ވަނީ މަރުވެފައި.

01:55

މޮރޮކޯ އިން އިތުރު 66 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7780 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 204 މީހަކު ވަނީ މަރުވެފައި.

01:55

މޮލްޑޮވާ އިން އިތުރު 202 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 3 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 8098 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 291 މީހަކު ވަނީ މަރުވެފައި.

01:54

އަލްޖީރިޔާ އިން އިތުރު 133 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 9267 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 646 މީހަކު ވަނީ މަރުވެފައި.

01:54

ކޮވިޑް-19 ޖެހިގެން އާޖެންޓީނާ އިން އިތުރު 4 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 15419 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 524 މީހަކު ވަނީ މަރުވެފައި.

01:52

ޔޫކްރޭނުން އިތުރު 393 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 17 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 23204 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 696 މީހަކު ވަނީ މަރުވެފައި.

01:51

މިސްރުން އިތުރު 1367 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 34 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 23449 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 913 މީހަކު ވަނީ މަރުވެފައި.

01:51

އަޔަލޭންޑުން އިތުރު 53 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 6 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 24929 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1651 މީހަކު ވަނީ މަރުވެފައި.

01:51

ޕެރޫ އިން އިތުރު 7386 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 141 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 155671 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4371 މީހަކު ވަނީ މަރުވެފައި.

01:51

އެމެރިކާއިން އިތުރު 17987 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 811 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1811517 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 105353 މީހަކު ވަނީ މަރުވެފައި.

01:50

00:30

ދެކުނު އެފްރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 32 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 643 އަށް އަރައިފި. އެގައުމުން އިތުރު 1727 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 30967 އަށް އަރައިފި.

00:29

ޕޯޗުގަލްއިން ކޮވިޑް-19 ޖެހިގެން އިތުރު 13 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1396 އަށް އަރައިފި. އެގައުމުން އިތުރު 257 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 32203 އަށް އަރައިފި.

00:28

އެކުވެރި އަރަބި އިމާރާތުން ކޮވިޑް-19 ޖެހިގެން އިތުރު 2 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 262 އަށް އަރައިފި. އެގައުމުން އިތުރު 726 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 33896 އަށް އަރައިފި.

00:27

ސްވިޑެން އިން ކޮވިޑް-19 ޖެހިގެން އިތުރު 45 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 4395 އަށް އަރައިފި. އެގައުމުން އިތުރު 637 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 37113 އަށް އަރައިފި.

00:26

ނެދަލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު 20 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 5951 އަށް އަރައިފި. އެގައުމުން އިތުރު 131 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 46257 އަށް އަރައިފި.

00:25

ތުރުކީން ކޮވިޑް-19 ޖެހިގެން އިތުރު 26 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 4515 އަށް އަރައިފި. އެގައުމުން އިތުރު 983 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 163103 އަށް އަރައިފި.


ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް ގަބޫލުކޮށް މާލޭ ސަރަހައްދުގެ ފުރަބަންދަށް ލުއިތައް ދެމުން ގެންދިޔަ ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް އިތުރު 125 މީހަކު ވަަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ކޮންމެ ދުވަހަކު ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު، އަދިވެސް މަދުވަމުންނެއް ނުދެއެވެ. މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި އޮންނަތާ ދޮޅު މަސް ދުވަސް ވެގެން ދިޔައިރުވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ނުދާތީ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1672 އަށް އަރާފައެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ. މިއަދު މިހާތަނަށް 72,672 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. ނަމަވެސް މަރުވާ މީހުންގެ އަދަދު މާބޮޑަށް އިތުރުވަމުންނެއް ނުދެއެވެ. މިއަދު މިހާތަނަށް 2,511 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.