ކޮވިޑް-19 އާ ގުޅޭ ގޮތުން ސިއްހީ މާހިރުން ހެދި ފުރަތަމަ ޕްރޮޖެކްޝަނާއި ދެ ވަނަ ޕްރޮޖެކްޝަންގައި ލަފާ ކުރި ވަރާ ގާތަށް ރާއްޖޭގައި ބަލި ފެތުރިފައި ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ގޮތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ގްރާފް ދައްކާ ގޮތުން ރާއްޖޭގައި ކޮވިޑް-19 ޖެހޭނެ ކަމަށް ލަފާކުރެވެނީ 70،000 އަށް ވުރެ ގިނަ މީހުންނަށެވެ. އޭގެ ތެރެއިން އެއް އިންސައްތަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ 700 އަށް ވުރެ ގިނަ މީހުންނެވެ.
އޭގެ ކުރިން، ހެދި ޕްރޮޖެކްޝަން ދައްކާ ގޮތުގައި ރާއްޖޭގައި ކޮވިޑް-19 ޖެހޭނެ ކަމަށް ލަފާ ކުރީ އެއްލައްކަ އަށް ވުރެ ގިނަ މީހުންނަށެވެ. އޭގެތެރެއިން މަރުވާނެ ކަމަށް ލަފާކޮށްފައި ވަނީ 2،000 އެއްހާ މީހުންނެވެ. އެހެންވެ، ސިއްހީ މާހިރުން އޭރުގައި ވިސްނީ ބަލި ކިތަންމެ ބަޔަކަށް ޖެހުނު ކަމުގައިވިޔަސް، ސިސްޓަމްތަކަށް ނުކަތާ ވަރަށް ބަލި ފެތުރުނަ ނުދިނުމަށެވެ. އޭރުން ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވި، މަރުން ސަލާމަތް ކުރެވޭނެއެވެ.
ސިއްހީ މާހިރުން މިދިޔަ އޭޕްރީލްގައި ލަަފާ ކުރި ގޮތުގައި މި ބަލިމަޑުކަމުގައި އަހަރެއްހާ ދުވަސް ވަންދެން އުޅެން ޖެހިދާނެއެވެ.
"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ކަމަށް ލަފާ ކުރި އަދަދަށް ބަލި ފެތުރިގެން އިންތިހާ އަށް ނުދިޔައީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން ކަމަށެވެ. އެގޮތުން ފުރަތަމަ ޕްރޮޖެކްޝަނާއި ދެ ވަނަ ޕްރޮޖެކްޝަންގައި ލަފާ ކުރި ވަރާ ގާތަށް ވެސް ބަލި ފެތުރިގެން ގޮސްފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެކަންވީ ސަރުކާރުން ދުރާލާއި، ރޭވުންތެރިކަމާ އެކީގައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން،" އަމީން ވިދާޅުވިއެވެ.
ރާއްޖެ އިން މިހާތަނަށް 1،672 މީހުންނަށް ކޮވިޑް-19 ޖެހުނު އިރު، ބަލިން ރަނގަޅުވެފައި ވަނީ 406 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 555 ދިވެހިންނާއި 1،117 ބިދޭސީންނެވެ. މި ބަލީގައި ފަސް މީހަކު ނިޔާވެފައިވާ އިރު، އެކަކު އޮތީ އައިސީޔޫގައެވެ.
ރާއްޖޭގައި މި ބަލި ޖެހެނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ބަލި ޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށެވެ.
އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ކްރިޓިކަލް ފަރުވާ ދޭން ޖެހުނު ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. ރާއްޖޭގައި ޒުވާން އުމުރުފުރައިގެ މީހުންގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައި ހުރީ ވަރަށް ކުޑަކޮށް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންގެ ގައިން ވެސް ބަލީގެ އަލާމާތްތައް ނެތިގެންދާ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރާއްޖޭގައި މިހާރު ކޮވިޑް-19 ފެތުރޭ މިންވަރާ ގުޅޭ ގޮތުން އިތުރު ޕްރޮޖެކްޝަނެއް ހަދާފައިވާ ކަމަށާއި އޭގައި ކުރިން ހެދި ޕްރޮޖެކްޝަނާ ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އޭގެ މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅަކީ "ކޮންޓެކްޓް ބަބްލް" ކުޑަ ކުރެވުމެވެ. މީގެކުރިން ބަލި ޖެހިފައި ތިބޭ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 38 މީހުން ފާހަގަ ކުރެވިފައި އޮތަސް، މިހާރު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވެނީ އާންމުކޮށް ހަ މީހުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
"އޭގެ މާނައަކީ މީހުންގެ ހަރަކާތްތެރިވުން ވަރަށް ބޮޑަށް ލިމިޓްވެފައިއޭ މިއޮތީ. މޫވްމަންޓް ލިމިޓްވާ ވަރަކަށް ބަލި ފަތުރާ ނިސްބަތް މަދުވާނެ. އަޅުގަނޑުމެންގެ މިހާރު ހުރި ޕްރޮޖެކްޝަނުން ކުރީގެ ޕްރޮޖެކްޝަނަށް ވުރެ ލުއިކޮށް ފެންނަނީ،" އަމީން ވިދާޅުވިއެވެ.
އެކަމަކު، ފުރަބަންދަށް ގެނައި ލުއިތަކާ އެކު، ކޮވިޑް-19 ޖެހޭ އަދަދުތައް އިތުރުވަމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް ޕްރޮޖެކްޝަންސްތައް ހަދަމުން ދަނީ. މާނައަކީ ކުރިއަށް އޮތް ދެ ހަފްތާއަށް، ހަތަރު ހަފްތާއަށް ނިންމުންތައް ނިންމުމުގައި އެ ލަފާ ކުރުންތަކާ އެކީގައި މަސައްކަތް ކުރަމުން ދަނީ. އޭގެ ތަފްސީލްތައް ފަންނީ ބޭފުޅުން ހިއްސާކޮށްދެއްވާނެ،" އަމީން ވިދާޅުވިއެވެ.
މުޅި ދުނިޔޭގެ މީހުންގެ މަލާމާތް ރައްދުވެފައިވާ އަދި މިހާރު ޑިސްގްރޭޒް ޕްރޮފެސަރ ފަރގަރސަންގެ މޮޑެލް ބޭނުން ކުރީމާ ވާނީ އެހެން. ތި އަންދާޒާތައް ހާމަކުރިއިރު ހަބަރުތައް ނޫސްތަކުގައި ގެނެސްދިން އިރު މީހުން ކޮށްފައި ހުރި ކޮމެންޓްތަކަށް ބެލީމާ އެނގޭނެ އޭރު ވެސް ހަމަބުއްދި ބޭނުން ކުރި މީހުންނަށް ސާފުވާކަން ސަރުކާރުން ހާމަކުރި އަންދާޒާތަކަކީ މުޅިން ގޯސް އަންދާޒާތަކެއްކަން. ޑޮކްޓަރަކަށް ނުވަތަ އެޕިމިޑިއޮލޮޖިސްޓަކަށް ވާކަށް ނުޖެހޭ ގައުމުގެ ހާލަތު ވަޒަންކޮށް އަންދާޒާއެއް ހަދާކަށް. އެކަމަކު އަމީނަށް ނޭންގި ނަމަވެސް އެފަދަ ބޮޑުތަނުން ގޯސް އަންދާޒާތަށް ހާމަ ކުރުމުން އަމީނާއި ތިކިޔާ ޓެގް ޓީމެއްގެ ކެޕޭސިޓީ ރަައްޔިތުންނަށް މިހާރު ވަނީ ވަރަށް ސާފުކޮށް އެނގިފައި. ވަރަށް ދޯދިޔާކޮށް މިރޯގާގެ ކަންކަން މިރާއްޖޭގައި މެނޭޖްކުރަމުން މިދަނީ އަދި އިންތިހާ އަށް ހަރަދުބޮޑު. މިކަކުގެ ތަހްޤީޤެއް މިނޫންދައުރެއްގައި ހިންގާނެ ކަމަށް އުންމީދުކުރަން.
މީގަ ނެތް އަމީނުގެ މޮޅުކަމެއް ﷲ ތަނަވަސް ރަހްމަތް ނޫންއެއްޗެއްނެތް، ޓެސްޓުތަކުން ދެއްކީ ބިދޭސީންގެ 75% ބަލި ޖެހި ރަނގަޅުވެފައިވާކަމަށް، ސީރިއަސް ހާލަތައް ނުދިޔައީ ކަލާންގެ އޯގާވަންތަކަމުން
ތިއީ މާ ބޮޑުކަމެއްނޫން! ސުވާލަކީ ކަލޭމެން އަންދާޒާކުރީ ވަރަށް ބަޖެޓް ކައިލެވުނުހޭ! 880 މިލިއަން ޚަރަދުކުރިއިރުވެސް ރޯގާ ހަމަ ބާރަށް ފެތުރެނީ. އިޓަލީ ސްޕޭން ތަންތަންވެސް މިހާރު އޯކޭ! ނިސްބަތުން އެންމެ ގިނަ ފައިސާ މިކަމަށް ޚަރަދުކުރި ޤައުމު މިއޮތީ ބޯކޮޅު ވަތަށޭ!
އަލްޙަމްދު ލިއްލާހި އެކަމު އަދި ރާއްޖެއިން ބަލިގުޅިންފިލަގެން ނުދޭ ދެއްތޯ އަޅުގަނޑުގެވެސް އަދި ހުރިހާމީހުންގެ ދުޢާއަކީމާތްﷲ މިބަލިމަޑުކަން އިތުރައް ގޯސްނުވެ ވީހާވެސް އަވަހަކަށް ރާއްޖެއިން ބަލިމަޑުކަންފިއްލެވުން އަދި އެންޤަވްތަކުންވެސް މިބަލިމަޑުކަންފިއްލެވުން.ހިތާމައަކީ އޭސިއާއިން ނިސްބަތުން 5 ވަނައަށް މަލިޖެހުނު މީހުންގެ ޢަދަ އަރާފަވާކަން
ތިއިން އެއްވެސް ޕްރޮޖެކްޝަނެއް ދިމަލެއް ނުވާނެ، ދެންހަދާ ޕްރޮޖެކްޝަން ވެސް ދާނީ ފަނުފުލުން. މިޔާންނޭގުނިއްޔާ މަރުވާންވެސް ނޭގޭނެ.
އަންގައޭ ކިޔާބަލަ. ޢަންދާޒާ ކުރި ވަރަށް ޓެސްޓު ކުރެވިގެންދޯ ބަލި ޖެހިފަ ހުރި މީހުން ފެންނާނީ
ގާރޫނުވެސް ބުނީ ހަމަ ތިޔަ ކަހަލަ އެއްޗެއް. ތިމަންނާގެ މޮޅު ކަމުން ހޯދި މުދަލާއި ފައިސާއޭ، މިނިސްޓަރު ވެސް ތިއަންގަނީ ކޮވިޑް19 ގެ ކަންތައް އަންދާޒާ ކުރިވަރަށް ގޯސްވެގެން ނުދިޔައީ ސަރު ކާރުގެ މޮޅު ކަމުން ކަމަށް. އެ ކަންވާރަ ކުން ތި ކިޖަހާނީ އެ ކަންވާރެއްގައި ހުރިއެއްޗަ ކުން. ލާދީނީ ވިސްނުމަ ކުން ނު ކުންނާނީ ލާދީނީ ބަސްބަސް.
މިނިސްޓަރުއަށް ތި ކުރެޑިޓް ދޭން ނޫނީ އެހެން ފަރާތަކަށް ކްރެޑިޓް ލިބެންވާނެ ކަމަކަށް ނުބެލެވޭ! އެއްމެ ބޮޑު ސަބަބަކީ މި ބަލި ފެށުނީސުރެން އެއްކަމެއްގައި ދެވުނު މައުލޫމާތުވަނީ އެކި ފަހަރު އެކި ގޮތަށް ދެވިފައި! ވަރަށް އޮޅުނު! ބައެއް ކަހަލަ ކަންކަން ހަމަ ނުޖެހި ދޯހަޅި ވެގެނޮ ދިޔައިރު ކަންކަނޮ ހަމަ ޖެހުނު ވާހަކަ އާއްމު ކުރުން، ޕްރޮޖެކްޝަންސްތައް. ފެންނަ ގޮތުން ވަރަށޮ ގިނަ ޜަށޮޔިތުން ބަލީގެ މަޢުލޫމާތު ހޯދުމަށް އެހެނިހެން ވަސީލަތް ތަކަށް ބަރޯސާކުރި!
ޚާއްސަ ކަވަރޭޖް ހިސާބުގަ މިސާލަ ކަށް :
ބަލިޖެހުނު ދިވެހިން 20
ބަލިޖެހުނު ބިދޭސީން 10
ޜަގަޅުވި 5
މަރުވި 2
މިހާރުނބަލީގަ ތިބި 23
މި ކަހަލަ ގޮތަ ކަށް ގެނެސް ދޭނަމަ ޚަބަރު ކިޔާ މީހާ ހިސާބު ހަދަން ނުޖެހި ހަމަ ބަލާލުމާއެ ކު ބަލީގަ ތިބި މީހުންގެ ޖުމްލަ އެނގޭނެ ދޮއްތަ
މިނިސްޓަރޫ މިހާރައްވުރެވެސް ޓެސްޓްކުރުންމަދުޖޮއްލާ އޭރުން އަދިތިޔަވިދާޅުވާވަރައްވުރެވެސް ކޭސްތައް މަދުވާނެ ޑޮކްޓަރުންއެބުންނީ އެކަށުގެންވާވަރައް ޓެސްޓެއްނުކުރެވެޔޭ
މަކަންތައް ވާކަން ދެއްކުމަށް ދިރާސާ ހަދާ ބަލިނުޖެހެނީސް ލައްކައްކަށްވުރެ ގިނަމީހުނަށް ބަލިޖެހޭނެ ކަމަށް ބުނެ ދޫނުބައިކުރުމުން ރާއްޖެއަށް މިބަލި ޖެހުމުގެ އަސްލަކީވެސް ! ރައްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ބަލާއިރު ބަލި ޖެހުން ގިނަވެ ކޮޓްރޯލް ނުކުރެވި މިދަނީ މާބާރަށެޭ ބުނެވޭނީ!ރަގަޅަށް ކަންތައް ރާވަން އިގޭ ބައެއް ތިބިނަމަ ރާއްޖެއަށް ބަލިނުވެސް ޖެހުނީސް!
ބަލިޖުނުމީހުން މަދުވެ އެކަމާއުފާކުރާއިރު ގޭބަންދުގަތިބެ ބާކީތިބިމީހުން މިތިބަ ނަފްސާނީމައްސަލަތަކުގަޔާ ފައިސާހުސްވެ ގޮތްހުސްވެ މަރުވަނީ. ޢެއްވެސް ކަމެއްގަ ދެކޮޅު ނުބަލާ ތިޔަތިބެ ހެދުނުއެއްޗެއް ހަދަނީ . މިކަމުގެ ސަބަބުން ދެންނިކުންނަ މައްސަލްތައް ޖީލުތަކަައް ދެމިގެން ދާނެ
ނެތް ފެންވަރުގެ ޕްރޮޖެކްޝަނެކޯލަ ހެދީ މާމޮޅު މާހިރެއް ލައްވާ. އެ މާހިރަކަށް ނޭނގުން ޕްރޮޖެކްޝަނެއްގެ އެކިއުރެސީ ޑިޕެންޑްވަނީ ކޯއްޗަކަށް ކަމެއްވެސް. ސަރޖްއައިސް ދިޔައިރުވެސް ޓެސްޓް ކުރެވޭނެ ގޮތެއްނެތް އެކަން ކަށަވަރު ކުރަން. ކަރުދާސް ފާހެއް އޮތަކަސް ހަމަ ބުއްދި ބޭނުން ކުރަށް ނޭނގޭކަން ހާމަވީ. މިވަރު ބައެއްގެ ފަހަތަށް ޑޮކްޓަރުން ނޭރުމަށް ގޮވާލަން. ނޫންނަމަ ތިބޭފުޅުންނަށް މިހާރު އޮތް އިތުބާރުގެ މިންވަރުވެސް އެއްކޮށް ގެއްލިދާނެ.