ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ފުރަބަންދުކޮށް، ފުލުހުންގެ ހާއްސަ ހުއްދައެއް ހޯދައިގެން ނޫން ގޮތަކަށް ގެއިން ނިކުތުން މަނާ ކޮށްފައި ވާއިރު ހުކުރު ދުވަހުން ފެށިގެން ދިން "ހާއްސަ ލުއިތަކާއި" އެކު މިވަނީ އެހެން ސުވާލެއް އުފެދިފައެވެ. ގެއިން ނިކުތުމުގެ ހުއްދައަށް އެދި ފުލުހުންނަށް ހުށަހަޅާއިރު މިހާރު ގޭގެ ކަރަންޓް މީޓަރުގެ ނަމްބަރު ދޭން ޖެހެއެވެ. އެއާއި އެކު އެންމެން ވެސް ކުރާ ސުވާލަކީ ގެއިން ނިކުތުމުގެ ހުއްދަ ހޯދަން ކީއްކުރާ ކަރަންޓް މީޓަރު ނަމްބަރެއް ހެއްޔެވެ؟
ކޮންމެ ކަމެއްގައި ވެސް އެންމެ ވަރުގަދަ އަށް ބަހުސްތައް ހިނގާ މީސް މީޑިއާގައި ކަރަންޓް މީޓަރުގެ ބަހުސް ވަނީ ވަރަށް ބޮޑު ވެފައެވެ. ކަރަންޓް މީޓަރުގެ ނަމްބަރު ޖަހައިގެން، ހުއްދަ ހޯދި ނަމަވެސް އެއީ ސައްހަ ހުއްދައެއްކަން މުޅިން ކަށަވަރު ކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ ކަމަށް ބައެއް މީހުން ބުނެއެވެ.
"ގޭގައި ތިރީގައި ހުންނަ މީޓަރުގެ ނަމްބަރު ކޮންމެ އެޕާޓްމަންޓެއްގެ މީހަކަށް ވެސް ބަލާލެވިދާނެ. އަހަރެންގެ އެޕާޓްމަންޓް މީޓަރުގެ ނަމްބަރު ޖަހައިގެން މި ބިލްޑިންގްގެ އެހެން މީހަކު ގެއިން ނިކުމެގެން ދިޔަ ނަމަވެސް އެކަމެއް އެނގޭނެ ގޮތެއް ނެތް. ދެން އަހަރެން ހުއްދައަށް އެދުމުން މިބުނަނީ ތިގެއިން ހުއްދަ ނަގައިފިއޭ." މީހަކު ފޭސްބުކްގައި ލިޔުނު ދިގު ސްޓޭޓަސްއެއްގައި ވެއެވެ.
އެހެން މީހަކު ބުނީ ކަރަންޓް މީޓަރުގެ ނަމްބަރު ފުލުހުންނަށް ފޮނުވައިގެން ހުއްދަ ހޯދުމަށްވުރެ ފަސޭހަ ގޮތެއް އޮންނަން ވާނެ ކަމަށެވެ.
ބައެއް މީހުންނަށް ވަނީ ކަރަންޓް މީޓަރުގެ ނަމްބަރު ހޯދުން ވެސް ބޮޑު ކަމަކަށް ވެފައެވެ. ކަރަންޓް މީޓަރުގެ ރަޖިސްޓްރީ ނަމްބަރު މީޓަރު ކައިރީގައި، އަދި ކަރަންޓް ބިލްގައި ވެސް ޖަހާފައި އިނދެއެވެ. އެހެންކަމުން އެ ނަމްބަރު ހޯދުން އެއީ ދަތިކަމަކަށް ވެގެން ނުވާނެއެވެ.
ކަރަންޓް މީޓަރުގެ ނަމްބަރު ފުލުހުންނަށް ދީގެން ހުއްދަ ހޯދުމަށް ތާއިދުކޮށް ވެސް ބައެއް މީހުން ވާހަކަ ދައްކައިފައިވެއެވެ. ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ރުކުމާ އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރަށް ނިކުތުމާއި ކަރަންޓް މީޓަރާއި ގުޅުން އެބަހުރި ކަމަށެވެ. "އައިޑީ ކާޑް ނަމްބަރު ޖެހީމަ ދިރިއުޅޭ ގެ ނޭންގިދާނެ. ވަގުތީ އެޑްރެސްގައި ގިނަ ފަހަރު ބައިވަރު ގޭބިސީ (އެޕާޓްމަންޓް) ހުރޭ. ކުޑަ އުނދަގުލެއް ކުރިމަތިވާނެ. ނަމަވެސް ކުޑަކުޑަ ލުޔެއް ލިބޭ." ރުކުމާ ވިދާޅުވިއެވެ.
Beyrah nikuthumaa current meter aa gulhun ebahuri. ID card number jeheema dhiriulhey geyeh neyngeyne. Vaguthee address ga gina faharu baivaru geybisee (apartment) hurey. Kuda undhaguleh kurimathivaane, namaves kuda kuda luyeh libey @PoliceMv
— ރުކުމާ (@RukumaA) May 29, 2020
ކަރަންޓް މީޓަރުގެ ނަމްބަރު ދީގެން ފުލުހުންގެ ހުއްދަ ހޯދަން ޖެހޭތީ ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ވިދާޅުވީ ކަރަންޓް މީޓަރުގެ ނަމްބަރު ދީގެން ހުއްދަ ހޯދުން އެއީ "އެންމެ ސްމާޓް ގޮތައް ނުވެދާނެ" ކަމަށެވެ. ނަމަވެސް އެއީ މިކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
Not saying that’s the smartest thing to do.
But that does have some impact on the work load, particularly when some people apply for permits saying they live in apartments in floors that doesn’t physically exist.
— Phairoosch, PhD (@Phairoosch) May 30, 2020
ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ކަންކަމުން ދަސްވެފައިވާ އެއް ފިލާވަޅަކީ މާލޭގައި ފުރިހަމަ ނުވާ އެތައް ކަމެއް އެބަހުރި ކަމެވެ. އޭގެ ތެރެއިން އެއް ކަމަކީ މާލޭގެ ގޭގޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ރަސްމީ އެއްވެސް އިދާރާއަކަށް ނޭނގުމެވެ. މިފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ރަސްމީ އިދާރާތައް ތައްޔާރެއް ނޫނެވެ. އެހެންކަމުން ވަގުތާއި ހާލަތުގެ ގޮތުން ބައެއް ކަންކަން އެންމެ ފުރިހަމަ ނުވެދާނެއެވެ.
ތަނެއްގައި ބޭރުގެ ކަރަކަރައަށް ގޮސް ކިޔަވައިގެން އައިސް އުޅޭ ތަނެއް ދޮރެއް ނުދަންނަ ބޯގަޅިން ގިނަވާވަރަކަށް މިބާވަތުގެ ބޯގަޅި ކިތަންމެ ކިތަންމެ ކަމެއް ކުރާނެ. މި މީހުންނަށް މި މާލޭގައި ކަރަންޓް މީޓަރު ހުންނަ ގޮތާއި މީޓަރު ބޭނުންކުރާ ގޮތެއްވެސް ނޭނގޭނެ. މީ ގަރުނަކަށްވުރެ ގިނަ ދުވަހު އިނގިރޭސިވިލާތުގައި ފްލަޑްނުވެ އޮވެފައި ފްލަޑްވީމާ، އިންޑިޔާ މީހަކު ލިޔެފައި އޮތް ފްލަޑް މެނޭޖްމަންޓާބެހޭ ފޮތް އެމޭޒަންއިން ގަޑިއެއްހާ އިރުތެރޭގައި ހުސްވެ އެފޮތުގައި އޮތްގޮތަށް އިނގިރޭސީން ކަންކުރިހެން ކޮށްގެން އުޅޭ ކަމެއް. ދެތަނެއްގައި ހުރި ތަފާތު ނުދަންނަ ބޯގަޅިން ފޮތެއްގައި އޮތް ގޮތަށް ކަމެއް ކުރަނީ.
މިއަދު މަގުމަތިން ހޮވި ކަރަންޓް ބިލެއް އޮންނާނެ. ނަންބަރުވެސް އޮންނާނެ. މީޓަރު ނަންބަރު ޖަހާފައި ފޮނުވީމާ ހުއްދަ ލިބެންވާނެ. އޯކޭނު. އަނެއްކަމަކީ ކަރަންޓް މީޓަރު ނަންބަރުން އެއީ ގެއެއްކަން ނުވަތަ ފިހާރައެއްކަން ނުވަތަ ވޯކްޝޮޕެއްކަން ނުވަތަ އެހެން ތަނެއްކަން ތިޔަ ޕޮލިހުންނަށް އެނގޭ ބާވައެވެ. މަށަށް ހީވަނީ ހަމައެކަނި ނަންބަރަކުން މިއިން ކަމެއް ރަނގަޅަށް އޮޅުން ނުފިލާނެހެން. ބައެއް ގޭގައި ކުރިން ކޮޓަރިއަކަށް ހަދާފައި މީޓަރެއް ލާފައި ހުންނަ ތަންތަން ފަހުން މަގުމައްޗަށް ދޮރެއް ކަނޑައިގެން ފިހާރައަކަށް ނުވަތަ ގުދަނަކަށް ހަދައިގެން ބޭނުންކުރޭ. ކިހިނެތް ތަނެއްދޮރެއް އޮޅުންފިލާނީ.
ކަލެއަށް ރަގަނޅު އެެއްގޮތެއްވެސް ނެތެއްނު
ބައެއް ގޭގޭގައި ކުއްޔަށް ދޭންޖެހިއްޖެ ހިނދެއްގައި ދެވޭ ގޮތަށް އަދި ކަރަންޓް ބިލް ޚަރަދުކުޑަކުރުމަށް ތިން ހަތަރު މީޓަރު ހުންނާނެ. މީޓަރު ނަންބަރަށް ބަލައިގެން ހުއްދަ ދެންޏާ ކޮންމެ ދުވަހަކު މީޓަރެއްގެ ނަންބަރު ފޮނުވައިދީފާނަން. މަށަށް ކޮންމެ ދުވަހަކު މީޓަރަށް ބަލައިގެން ހުއްދަ ދޭންވާނެ. ދުވާލަކު އޭރުން އަހަރެން ދުވާލަކު ހުންނާނީ ގެއެއްގައި. މިހެން ހުންނަ ކިތައް ގެ ހުންނަކަން ތިޔަ ފުލުހުންނަށް އެނގޭބާ؟ 5 ބުރިއަށް 6 ބުރިއަށް 1 ކޮޓަރީގެ އެޕާޓްމަންޓު ހުންނަ ބައިވަރު ގޭގެ މާލޭގައި ހުންނަނީ މިހެން. 1 ކޮޓަރީގައި ނިދާފައި އަނެއް ކޮޓަރީގައި ދަރިން ނިންދަވާފައި، ތިރީ ކޮޓަރި ސިޓިންގ ރޫމަކަށް ހަދައިގެން އުޅޭ ވަކިން މީޓަރު ހުންނަ ތަންތަން ވަރަށް ގިނަވާނެ. މިހާރު މިއޮތީ މީޓަރު ވިހާ މޫސުން ލައިގެންފައި.
ހުއްދަ ނަގާއިރު ކަރަންޓް މީޓަރުގެ ނަމްބަރު ބޭނުންވަނީ ހަމައެކަނި ވިޔަފާރިކުރަން ދޫ ކުރާ ހުއްދައަށް. މި ހުއްދައަކީ ކޮންމެ ދުވަހަކު ބޭރަށް ނިކުމެވޭގޮތަށް ދޫކުރާ ހުއްދައެއްނޫން.
އަހަރެންމީ ދުވަހަކުވެސް ހުއްދަ ނަގައިގެން ގޭން ނިކުތް މީހެއް ނޫން. މިހިރީ ލަންކާގަ ތާށިވެފަ. އެކަމަކު އަހަރުމެންގޭ މީޓަރު ނަންބަރުގައި ކޮންމެ ދުވަހަކު ހުއްދަނަގާ އެބަ ކޮންމެވެސް މީހަކު. ފުލުހުން ލޮލް.
ބޭފުޅާއެވެ. ހުއްދަ ނަގާއިރު ކަރަންޓް މީޓަރުގެ ނަމްބަރު ބޭނުންވަނީ ހަމައެކަނި ވިޔަފާރިކުރަން ދޫ ކުރާ ހުއްދައަށް. މި ހުއްދައަކީ ކޮންމެ ދުވަހަކު ބޭރަށް ނިކުމެވޭގޮތަށް ދޫކުރާ ހުއްދައެއްނޫން. މިރޯދަމަސް ނިމިގެން އަދި ހަފްތާއެއް ނުވެ، ތިޔަ ހަދާ ބޮޑެތި ދޮގުތަކެއް ދޯ...
ތެޅި ބާލަނީ، ދެ ކޮޅުޖެހޭ ކަމެއް އަދި ނު ކުރެ.
ކަރަންޓްބިލު ދައްކަންޖެހޭކަން ހަދާންކޮށްދިނުން. ހަރުކޮށް ދަންނަވާނަމަ އަތްނުލާ އައްދޮ ކިއުއްވުން. އަދި މިކަންނިމޭނީ ރަށުންބޭރަށްދާން ފެންމީޓަރު ގެ ނަންބަރު ދައްކައިގެން # ޗުކުރިއްޔާ
އަސްލު ވަރަށްބޮޑު އޮޅުމެއް މީ. ކަރަންޓް މީޓަރ ނަމްބަރު ބޭނުންވަނީ ވިޔަފާރި ކުރަން ބޭރަށް ދިޔުމަށް ހުއްދަ ހޯދާއިރު. އެއީ އެއްފަހަރު ހޯދާ ހުއްދައެއް. އެހެނިހެން ބޭނުންތަކަށް ބޭރަށް ދިޔުމަށް ހުއްދައަށް އެދޭއިރު މީޓަރ ނަމްބަރު ޖަހާކަށް ނުޖެހޭ. ރަގަޅަށް ޗެކްކޮއްލާ.
އާންމު ކަންކަމުގަ ބޭރަށްދާން ހުއްދަ ހޯދާއިރު މީޓަރ ނަންބަރު ޖަހާކަށް ނުޖެހޭ. މީޓަރ ނަންބަރު ޖަހަންޖެހެނީ ކޮންމެ ގޭބިސީއަކަށް ދޫކުރާ ވިޔަފާރިކުރުމަށްދޭ ހުއްދާއަށް އެދޭއިރު. އެވެސް އެއްފަހަރު.
ކަރަންރު މީޓަރ ނަންބަރ މިއީ ރައްޔިތުންނަށް ޖެއްސި ބޮޑު ތަކުލީފެއް މާލޭގައި ހުއްނާނެ 4 ބުރި އިމާތްތަކަށް ހަމަ އެއްމެ ކަރަންޓު މީޓަރެއް ހުއްނަ ގޭގެވެސް އަދި ކޮންޓުރަކުސަން މީޓަރުން 4 އެޕާޓުމަންޓަށް ވެސް ބޭނުންކުރާ ގޭގެވެސް ހުއްނާނެ އަދި ފިހާރަޔާ ގެއަށް އެއް މީޓަރަކުން ބޭނުންކުރާ ތަންތަށް ވެސް ހުއްނާނެ ، ބަޔަކު މޮޔަވެދާނެ...
ކަރަންރު މީޓަރ ނަންބަރ މިއީ ރައްޔިތުންނަށް ޖެއްސި ބޮޑު ތަކުލީފެއް މާލޭގައި ހުއްނާނެ 4 ބުރި އިމާތްތަކަށް ހަމަ އެއްމެ ކަރަންޓު މީޓަރެއް ހުއްނަ ގޭގެވެސް އަދި ކޮންޓުރަކުސަން މީޓަރުން 4 އެޕާޓުމަންޓަށް ވެސް ބޭނުންކުރާ ގޭގެވެސް ހުއްނާނެ އަދި ފިހާރަޔާ ގެއަށް އެއް މީޓަރަކުން ބޭނުންކުރާ ތަންތަށް ވެސް ހުއްނާނެ ، ބަޔަކު މޮޔަވެދާނެ...
ކޮން ސުވާލެއްތޯ؟ ކޮންމެ ގޭބިސީއަަ ކަށް ކަރަންޓް މީޓަރެއް ހުރޭ މި ކަން ބޮޑުކ ކޮށްގެން އުޅެނީ ބަލިފަތުރަން ބޭރަށް ނި ކުމެ އުޅެން ބޭނުންވާ ފަރާތްތަ ކުން ހެން ހީވޭ
މީޓަރު މެދުވެރިކޮށް އެގެއަކައް ވަދެ ނިކިމެ ހަދާމީހުން ސްކޭން ކުރެވޭނެ އަދި އެމީހުން ގެއިން ނިކުންނައިރު ހުރިހާލަތާ އެނބުރި ގެއައްވަންނައިރު ހުރި ހާލަތު ފެނަކައައް އެނގޭ ނެ އެހިސާބުން ފެނަކައިން އެމީހާގެ މައުލޫމާތު ކަމާބެހޭ ފަރާތާ ހިއްސާކުރާނެ ?
ބޯގަޅިން ނަށް ކުރާނީ ބޯގަޅިކަންކަން މީހާރު އިނގޭތަ ގިނައީ ކޮންމެ ލަވއެއްޖެއްސަސް ނަށާމީހުން މީ ދޮގެއްތޯ....ލޮލް
ކޮމެންޓްތަކުން އެނގިގެން ދިޔައީ އަދިވެސް ބައެއް ރައްޔިތުންނަށް ކަރަންޓް މީޓަރު ނަމްބަރ ބޭނުންކޮށްގެން ހޯދާ ހުއްދައިގެ ބޭނުން ނޭނގޭކަން.. އެހެން މީހުންނާދިމާލަށް އިނގިލި ދިއްކޮށްލާއިރު ތިމާމީހާއަށް މި ކިޔާއެތި ގެޓްވަނީ ކިތައް ފަހަރުބާއޭ ވިސްނަވާލައްވާ..
ނުގަވައިދުން ބޭރުގައި އުޅެން ބޭނުންވާ މީހުންނަށް ތަކްލީފަކަށް ވެދާނެ..
ކޮންމެ އެއްޗެއް ކިޔަސް އަތު ޖެހިއްޖެއްޔާ ޖޫރިމަނާ ކުރާނެ. ދެން ލަލަލަލަލަ