ފުވައްމުލަކު ގޮނޑުދޮށުން ވެލި ނަގާ މައްސަލަ އެކަން ކުރާ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސިޓީގެ ކައުންސިލުން ދީފިއެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރަށް ގިރުމުގެ ނުރައްކަލުން ރަށް ހިމާޔަތް ކުރުމަށް ފުވައްމުލަކު ގޮނޑުދޮށުން އެއްވެސް މިންވަރަކަށް ގަލާއި، ވެލި، އަކިރި، ކަށިވެލި، އަދި ދޮންވެލި ފަދަ ތަކެތި ނެގުމަކީ މަނާކަމެއް ކަމަށް އަންގައި ތަކުރާރުކޮށް އިއުލާން ކުރެވިފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް އިއުލާން ކުރެވުނަސް، ބައެއް މީހުން ގޮނޑުދޮށުން ވެލި ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އިއުލާންގައިވެއެވެ.

ވެލި ނެގުން މަނާކުރެވި ތަކުރާރުކޮށް، ހަނދާންކޮށް ދެމުން ދިޔަ ނަމަވެސް ވެލި ނަގަމުންދާތީ އެގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް އިއުލާންގައިވެއެވެ.

ފުވައްމުލަކު ގޮނޑޮދޮށުން ގަވައިދާ ހިލާފަށް ވެލި ނަގަމުންދާ އިރު، ފުވައްމުލަކު ކައުންސިލުން ދަނީ އެގޮތަށް ވެލި ނަގާ މީހުން ހުއްޓުވައި، ނަގާފައިވާ ވެލި އެ ނެގި ތަންތަނަށް އަލުން އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އަދި ގަވައިދާ ހިލާފަށް ވެލި ނަގާ މީހުން ފެނިއްޖެ ނަމަ ކައުންސިލް ހޮޓްލައިން 1618 އަށް ގުޅަން ކައުންސިލުން އެދެއެވެ. މިފަދަ ކަންތައްތަކުގައި ރައްޔިތުން، ފުލުހުން އަދި ކައުންސިލް މުވައްޒަފުން ޝުކުރު އަދާކުރާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނޭނގޭ

  ކަނޑުކޮހުންނަކަށް ނޭނގޭތަ ވެލިނެގީމަ އަލުން އަރާނެކަމެއް. ވެއްޔަކީވެސް އުފެދޭ އެއްޗެއް. އެކަމަކު ހައްދެއްނެތްވަރަކަށްވެސް ނަގާކަށް ނުވާނެ. އެކަން ބެލީމަނިމިނީއެއްނު. މީގެކުރިން ތިރަށުން ވެލިނަގައިގެން އުޅުނީ، ކޮންކަމެއްވީ. މިހަރުތަ ކަމެއްވަނީ.

  3
  3
 2. ސައްޔިދު ދީދީ .

  ގާބިލް ކަމެއްގެ އިންޒާރެއް.

 3. ބެޓަރދޭންއޯލް

  އަހަރެން ތިރަށަށް މެހުމާނެއް ގޮތަށް ގޮސް އެދުނިން ހަނދާނަކަށް އެރަށުން ތިން އޮށް އަކިރި ދީބަލާށޭ ފުޅިޔަކަށް ލައިގެން ގެންނަން. ކައުންސިލް ރައީސް ބުނީ މަނާކަމެކޭ. ނުވާނެޔޭ. ކޮށްގެންވެސް ނުވާނެޔޭ. އެކަމަކު ރަށުމީހުން ބަސްތާ ޖަހައިގެން ނަގާއިރު ދެންހަދާނެ ގޮތެއް ނޭނގިފައި އިންޒާރުދީދީ. ލޮލް އޭ ބުނާނީ.
  ވާނީވެސް އެހެން.

 4. ރަނާ

  އަހަރެމެންނަށްވެސް ދީބަލަ ތިއިން ވެލިކޮޅެއް.