ރާއްޖެ އިން ކޮވިޑް-19 ފެނި އެ ބަލީގެ ބިރުވެރިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ. އެ ބައްޔާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ނާދެއެވެ. ރާއްޖޭގެ ސިއްހީ ހިދުމަތްތެރިން ބައްޔާ ދެކޮޅަށް ކުުރަމުންދާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދޭ ވަރުވަރުއެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 24 އިންސައްތަ މީހުން ރަނގަޅުވެ، މުޅި ރާއްޖެ އެކަމާއި ފަހުރުވެރިވާން ޖެހެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 406 މީހުން ވަނީ ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ވޭދަނަ (ކޭސް)ތައް ފެނުނީ މާލެ ސިޓީންނެވެ. އޭޕްރިލް 15 ވަނަ ދުވަހު މާލެ ސިޓީން ކޮވިޑް-19 ފެނުނު ފަހުން، މާލެއިން އަތޮޅު ތެރެއަށް ދަތުރު ކުރި ރަށްތަކަށް ވެސް މި ބަލި ފެތުރުނެވެ.

މާލެ ފިޔަވައި ދެން އެންމެ ގިނައިން ކޮވިޑް-19 ފެނުނު އެއް ރަށަކަށް ވާނީ ށ. ނަރުދޫއެވެ. އެރަށުން 11 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އެކަމަކު، ނަރުދޫ މިހާރު ވަނީ އާންމު ހާލަތަކަށް ގެނެސްފައެވެ.

ރަށުން ފައްސިވި ހުރިހާ އެންމެން ވަނީ ރަނގަޅުވެފައި

ނަރުދޫން ކޮވިޑް-19 އަށް ފުރަތަމަ ދިވެއްސަކު ފައްސިވެފައިވާކަން އިއުލާން ކުރީ އޭޕްރިލް 25 ވަނަ ދުވަހެވެ. އެމީހަކީ މާލެ އިން ކޮވިޑް-19 ފެނުނު ފަހުން ފުރައިގެން އެ ރަށަށް ދިޔަ އަމާޒު ބޯޓުގެ ކެޕްޓަންއެވެ. އަދި އެ ބޯޓުގެ ފަޅުވެރިންތަކެއްވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އަދި ކެޕްޓަންގެ އަންހެނުންނާއި، އެ ދެމަފިރިންގެ ތިން ދަރިންނާއި، ކެޕްޓަން އާއި އެއްގެއެއްގައި ދިރިއުޅެމުން އަންނަ މާބަނޑު އަންހެނަކާއި، އަދި އިތުރު ބަޔަކަށް ވެސް އެ ރަށުން ކޮވިޑް-19 ޖެހިފައި ވެއެވެ.

މީގެ އިތުރުން، އެ ބޯޓުން ދަތުރު ކުރި މިލަންދޫން މީހަކަށް ވެސް މި ބަލި ވަނީ ޖެހިފައެވެ.

އެރަށުން ކޮވިޑް-19 ފެނި ބަލީގެ ބިރުވެރިކަމުގައި އޮއްވައި، އެރަށުން ފަހުން ނެގި ސުންކު (ސާމްޕަލް)ތަކުގެ ނަތީޖާ ވަނީ ނައްސިވެފައެވެ. އަދި މިހާރު އެ ރަށުން ކޮވިޑް-19 އަށް ފައްސިވި އެންމެން ބަލިން ރަނގަޅުވެފައެވެ.

މިއީ އެ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ރަށު ކައުންސިލްގެ ރައީސް އަހުމަދު އާރިފް "ވަގުތަށް" ވިދާޅުވީ ރަށުން ކޮވިޑް-19 ޖެހުނު ހުރިހާ އެންމެން ރަނގަޅުވުމުން، އެމީހުން މިއަދު ރަށަށް ދާނެ ކަމަށެވެ. އަދި ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

އެކަމަކު، ރަށުގެ ހާލަތު އިތުރު 14 ދުވަހަށް ބަލަން ޖެހޭ ކަން ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

"ރަށުގެ އާއްމު ހާލަތު ވަރަށް ބޮޑަށް ރަނގަޅު، އަދިވެސް މޮނީޓަރިން އުވާލި ނަމަވެސް، އިތުުރު 14 ދުވަސް ބަލަން ޖެހޭ ކަމަށް މި އޮންނަނީ،" ކައުންސިލްގެ ރައީސް އަހުމަދު ވިދާޅުވިއެވެ.

ރަށާއި މެދު އެހެން ރަށު މީހުން ދެކޭ ގޮތް ބަދަލު ކުރަން ޖެހިފައި

އާރިފް ވިދާޅުވީ، ރަށުން ކޮވިޑް-19ގެ ވޭދަނަތައް ފެނުމުން އެހެން ރަށު މީހުން އެރަށާއި، މެެދު ދެކެމުންދާ ގޮތް ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ.

"ރަށަށް ދިމާވެފައި އޮތް ބޮޑު ގޮންޖެހުމަކީ، އަދި އަޅުގަނޑުމެން ވަރަށް ދެރަ ވެސް ވޭ، މި ރަށުގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވިކަމުގައި ވިޔަސް އެހެން ރަށްރަށުން ދެކޭ ގޮތް މިރަށު ރައްޔިތުންް،، މި ރަށަކީ ފައްސިވެފައި އޮތް ރަށެކޭ، މިކަހަލަ ބައިވަރު ވާހަކަތައް އެބަ ދައްކާ، އަސްލު ވަރަށް ދެރަވޭ އެގޮތަށް ވާހަކަދައްކާތީ، ދެން މިރަށާއި މެދު މީހުން ދެކެމުންދާ އެ ގޮތް ފޮހެލުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ،" އާރިފް ވިދާޅުވިއެވެ.

ރަށަށް ގިނަ ބައެއްގެ އެހީ ހިފަހެއްޓުމެއް ނެތު ޝުކުރު

އެރަށުން ކޮވިޑް-19 ފެނި މުޅި ރަށް ހުއްޓުމަކަށް އައިސްފައި އޮތް ދަނޑިވަޅެއްގައި ވަރަށް ގިނަ ފަރާތްތަކުން ވަނީ އެރަށަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެކަން ހާމަކޮށް އެރަށު ކައުންސިލް ރައީސް އާރިފް ވިދާޅުވީ، މިކަމާއި ގުޅިގެން ވަަރަށް ބައިވަރު ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ. އެގޮތުން ވެލާ ރިސޯޓާއި، ށ. ފީވައް، ގޮއިދޫ، ފުނަދޫ، ކޮމަންޑޫ، އަދި ކޮމަންޑޫގެ ނާހިދު ކިޔާ ބޭފުޅެއްގެ އެހީތެރިކަން ފާހަގަކޮށްލާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި އެގޮތަށް ވަކި ތަކެތި ވަކި ވަކި ބޭފުޅުން އެބަހުރި، ވަރަށް ބައިވަރު މީހުން ދީފައި". އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1672 އަށް އަރާފައެވެ. މި ބަލީގެ ފަސް މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ?

    الحمد لله♥️?
    އަސްލުވެސް ކައުންސިލްގެ ރައީސް އެ ފާހަގަ ކުރެއްވީ ވަރަށް ރަނގަޅު ވާހަކައެއް. އެރަށެއްގަ ބަލިޖެހުނު މީހުން ތިއްބޭ ކިޔާފަ މާނައަކީ އެރަށު އެންމެންނަށް ބަލިޖެހިފައެކޭ ނޫން.?

    26
  2. މިއަދު

    ކޮވިޑް 19 އަށް ޕޮޒިޓިއުވިމީހުނަށްވުގެ ހާލުގައި ކޮވިޑް19 އާއިގުޅިގެން މާލޭގައި ތާށިވިމީހުން މިއީ ސަރުކާރުގެ ރޭވުންތެރިކަމެއްނެތްމިންވަރު އެގިގެންދާ ބޮޑު ހަގީގަތެއް

    8
    2
  3. އަހަރެން..

    الحمد لله..

  4. ނަރުދޫ ކުއްޖާ

    ޑައިރެކްޓު ކޮންޓެކްޓްވި މީހުން ސާންޕަލް ނުނަގާ ބައިވަރު އެބަތިބި