މާލޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ފެށުމާއި އެކު އެއިން ބައެއް މީހުން އެތަނުގައި ނަމާދު ކުރަން ފަށައިފިއެވެ.

މި ނަމާދުގައި 45 މީހަކު ބައިވެރިވިއިރު، ގިނަ ޢަދަދެއްގެ ބަޔަކު ބަލަން ދުރުގައި ތިއްބެވެ.

އާޓިފިޝަލް ބީޗް ސަރަޙައްދުގައި އިދިކޮޅު ފަރާތްތަކުން ކުރި ނަމާދުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޢަބުދުލްޣަފޫރު މޫސާ އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ހިމެނިވަޑައިގަންނަވައެވެ.

މުޒާހަރާގެ ބައިވެރިންތަކެއް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ނަމާދު ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދާއިރު، ނަމާދު ވަގުތަށް ވެސް މުޒާހަރާތައް ހުއްޓާ ނުލުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް ނަމާދު ވަގުތާއި ދިމާކޮށް މުޒާހަރާގެ ގިނަ ބައިވެރިންތައް ވަނީ އަމިއްލައަށް އެއްވުން ދޫކޮށް ގޮސްފައެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާއަކީ، ގާނުނު އަސާސީގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާ ސަސްޕެންޑު ކޮށްފައިވާތީ، މި ހާލަތުގައި އެއްވެ އުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިއްޔެ ފުލުހުން ވިދާޅުވެފައި ވަނިކޮށް، ފުލުހުންގެ ބަހަށް ނުކިޔަމަންތެރިވެ ކުރިއަށްގެންދާ މުޒާހަރާއެކެވެ.

މިއަދު ބާއްވާ އެއްވުމުގައި ހަމަނުޖެހުން ހިންގުމަށް އިދިކޮޅު ފަރާތްތަކުން ރާވާފައިއޮތް އިރު، ފުލުހުން ނެރުނު ބަޔާނެއްގައި އެކަން ހާމަކޮށް ވިދާޅުވީ، އެއްވުމުގެ ތެރެއިން ބައެއް ފަރާތްތަކުން ދިވެހި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ތައްޔާރުވަމުންދާކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. Anonymous

  އެއީ އެމީހުންގެ ސައިޒް. ﷲ ތައާލާ ދެނިވެޑިގެންވާނީ ތިނަމާދުގެ އިހްލާސްތެރިކަން.

  • ބާރީ

   30 އަހަރުގެ ވެރިޔާގެ ގާޑުންތެރޭ ހިމެނޭ ޑްރަގްލޯޑު ދުފައި ރަތްކޮށްގެން ވުޟޫ ނުކޮށް ކަންދެއްކުމަށް ކުރާ ނަމާދު ގަބޫލެއް ނުކުރައްވާނެ! ﷲ ދެނެވޮޑިގެންވޭ ފޭކްކަން

 2. ދެޓްވޭ

  މާމެންދޫ އިމާމު އެވަނީ އޭނާ ސޮއި ކޮށް އެއްބަސްވެފައިވާ ވަޒީފާގެ އެއްބަސްވުމާއި ޚިލާފުވެފައޭ ވަޒީފާގެ އެއްބަސްވުމާއި އޭނާ ޚިލާފު ވުމުގެ ސަބަބުން އެތައް ބަޔެއްގެ ސޯޝަލް ހައްގު ތަކަށް އުނި ކަން އަންނާނެ ކަމަށް ބެލެވޭތީވެ އޭނާ އާއި މެދު ކަމާއި ބެހޭ ފަރާތް ކަމުގައިވާ އިސްލާމިކް މިނިސްޓްރީން އޭނާ އަވަހަށް މާލެ ގެނެސް އޭނާ އާއި މެދު ގަވާއިދު ފިޔަވަޅު އެޅެން ޖެހޭނެއޭ އެއިރުން ނޭ މިގައުމުގެ ކަންކަން ލިޓިލް ސިންގަޕޯރ ގައި ދާ އުސޫލުން ދާނީ. ހާކިމާ ގެ އަމުރު ތަކަށް ރައްޔިތުން ފުރިހަމަ އަށް ބޯލަނބާ ކިޔަމަން ވާން ޖެހޭނެއޭ އެއީ އޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ. އައި ވޯންޓް އިޓް ދެޓް ވޭ..

  • ޟަ

   ލޮލް

  • ލޮލް ބޮލް

   ހަހަހހަހ ދޯ އެހެން ހަދަން ޖެހޭނީ ކެކެ މި ސައިޓަށް ވަންނަނީވެސް ކޮމެމްޓް ތައް ކިޔާށޭ ދެން މަށަށް ވަ މަޖަލޭ ތަމެން ކޮމެންޜް ކުރީމަ ލޮލް

 3. އެމެންނޭ

  މުޒާހަރާ ތެރޭގައި ކުރި ނަމާދުގައި ބައިވެރިވީ 45 މީހުން އެއީ އެމްޑީޕީ މެމްބަރުންނަމަ އެމެންގެ %85 އަށް ނަމާދުގައި ކިޔާނެ އެއްޗެހި ނޭގޭނެއޭ މަމެންގެ ބެކް އޮފް މައިންޑް ބުނަނީ އެހާ ބޮޑަށް އެކަން އެމެންގެ އަމަލު ތަކުން ދޭހަވެއޭ ތެޔޮ ބިޑި ބުއިމާއި ކަސްބީން ކައިރިއަށް ދިއުން އެއީ އެމެންގެ ޑެއިލީ ލައިފް އޭ މަމެން ބުނަން ނެތީމު ދޯ.

 4. އެހެންތޭ

  ފުރަތަމަ ކަމަކީ ތިޔާ ނަމާދުގެ ނިޔަތާއި މެދު ސުވާލު އުފެދޭ ތި ނަމާދުން ސަވާބެއް ލިބޭނެ ތޯ ނުވަތަ މީޑިއާ އަށް ދައްކަން ވެގެން ތަމެން ކުރި ނަމާދެއްތޭ އެއީ ސުވާލު އުފެދޭ ކަމެކޭ. އެމްޑީޕީން މުޒާހަރާ ކުރާ މައިދާނާއި ގާތުގައި ނަމާދު ކުރާނެ މިސްކިތް ތައް ހުއްޓާ މުޑު ދާރު މީހުން ފައިވާނާއި އެކު ހިނގާ ފެގް ބޮއި ކުޅު ތަޅާ ތަނަކަށް ނިތް ތަޅާ ނަމާދު ކުރުން އެއީ ތީގެ މަގްސަދާއި މެދު ސުވާލު އުފެދޭ ކަމެކޭ. ދެން އަނެއް ކަމަކީ ހާކިމާ އިން ވަނީ އަމުރެއް ނެރެފައި މިގައުމުގައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ފައި ކަން ދެން ހާކިމާގެ އަމުރު ތަކަށް ތަމެން ތަބާނުވެ ގޮސް ގާނޫނު ތަކާއި އަދި ގަވާއިދު ތައް މުގުރާލާފައި ބޮޑު ކުށްވެރި އަކު ދޫކޮށް ލަން ކޯޓް އިން ބާތިލް ކޮށްފައިވާ އަމުރަކަށް އަމަލު ކުރަން ފާރެއް ކައިރީގައި ބުނަން މުޒާހަރާ ކުރުމެކޭ ތަމެން ތިޔާ ތަންފީޒު ކުރަން ގޮވާލާ އަމުރެކޭ ތަފާތެއް ނެތޭ ގަމާރު ވި ނަމަވެސް މީ ތަންކޮޅެއް ބޮޑު ވަރު ނޫންތޭ.

 5. ބީވާވާ

  23 އިއްތިހާދުން ކުރިކަމަކުން އެދުވަހު ހައިލުވެފަ ތިބި މީހުންވެސް ނަމާދުކުރި. ލޮލް

 6. އަންބެ

  ހުކުރު ހުތުބާ އަށް ގޮންޖަހައި މަގުމައްޗައް ނިކުތީތީ ވަރަށް ދެރަވަން. އެއިން ދޭހަކޮށްދެނީ ގުރުއާނުގެ އާޔަތްތަކާ ރަސޫލުﷲ ގެފާނުގެ ހަދީސް ތަކަށް ފާޅުގައި އިންކާރު ކޮށްފިކަން. ﷲ ގެ އިސްމުފުޅު ދުލުން ނުކިޔާ އަންނި އަކީ ވަރަށް ނުރައްކާތެރި މީހެއް، އަދި އޭނާގެ އަރިސް ބޭކަލުންނަކީ އިސްލާމްދީނާ ބީރައްޓެހި ބައެއްކަން ވަނީ ސާބިތުވެފައި. މިފަދަ ބަޔަކަށް ތާއީދުކޮށް މުޖްތަމައުގެ ހަމަޖެހުން ނަގާލާ މީހުންނަކީ ފުރިހަމަ މުއުމިނުންގެ ތެރެއިންވާ ބައެއްނޫންކަން ދަންނަންޖެހޭ. ސަބަބަކީ އަގީދާ ފުރިހަމަ ނުވާމީހާ އަކީ ކޮބައިކަން ދީނުގައި ބަޔާންވެފައި ވާތީ.

 7. އެވްރީ

  ތަމެން 45 މީހުން ވަކި ވެގަންނަން މަސައްކަތް ކޮށްގެން ގޮސް ތަމެންނަށް އިމާމު ވެ ނަމާދު ކުރުމުގެ ލައިސަންސް ނެތީސް ތަމެން ތިޔާ ކަން ކުރަނީ ތިއެއް ނޫނޭ ތިޔާ ކަން ކުރަން އޮންނަ ގޮތަކީ. މަމެން ޕިންކީން ނޭ މިގައުމުގައި މިހާރު ހާކިމާ އިން ނަކީ މަމެން އޮންނާނީ ތަމެންނަށް އަންގާފައި ނޫންތޭ އެކުވެރި ކަމަކީ ގަދަ ފަދަ ބާރެކޭ ވަކިވެ ގަތުމަކީ ނިކަމެތި ކަމެކޭ ދެން ތަމެން ޖެހޭނީ މަމެން ޕިންކީން ޔައުނީ ހާކިމާ އަންގާ ގޮތަށް އަމަލު ކުރަން އޭ އެނޫން ތަމެން ނަށް ހުރި ހަލާކެއް ގެ ބޮޑު ކަމާއޭ. އެއްވެސް ހާލެއްގައި މުޒާހަރާ ކުރާ މައިދާނުގައި ނަމާދު ކުރާނެެ ކަމެއް ނެތޭ އަވަހަށް ދަގަ ނޫރު މިސްކިތަށް ނަމާދު ކުރަން އިނގޭތޭ. ތަމެން ދެން އަނެއް ކޮޅުން މިހާރު ވުޖޫދު ގައި ނެތް ކޯޓް އަމުރަކަށް ކޮން ތަންފީޒު ކުރުމެއްތޭ ތިޔާ ގޮވަން ފެށީ. ތިޔާވެސް ބާތިލަށް ގޮވުން ނޫން ދެން ކޯއްޗެއްތޭ ޗަކަސް ޗަކަސް ވިސްނުން ދޯ ކެނެރީގެ ނަޝީދު ދަ ބަތާހަރާމީ ތަމެންނަށް ވިސްނާ ދެނީ. އެހެންވީމަ އޭ މަމެން ޕިންކީން މިބުނަނީ މަމެން މީ ހާކިމާ އިންނޭ ތަމެން ހަމަ މިހާރުން މިހާރަށް ގެއަށް ކަނޑާލަންވީއޭ ކުއްލި ނުރައްކަލުގެ ހާލަތު މިއޮތީ ލާރޖް ކޮށް ޖައްސާފައޭ. އަވަަހަށް ދަގަ ގޯއްޗަށް. ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ ހާކިމާ ބުނާ ގޮތަށް އަމަލު ކުރުމަކީ އެއީ ލިބޭ ނިއުމަތެއް ކަން އަދި ހިތަށް ފިނި ކަން ގެނެސް ދޭނެ ކަމެއް ކަން. މިކަން ނޫންތޭ ތަމެން ކުރަންވީ ހޭވައްޓާލާފައި ނަމަވެސް. އެވްރީ ސްޓެޕް ޔޫ މޫވް އެވްރީ ލޯ ޔޫ ބްރޭކް އެވްރީ ރޫލް ޔޫ ބްރޭކް އެވްރީ ބޮންޑް ޔޫ ބްރޭކް އެވްރި ވޯރޑް ޔޫ ސޭ އެވްރީ ގޭމް ޔޫ ޕްލޭ އައި ވިލް ބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ ވޮޗިންގް ޔޫ. އޯއް ކާންޓް ޔޫ ސީ އިޓް ބޭބީ ބޭބީ ޕްލީޒް ގެއަށް ދޭ އަވަހަށް ގެއަށް ކަނޑާލާ ކަނޑާލާ ޕްލީޒް ޕްލީޒް ޕްލީޒް އޯއް ޕްލޭ ދަ ބޭސް ގިޓަރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ ސީ ޔޫ ބެޓަރ ލީވް ދިސް މުޒާހަރާ މައިދާން ފޯރ އަސް ޕިންކީސް..

 8. މނތ

  ވުޞޫކުރިތަ އަނެއްކާ

 9. ބާޒާރުއަލިބެ

  ރީދޫ ކުދިން ދީން ސިޔާސީ ހަތިޔާރަކަށް ނުހަދާށޭ ގޮވާފަ ކިހިނެއް ތިހެދީ؟

 10. މަނަދޫބެ

  މަނަދޫ ބޭންކުގަ އުޅޭ 2މީހަކު ރިޔާސީ އިންތިހާބާ ކައުންސިލް އިންތިހާބްގަވެސް ރައީސް ޔާމީނާ އިދިކޮޅަށް މިއަދު މުޒާހަރާގަވެސް އިދިކޮޅަށް.ކީކޭބުނާނީ.ސަރުކާރު ބޭންކުވަޒީފާގަތިބެ މުސާރަ ނަގައިގެން ސަރުކާރާ އިދިކޮޅަށް...

 11. ާަކުއްޖާ

  ނަމާދެއްގައި މަދުން މީހުން ބައިވެރިވީމާ ކަލޭމެން ހާދަހާ އުފަލެކޭ ތިޔަ ވަނީ. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

 12. Anonymous

  މުހައްމަދާ ކަލެއަށް ކީއްވެތަ އިދުކޮޅު ކޮމެންޓެއް ޖަހާލަން ނުކެރެނީ؟. ނިއަދުރޭމެން މޭ ފުއްޕާފަ އަނގަ ފަތަރާސީކޮށް ވާހަކަ ދެއްކިއަސް އެހަމަ ފިނޑިން!!!! ކޮމެންޓެއްވެސް ކިޔާލަން ނުކެރޭ!!!....

 13. Anonymous

  އެކަކު ނަމާދުކުރިކަމުގައި ވިޔަސް ނަމާދު ކުރިކަން އޮންނާނު

 14. ލެއްގި ލަކުޑި

  ސަފުތައް ހުންނަންޖެހޭނީ ދެފަޅިއަށް ހަމަހަމައަށް މިފިކުރުގެ މީހުނަށް ދީނީ ކަންތައްތައް އެނގޭވަރު މިއިނގެނީ

 15. އ.ޖ.އ

  ނަމާދު ނުކޮށް ތިބެގެން މިކަހަލަ އެއްޗެހި ލިޔާކަށް ބިރެއް ނުގަނޭތަ.. ލަދެއް ނުގަނޭތަ.. ނުވިތާކަށް އެތާ ކުރިމައްޗަށް އަރާ ފޮޓޯ ނަގާފަ.