މިއަދު ސްރީލަންކާއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ރާއްޖެއިން ލަންކާއަށް އަށް ދިޔަ ތިން މީހުން ހިމެނޭ ކަމަށް އެ ގައުމުގެ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އެ ގައުމުގެ ނޫހެއް ކަމަށްވާ ނިއުސް ވަޔާ އިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ގައުމުން އިއްޔެ ކޮވިޑް-19 ޖެހިފައިވާ 55 މީހަކު ފެނިފައި ވެއެވެ. އޭގެ ތެރޭގައި ލަންކާގެ ކަނޑުގެ ސިފައިންގެ ތެރޭގައި ހިމެނޭ 25 މީހަކާއި، ކުވައިތުން އެ ގައުމަށް ދިޔަ އަށް މީހަކާއި، ރާއްޖެއިން އެ ގައުމަށް ދިޔަ ތިން މީހެއްގެ އިތުރުން ގަތަރުން އެނބުރި ދިޔަ 19 މީހަކު ހިމެނެއެވެ.

މިއަދާއި ހަމައަށް ލަންކާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1620 އަށް އަރާފައެވެ.

އެ ގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 10 މީހަކު މަރުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 800އަށްވުރެ މައްޗަށް އަރަފައެެވެ.

ލަންކާގައި އަނެއްކާވެސް ކޮވިޑް-19 ފެތުރެން ފަށާފައި، މި ވަނީ އެ ގައުމުގައި ބަލި ކޮންޓްރޯލްވެއްޖެކަމަށް އެ ގައުމުގެ ހެލެތް މިނިސްޓްރީން އިއުލާނު ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް އެވެ.

މީގެކުރިން ރާއްޖެއިން އިންޑިޔާ އަށް ދިޔަ ބަޔަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު