ފުލުހުން، ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށާއި، އާއްމުންނާއި މެދު އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލްއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ފުލުހުން އޭނާގެ ކަރަށް ފައިން އަރައި މަރާލި މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ސީޕީ ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ.

ހަމީދު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން، ހާލަތާއި ބައްދަލުވާ ގޮތަކަށް ކަަމަށެވެ. އަދި މަސްލަހަތު ހިމާޔަތް ކުރުމަށް އެ ނޫން ގޮތެއް ނެތް ހާލަތްތަކުގައި ފުލުހުންނަށް ބާރު ބޭނުން ކުރެވޭނެ ކަމަށެވެ.

އަދި ފުލުހުން އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ފްލްއިޑް މަރާލި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ގިނަ ބަޔަކު އަންނަނަނީ ބުނަމުންނެވެ. އެގޮތުން އޭނާ ވައްޓާލުމަށްފަހު އޭނާ ކަރު މަތީގައި ފުލުހަކު ކަކޫ އަޅައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

ފްލޮއިޑް މަރުވުމުން ގިނަ ބަޔަކު ވަނީ އެއަމަލު ހިންގި ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރަން ގޮވާލައި މުޒާހަރާ އަށް ނިކުމެފައެވެ.

ފުލުހުންގެ އިދާރާ އިން ވަނީ އެކަމުގައި ބައިވެރިވި ހަތަރު ފުލުހުން ވަޒީފާ އިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރަބަރޭ

    ލީކުވި ފޮޓޯތަކާއި ވީޑިޔޯ ގެ މަޢްސަލަ ތަހުގީގު ކުރުން ކިހާހިސާބެއްގާ ކަންއަންގާލަ ދެއްވާ

    21
  2. މަބޭ

    ދޮންމީހުން ހިއްރުހޭ ޕާޓީއެއްނަމަ މުޅިރާއްޖޭގަ ހުޅުޖާހާހެދިޔަސް ނިންމަނީ ޑިމޮކްރަސީ އަދި ހިއުމަންރައިޓްސް ކަމައް.

    18
  3. ބިރަކާނުލައި

    ބިރަކާކުލައި މަޖާ ކުރުމުގެ އުޒުރެއްވެސް ނޯންނާނެ ތިމާމީހާތީ މާރަނގަޅަށް ކަންތައް ކުރާމީހެއްތަ ތީވެސް އެހެން ހަނދަން ވެފަހުރި ޖާހިލެއް!

    20
  4. ސުޢޫދު

    އަނިިޔާ މާނަތަންކޮޅެއް ފުޅާކޮއް މީޑިއާ މެދުވެރިކޮއް ސާފުކޮއްދިންނަމަވަރައްރަނގަޅު ފުލުހެއްގެ ކާރީ 2 އެއްޗެެއް ބުނެލާއިރައް ބޭނުންކުރަނީ ވާޖިބައް ހުރަސްއެޅި ކަމައް ދެންނޫނީ ބިރުދެއްކިކަމައް ބިޑިއަޅުވާ ގޮޅިއައް ގެންދާފަރާތުން ދައްކާނެ ހެއްކެއްވެސް ނޯވޭ ފޯނު ފުރަތައަތުލަނީ ފޮޓޯވީޑިއޯ ނުވާގޮތައް އެމްސީއައްވެސް މިކަން ރަނގަޅު ނޫންކަމައް ފެނުނީ އެގައުމުތަކުގެ ރައްޔިތުންނައް ވިޑިއޯ ފޮޓޯ އަޑުރިކޯޑު ކުރުމުގެ ފުރުސަތު ދީފައޮތީމަ ވަކިމިންގަޑެއްގެތެރޭގަ ދެފަރާތައްވެސް އިހުތިރާމްކުރާގޮތައް ކުއްވެރި ކުރުމައްވުރެ ސަލާމަތާ ރައްކާތެރިކަން ފޯރުކޮއްދޭގޮތައް ހަރަކާއްތެރިވުމައް.

  5. ދުންތަރި

    މީހުންގެ ތާާއީދު ހޯދުމަށް މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް ދިވެހި ފުލުހުންގެ މާޒީ ހަނދާންކޮށްލާ އަދި މިހާޜުވެސް ތިޔައީ އަބުރުގެއްލިފަވާ ބޭފުޅެއް އެވާހަކަތައް އޮށްބާލާ އޮފުއަރުވާން އުޅެނެ ކަމެއްނެތް

    16
  6. ާއަފްލާ

    ޙަމީދު ކަލޭ ހުރެގެން ލިބޭނެ އިތުބާރެއް ބުނެބަލަ ކަލޭގެ ޅިޔަނު ވެރިކަމުގަ ކަލޭ ޕޮލިސް ކޮމިޝަނަރަކައް ނަޝީދު މަޖިލިސ ރައީސަކައް އިވާ ނައިބަކައް މޮޔަގޮވަމުން ތހިދހުވަނީ ކޮބާ ހާދަ ދެފުހފެނޭ ދޯ ބްރާންތހި

    17
  7. އަލިމަނިކު

    ދުރާލާ ޕްލޭން ކުރެވިގެން ބަދު އަކްލާޤީ ޢަމަލު ހިންގުމުގައި ފުލުހުންނަށް ފުރިހަމަ ބާރުލިބިދެވޭނެބާއެވެ

    17
  8. ޙަަސަނު

    އެމް ޑީ އެން ހިމާޔަތް ކުރަނީ ކޮން ޤާނޫނެއްގެ ދަށުން ފުލުހުންނަށް ކޮން ބާރެއް ލިބިގެންތަ - ހަމަ އަހާލީ

  9. މަރިޔާދު

    ސީޕީ ހަމީދު ކަލޭތީ އަނިޔާވެރިއެއް.

  10. Anonymous

    ހަމީދު ފުލުހުންގެ ސީޕީ އަކަށްހުރެ ފުލުހުންގެ ކަރަށް ފައިންއަރަން ދެއްކޭނެ އެއްވެސް ހުއްޖަތެއްވެސް ނޯންނާނެ އިނގޭތޯ.