ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދާދިއަވަހަށް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާފާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ އޭނާ އަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވުމުން އެބޭފުޅުންނަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްތަކެއްގައެވެ.

ވައްޑެ އާއި ނިހާދު، ޣައްސާނަށް ފާޑުވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރަން ސިއްރުން ހަދާނެ ޑީލެއް ނޯންނާނެ ކަމަށާއި، ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ފާޅުގައި ކަމަށް ޣައްސާން ވިދާޅުވުމުންނެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާޢުގައި ބަހެއް ބުނަން އޭރު ނުކެރުނީ ކީއްވެތޯ ޣައްސާނާއި ވަނީ ސުވާލު ކުރައްވާފައެވެ. ޝަރީޢަތެއް، ޙުކުމެއް ވެސް ނެތި އޭރު އެބޭފުޅުން ޖަލަށް ލާފައި ތިބި ކަމަށާއި، މިހާރު ޔާމީން އެންމެނަށް ވެސް ގަބޫލު ކުރެވޭ ވަރުގެ ބޮޑު ޙުކުމެއްގައި ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެއަށް ރައްދުދެއްވާ ޣައްސާން ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު ޣައްސާން ވަނީ ރައީސް ޔާމީނަށް އޭނާ ތާއިދު ކުރައްވާ ސަބަބުތައް ތަފްސީލްކޮށް "ސަންގް ޓީވީ" ގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ވީޑިއޯއެއް ބައްލަވާލެވުމަށް އެދިވަޑައިގެންފައެވެ.

ވައްޑެ ވަނީ ވީޑިއޯ "ކުރު ފިލްމެއްވަރު ވާތީ" އަދި އެއްކޮށް ބަލައި ނުލެވޭ ކަމަށް ވިދާޅުވެ ޣައްސާނަށް ރިޕްލައި ކުރައްވާފައެވެ. ވައްޑެ ވިދާޅުވީ ޔާމީނަށް ސިޔާސީ ނުފޫޒުން ޙުކުމެއް އައިނަމަ ޔަގީނުން ވެސް ބައްޕާފުޅާއި ބޭބޭފުޅު ވެސް އެކަން ފާހަގަ ކުރައްވާނެ ކަމަށް ދެކޭކަމަށެވެ.

ވައްޑެގެ ޓްވީޓަށް ޣައްސާން ވިދާޅުވީ "އިޝާރާތް ކުރެއްވި ކަންތައް ކޯލިޝަން މުގުރުމުން ފެންނަން ފަށާނެ. އެދުވަސް ދާދިއަވަހަށް ފެންނަކަހަލަ" ކަމަށެވެ. އާއިލީ ގުޅުންތަކާއި ރަހުމާއި ހަމްދަރުދީ ގެންގުޅުއްވަނީ ވަކި ޒަމާނަކުން ވަކި ކޯލިޝަނެއް މުގުރުމަށްފަހު ކަމުގައި ފާހަގަ ކުރެއްވީތީ ޝުކުރުވެރިވާ ކަމަށް ވައްޑެ، ޣައްސާނަށް ރައްދުދެއްވާ ވިދާޅުވިއެވެ.

ދެން ޣައްސާން ވިދާޅުވީ "އިޝާރާތް ކުރީ ތެލާއި ފެނުގެ ގުޅުމަށް. ލެއާއި ލޭގެ ގުޅުން ބަދަހި." ކަމަށެވެ.

ޣައްސާން ރައީސް ޔާމީންގެ ދިފާޢުގައި ކުރެއްވި ޓްވީޓާއި ގުޅިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބައްޕާފުޅާއި އަމިއްލަ ބޭބެއަށް ނެތް ލޯތްބެއް، ޖަލު ގައިދީއަކަށް ހުރުމަކީ ކޮންމެވެސް އެހެން ލޯތްބެއް އުފެދިފައިވާ ކަމުގެ ހެއްކެއް" ކަމަށެވެ. ނިހާދު އެހެން ވިދާޅުވުމުން ނިހާދަށް ރައްދުދެއްވާ ޣައްސާން ވަނީ އެއީ ކޮން ލޯތްބެއްކަން ތަފްސީލް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދާދިފަހުން ފޭދޫގައި ފެންބޮޑުވިއިރު ވެސް ނިހާދުގެ އެހީއެއް ދާއިރާގެ ރައްޔިތުންނަށް ލިބިފައި ނުވާތީ އެކަމަށް އިޝާރާތް ކުރައްވާ ޣައްސާން ވަނީ ވިއްސާރަވެ ފެންބޮޑުވެ ރައްޔިތުން ހާލުގައި ޖެހުމުން ޓްވީޓަކުން ފުއްދާލާ ކަހަލަ ލޯބިތޯ ނިހާދު ކުރެން ސުވާލު ކުރައްވާފައެވެ.

ޣައްސާންގެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ނިހާދު ވިދާޅުވީ ދުނިޔަވީ އެދުމަށް ފެންބޮވައިގެންފައިވާ މިންވަރު ހާމަވާ ކަމަށެވެ. ގައިދީ އަކު މިނިވަން ކުރުމަކީ މަޖިލިސް އަދި ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އެހެނޭ ކިޔާފައި 800 އަށް ވުރެން ގިނަ އާއިލާ އާއި ގުޅިފައިވާ މައްސަލަ ކުރިއަށްދިޔަ ނުދީ ހިފެހެއްޓުމަކީ އަމިއްލަ އެދުމުން ފޯވެފައިވާ ކަމުގެ ހެއްކެއް." ނިހާދު ވިދާޅުވިއެވެ.

ނިހާދު އެހެން ވިދާޅުވުމުން ނިހާދަށް ރައްދު ދެއްވާ ޣައްސާން ވަނީ ސުޕަމެޖޯރިޓީ އޮވެ، ސުޕްރީމް ކޯޓުގެ ލަފާ ހޯއްދަވަން ވަގުތު އޮވެ، އިސްތިޝާރީ ލަފައިން އެނގޭ ގޮތުގައި ކަން ކުރެވެން ނެތް ގޮތަކަށް ކުރަން އުޅުއްވުން އެއީ އިހްލާސްތެރި ޚިދުމަތްތޯ ސުވާލު ކުރައްވާފައެވެ. ޣައްސާން އެސުވާލު ކުރެއްވުމުން ނިހާދު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

63 ކޮމެންޓް

 1. ކޮއްކޮބެ----

  ތި މީހުންނަ ކީ ވަން ބުލަޑު ބުރަދާސް! ރައީސު މައުމޫނަ ކީ ބަދަލު ހިފާ ބޭފުޅެއް ނޫން!

  121
  14
  • ޖޖޖޖޖ

   2018 ގައިވެރިކަން ނިމުމާއެކު، ދިވހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގައި ބޮޑެތި ކުށްކަމަށް ކަނޑައެޅިފައިވާ ޓެރަރިޒަމްގެ ކުށާއި، ރައްޔިތުންގެ ވެރިކަން ވައްޓާލަން އުޅުމުގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލި. މީހުން ވަގަށް ނަގައިގެން ޖަލަށް ލާފަތިބި މީހުން ދޫކޮށްލި. ދިވެހި ރައްޔިތުންގެ ފައިސާއިން ބިލިއަނުން ހިޔާނާތްތެރިވެ އެކަން ޘާބިތުވެ ޖަލުހުކުމް ތަންފީޒު ކުރަމުންދަ މީހުންދޫކޮށްލި. އެހެންކަމުން، 2018 ގެ ވެރިކަން ނިމުމާއެކު، މިދިވެހިރާއްޖޭގައި ޤާނޫނު ތަންފީޒްކުރުން ނެތި ހިނގައްޖެ. މިހާރު މިހިނގަމުންދަނީ އިސްތިއުމާރީ އަނިޔާވެރި އަނިޔާވެރި ވެރިކަމެއް. ނުބައި ވެރިކަމެއް. މިދިވެހިގައުމު ނިކަމެތިކޮށް އަޅުވެތިކުރާނެ ވެރިކަމެއް.

   38
   1
 2. ނޭނގޭ

  ނިހާދުމެން ދެފުށުގަ މިޔައެޅި ވަޅިއެއް ގެނގުޅުނަސް، ޣައްސާނު އަތަކު ނޯންނާނެ އޭގެވަޅިއެއް. ޣައްސާނާ ޖަދަލު ކުރެވޭ ފެންވަރެއް ނުހުންނާނެ. ޣޮތެއްގަ ހުންނާނީ. ޢެކަން އެނިގިފަ އޮންނާނީ. ޓިކަހަލަ ވަހުތާނެއްނޫން ގައްސާނަކީ

  156
  13
  • ޖާނޭ

   މޑޕ މަޖްލިސް މެންބަރަކު އަނގަހުޅުވާލައިފިނަމަ ރައްޔިތުން ލަދުން މަރުވާ ވަރުވޭ. ގައުމެއްގެ ގާނޫނު ހަދާ މަޖްލީހުގެ މެންބަރުންގެ ފެންވަރު. ޕިސްޕިސް. ގާނޫނަކީ ވަކިމީހަކަށް ހިނގާއެއްޗެއްކަމަށް ގަބޫލުކުރާ މޑޕ ގެ ލަޓޯފަޓޯ މެންބަރުން އިސްތިއުފާ.

   43
   1
   • ތީތި

    ބައްލަވާ ލަޓޯފަޓޯ މީހުންނަށް ވޯޓްލީ ހަމަ ދިވެހިން . އެމްޑީޕީ އަކީ ސާބޯނި ބޮކިތަކެއް. ގޮތެއް ފޮތެއްނެއް..

 3. ތާކިހާ

  ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މަޢުމޫނު ތިޔަ ދެއްވި ރައްދު ތައް ހިތް ހަމަޖެހޭ. އަދި ސިޔާސީ ބޭފުޅެއްގެ ފުރިހަމަ ކޮލިޓީގައި ރައްދު ދެއްވީތީ، ޝުކުރިއްޔާ.

  287
  26
  • ޢަލަނާސި

   ސާބަސް.... ޣައްސާނު..

   16
 4. އެކްޓަރ

  ޢައްސާނަކީ ކެރޭ ފަޚުރުވެރި ދަރިޔެއް، ރ. ޔާމީނަށް ކުރާ ތާއީދަކީ ލާމަސީލް އާއިލީ ގުޅުމެއް....
  ޤައުމުން އަދު ކީއްތޯ ނަޔާ.. ޤައުމެއްނެތި ފަނާވެމިދަނީ..
  ޤައުމު ފަނާވެ ނިމިދާތަން ބަލާކަށް ޒައީމުނާއި، ޢާޒީން ފަހެތިބޭނެހޭ...

  262
  18
  • ހަމްދާން

   އިލްމީ އަދި ހައްގަށް ނަސްރުދޭ މީހުން. އެއްވަރުގެ މީހުނެކޭ ނޫން އެކަމަކު އަހަރެމެން އިބްރަތް ހާސިލްކުރާނީ އިސްލާމްދީނުގެ ތަރަހައިން. އިބްރާހީމް ޢަލައިހި ސަލާމްއާ އެކަލޭގެފާނުގެ ބައްޕަ އާޒަރަކީ މިސާލެއް. އާޒަރަށް އިބްރާހީމް އަލައިހިސަލާމް ތަބައަވއ ވަޑައިނުގެންނެވި. އެއީ ހައްގުގޮތުގައި ހުރީ އިބްރާހީމް އަލައިހި ސަލާމްކަމުގައިވާތީ.ހައްގަށް ނަސްރުދިނުމަކީ ﷲގެ ހައްގުފުޅުގައި ވާޖިބު ކަމެއް.

   108
   1
 5. ނކއ

  އައްސާން މަނިކުފާ ނަކާނުކުޅެ ވޭނެ

  216
  15
 6. ޜައިން

  ޤައްސާނު ތިކަހަލަ ރައްއަތުންގެ އިހުސާސް ތަށް ނުދަންނަ މީހުނާ ޖަޖަލް ކުރާނެ ކަމެއްނެއް ތީ ޖީބަށް ބޮނޑި ކުރާ ބައިގަނޑުގެ މީހެއް ރައްއަތު މީިިހާއަށް ކުޑަވެސް އެހީތެރި ކަމެއް ފޯރުކޮށްދޭ ކަށް ނުކެރޭނެ ނިހާދު މެންނަކީ ކުޑަކުދިން އެކުދިން ސިޔާސީ ކަންކަމުގަ ޅަވާނެ ހުސް އަނގަ ތެޅުން ކަމަކީ އެއްމެން އެއްގަލަކަށް އަރާ މި ގައުމު މި އަދަވަޅުން ސަލާމަތްވުމަތް ކުރުން ނޫން ގޮތެއްނެއް

  100
  3
 7. ބުރޯ

  ޔާމިނު ދޫކުރާ ނަމަ ޖަލުުަގަަ ވައްކަން ކޮއްގެން ްލާފަ ތިބި ހުރިހާ ކުއްވެރިން ދޫކުރަންްްްްް ޖެހޭނެ، ގާނޫނު ހަދާ މީހުން ނަށް ގާނޫނު ނޭގޭތީ ވަރަށް ދެރަ

  27
  250
  • ދދދދދދ

   13 އަހަރުގެ ޖަލު ހުކުމް އޮތް ޜެރަރިސްޓަކު ޗޯ ބާލަމުން ގައުމުގެ ކަންކަމާ ބެހެން ހުންނާތީ ވަރަށް ކަޑައެއްނު.

   127
   6
  • Anonymous

   ދޮންކަލޯ ލިޔަންކިޔަން އެނގޭތަ؟ ޔާމީން ޖަލަށްލީ ވަށްކަންކޮސްގެންކަމަށް ކަނޑައެޅިހުކުމެއް ފެންނާނީ ދެބަންދިހާރަކަށް. ތާމީންނޖަލަށްލީ މަނީ ލޯންޑްރިންއޢ ކިޔާފަ. އެވެސް 1 މިލިއަން ޑޮލަރު ދައުލަތުފައިސާއަށް ވެދާނެތީ ވަކިކޮށް އޭގައި އަތްނުލާ ބަހެއްޓީމަ. ތެދުވެެި އިންސާނަކު ހެޔޮނިޔަތުގައިބރައްޔިތުންގެ ފައިސާއަށް ވެދާނެތީ ބަހައްޓާ ބެހެއްޓުމަކީ މަނީ ލޯންޑްރިންގެ ޑެފިނިޝަން. އެހެންވީމަ ތިކަހަލަ ބުރާންތިމީހުން އަނގަނުހުޅުވާ ތިބެބަލަ. ބޮލާ ފޮށާއެޅުނީމަ ރީއްޗެއްނޫން.

   116
   8
 8. ޜަވާ

  ޢާއިލީ ގުޅުން ވަރުގަދަ ވާނެ ރަގަޅު.. ދަރިއަކު ބަފަޔަކަން ހާލުގަ ޖެހުނު ވަގުތު ދޫކޮއްލުމަކީ ރަގަޅު ގޮތްތޯ؟؟؟ ޢާއިލާ މީހާ ހުރިހާކަމެއް ކޮއް ވެރިކަމައް ގެނެސްދިނީމަ ޖަލަންތޯ ލާއްވީ... އަހަރެއް އަބަދުވެސް މައުމޫނައް އިހުތިރަމް ކުރައް.. އެވަރުގެ ރަގަޅު ވެރިއެް ނުހުންނާނެ. ކޮންމެ މީހެއްވެސް ހުރިހާކަމެއް ރަގަޅުނުވާނެ ... 30 އަހަރުގެ ވެރިކަމަކައް ބަލާފަ. ޣަބޫލްނުކުރިޔަސް އޯކޭ

  8
  86
 9. ބޯޖަލީލު

  ނިހާދު އަނގަ މެޅުނީ ހެ ހޭ...

  209
  7
  • ހހހހ

   ގާނޫނުގެ ބައްޕަތަ މައުމޫނަކީ. ގާނޫނުގެ ދަރިއަކީ ކާކު؟ ގާނޫނުގެ އާއިލާއަށް އިމްތިޔާޒްތަކެއް އޮންނާނެ. ގާނޫނުގެ ބައްޕައާ ދަރިންނަށް ސަރުކާރު ވައްޓާލަން ރޭވުންތައްރޭވޭނެއޭދޯ ނިހާދު މިކިޔަނީ؟

   49
   2
  • ގަމާރު

   ނިހާދުމެން ފެންވަރުގެ މީހުން ޢައްސާނުމެންނާ ލެޑިގަންނަން ލަދު ގަންނަން ޖެހޭނެ. ފޭދޫ ރައްޔިތުންނަށްވެސް ހުރި ލަދެއް.

   209
   8
  • ޖަޒީރާބޯއީ

   ތެޅިތެޅިތިބެންޖެހޭނީ އަދި ރައީސް ޔާމިން މިގައުމިގައި ވެރިކަމެއް ކުރައްވާނެ.

   108
   8
   • Anonymous

    އިންޝާﷲ. އަހަރެމެންގެ ދުއާއަކީ ތިއީ. ﷲ ސުބުހާނަހޫ ވަތަޢާލާގެ ހެޔޮރަހުމަތުން، ރައީސް ޔާމީން އަދި މިގައުމުގެ ވެރިކަންކޮށް މިގައުމަކީ، މިސަރަހައްދުގައި އޮތް އެންމެ ކުރިއަރާފައިވާ އަދި މިގައުމަކީ، ބޭރުގެ ދަރަނިނެތް، މުއްސަނދި އެކުވެރި ރައްޔިތުންތަކެއް އުޅޭ ގައުމަކަށް ހައްދަވައިދެއްވާނެ.

    116
    3
 10. ހަނީފު

  ރައްޔިތުންގެ މަޖްލީހުގައި ތިބުން އެކަށީގެންނުވާ ޖާހިލުންކަން އެމޫހުންނަކީ މޑޕ މެންބަރުން އެބަޘާބިތުކޮށްދޭ. ގާނޫނުބގަދާ މަޖްލީހުގައި ތިބެންވާނީ، ގާނުނަކީ، މަންމައާ ބައްޕައާ ދަރިއާ އެއްބަނޑުއެއްބަފާ މީހެއް އޮންނަ އެއްޗެއްނޫންކަން ދަންނަމީހުން. ގާނޫނުގައި ރައީސްމީހާގެ އާއިލާވީމަ އިމްތިތާޒް އޮތް ގާނޫނެއް ނިކަން ބުނެބަލަ. މައުމޫނަ ފާރިޝްޖަލުގައިހުރީ ދިވެހިރާއްޖޭގައިއޮތް ޤާނޫނީ ސަރުކާރުވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ތަހްގީގަށް ކުތިބަންދުގައި. މިކަން މިހެން ކުރެވޭނެކަން ނޭނގޭ މަޖްލިސްމެންބަރުން އަވަހަށް އިސްތިއުފާދީ. އެމީހުނާ އެކަށީގެންވާވަރަށްވުރެ އިލްމީމީހުންތިބޭތަނެއް ގާނޫނު ހަދާ މަޖްލީހަކި.

  74
  2
 11. ނަސީދު

  ވާހަކަ ދައްކަވާނެކަމެއް ނެތް މައުމޫން ވެސް އަމިއްލަ އެދުން އިސްކިރެއްވީ

  133
  12
  • Anonymous

   މީދީއަށް ދިވެހިރާއްޖެދިނީ. ރައްޔިތުންކޮޅު ހުސްކޮށްލަަނެގޮތެއްމިހާރު މޯދީ ވިސްނާނީ.

   73
 12. ފަނޑިޔާރު ފައިދުވުން މިއީތޯ އިންސާފަކީ

  ވައްޑޭ ޑޭ ނިހާދޫ ދޫ ކޮބައި ތޯ އެމްއެމް ޕީއާރުސީގެ ލާރިގަނޑު ރައީސްޔާމީން ނުކާކަން ހަމަޔަޤީން ތިމާމެނަށް ބާރުލިބުނީ މަ ރައިސްޔާމީން ހައްޔަރުކުރިޔަސް ރައީސްޔާމީން ވައްކަން ނުކުރާކަން ދިވެހިރާއް ޖޭގެ ގިނަބަޔަކު ޤަބޫލުކުރޭ ފުރަމަ ދިވެހިރާއްޖޭގެ ޤާނޫނާ ހިލާފަ ރައީސްޔާމީން ޖަލަށްލުމަށްޓަކައި ހިންގި ބޮޑު ޖަރީމާއެއް ޝަރިޔަތަކީ އެޝަރިޔަތަކީ އެޝަރިޔަތް ބަލަން ތިބިވަގުތު ދިވެހިރާއްޖޭ ގެރައްޔަތުނަށް ސާފުވެގެން ދިޔައީ ރައީސްޔާމީން ނުކުރާ ކަމެއްކަން ރައްޔަތުން ނަށްޔަޤީންވެގެދިޔަ އަސްލު އެބޮޑު ވައްކަން ކުރި ރީނދޫވަގުން ތައް އަލުސްވަގުން ނަށް މިއަދު ކޮންތަނަކު އޮތް ޤާނޫނެއްގެ ދަށުން ތޯ އިންސާފު ލިބިގެން އެތިބީ ވައްޑެ އަދި ނިހާދު ބުނެދެއްވަ ފާނަން ތޯ ތޯ ތޯ؟؟؟

  74
  2
 13. ނައިންޓީ

  ނިހާދު ގެ ދަރިއެއް ބައްޕަ ނޫނީ ބޭބެ ކުށެއްގައި ވިޔަސް އަދި ނުހައްގުން ވިޔަސް ޖަލުގަ އޮންނަ ދުވަހަކުން އެއިން މީހަކާމެދު ރައްދުކޮށް ބުނާނީ ޖަލުގައިދީ އެކޭބާ؟! އަމިއްލަ އެދުމާއި ޒާތީ ވުމުގެ ގޮތްގަނޑު ނިހާދުމެން ތިގެންގުޅެނީ. ކުފޫ ހަމަނުވާ މަގާމް ތައް ލިބުނަސް ތިމާއަށް ތިމާ ފެނި ފުއްޕަން ނޫޅޭ! އަމިއްލަ ޕާޓީ ގެ ވަކި ބަޔަކު ރުއްސަން ތިޔަބައި މީހުންގެ ދޫތައް ކިތަންމެ ހުތުރު ކުރިޔަސް އަދި ޒާތީވެގެން ކިތަންމެ ނަފުރަތެއް ކުރިޔަސް ރައީސް ޔާމީން ޖަލުގަ އޮތީ ނުހައްގު ވަގު ޙީލަތްތެރި ޙުކުމެއް ކޮށްގެން. އެގޮތަށްވެސް ޖަލުގަ އެ އޮތީތާ! ކަލޭމެން އެމީހަކަށް ކުރުނީސްކުރާ މީހާ ޖަލަށްލީމާ އެތާ އޮވެލަން ކެތްނުވި ދޯ؟ އޭރު ކަލޭމެންނަށް ވެސް ނޭންގި ސަރުކާރުގަ އާދޭސްކޮށް ތިމަންނާ ބޭރަށް ފޮނުވައިދޭށޭކިޔާ ރޮއެ އާދޭސްކޮށް މަކަރާ ޙީލަތްހަދައިން ފިލައިން ދިޔައީދޯ؟ ގައުމު ދެކެ ލޯބިޔާ ރައްޔިތުންނަށް ވަފާތެރި މީހާ ނުހައްގުން ޖަލަށް ލީމާވެސް އެތާ ކެތްތެރިކާމާއެކު އެބޮތްދޯ؟ ގައުމާ ރައްޔިތުން މުހިންމީ ކާކަށް ކަން އެބަ އެނގޭތާ؟

  68
  1
 14. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

  ޢައްސާނުވަނީ އަހުވަންތަ ކަން އިގެރޭސިވިލާތުގައި ކިޔަވާވިދާޅުވި ދުވަސްވަރުވަރަށް ރަގަޅަށްދައް ކައިދެއްވާފަ ދިވެހި އެއް ކުގައި ކިޔަވަން އުޅުނު ކުޖާއަށް އިގެރޭސިވިލާތު ކުއްޖަ ކު އަނިޔާ ކުރުމުން ދިވެހި ކުއްޖާގެ ދިފާއުގައި ފިސާރި ކެރޭ ކަންދައް ކަވާފަ ތި ކަހަލަ ރަޑަ ކަށްވާނެ ކަމެއްނޯންނާނެ ތީހުސްއޭގެމީހުން

  52
  5
 15. ޔުޫސުބު

  ގައްސާން އަކީ އަހުލާގު ރަނގަޅު، ހަރުދަނާ، މޮޅު ބޭފުޅެއް.

  88
  5
 16. ކަނޑުކޮސް

  އެންމެންނައްވެސް ޤަބޫލުކުރެވޭވަރުގެ ޙުކުމެއްގައޭ ބުނާއިރު އެއީޙުކުމެއްކަމައް ޤަބޫލުކުރަނީ ތިރީނދޫބައިގަނޑު އެހެންބަޔަކު އެއީޙުކުމެއްކަމަކައް ޤަބޫލެއްނުކުރޭ އެހެންވެ މިބުނަނީ އެއީސިޔާސީޙުކުމެކޭ ރައީސްޔާމީން ދޫކޮއްލާށޭ މިޤައުމު މިއަދު އެދިގޮވަނީ އެމަނިކުފާނައް މިހެންބުނީމަ ވަރައްއަސަރުކުރާނެ ކިތައްމެވަރަކައްރައްދުދިނަސް މީޙަޤީޤަތް

  71
  3
 17. ސަލާމު

  ވައްޑެގެ ސުއާލުތަކަށް ދެއްވި ޖަވާބު ވަރަށް ފުރިހަމަ. ގައްސާން އަކީ ވިސްނުން ރަނގަޅު މޮޅު ބޭފުޅެއް.

  81
  3
 18. ޢެލެކްސް

  ކޯލިޝަން ތެރޭގައި ކޮންމެވެސް ވަރެއްގެ ހަލަބޮލި ކަމެއް އުޅެ މައުމޫނު ބާކީވާ މަންޒަރު ފެންނަ ކަހަލަ އަވަހަށް ހިކިފަސް ހުރި ތަނަކަށް މައުމޫނާއި ފާރިސް އަރުވަން ގައްސާން މަސައްކަތް ކުރާ ހެން ހީވޭ. އަދިވެސް ބޭނުން ވަނީ ވެރިކަން ކުރަން އިހުލާސް ތެރި ހިތެއް ނެތް. ބޭރުން އަރަން އުޅޭ ބާޒު ތަކުގެ ހަގީގަތް މިހާ ހިސާބުން ތިލަ ވާނެ. ޕީޕީއެމްގަ ބަސްބުނަނީ ގައްސާނު މެދުވެރި ކޮށް މައުމޫނު އެކަން ޕާޓީ ތެރޭގައި ހިންގުވަނީ ޕީއެންސީ ޕީޕީއެމް ގެ ވެރިން ނޭގި ވާ ކަމެއް ނޫން.

  7
  30
 19. ގލ

  ރައީސް ޔާމީން ޖަލަށްލާފައިވަނީ ސީދާ ސިޔާސީ ބޭނުމަށެވެ
  އެއްވެސް ކުށެއް އޮވެގެނެއްނޫނެވެ ރާއްޖޭގައި އުފެދުނު
  އެއްމެބޮޑު މަކަރުވެރި މުލިވަގު އެއްވެސްކުށެއްނެތި މިވަންވެ ސާފު ވެފައިވާއިރު ޔާމީން ޖަލުގައި އޮންނަންޖެހޭ ސަބަބެއް ނެތެވެ.

  72
  4
 20. ސަމް

  ދިމާކުރެވޭނެ މީހުން އޮޅުން ފިލުވާފަ ދިމާކުރަނީ ދިސްކުރޭ. މިހާދު.ތި މިހާރު ބަލައި ގައްނަ ބައެއް ނޫން. ރުފިޔތަކެއް ހުރީތި ހޮވިފައިނަކަސް ހަވާޔަކައްނޭރޭނެ. ޤައްސާން ހިފި މަގަކުން ވެސް ނުހިގޭނެ

  62
  1
 21. ފައްލަންބޭ

  ފަހުތަޅާލުން، ފިލްމް ނިމެނީ!!

  57
 22. ހާލުގެ ދުލުން

  އޮށްޓަރު ހުރި ޚިކުމަތްތެރި ޖަވާބުތަކެއް.ސާބަހޭ ޣައްސާން ތީ ދިވެހިން ފަޚްރުވެރިވާ ކަހަލަގެ މަޖިލިސްމެމްބަރެއް.

  75
  4
 23. ގާދިރު

  ބުރޯ މިހާރު އެއްކަލަ ފޮޓޯ ލީކް އެއް ނުކުރާނޭ...! ބައްޕަ އާ އެއްގަލަކަށް އަރަން އުޅޭ އޭރުން ތި ނަޓުން ސަލާމައި ވެދާނެ.

  12
  33
 24. ޙަސަނާ

  ވައްޑޭ ގެ ބައްޕަގެ އިންސާފު ލިބުނު މީހަކު ހުރިތޯ ނިކަން ބަލާބަލަ ރިސްވަތުނެގުމުގަ ލާމަސީލު ގާޒީއެއްގެ ފެންވަރު މިތިބީ ދެކިފާ ވައްޑެއައްސަލާމް...

  57
 25. ވަގުންގެ ސަރުކާރު އިސްތިއުފާ

  ކަލޯ ކެރީ ބަރުލަމާނީ ކުށްވެރިޔަކަށް ނުވައްޏާ ޖަލުގައި ދެތިބިމީހުން ވެސް ކުށްވެރިންނަކަށް ނުވާނެ ޤާނޫނު ކިޔަން ނޭނގުނީމާ ޤާނޫނު މަށްޗަށް ކޮޅުފައިން އެރީ ދެން ތިމާމެނަށް ޤާނޫނެއް އޮންނާނެތަ ކަނުވެ ބީރުފަ އޮތް ސަރުކާރެއް ދެނިހިނެތްތަ އެނގޭނީ ޤާނޫނުގައި އޮތްއެެއްޗެއް އިޑިންޔާ މީހުން ކުޅެފަ ހުންނަ ފިލްމު ތަކުގައި ގުންޑާޔުންގެ ބައިބަލައިގެން ހަމައެގޮތަށް އުޅޭރީނދޫ ބައިގަޑެއް އެއްވެސް ތަފާތެއްނެތް ގެރިމޯދީ ބުނެގެން ގުންޑާޔުންގެ ބައި މިރީނދޫ ބައިގަނޑު އެކުޅެނީ ހާދައޭ ވައްތަރީ އަހަރެން ހަމަ އަޖައިބު ރީންދޫ ބައިގަނޑު ކުރަނީ ވެރިކަމެއް ނޫން ގުންޑާޔުންގެ ފިލްމެއް ބަލައިގެން ހަމައެގޮތައް އެތެޅެނީ ގުންޑާޔުންގެ ސަރުކާރެއް މިއީ ތަފާތެއްނެެތް!

  41
  1
 26. ޭެަގުރާ

  ޢަސްލު ޔާމީން އަމިއްލަ އެދުން ބޮޫވީ. ޢަބިފުޅުގެ ސަބަބުން ހަލާކުވީ... ކޮވާ މިހާރު ފަގީރުންނައް ބަހާ ސާމާނުތައް. ޢެންމެ ބޭނުންވި ވަގުތު މެޑަމް ފިލީ... އަމިއްލަ ލާރި ނުކެރޭނެ އެގޮތައް ބަހާކަން.. މިއަދު އެންމެން ނައް އެގޭނެ.... ޖަހާލާތިިި......

  6
  63
 27. Anonymous

  މިފެންނަނީ ކިޔަވައިގެން ތިބޭ ތަންދޮރު ދަންނަ މީހުން ތަނެއްދޮރެއް ނުދަންނަ މީހުނަށް ޖަވާބުދާރީ ވާލެއް ފުރިހަމަ ކަން. ސާބަހޭ ޣައްސާން.

  76
  2
 28. ހިތްވަރު

  ހާދަ ގޮތެއވެސްނެތޭދޯ މިސަރުކާރުގައި ތިބި ކޯލިޝަނުމީހުން ވައްޑޭ ނިހާދު ލަދެއް ނުގަނޭތަ ޣަައްސާނުއޭ ކިޔައިގެން ފާޑުފާޑަށް އަނގަފޭކުރާކަށް ކޮބާކަލޭމެންގެ ލަދުހަޔާތް ތިމާމެން މިއަދު ލަދުގަންނަން ޖެހޭނެ ޣައްސާނު އާއި ދެކޮޅަށް އެއްވެސް އެއްޗެއްބުނަން ކަލޭމެން ހާދަ ގޮތެއްވެސް ނެތޭދޯ ތިމާމެންގެ ސައިޒުން އެގޭތަ މިއަދު ތިފުރު ސަތު ކަލޭމެނަށް ލިބުނު ގޮތް ހަނދާން ނެތުނީތަ ޣައްސާނު އޭކިޔާނެކަމެއްނެތް ކަލޭމެންގެ ފެންވަރުން ކަލޭމެން ވާކަދައްކާ ހުންނަ ލަދުހަޔާތް ކުޑަކަން ބަލާބަ ވައްޑޭ ނިހާދު ބުނަން ރަނގަޅު ވާހަކައެއް ފާޑުފާޑަށް ޣައްސާނާ ދިމާކުރަން ނޫޅޭތި ނަމަނަމަ އެއީ ކުރިޔަށް އޮތްތާގައި މިދިވެހިރާއްޖޭގެ މުސްތަގުބަލް ތަރަށްޤީ ކުރިއެރުން ނަމަނަމަ!

  57
  1
 29. Anonymous

  ސާބަހޭ ދަރިފުޅާ ޣައްސާން. ސޯލިޙް ވެރިކަމަށް އެރި ފަހުން ލިބުނު އެންމެ އުފާވެރި ޚަބަރުމިއީ. މާޝާ ﷲ.
  الحمدلله. މިބިމަށް ﷲ ލެއްވިހެޔޮރަޙްމަތްފުޅުގެ ބޮޑުކަމާއެވެ. ނާޤާބިލް ލާދީނީ ބައެއްގެ އަތްމައްޗަށް މިލޮބިވެތި ފަސްގަނޑުން އެއްމެ ވެލިކުފެއްގެ މިންވަރުވެސް ދޭން ހެޔޮނުވާނެ. މިޤައުމުގެ ޙާލުގެ ދުލުން ގޮވަނީ މިނިވަންކަމާއި ދީން ޙިމާޔަތްކުރުމަށް ބޮޑުތަކުރުފާނުން ތަކެއް ތެދުވުމަށް. މިއޮތް ބޮޑު ބަލިމަޑުކަމުގައިވެސް މަޖްލިސް ނުބޭއްވިގެން ތެޅިފޮޅި އަރުވާވަރު ދެކެބަލަ. ކީއްތޯ ވަނީ މިސްކިތްތައް ނުހުޅުވިގެން ، ޙައްޖަށާއި އުމުރާގެ އަޅުކަން އަދާނުކުރެވިގެން ﷲޢަށް ދުޢާދެންނެވިއްޔާ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެޔާﷲ އަޅަމެންގެ ލޮބުވެތި ފަސްގަނޑު ހިމާޔަތްކޮށް އަޅަމެން ދީނާއި ދުނިޔޭގެ ކަންކަން އިސްލާހުކޮށް ބަހާއި ޢަމަލުން ވެސް ތެދުމަގު ދައްކަދޭނެ ޤާބިލު ވެރިޔަކު އަޅަމެންގެ މައްޗަށް ވެރިކުރަށްވާނދޭވެ. އާމީން

  70
 30. ރީ ސާބަހޭ ޣައްސާން

  ސާބަހޭ ޣައްސާން ތިއީ މިޤައުމުގެ ދިރުމަކީ ތިއީ ރައްޔަތުންގެ އުންމީދަކީ ހިތްވަރާއި އެކު ކުރިޔަށްވަޑައި ގަންނަވާ މާތްﷲ މަނިކުފާނާއި ރައީސްޔާމީން އަށް ކުރިޔަދިޔުމުގެ މަގު ތަނަވަސް ކޮށްދެއްވާށި އާމީން :

  68
  2
 31. Anonymous

  ދިވެހިގައުމުގެ ވެރިކަން ވައްޓާލަން ރޭވުމަކީ، ކުށެއް. މިއީ ޓެރަރިޒަމްގެ ކުށެއް. މިފަދަ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން ތަހްގީގީ މަރުހަލާގައި ބައިތިއްބާނީ ތަހްގީގަށް ބަަންދުކުރާ މީހުން ބައިތިއްބާ ޖަލުތަކުގައި. މައުމޫނަކީ، އަދި ފާރިޝްއަކިވެސް މިކުށްކުރިކަމަށް ތުހުމަތު ކުރެވުނު ދެމީހުން. އެކަމުގެ ތަހްގީގަށް ބަންދުގައި ތިބީ. ރައީސް ޔާމީނަކީ އަދުލުވެރި ވެރިއެއްކަން މިކަމުންވެސް ދޭހަވީ.

  47
  1
 32. ލލލލލލލލލލލލލލ

  މައުމޫނާއި ފާރިސް އެމްޑީޕީއާއި ގުޅެނީ ކަމަށްވެސް ވެދާނެ ދޯ

  7
  30
 33. ދޮށީސޮރު ދި ދަތްނެތްބޭ

  ނިހާދޫ ރަށު މީހުން ވެސް ޔޫ ދެކި އަންނަނީ އަމަށަކު ރުޅި އެއް ނޫން ނުބައި ސިފައެއް ގަ ހުއްޓަސް ފަހުން ރަނގަޅު ވެދާނެ ކަމަށޯ ނެގީ ގޭމީހުނަށް ވެސް ލަދު އިނގޭ

  12
 34. އިބުރާހިމް ނަޖީބު ސ.ފެއުދޫ

  ޢައްސާނަކީ ވަރައްކެރޭ ޒުވާނެއް އަހަރުމެން އައްޑޫ ރައްޔަތުން ވަނީ ޢައްސާނާއެކީ

  12
 35. ވަހީދު

  ކުރީ ފަހަރު ވެރިކަން ލިބުނީމަ ބުނީ، ތިމަންނަ ހަދާ ނަހަދާއެއް ރައްޔިތުންނަށް ނޭނގޭނެޔޭ، ބޭނުން ގޮތެކޭ ހަދާނީ. މިފަހަރު ބުނީ މަޖްލިސް ރައީސަށް އިންޖީނުގޭ ކުދިންނަށް ސިޓީ ނުފުނުވޭނެޔޭ. ބޮޑާކަމާއި ކިބުރު ވެރިކަން. ކީކޭ ބުނާނީ.

  12
 36. ވިސްނާލުމަށް އެދެމޭ

  ސާބަހޭ ކު ރިމަގުގެ ރައީސް ގައްސާނު....??ތިޔައީ ފިސާ ރި ލީޑަ ރެއްކަން ސާބިތުކޮއްދީފި...ގައްސާނާ ވާދަކު ރެވޭނެ ފެންވަ ރެ މޑޕގެ އެކަކުގަވެސް...ބަސްމޮށުންތެ ރިކަންމަށް ބެލިޔަސް ތަޖު ރިބާ އިލްމު ހިކުމަތް...ގައްސާނަކީ ސިޔާސީ ލީޑަ ރެއްގެ ދަ ރިއެއް..ސިޔާސީ ލީޑަ ރަކަށް ބޮޑުބޭބެ ވިދާޅުވާ ދަ ރިއެއް.. ރމައުމޫނުގެ އިލްމުވެ ރިކަމާ ރޔާމީންގެ ހިކުމަތާ ތަޖު ރިބާ ގާބިލްކަމާ މިހު ރިހާ ކަމެފު ރިހަމަވެފަހު ރި ފިސާ ރި ލީޑަ ރެއް..ކު ރިމަގުގެ ދެވަނަ ރޔާމީން...ކު ރިމަގު ވަ ރަށް އުޖާލާ ލީޑަ ރެއް..ޒުވާން ރައީސް ގައްސާނު.... ރޔާމީނަށްފަހު ދިވެހި ދިދަ ވިހު ރުވާލާނެ ވަ ރުގަދަ ފަހުލަވާނެ...ވަ ރަށް އުފާވޭ ގައްސާނާމެދު...ތިގޮތުގަ ކު ރިޔަށް ވަޑައިގަންނަވާ ރައްޔިތުންގެ ލޯބި ރޔާމީނާއެކުވަނީ އެމަނިކުފާނުގެ އި ރުޝާދާއެކު ދެން އޮތީ ގައްސާނު????

  13
 37. ޢަލީ ޙަކީމް

  ތީ ދެން ކޮންބައެއް ވަގުން ގެ ވާހަކަ ދައްކަން..ހައްތާވެސް ބޭވަފާވެރިން

  5
  1
 38. މައްރޫޑިއަރާ

  މޑޕ މަޖްލިސް މެންބަރަކު އަނގަހުޅުވާލައިފިނަމަ ރައްޔިތުން ލަދުން މަރުވާ ވަރުވޭ. ގައުމެއްގެ ގާނޫނު ހަދާ މަޖްލީހުގެ މެންބަރުންގެ ފެންވަރު. ޕިސްޕިސް. ގާނޫނަކީ ވަކިމީހަކަށް ހިނގާއެއްޗެއްކަމަށް ގަބޫލުކުރާ މޑޕ ގެ ލަޓޯފަޓޯ މެންބަރުން އިސްތިއުފާ.

  11
 39. ދުންޔާ

  މޑޕ މެންބަރުން ލަދުގަންނަންވާނެ ޖަލުގަ އޮތްމީހެކޭ ކުށޭ ކިޔަން. އެމީހުންގެ އިސްލީޑަރަކީވސް 13 އަހަރުގެ ހުކުމެއް އައިސް ހުރިމީހެއް. އެމީހާއަކީ އިސްތިއުނާފީ ހުރިހާ މަރުހަލާއެއްނިމިފައިހުރި މީހެއް. އޭނާ ޖަލުން ސަލާމަތްކުރެވޭނެ ގޮތެއް ނެތް މީހެއް. އެކަމަކު ގާނޫނު ތަންފީޒު ނުކުރާ އަދުލު އިންސާފަ ހަމައާ އުސޫލު ގެއްލިފައިވާ މިދިވެހިރާއްޖޭގެ ނަމުން އަދުލު އިންސާފުގެ ތެރެއިން ނުކުމެ މޭފުއްޕައިގެން އެހެތަ އުޅެނީނު.

 40. ވަހީދް

  މިހާރު އެ ތެޅިބާލަނީ ގޮތްހުސްވެގެން އަމިއްލަ ޕާޓީތެރޭގަ ކޯޅުން އަލިފު ބާ ނުދަންނަ ޖާހިލުން ހޮވީމަ ވާނެ ހައެތި މި ވަނީ. މީގަ ގޯހީ ރައްޔަތުން. މެމްބަރުނެއްނޫން މަދު ފައިސާކޮޅަކަށް ވޯޓް ވިއްކީ ރައްޔަތހުނ

  10
 41. Anonymous

  ދިވެހިރާއްޖެއަކީ ގާނޫނީ ހަމައެއް އޮތް ތަނެއްނަމަ، އަދީބާ، ޒިޔަތާ އައްޔަބެއާއި ދިގުވާހަކކިޔާ މީދޫ މީހާއާއި، އޭނާގެ ރައްޓެހިމީހާ އަކީ، ޖަލުގޮޅީގައި އުމުރުދުވަހަށް އޮންނަންޖެހޭނެ މީހުން. އެކަމަކު، މިކަހަލަ އިންސާފާ ހަމަނެތް ހައްދުން ނެއްޓިފައޮތް ގައުމެއްގައި ކަން ހިނގާގޮތަށް އެތިބީ މަތިފަޑީގައި. ކިހާދުވަހަކު މިޖަންގަލީގެ ވެރިކަމުގައި އޮންނާނެބާއޭ މަހިތަށްއަރާ.

 42. ވަހީދް

  މިހާރު އެ ތެޅިބާލަނީ ގޮތްހުސްވެގެން އަމިއްލަ ޕާޓީތެރޭގަ ކޯޅުން އަލިފު ބާ ނުދަންނަ ޖާހިލުން ހޮވީމަ ވާނެ ހައެތި މި ވަނީ. މީގަ ގޯހީ ރައްޔަތުން. މެމްބަރުނެއްނޫން މަދު ފައިސާކޮޅަކަށް ވޯޓް ވިއްކީ ރައްޔަތުން ދެން ކޮން ވާހަކައެއް ދައްކަންވީ ކެއަސް ވޯޓް ދިން އިރުވެސް އިނގޭނެ މި ހެދެނީ ގޯހެއްކަން

 43. އުދަމުދި

  ނުފޫޒާއި ބާރު އޮތީމަ ކޮންމެ ކަމެއްވެސް ކުރެވިދާނެ މިޔަދި އެކަމަކު މިކަންތައް ތަކާ ޒިންމާވާން ޖެހޭނެ ރިލްވާން މިކަހަލަ ކިތައް މީހުންތޯ މަގުމަތީގައި މަރާލީ އެންމެފުރަތަމަ ވިސްނާލައްވާ 18 އަހަރުނުވަނީސް ކައިވެނި ނުކުރެވޭ ގޮތެއް ހަދައިގެން އިންސާނުންނައް މާތް ﷲ ދެއްވަފައިވާ މިނިވަންކަން ނަގާލީ ގާނޫނެއްގެ ދަށުން ޖީއެސްޓީގެ ނަމުގަ ޖިޒީ ނަގައިގެން އަޅުވެތިކުރީ ކުރާމަސައްކަތުން އިންކަމްޓެކްސްގެ ނަމުގައި އަނެއް ޖިޒީ ނަގަން ފެށީ މިހިރީ ގިޔާމަތް ދުވަހުން ޖަވާބްދާރީވެ ޒިންމާ ނަގަންޖެހޭ ކަންތައް އިންސާނުން އަޅުވެތި ކުރުންނޫންކަމެއް ކުރޭތޯ ދެން ކާކުތޯ މިނިވަން ކުރާނީ

  8
  1
 44. ތާރަބޭ

  ޣައްސާން ދަރިފުޅާ! މައުމޫނާ، ފާރިޝް އާ އެކަނިތޯ. ނަދީމް އެއްޗެކޭ ވިދާޅެއް ނުވާނެބާ؟ ނަސްރީނާ، ދުންޔާ،، ޔުމްނާ، އައްބާސް، އުމަރު ޒާހހިރު، ނާދިރާ މިބޭބޭފުޅުންވެސް ތިކަމުގަ ބައިވެރި ވާނެ. ހިތުން ރުހުމުން ލޮލުން ބޮލުން ފުރާނައިން. އެބޭބޭފުޅުން ޖިނާއީ ކޯޓުކުރިމަތީ ލޯކަލް މާރުކޭޓު ފާރުގަ ލެގިލައިގެން ލޯބޮޑުވެފަ ތިބި ތަން ދުށީ ތީވެ އަހާލެވުނީ. މާފް ކުރައްވާތި.

  4
  3
 45. ތުރުކީ

  މި ސަރުކާރުން 100ދުވަސް ނުވަނީސް ޤައުމަށް ޚީޔާނަތްތެރިވެ ވައްކަން ކުރަން ފަށައިފި ބައެއްމީހުން ވަގަށް ކާރާ، ސައިކަލާ، އެއްޗެހި ބޮޑެތިކޮންޓޭނާތައް އެތެރެކުރާއިރު އަނެއްބަޔަކު ބޭރުޤައުމުތަކުން ލިބޭ ސާމާނުތަކުން ވައްކަން ކުރަނީ ޔާމީނޭ ކިޔޭކަށްނެތް ފައިސާ ޗާޕުކޮށްގެން ކުރާވައްކަން ކުޑަތަ މި ޤައުމެއްނެތް

  12
 46. ޏ

  ޤައްޝާނު މައުމޫނަކީ ވަރަށްވަރުގަދަ ޝަހްސިއްޔަތެއް .ތިކަހަލަ ދެބަންދިހާރަވެފަތިބޭ ބަޔަކަށް ޖަވާބު ނުދީވެސް ފަރުޖެއްސޭނެ .ތިބަޔަކު ތިތިބެނީ ބޮލުން ދުންއަރައަރާ ކޮންނެވެސް ކަމަކާ ކޯޅޭ ހިތުން ފަސާދައުފެދޭތޯ ނެ ގޮތެއް ހޯދާނެ .ގައުމޭ މަސްލަހަތޭ ކިޔަނީ އަމަޅުން ކަމެއް ނުދެއްކޭ އިރު .އިންސާފަކީ ކޮން އެއްޗެއް ކަންއެގޭތީތަ އިންސާފޭ ގޮވަނީ .

  11
 47. ޔާމީނު

  ޔާމީނުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަން ސާބިތުވާ ފުރަތަމަ ކަމަކީ ޖަލުގައި ތިބި ދެ ޤައިދީއަކު ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމާއި އެ ދެ ޤައިދީންނަކީ ކަނޑައެޅިގެން ޔާމީނުގެ ދެ ދުޝްމަނުންކަން އެނގި ތިބެ އަދި އެދެމީހުންނަށް ޢަދުލުވެރި ހެކިބަހެއް ނުދެވޭނެކަން އެނގި ތިބެ އެ ދެމީހުންގެ ހެކި ބަހުގެ މައްޗަށް އިއްވާފައިވާ ޙުކުމަކަށްވުން.

  20
 48. ކެހެރި

  މޯދީގެ ވެރިކަން ވައްޓާލަން ތަށްޔާރު ބަތްތަށްޓަށް ހުސިޔާރު.

 49. ގަސަލް

  ނިހާދު އަކީ އަޚްލާޤީ ކަންފުޅެއް ނެތި މަޖްލީސްތެރެއަށް ވަދެގެން އުޅޭމީހެއް. ކުރީ ދުވަހު އިކޮންމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ އެއީ ނިހާދުގެ އަސްލު ސިފަ.ޢައްސާނު އާ ނިހާދުހާ ދުވަހަކުވެސް އެއްހަމަނުވާނެ. ޢައްސާނު އަކީ މާތް ބޭފުޅެއް. ޢައިލީ ގޮތުން މާތް ވީއެއްނޫން. މާތް އަޚްލާގެއްގެ ވެރިއެކަށް ވީތީ. ނިހާދުމެން މަޖްލީސް ތެރޭގައި އުޅެނީ އިންސާނު ްއުޅޭގޮތަކަށް ނޫން.

 50. ސިޔާނާ

  މިރާއްޖޭގެ ހުރިހާ ރައްޔިތުން ކުރިމަތީގައި ޖިނާޢީކޮށް ކުރިމީހާއަށް ޖަލުގެ ޙުކުމް އައުމުން ވެސް އެމްޑީޕީ އަކަށް ޙަޖަމެއް ނުވި.ޖަލަށް ލުމުންވެސް ހަޖަމެއްނުވި. އެއްމެން ކުރިމަތީގަ ރޮމާދުވާލުކުރީމަ ވެސް ކުރިކަމަކަށް އެކަން ނުވި. އެމްޑީޕީ އަކީ ޢަމަލާބަހާ ދިމާ ނުވާ ބައިގަނޑެއް.

 51. ފިޔާޒް

  ނިހާދު ތީ ހަމަ އަނގއެއް އޮތިތީ ވާހަކަ ދައްކާމީހެއް. ޔާމީން ނެގިކަމަށް ތިވިދާޅުވާ ސަތޭކަ މިލިއަން ޑިޮލަރަކީ ވެސް އެމްޑިޕީ ގެހިޔަޅު ރޭވުމަކުން ޔާމީންގެ އެކައުންޓަށް ގޮސްގެން އުލޭ ފައިސާއެއް.އަދީބު ލައްވާ ތިހުރިހާ ސަކަރާތެއް ޖެހީ އެމްޑީޕީ އަޑީގަ އޮވެގެން. 100 މިލިއަން ޑޮލަރު އަބަދުވެސް ހުރީ ދިވެހިދައުލަތުގެ ބެލުމުގެ ދަށުގައި . ނިހާދު މިއޮތް ހުރިހާ ދުވަހު މުޅި މުޖްތަމަޢެއް ހަލާކުކުރަން މަސައްކަތް ކުރި އިރު ނިހާދު ހީކުރީ މިރާއްޖޭގެ ރައްޔިތުން ތިބީ ނިދާފަ ކަމަށްތަ؟ އެކަން ނުދައްނަ ބޮކެއްވެސް މިރާއްޖެއަކު ނެތް. ތިމަމްނަ އަކީ ކާކުކަން ނޭގޭ ރައްޔިތެއްނެތް. ފޭދޫ ނިހާދުއަށް ވޮޓު ދިންމީހުންވެސް ދަންނާނެ.