އެމެރިކާގައި ކަޅު ނަސްލުގެ މީހެއްގެ ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރާލި މައްސަލައަކީ ދުނިޔޭގެ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމެކެވެ. އެ މަރާ ގުޅިގެން އެމެރިކާގެ އެކި ސިޓީތަކުގައި މުޒާހަރާތައް ވަރުގަދަކޮށްފައިވާ އިރު، އެތައް ހާސް ބަޔަކު ވަނީ ކަޅު މީހުންގެ ދިފާއުގައި ނުކުމެފައެވެ. އަދި މީސްމީޑިއާގައި ކަޅު މީހުންނާ އެއްކޮށް ތިބިކަން ހާމަކުރަމުންނެެވެ.

ކަޅު މީހުންނާ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ތާއީދު ކުރައްވައި، މީސްމީޑިއާގައި މިހާރު އާންމުވެފައިވާ "ބްލެކްލައިވްސްމެޓާ" ހޭޝްޓެގާ އެކު، ޓުވީޓު ކުރެއްވި އެއް ބޭފުޅަކީ ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ. ހޭޝްޓެގާ އެކީގައި މަހްލޫފް އާންމު ކުރެއްވި ވީޑިއޯއަކީ އޭނާގެ ދަރިފުޅު ލައިބާ އަހުމަދު މަހްލޫފް (އެލީ) ގެ އިސްތަށިގަނޑު ގަތަމުން ދަނިކޮށް ނަގާފައިވާ 37 ސިކުންތުގެ ވީޑިއޯކޮޅެކެވެ.

އެކަމަކު، މަހްލޫފް ވަނީ ބައެއް މީހުންގެ ފާޑުކިޔުންތަކާ ގުޅިގެން އެ ޓުވީޓު ޑިލީޓް ކުރައްވައިފައެވެ. މަހްލޫފަށް ބައެއް މީހުން ފާޑު ކިޔަމުން ބުނީ ދަރިފުޅު އެލީގެ އިސްތަށިގަނޑު ގަތުމާއި މިހާރު ދުނިޔޭގައި ހިނގަމުންދާ ކަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މިއީ މިނިސްޓަރެއްގެ ހައިސިއްޔަތުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށާއި މަހްލޫފް މިއަށް ވުރެ ހަރުދަނާ ވާން ޖެހޭނެ ކަމަށް ވެސް ހިޔާލު ފާޅުކުރި ބައެއް މީހުން ބުންޏެވެ.

މަހްލޫފް އެންމެ ފުރަތަމަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްތަށިގަނޑު ގެތުމަކީ ފުރަބަންދުގައި އުޅުނު އިރު ދަސްވި ކަމެއް ކަމަށެވެ. އަދި އެއްވެސް މީހަކު އޭނާގެ އެހީ ބޭނުންވޭތޯ މަހްލޫފް ސުވާލު ކުރެއްވީ ހޭޝްޓެގާ އެކުގައެވެ. އެކަމަކު، ފަހުން ޓުވީޓު ފޮހެލައްވައި ހޭޝްޓެގާ ނުލައި ހަމަ އެގޮތަށް ޓުވީޓު ކުރެއްވިއެވެ. އަދި ފާޑުކިޔުންތަކާ ގުޅިގެން މަހްލޫފް ވަނީ އެކަން ހިނގައި ދިޔަ ގޮތް ތަފްސީލްކޮށް ދެއްވައިފައެވެ.

މަހްލޫފް ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އޭނާގެ މުނި ކާފައަކީ އެފްރިކާއަށް އުފަން ބޭފުޅެއް ކަމަށެވެ. އަދި ބޯ ގެތުން ތައާރަފްވެގެން ގޮސްފައި ވަނީ އެފްރިކާ އިން ކަމަށާއި އެކަން ކުރައްވަން ވަރަށް ލޯބިކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން އެކަމަށް ލޯބި ކުރޭ. އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން އެއްވެސް މައްސަލައެއް ނުދެކެން ހޭޝްޓެގް ބޭނުން ކުރުމަކުން ޓުވީޓުގައި، އެއީ މިހާރު ހިނގަމުންދާ މޫވްމަންޓަށް ސަޕޯޓު ކުރަން ކުރި ޓުވީޓެއް،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ޗީފް އެގްޒެކްޓިވް ކަން ކުރައްވާ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ)، ވެސް މީހަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހްލޫފް ހޭޝްޓެގް ބޭނުން ކުރެއްވީ މިހާރު ހިނގަމުން އަންނަ މޫވްމަންޓަށް ސަޕޯޓު ކުރުމުގެ ގޮތުން ކަމަށެވެ. މަހްލޫފްގެ އާއިލާގެ އެހެން މެމްބަރުން ވެސް އިސްތަށިގަނޑު ގަތާ އުޅޭ ކަމަށް ނަޒޫ ވިދާޅުވިއެވެ.

"ކީއްވެ އަހަރެންގެ ދަރިފުޅަށް އެކަން ނުކުރެވެންވީ؟ ދިވެހި ލިބާސް ހޭޝްޓެގް ބޭނުން ނުކުރޭތަ އަޅެ؟ ވިސްނުން ތަނަވަސްކޮށް ފުޅާވޭތޯ ދުއާ ކުރަން،" މަހްލޫފް ދިފާއު ކުރައްވައި ފާޑު ކިޔަމުން އަންނަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާތޯ ދުއާ ކުރައްވަވައި ނަޒޫ ވިދާޅުވިއެވެ.

މަހްލޫފްގެ ދިފާއުގައި ނުކުތް މީހުންގެ ތެރެއިން އަނޫޝާ އަބްދުލް ލަތީފް ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ ކަޅު ނަސްލުގެ މީހުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭތީ އެކަމާ ދެކޮޅަށް ނުކުތުމުގައި ގޯހެއް ނެތް ކަމަށެވެ.

އެމެރިކާގައި ހިނގައިދިޔަ ކަންކަމާ ގުޅޭ ގުޅިގެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އަނޫޝާ ބުންޏެވެ. އޭގެ ފަހުގައި، އަނޫޝާ ވެސް ބުނީ، އޭނާ ވެސް އިސްތަށިގަނޑު ގަތުމަށް ލޯބި ކުރާ ކަމަށާއި އެކަން އެއް ފަހަރުކޮށްފައި ވާނެ ކަމަށެވެ.

ހުސެއިން ޝާފިއު ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ މަހްލޫފްގެ ޓުވީޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ހަމްތު ޒާހިރު ވަނީ މަހްލޫފް ކުރެއްވި ޓުވީޓުގައި އޮތް މައްސަލައަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. އަދި ބައެއް ދިވެހިން ކަންތައް ބޮޑުކުރުމުގައި ހައްދުފަހަނައަޅާފައިވާ ކަމށް ވެސް އޭނާ ބުންޏެވެ.

އިންކޮ ޝަރީފް ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ ކޮވިޑް-19 އާ ގުޅިގެން ފުރަބަންދުގައި އުޅެން ޖެހިފައިވާ އިރު، އާ ހުނަރުތައް ދަސްކުރުމަކީ ވަގުތު ހެޔޮ ގޮތުގައި ބޭނުން ކުރުން ކަމަށެވެ.

މަހްލޫފްގެ އެ ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ މަހްލޫފްގެ ހުނަރަށް ތައުރީފްކޮށްފައެވެ.

ބައެއް މީހުން ފޭސްބުކާއި ޓުވިޓާގައި ވަނީ މަހްލޫފްގެ އެހީ ބޭނުންވާ ކަމަށް ބުނެފައެވެ. އަދި "ކިހާ ވަރަކަށް އެކަން ކުރަންތޯ" ސުވާލުކޮށްފައި ހުއްޓެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މަހްލޫފްގެ މުނި ކާފައަކީ އެފްރިކާ ގައުމަކުން ބެހިގެން އައި ބޭފުޅެކެވެ. އަދި އެ މީހާގެ ނަމަކީ މަމޫސާ ކަމަށްވެއެވެ. މަމޫސާ ވަނީ ރާއްޖޭގައި ދިވެއްސަކާ ކައިވެނި ބައްލަވައިގެންފައެވެ.

ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް 46، މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހަކު ވަނީ ފްލޮއިޑް ވައްޓާލައި ބާއްވައިގެން ކަކުލުން ކަރަށް އަރައިފައެވެ. އެ ހާދިސާގެ ވީޑިއޯ ފުޓޭޖް އާންމުވެފައިވާ އިރު، އޭރު ފްލޮއިޑް ދިޔައީ އޭނާ ހާސްވެގެން މަރުވަނީ ކަމަށް ގޮވަމުންނެވެ. އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހަކު ކުރީ ފޭކް ނޫޓުތަކެއް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.

ފްލޮއިޑް ހައްޔަރު ކުރުމުގެ ތެރޭގައި ކަރަށް ކަކުލުން އަރައިގެން ހުރި ދޮން ނަސްލުގެ ފުލުސް މީހާ ޑެރެކް ޗައުވިން، 44، މިހާރު ވަނީ މަގާމުން ވަކިކޮށް، މީހަކު މެރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ނަޒީލް

  އެހެންވީމާ މަހުލޫފްވެސް އެމެރި ކާގައި އެ ކުރާ މުޒާހަރާގައި ބައިވެރިވާންވީ.

  39
  2
 2. އަލިފުޅުބެ

  މަޙުލޫފަށް ކިހިނެއްބާ އެފްރިކާ މީހެއްދަރިއެއްކަން އެގުނީ؟ އަނެއްކާ އިތުރު ފުޅެއްހައްދަވަނީ ނޫންބާ!

  29
  3
 3. ނާނު

  މަހުލޫފު ގެ ހުނަރު ބާވަ މަހުލޫފުގެ އަތުގަ އެހެންނަމަވެސް ތ.އޮމަދޫ ގެ ފުޓްސެލް ދަނޑުގެ އަޅަން އޮތް ޓަފުތަށް އަށްޑުއަށް ގެންދިޔައީ އެރަށު ޒުވާނުންނަށް އޮޅުވާލަގެން 3 މަސްތެރޭ ބޮޑު ޓާފު ދަޑެއް އަޅާ ދޭނެކަމަށް ބުނެ ކޮބައިތޯ އެ ދަނޑު ކޮބައިތޯ އެ 3 މަސް މަކަރު ހަދާ އޮޅުވާލުން ނޫން ކަމެއް ނެތީތޯ އެރަސުގެ ޒުވާނުންނަށް ރައީސް ޔާމީން ދައުރުގަ ހަދާފަ އޮތް ދަޑުގަ އަޅަން ފޮނުވާފަ އޮތް ޓާފު ގެންދިޔަ އިރުގަ ހިތަކަށްނާރާތޯ އެޒުވާނުންގެ ހައްގެއް ނަގައިގެން ގެންދެވުޏިކަމެއް އަދި މި ޓަފުތަށް ބަލާ ފޮނުވީވެސް އެމްއެންޑީ އެފު ގެ ބޮޑު ޓީމެއް ހަމ ނުޖެހުމެއް ހިނގާފާނެ ކަމަށް ހީކޮށް މިވަރު ތަންކޮޅެއް ބޮޑު ދެއްތޯ

  29
 4. ހިޔާލު

  ކަނޑުކޮހެކޭ ތިމީހާއާއި ދިމާލަށް ބުންޏަސް ދޮގަކަށް ނުވާނެ

  29
  3
 5. ޓައްޕު

  ކަޅު ނަސްލުގެ މީހާއަކީވެސް އިންސާނެއް އެހެންވީމަ އޭނަގެ ދިފާއުގައި އެއްޗެއް ބުނުމަކީ މައްސަލައެއްނޫން އިންސާނުން މާތްވަނީ ކަޅުވެގެން ނުވަތަ ދޮންވެގެންނެއް ނޫން ކީރިތި ރަސޫލާގެ މުދިމު ބިލާލް ބިންރަބާހް އަކީވެސް ކަޅުނަސްލުގެ ބޭކަލެއް ކީރިތި ގުރްއާންގައި ތައުރީފްގެ ބަސްފުޅު ވަހީކުރައްވާފައިވާ ލުގްމާނުލް ހަކީމް އަކީވެސް ބުނެވޭގޮތުގައި ކަޅު ނަސްލުގެ ބޭކަލެއް. ބޯގަތައިދިނުމާބެހޭ ގޮތުން މަހުލޫފްއަށް ބުނެލަން އޮތީ އިޚްލާސްތެރިކަމާއެކު އާއިލާޔަށާ ދަރިންނަށް ހިދުމަތް ކުރުމަކީ ގަޓް ފިރިހެނުންގެ ކަމެކޭ

  43
  8
  • Anonymous

   ދެއްކުން ތެރިކަން އެއީ މައްސަލައަކީ

   9
   2
 6. ފުއާދު

  މީނަގެ ސްޓަންޓް ތައް ގިނަކަމުން ވަރައް ވިސްނަން ޖެހޭ؟

  17
  3
 7. މޮލަ

  އަޅެ މީނަ ނޫނީ މިގައުމުގަ މިނިސްޓަރެއް ނެތީތަ؟

  22
  4
 8. ށަވިޔަނި

  ދެން މީނަ ބުނާނީ ތިމަން މުނި މާމަ ތިމާގެ މީހެކޭ ސުނިލް ސެޓީ އަކީ ؟

  25
  8
 9. މ

  ޢެންމެ ފަހަރަކު ނަމަވެސް ކަސްމީރުގެ މުސްލިމުންގެ ހައްގުގައި ބަހެއް ބުނެލަބަލަ.... ނުކެރޭނެ. ޥަޒީރުކަން ގެއްލޭނެ... ...

  32
  1
 10. ލެއްގިބަބުރު

  މަހުލޫފާ މައުމޫނާ ދެމީހުން ވެސްތަ؟

  17
  1
 11. ބޯގޮވާ

  މުނިކާފަ ކައިރިއަށް ދޭބަލަ.

  18
  5
 12. ހަސަނު

  ލަދުގަނޭ މިފެންވަރު މީހުންނަަށް މިނިސްޓަރުނޭ ކިޔަސްވެެސް. މުމްބާއި އަށް ދެވުނު ފަހަރު ތިމަންނަ މީ ރާއްޖޭގަ މިނިސްޓަރަ ކޭ ކިޔައިގެން އެތަނުގަ ތިބި ފިލްމު ކުޅޭ މީހުންނާ ބައްދަލުނުވެގެން . ބޯހަލާ ކު.

  26
  1
 13. ބިންގޯ

  މީހުން އެއްޗެހިކިޔަނީ ދެއްކުންތެރިކަން ގިނަކަމުން އިގޭތޯ.

  22
  2
 14. ބާރީ

  ޢެފްރިކާ މިނިސްޓަރު

  20
  2
 15. އަހްމަދު

  އަވަހަށް އެފްރިކާއަށް ފޮނުވާލާ! އެކަކު މަދުވާނެ!

  13
  2
 16. Anonymous

  އެ ގޮލާ ފިނޑިކަމުން އަންހެނަކު އެއްޗެކޭ ބުނި އިރަށް ޓްވީޓް ފޮހެލީ ދޯ. ހަހަ

  11
  2
 17. Anonymous

  މީ ހަމަ ބުރާންޗެއް އަބަދުވެސް ނޮންސެންސް ޓްވިޓްކުރުމުގަ

  12
  2
 18. ބުރޯ

  މާދަމާ ބުނެފާނެ ބިލްގޭޓަކީ ތިމަންނަގެ ބައްޕަޔޭ. ހެޔޮނުވާނެ ތިހެން އުޅޭކަށް

  13
  1
 19. ނޫސްކިޔާމީހާ

  ދެން ކިހާބޮޑު ކަމެއް މަޝްހޫރުވާންވެގެން. ޢަހަރުމެންނަށް ހެޔޮ މުޅި އެފްރިކާ ދަރިކޮޅަކީ މަހްލޫފްގެ އާއިލާ އަށް ވިޔަސް. ދިވެހިން އުޅޭ ދުނިޔޭގެ އެކި ޤައުމު ތަކުގެ މީހުނާ އިދެގެން

  15
  1
 20. Anonymous

  މައްސަލަ އަކީ ދުވަހަކުވެސް މިނިސްޓަރު ގެ ހައިސިއްޔަތުން އެކަމުގެ އެއްވެސް ކަމެއް ކުރަނިކޮށް ޓްވީޓްން ނުފެންނާތީ. ޓިޝޫ ރޯލްކުޅުމާއި ބަދިގޭގައި ކެއްކުމާއި ޑެލިވަރީ ކުރުމާއި ބޯގެތުމާއި ،އަބަދުވެސް މިކަހަލަ ކަންތައްތަކުގައި. ކޮބާތޯ މިނިސްޓަރުކަމުގެ ޒިންމާއެއް މިތާ.

 21. މަރީނާ

  މަށަށްވެސް އިނގޭ މަޚްލޫފް...މަހްލޫފް އަންހެނުން އޭނަ ކަޅު ނަސްލޭ ބުންޏަސް އެހެން ކަންކަން ހީނުވޭ ކަޅު ނަސްލުހެން..މަށަށް އެނގޭތީ މިބުނީ
  .

 22. ކެނެރީގެ ވަގު

  މީިނަ އަކީ މަޝްހޫރުވާން ވެގެން ކޮސް އަނގަތަޅާ މީހެއް އަބަދުވެސް.

 23. ދިވެހިދަރި

  މަހްލޫފް އެފްރިކާގެ ކޮންމެސް މަގާމަކަށް އުޅެބަލަ.

 24. ދިވެހިލޭ

  ކޮން ރަށެކޭ؟