ރާއްޖެ އަކީ މުޅި ދުނިޔޭގެވެސް ނިސްބަތުން ވަރީގެ އަދަދު އެންމެ މަަތީގައި އުޅޭ ގައުމެވެ. މި ލިސްޓުގެ ދެވަނާގައި އޮތް ބެލަރޫސް އާއި ތިން ވަނާވައި އޮތް އެމެރިކާވެސް އޮތީ ރާއްޖެ އަށް ވުރެން 6 ދަރަޖަ ފަހަތުގައެވެ. މިއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ.

ދާދި ފަހުން ފުވައްމުލައް ސިޓީގައި ކައިވެނި ކޮށްގެން އުޅޭ ފިރިޔަކު ވަނީ ކައިވެނިން ބޭރު ގުޅުމެއް ހިންގަމުން އަންނަނިކޮށް ފަޅާ އަރާފައެވެ. އެތައް އަހަރެއް ވަންދެން އެމީހުން އެކުގައި އުޅެމުން އަންނައިރު ދެމީހުން އެކުގައި ދަރިންވެސް ލިބިފައި އެބަ ތިއްބެވެ.

މި ފިރިހެން މީހާ ކައިވެނިން ބޭރު ގުޅުމެއް ހިންގަމުން އައީ ހަމަ ކައިވެނި ކޮށްގެން އުޅޭ އެރަށު އެހެން އަންހެނަކާއި އެކުގައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެއް ރޭ މި ފިރިހެން މީހާ ވަނީ އޭނާގެ ސިއްރު ލޯބިވެރިޔާ ގޮވައިގެން ރަށުގެ ވަލެއް ތެރެއަށް ވަދެފައެވެ.

އެތާ ތެރޭގައި ކުރި ކަމެއް ކޮށްފައި އެމީހުންނަށް ނިކުމެވުނީ ބަޔަކު ކުރިމައްޗަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ދެ ލޯބިވެރިން ވަލު ތެރެއަށް ވަންނަ މަންޒަރު ފެނުނު ހިސާބުން އެމީހުން ވަނީ އެ ދެމީހުންނަށް ފާރަ ލާފައެވެ.

މި މަންޒަރު ފެނުނު މީހުން ކަންތައް ވީގޮތް ފިރިހެން މީހާގެ އަންހެނުންނަށް ކިޔައިދިނުމުން އައީވާ އަމަށަކު ރުޅިއެއް ނޫނެވެ. ދަރިންވެސް ތިބި އިރު އެފަދަ ކަމެއް ކުރުމުން އަނބިމީހާގެ ރުޅިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ފިރިމީހާ އަށް ވަނީ ކުޅި ސަމާ ދައްކާލާފައެވެ.

އަނބިމީހާ ވަނީ ފިރިމީހާ އަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާ ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެރޭ އެ ފިރިހެން މީހާ ވަނީ ހޮސްޕިޓަލަށް ގޮސް ފަރުވާ ވެސް ހޯދާފައެވެ. އަދި އޭގެ ފަހުން އޭނާ ދޫކޮށް ނުދިއުމަށް އަނބިމީހާ ގާތު ރޮއި އާދޭސް ކޮށްފައިވާ ކަމަށްވެސް ވެއެވެ.

ރާއްޖޭގައި ވަރީގެ ނިސްބަތް ދަށްނުވެ، ވަރީގެ ދުނިޔޭގެ ރެކޯޑު ބޮޑުތަނުން މި ކުޑަކުޑަ ގައުމަށް ލިބެނީ ކައިވެނި ކޮށްގެން ތިބޭ އިރުގައިވެސް ކައިވެނިން ބޭރު ގުޅުންތައް ހިންގާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ހުސޭނުބޭ

    ފިސާރި ކަނބަލެއް އެއީ! މަދޭނީ ގަދަޔަށް ސާބަސް!

    131
    7
  2. މަރީ

    ދޮގެއް. ރާއްޖޭގައި ވަރި ގިނަވަވީ މުސްލިމް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްޤައުމަކަށްވެފައި، ކާފަރު ޤައުމުތަކުގެ މީހުންކުރާގޮތަށް ކައިވެނިން ބޭރުން އެ ގުޅުން ފަސޭހައިން ހިންގުމުގެ ފުރުސަތު ނޯންނާތީ. އެމެރިކާ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ް ފަދަޤައުމު ތަކުގައި ދަރިންވެސް ހޯދާފަހުން ކައިވެންޏަކާ ހަމަޔަށް ދަނީ.

    106
    33
    • ާލަމް

      ނަމަކަށް މުސްލިމު ގައުމަކަށް ވީތީ. މީ ދުނިޔޭގަ އޮތް ހަމަ އެކަނި މުސްލިމު ގައުމެއް ނޫން. އެހެން މުސްލިމު ގައުމު ތަކުގަ އިސްލާމީ ޝަރީއަތް ހިނގާ މި ތަން މީ އެމެރިކާ މީހުންހެން ކައިވެނިން ބޭރުން ގުޅުން ހިންގާ ދަރިންވެސް ހޯދާ ތަނެއް

      12
      1
  3. Anonymous

    ގިނަ އަންހެނުންވެސް އުޅެނީ ތިހެން.

    100
    17
  4. ހިއުމަން ރައިޓްސް

    ގެވެށި އަނިޔާ، ފިރިންގެ ހަެްގުތައް ކޮބާހޭ. އެޔޮއް ތަޅާ އަނިޔާ ކުރީ

    92
    150
  5. ފިރިހެނާ

    އެހެންވެ އެއްނޫން އިންގޭ ވަރި ގިނަ ވަނީ ޝާނީ ދޫންޔާ. އަންހެނުން ފިރިމީހާ ދެ އަތްނބަށް އިންނަން ގަބޫލުވާނަމަ ހަމަ ގައިމުވެސް ވަރި މަދުވާނެ

    88
    59
  6. ާއަލީ

    ތީދޮއްގެ ،އަހަންނަ ތިވަރެއް ނުކުރޭ. ބުނީ ދެން އެހެންނޫޅޭށޭ

    51
    4
  7. ބޮޑުތަކުރުފާނު

    އާންމުކަމެއް

    39
    2
  8. ހަބީބު

    ގެވެށި އަނިޔާ އޯކޭ؟

    43
    10
  9. ރާއްޖޭ މީހާ

    ގިނަފަހަރަށް މިހެންދިމާވަނީ އެމީހަކަށް އެމީހަކުގެ ހައްގާ ވާޖިބު ނޭންގުމާއި އުސޫލެއް އިންސާފެއް ނޭންގޭތީ އެވެ. އެކަމުގެ ސަބަބުން ގިނަފަހަރަށް އެމީހަކަށް އެމީހަކުގެ މަގާމް އޮޅި އަނެކަކަށް އޮންނަ ހައްގުވެސް ނޭންގެނީއެވެ.

    49
    3
  10. Anonymous

    "ރާއްޖެ އަކީ މުޅި ދުނިޔޭގެވެސް ނިސްބަތުން ވަރީގެ އަދަދު އެންމެ މަަތީގައި އުޅޭ ގައުމެވެ. މި ލިސްޓުގެ ދެވަނާގައި އޮތް ބެލަރޫސް އާއި ތިން ވަނާވައި އޮތް އެމެރިކާވެސް އޮތީ ރާއްޖެ އަށް ވުރެން 6 ދަރަޖަ ފަހަތުގައެވެ".
    ލިޔާ މީހާއަށް ނޭނގޭތަ އެއްވަނައިގެ ފަހުން ކަމެއް ދެން ހުރި ވަނަތައް އަންނަނީ. "ވެސް" އޮތީއޭ؟ ލޮލް.

    30
    5
    • lol

      ބީތާޔާ ލިއެފަ އޮތީ ހެއޮކޮށް. ތިއުޅެނީ ދިވެހި ނާރައިގެން. ދެވަނަ އަދި ތިންވަނަ އަށް އޮތް ގައުމު ތަކާ އަޅާ ބަލާއިރު 6 ދަރަޖަ ރާއްޖެ މަތީ ޔޯ. މާނައީ 6% މިއޮށް ކުޑަ ގައުމާ ބަލާފަ

  11. ބެއްޔާ

    ހީހީ ހަލާކު

    19
    4
  12. ނާނި

    ރާއްޖޭފެ ފިރިންގެ ޙާލަތު ހުންނަނީ ތިރޮނގުން ބަލާއިރު ވަރަށް ދަށު ދަރަޖައިގަ، ކުރީގަ ބުނަނީ އޮފީސް ބިޒީކަމުން ގެއަށް ވަންނާނެ ވަގުތެއް ، އަނބިދަރިންނާއެކު ހޭދަކުރާނެ ވަގުތެއް ނުވަނީކަމަށް، އެކަމަކު ހަޤީޤަތަކީ، އޮފީހަށްދާ ނަމުގަ، ގިނަވަގުތު ހޭދަކުރަނީ ހޮޓާތަކުގަ ސައި ބުއިމާ ، ކޮފީ ބުއިމާ ، ދުފުމާ ، އަނގަމަޖާ ނެގުމާ ، ސައިކަލުގަ، މާލެއާ ހުޅުމާލޭގަ ބުރުޖެހުން، އަނބިމީހާ ގުޅާލާއިރަށް ބުނާނެ ވަރަށް ބިޒީއޭ ނިމޭނެ އިރެއް ނޭގެޔޭ، އެންމެ ފަހުން މި ދޮގުތައް ފަޅާއެރީ، ކުޑަކުޑަ ވައިރަހެއްގެ ސަބަބުން، އެންމެން ގެއަށް ވެއްދި، އަނބިދަރިން ކައރީގަ މަޑުކުރުމަށް މަޖުބޫރުވީ، މިހާރު ބޭ އިޚްތިޔާރުގަވެސް، ގޮވެނީ ގޭގަ ތިބެން ފޫހިވާ ވާހަކަ، މާނައަކީ ކުރީގަވެސް ގެއަށް ވަނީމަ، އަނބި ދަރިން ފެނުނީމަ ވަނީ ފޫއްސޭ. ވައިރަސް އައުމުގެ ކުރިން ދިވެހިން އުޅެމުންއައީ ވަރަށް ނުބައި ދިރިއުޅުމެއް، އެގެ ސަބަބުނަ އެތައް ޢާއިލާއެއް ބިކަވެ އެތައް ދަރިންނެއް މަގުމަތިވި، މިއީ ހަަރުދަނާ ޢާއިލާއެް ބިނާކުރުމަށް ރަނގަޅު ފުރުސަތެއް، ދަރިން ގޮވައިގެން ގޭގައި ކޮންމެ ވަގުތަކު
    ނަމާދުކުރުން.

    124
    6
    • އަލަނާސި

      އެހެން އުޅޭ އަންހެނުންވެސް އުލޭ... ތި ފިރިހެންމީހާ އާއެ ކު ވަލަށްވަން އަންހެނާ އަ ކީ ވެސް މީހެއްގެ އަންބެއްދޯ... ޢެހެން ވީމާގޯހީ ފިރިހެނާ އެ ކަންޏެއް ނޫނެއްނުން....

      47
      6
  13. މުދިން މުހައްމަދު

    ވަރި ގިނަވަނީ އިން ނަން ކިޔާ ރަން އަގު ހިޔޮވީމަ.ހުރިހާ ކަނބަލުން ވެސް އިން ނަން ކިޔާ ރަން އަގު ބޮޑު ކުރަން ވީ 100000 އަށް ވުރެ މައްޗަށް.

    35
    17
  14. ******

    ވަރި ގިނަވަނީ ވ ގިނަ ސަބަބުތަކާ ހެދި!!ފިރިހެންމީހާ އަށް އަދާކުރަންޖެހޭ އިޙްތިރާމް އަދި ލޯބި އަޅާލުން ގޭތެރެއިން ނުލިބޭނަމަ ފިރިމީހާ ގެއިން ބޭރުން އެކަންކަން ހާސިލް ކުރޭ! ގެއަށް އައްނަ އިރު ހަޑިހެދިގެން، އަންހެނާ ފަލަވެ ޗަސްވީމަ ކޮން ފިރިހެނެއް ބޭނުންވާނީ އެމީހަކާ އެކީ އުޅެން! ގިނަ މީހުނަނަށް ވާގޮތަކީ ވަގު ބިޓުން ގެންގުޅެން އޯކޭ އެކަމް ދެ އަތްނބަށް އިއްނާކަށް ގަބޫލެއް ނޫން! މިޒަމާނުގެ މީހުންނަށް ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރަން ނޭނގި ދިރިއުޅުން ހަލާކު ވެގެން ދަނީ، ކައިވެނި ކުރުމަށްފަހު ކައިވެނި ޕާޓީގެ ނަމުގައި އޮއްނަނީ ޑާންސް ކުރުމާ މިއުޒިކް ކުޅުން ދެން ގޮސް ނިދަނީ، ނޭނގެ ކިތައްމީހުން ކަމެއްވެސް ކައިވެނި ކުރުމަށްފަހު ކުރަން އޮއްނަ ދެރަކުއަތް ނަމާދު އެކަން ކުރަން އޮއްނަ ގޮތަށް ކުރަނީ؟
    ހެޔޮލަފާ ސޯލިހު ދަރިއެއް ދެއްވުން އެދި ދުއާ ކުރުމަކީ ދަރިއަކު ލިބުމުގެ ކުރިންވެސް ކުރަންޖެހޭ ކަމެއް! ދިވެހިން ދިރާސާ ކުރަނީ އެހެން ކަންކަން! ދީނީ ނަޒަރަކުން އެއްވެސް ކަމެއް ނުކުރޭ ދިރާސާ އެއް!
    އަޅުގަނޑަކީ އަންހެނެއް! އަޅުގަނޑު ކައިވެނި ކުރީ 18 އަހަރު ނުފުރެނީސް އުމުުރުން 17 އަހަރުގައި މިހާރު ކައިވެންޔަށް 5 އަހަރު! އަލްހަމްދުލިއްލާހި!! އަންހެނުންގެ ދައުރު ވ ބޮޑު! ބުނެއެއްނޫންތޯ ނަރަކއިގަވެސް އެންމެ ގިނައީ އަންހެނުންއޭ! އަންހެނަކު ދޮރު ހުޅުވީމާ ނޫނީ ފިރިހެނަކަށް އެއްވެސް ކަމެއް ކުރަން ނުކެރޭނެ!

    66
    19
  15. ބުރަކި

    ފުވައްމުލަކު ކުޅި އެހާބޮޑުވީމަ ވާޤޮތް

    18
    1
    • ކުސުމް

      އަސްލުގައިވެސް. ތުނޑިމަތީ ތުއި ދެއްކޭ އަންހެނުންތައް. ވ ވަގު މުނާފިގު ފާޑެއްގެ ބައެއް ތި ފުވައްމުލަކު މީހުންނަކީ.

      14
      2
  16. ޖަރީމާގެ

    ގެވެށި އަނިޔާ ވާނީ ގެވެށި އަނިޔާޔަށް ގެއިން ބޭރުގައި ކުރިޔަސް. ގޭގައި ހަމަ ރަނގަޅު އަނބަކު އިންދައި ކަށި ވަލަކަށް ވަންނާނީ ހާދަ ޑެސްޕަރޭޓު ވީމައޭ! އެނޫން ގޮތެއް ނެތިގެން ގިނަ ފިރިހެނުން ދަނީ. މިކަމާވެސް ވިސްނާލަ ބަލަ. މި ކޮމެންޓު މިލިޔަނީ އަނބިމީހާ 'ދެން މިހާރު މިތިބީ ފާފަ ނުކުރާ އުމުރަށް އާދެވިފަޔޭ' ކިޔާފަ ވަކިން ނިދާތާ ހަތަރު އަހަރުވެފަ ހުރި ނިކަމެތި ފިރިހެނެއް. ލޮކްޑައުން އުވޭތޯ ދުއާ ކޮށްލަކޮށްލަ ހުންނަ ފިރިހެނެއް. މީ ވެސް ދައްކަން ވީ ވާހަކައެއް.

    20
    6
    • ދެރަ

      ކެއްތެރި ވުމަކީ ހެޔޮ ރަހުމަތާ ޖަޒާ ﷲ ދެއްވާނޭކަން ކަށަވަރު ކަމެއް.

  17. އިންސާފު

    ވަރައް ސަޅިއެއްނު ތިއީ އަންހެން މީހާ ވަގުފިރިއެއް ގާތު އޮއްވާ ފެނިގެން ފިރިހެނމީހާ އަންހެންމީހާ ގައިގަ ތެޅިނަމަ ވެސް ފިރިހެންމީހާ އަށްވުރެ ނުބައި މީހެއް ނުހުންނާނެ ކޮންމެ ގޮތަކައް ކަންތައް ވެގެންދިޔަސް ބަދުނާމު ވާނީވެސް ޖަލުގޮޅީގަވެސް އޮންނަންމިޖެހެނީ ފިރިހެނުން ދުނިޔޭގެ އާދަ..ވަރައް ސަލާމް

    22
    8
  18. ާިމިން

    މުލަކު ވަރައް ބޮޑު ކުޅިޔެއް އޮވޭ

    8
    4
  19. ފ

    ދެވަނަކަމެއްގައެއް ނޫން. މައިތިރި ނުވާތީ. ކޮވިޑަށް ވެކަސިނެއް ހޯދުމަށްވުރެ މާމުހިންމު މިދިވެހިން އެބައި މައިތިރިކުރާނާނޭ ވެކްސިނެއް. ޙިކުރަނީ ފިރިހެނުން އަނބިންނާ އިންނަމުން ދުވީމާ އަންހެންވެރިން މަޑުންތިބޭނެކަމަށް. ޢެކަމު ކަންއޮންނަނީ އިދިކޮޅަށް.

    9
    3
  20. އެމަންޖެ

    ބޭރުމީހުން ވާހަކަ ކަލޭމެން ނުދައްކަފާނަންތަ އެމީހުންނަކީ ނީނދެ އެތައްބަޔަކާ ގުޅުންހިންގާ އާބާދީ އިތުރުކުރާ ބައެއް.

    8
    1
  21. ހޫނު

    ފުވައްމުލަކަކީ އަންހެނެއްތަ ފިރިއަކު ހުންނަނީ

  22. އިބްރާހިމް

    އެމެރި ކާގައި ވަރި މަދުވެފައިވަނީ ކައިވެނި ކުރުން މަދުވީމައެވެ. ދަރިންނަށް 20، 22 އަހަރުވާފަހުންވެސް އަލަތު ކައިވެނި ކުރަނީ އެމެރިކާގެ ކިތަށް މީހުންތޯއެވެ؟ އަޑުއިވޭނީ ވާހަ ކަ ދެއް ކީމައެވެ.

  23. ހަދާން

    ނިކަމެތި ފިރިހެނާއައް ސަލާމް

  24. މޯދީ

    ތިފަދަ ކަންކަން ހިގަނީ އިސްލާމް ދީނުގައި އޮންނަ ރިވެތި އުސޫލަށް އަންހެނުން ތަބަޢަ ނުވާތީ ފިރިމީހާ ދެއަންބަށް ނޫނީ ތިން އަންބަށް ކާވަނިކުރަން ކީއްވެ އެއްބަސް ނުވީ. މި ބަލީގެ ޙައްލު އެބައޮތް.

    2
    4
  25. 🤭

    ޗީ! އިސްލާމްދީނުގަ އޮތީ އޮށްގަލުންތަޅާ މަރާލުން. ދެން ތި ބޮޑު ފާފައިގެ ބަދަލް އަންނާނީ ކިހިނެއްބާ. އެކުގާ އުޅެވެނީ ރަނގަޅު ދެމަފިރިންނަށް. ތި މީހުންގެ ހަގީގަތް ވަﷲ އައުލަމް. މާތްﷲ ދެއްވަވާ ރަނގަޅު ހަލާލުން ނޫން ގޮތަކުން ހިތެއްހަމައެއްނުޖެހޭނެ. އީމާންކަމުގެ ފެންވަރުން އެމީހަކަށް ލިބެން އޮތް އުފަލެއް ލިބޭނީ. ޝައިތަނާ އަކީ ހަމަ އޮޅުވާލާ ދުޝްމަނެއް