23:40

23:10

އައިޖީއެމްއެޗްގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ޑރ. މޫސާ ހުސައިންއަށް ކޮވިޑް-19 ޖެހި، ރަނގަޅުވެފައިވާ ކަމަށް ދެކެމުންދާ ވާހަކަތައް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ން ދޮގުކޮށްފި.

23:06

ޑރ. އިބްރާހިމް އަފްޒަލް: އުމުރުން ދުވަސްވީ މީހުން ކަސްރަތު ކުރަން ފަށާ ހިސާބުން މާސްކް ނަގަން ވާނީ. ކަސްރަތު ކުރާ ހިސާބަކަށް ދަންދެން މާސްކް އަޅައިގެން ހުންނަން ވާނީ.

23:04

އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް: ޑރ. މޫސަ އަށް ކޮވިޑް-19 ޖެހުނު ވާހަކައަކީ ދޮގެއް.

22:53

ކުލި ނުދެއްކިގެން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު މީހުންގެ އަދަދު 220 އަށް އަރާފައިވާކަމަށް ޖެންޑަ މިނިސްޓްރީން ވިދާޅުވެއްޖެ.

22:46

ކުލި ނުދެއްކިގެން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު މީހުންގެ އަދަދު 220 އަށް އަރާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ.

22:30

ޑރ. އިބްރާހިމް އަފްޒަލް: ބޭރުގައި އުޅޭ އިރު، އައިޑީ ކާޑު ހިފައިގެން އުޅެން ވާނީ. ގެއަކަށް ސުންކު ނަގަން ދާއިރުގައި ތިރިއަށް ފައިބަން ވާނީ މާސްކް އަޅައިގެން. އަދި ސައި ބޯނި ލައިގެން ފަހުން އަތް ދޮންނަން ވާނެ.

22:28

ޑރ. އިބްރާހިމް އަފްޒަލް: އެމީހެއްގެ ފޯނު އެމީހެއްގެ އަތުގައި ގެންގުޅެން ވާނީ.

22:28

ޑރ. އިބްރާހިމް އަފްޒަލް: ގޭތެރޭގައި އުޅޭ އިރު، އާދައަކަށް ހަދަން ޖެހޭ ބްލީޗް ސޮލިއުޝަން ތައްޔާރު ކުރަން. ގޮނބު ފަދަ ތަންތަން ސާފު ކުރަން ވާނެ.

22:26

ޑރ. އިބްރާހިމް އަފްޒަލް: މިހާރު ގޭގެއަށް ޒިޔާރަތް އެބަ ކުރޭ. ފޭސް އެކެއްގައި އަޅުގަނޑުމެން ގޭގެއަށް ޒިޔާރަތް ކުރަން ހުއްދައެއް ނުދެން.

22:25

ޑރ. އިބްރާހިމް އަފްޒަލް: އުމުރުން ދުވަސްވީ މީހުން މަގުމަތީގައި އުޅޭ އިރު، އެކަކު އަނެކަކާ ތިން ފޫޓު ދުރުމިނުގައި ތިބެން ވާނީ. ބައި ހަދައިގެން އުޅެގެން ނުވާނެ. ކަސްރަތު ކުރަންވީމަ، މާސްކް ނެގިޔަސް މައްސަލައެއް ނެތް. ކަސްރަތަށް ނުކުންނަ އިރު، އެކުގައި އެހެން މީހުން ގެންގޮސްގެން ނުވާނެ. ހާއްސަކޮށް ކުޑަކުދިން ގެންގޮސްފައި ނުވާނެ.

22:24

22:23

ޑރ. އިބްރާހިމް އަފްޒަލް: ދަރުމަވަންތަ ހޮސްޕިޓަލްގައި އެކަކު ވެސް ނެތް. ޓްރީ ޓޮޕްގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައި. އެކަކު އޮތީ އައިސީޔޫގައި. ބާކީ ތިބި މީހުން ތިބީ ވޯޑުގައި.

22:22

ޑރ. އިބްރާހިމް އަފްޒަލް: 54 އިންސައްތަ މީހުންގެ ގައިން ވަނީ އަލާމާތްތައް ފެނިފައި ވަނީ. 46 އިންސައްތަ މީހުންގެ ގައިން އަލާމާތްތައް ނުފެނޭ.

22:21

އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް: ރާއްޖެ އިން އިތުރު 56 މީހަކު ވަނީ ފައްސިވެފައި. އަދި ރާއްޖެ އިން ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 488 އަށް އަރާފައި.

20:54

18:26

17:49

16:32

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ޖެހިގެންޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން 54 އަހަރުގެ ބަންގްލަދޭޝް މީހަކު ނިޔާވެފައިވާ ކަމަށް.

12:59

ކޮވިޑް-19 މީގެ ކުރިން ޖެހިފައި ހުރިކަން ދެނެގަނެވޭނެ އެންޓިބޮޑީ ޓެސްޓް ކުރެވޭނެ އިންތިޒާމް ވެސް އޭޑީކޭ ހޮސްޕިޓަލްގައި ގާއިމު ކޮށްފި.

11:46

ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮވިޑް-19 އަށް ވެކްސިނެއް އުފައްދާނީ ޔަމަނުން ކަމަށް ޔަމަންގައި ވަކި ދައުލަތެއް ގާއިމު ކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިން ބުނެފި.

11:44

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުތައް އިއްޔެ އެހާ ގިނަވީ މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިނީމަ ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮއޮލޮޖިސްޓް. ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ. ރާއްޖެ އިން އިއްޔެ އެކަނި ވެސް 101 މީހަކު ފައްސިވި، ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1،700 އަށް ވުރެ މައްޗަށް އަރާފައި.

11:13

ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ އިޤުތިޞާދީ މައްސަލަތަކުގެ ސަބަބުން މިއަހަރު އެމެރިކާގެ 54 މިލިއަން މީހުންނަށް ކާބޯތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވެ، ބަނޑަށް ޖެހިދާނެ ކަމަށް ކަމާއިގުޅޭ ރިޕޯޓެއްގައި ބުނެފި.

11:05

ފ. މަގޫދޫގައި ސެނިޓައިޒާ އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ އެ ރަށުގައި ހުންނަ އިޓަލީގެ ބިކާކޯ ޔުނިވަސިޓީގެ ގޮފިން އިސް ނަގައިގެން.

10:46

ކޮވިޑް-19 ވައިރަސްގެ ބާރު މިހާރު އަންނަނީ ދެރަވެ، ބަލިކަށިވަމުން ކަމަށް އިޓަލީވިލާތުގެ އެންމެ ތަޖުރިބާކާރު އެއް ޑޮކްޓަރު ވިދާޅުވެއްޖެ.

10:14

ކޮވިޑް-19 އާ ގުޅިގެން ކ. މާފުށި ޖަލާއި ކ. ހިންމަފުށި އައްސޭރި ޖަލު އެލާޓްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ އުސޫލެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އާންމުކޮށްފި. އެ އުސޫލުގައި ތިން މަރުހަލާއަކަށް ވަނީ ބަހާލާފައި.

10:11

ކޮވިޑް-19 އާއި އެކު މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، އެތައް ބައެއްގެ ވިޔަފާރިއަށް ގެއްލުން ވަމުން ދިޔަ ނަމަވެސް މިހާރު ވެސް ވިޔަފާރީގައި ފައިދާ ނެރެމުންދާ ވިޔަފާރިވެރިން އެބަތި. އޭގެ ތެރެއިން އެކަކީ ޗައިނާގެ ބިލިއަނަރު ގިން ޔިންގްލިން.

09:41

ކޮވިޑް-19 އަށް އިއްޔެ މާލެ އިން ފައްސިވި މީހުންގެ ތެރޭގައި އެއް އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކުރި މައުލޫމާތުތަކުން ދައްކައިފި.

09:22

ކޮވިޑް-19 ޖެހިގެން އިއްޔެ އެމެރިކާ އިން މަރުވެފައި ވަނީ 638 މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި. އިއްޔެ އަކީ ފާއިތުވި ހަދުވަސް ތެރޭގައި އެމެރިކާ އިން އެންމެ މަދުން މީހުން މަރުވި ދުވަސް.

05:44

05:19

02:53

01:48

01:14

00:48

މިހާރު ފެންނަ މަންޒަރަކުން ފުރަބަންދަށް ދެވިފައިވާ ލުއިތަކުގެ ހާލަތު އަނބުރާ ގެންނަން ޖެހޭ ހާލަތު އަދި ނުފެނޭޭ - ޑރ. އަފްޒަލް

00:42

ސޫދާނުން ކޮވިޑް-19 ޖެހިގެން އިތުރު 24 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 286 އަށް އަރައިފި. އެގައުމުން އިތުރު 226 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 5026 އަށް އަރާފަ.

00:41

ސާބިއާއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 243 އަށް އަރައިފި. އެގައުމުން އިތުރު 31 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 11414 އަށް އަރާފަ.

00:40

އޮމާނުން ކޮވިޑް-19 ޖެހިގެން އިތުރު 5 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 47 އަށް އަރައިފި. އެގައުމުން އިތުރު 1014 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 11437 އަށް އަރާފަ.

00:38

ދެކުނު ކޮރެއާއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 270 އަށް އަރައިފި. އެގައުމުން އިތުރު 24 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 11468 އަށް އަރާފަ.

00:38

ޑެންމާކުން ކޮވިޑް-19 ޖެހިގެން އިތުރު 3 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 574 އަށް އަރައިފި. އެގައުމުން އިތުރު 36 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 11669 އަށް އަރާފަ.

00:37

އާޖެންޓީނާއިން ކޮވިޑް-19 ޖެހިގެން އިތުރު 2 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި. އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 16214 އަށް އަރާފަ.

00:36

އިޒްރޭލުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 285 އަށް އަރައިފި. އެގައުމުން އިތުރު 59 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 17071 އަށް އަރާފަ.

00:35

ޑޮމެނިކަން ރިޕަބްލިކުން ކޮވިޑް-19 ޖެހިގެން އިތުރު 4 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 502 އަށް އަރައިފި. އެގައުމުން އިތުރު 377 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 17285 އަށް އަރާފަ.

00:34

ރޯމޭނިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 7 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1266 އަށް އަރައިފި. އެގައުމުން އިތުރު 124 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 19257 އަށް އަރާފަ.

00:33

ޕޮލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު 3 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1064 އަށް އަރައިފި. އެގައުމުން އިތުރު 215 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 23786 އަށް އަރާފަ.

00:32

މިސްރުން ކޮވިޑް-19 ޖެހިގެން އިތުރު 46 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 959 އަށް އަރައިފި. އެގައުމުން އިތުރު 1536 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 24985 އަށް އަރާފަ.

00:31

އައިލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1652 އަށް އަރައިފި. އެގައުމުން އިތުރު 61 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 24990 އަށް އަރާފަ.

00:31

ޕޯޖުގަލްއިން ކޮވިޑް-19 ޖެހިގެން އިތުރު 14 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1410 އަށް އަރައިފި. އެގައުމުން އިތުރު 297 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 32500 އަށް އަރާފަ.

00:30

ދެކުނު އެފްރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 40 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 683 އަށް އަރައިފި. އެގައުމުން އިތުރު 1716 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 32683 އަށް އަރާފަ.

00:29

ޗިލީން ކޮވިޑް-19 ޖެހިގެން އިތުރު 57 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1054 އަށް އަރައިފި. އެގައުމުން އިތުރު 4830 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 99688 އަށް އަރާފަ.

00:29

ތުރުކީން ކޮވިޑް-19 ޖެހިގެން އިތުރު 25 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 4540 އަށް އަރައިފި. އެގައުމުން އިތުރު 839 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 163942 އަށް އަރާފަ.

00:28

ފްރާންސްއިން ކޮވިޑް-19 ޖެހިގެން އިތުރު 31 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 28802 އަށް އަރައިފި. އެގައުމުން އިތުރު 257 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 18888 އަށް އަރާފަ.

00:27

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 369 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 105926 އަށް އަރައިފި. އެގައުމުން އިތުރު 11964 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 1828784 އަށް އަރާފަ.


މާލެ އިން ކޮވިޑް-19 ފެނުނުތާ ދޮޅުމަސް ދުވަސް ވެގެން ދިޔައިރު ފާއިތުވި ދޮޅުމަސް ދުވަހު، މާލޭގައި ގެއިން ބޭރަށް މީހުން ނިކުތުން އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް މަދުވުމުގެ ބަދަލުގައި އަންނަނީ އިތުރު ވަމުންނެވެ. މިއަދު ވެސް 101 މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު ފައްސިވި މީހުންގެ އަދަދު އިތުރުވި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އަދި ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރިތާ ދެމަސް ދުވަސް ވެގެން ދިޔައިރު ވެސް ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން ނުދާތީ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު