ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، އާބާދީގައި ހަލައްކަ ހަމަނުވާ ޤައުމުތަކުގެ ތެރެއިން އެންމެ ނުރައްކާ ބޮޑު ޤައުމަކަށް ރާއްޖެ ވެއްޖެއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަކީ މުޅި ދުނިޔެއިންވެސް އާބާދީގައި ހަލައްކަ ހަމަނުވާ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމެވެ. އަދި އާބާދީ 6 ލައްކައަށް ނާރާ ޤައުމުތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ގައި ފަރުވާދެމުންދާ ޤައުމަކީވެސް ރާއްޖެ އެވެ. އެހެންކަމުން ރާއްޖެއަކީ މި ޤައުމުތަކުގެ ތެރެއިން މިހާރު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 1773 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރޭގައި އިއްޔެ މުޅިން އަލަށް ފައްސިވި 101 މީހަކު ހިމެނެއެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 453 މީހަކު ރަނގަޅުވެފައި ވާއިރު، 1315 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
އާބާދީ ހަ ލައްކަ ހަމަނުވާ ޤައުމުތަކުގެ ތެރެއިން ބަލީގެ އެންމެ ގިނަ ވޭދަނަ (ކޭސް) ފެންމަތިވި ޤައުމަކީ އައިސްލޭންޑް އެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 1806 މީހަކަށް މި ބަލި ޖެހިފައިވީނަމަވެސް މިހާރު ބަލިން ރަނގަޅުނުވެ ފަރުވާދެމުން ދަނީ އެންމެ ދެ މީހަކަށެވެ.
ރާއްޖެ ފިޔަވައި މި ސަރަޙައްދުތަކުގެ ތެރެއިން ދެން އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ އިންޑިއާ ކަނޑުގައި ފަރެންސޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮންނަ މަޔޯޓޭއިންނެވެ. އެރަށުން މިހާތަނަށް 1699 މީހަކަށް ބަލި ޖެހިފައިވާއިރު، އޭގެތެރެއިން ގިނަ ބަޔަކު ބަލިން ރަނގަޅުވެ، މިހާރު ފަރުވާދެމުން ދަނީ 293 މީހަކަށެވެ.
އާބާދީގައި 6 ލައްކަ ހަމަނުވާ ޤައުމުތަކުގެ ތެރެއިން ރާއްޖެ އާއި މަޔޯޓޭ އާއި އައިސްލޭންޑް ފިޔަވައި އިތުރު އެއްވެސް ޤައުމަކުން ބަލި ޖެހުނު މީހުންގެ އަދަދު މިހާތަނަށް 700 އަށްވުރެ އިތުރުވެފައެއް ނުވެއެވެ.
ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިހާތަނަށް މި ބަލީގައި ތިން ދެވެއްސަކާއި ދެ ބިދޭސީއަކު ހިމެނޭހެން ޖުމްލަ ފަސް މީހަކު ނިޔާވެފައި ވެއެވެ. އެހެން ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖެއިން ބަލިން ރަނގަޅުވާ މީހުންގެ އަދަދުވެސް މަދެވެ.
ރާއްޖެ ހިމެނޭހެން މިހާތަނަށް ދުނިޔެއިން ޖުމްލަ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މީގެތެރެއިން ރާއްޖެއަކީ ދުނިޔެއިން 94 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުން ރާއްޖެއަކީ ފަސްވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމެވެ.
ސަރުކާރެއްގެ ބަލާވެސް އެއްމެ ބޮޑީ މިތަނުގަ.
ކަލޭނޭ ކޮސް ނުގޮވާ.. އަލާމާތްނެތި ހިސް އެކަނި ޕޮޒިޓިވް ވުމުން އޮތް ނުރަށްކަލްކީ ކޮބާ
ސަރުކާރުން 100 ކިލޯމީޓަރ ބާރުމިނުގައި ތިޔަ ކަމަށް މާދަމާ ރައްދުދެއްވާނެ ، ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ތިކަން، މިސަރުކާރުން ތެދު ސާފުކޮށްދެއްވާނެ އިނގޭތޯ ވިދާޅޫވާނެ ކަމަށް އަޅުގަނޑަށް ވިސްނެނީ އެއީ ވަގުތުގެ ނޫސްވެރިންނަށް އޮޅުނިއްޔޭ ، ހަގީގަތުގައި އެއީ ވަރީގެ ލިސްޓޭ، އެ އެއަދަދު ތަކޭ އެބޭފުޅުންނަށް ޖެއްސެވިގެން އެ އުޅުއްވަނީ ، އަބަދުވެސް ވަރީގެ ރެކޯޑު އޮވޭތާއޭ ދެއްތޯ. ކޮވިޑުގައި ރާއްޖެ އަންނަނީ ސަލާމަތުގެ އައްސޭރިއަށޭ. ދެން ކޮވިޑާ ގުޅޭކަމެއްގައި ސަރުކާރުން ހަމަ އެއްގޮތަކަށްވެސް އިތުރުފުޅެއް ނުހައްދަވާ. އަޅުގަނޑުގެ ދެކޭގޮތުގައި ފައިސާ ޚަރަދު ކުރުމާއި ގުޅޭ ކަންކަމުގައި ވ ތެދުވެރި. އަނެއްކާ ކަރަންޓީނުގެ ކަންތައްވެސް އެހާފުރިހަމަ. އަނެއްހެން މާލޭގައި ކަންބޮޑުވެފައިހުރި ހަމަ އެކަކުވެސް ނެތް. ނާދެވިފައި ތިބި ރަށްފުސު ރައްޔިތުންވެސް އަނެއްހެންތިބީ ވަރަށް އުފަލުން. އެއީ ފާޚާނަ ކޮށްލާ ކައިބޮއި ހެދޭތީ. ހައްޤު މިންވަރަށްވުރެވެސް މަތީގައި އެބޭފުޅުންގެ ޚިދުމަތަތައް އެހުރީ #. ޝުކުރިއްޔާ އޯގާތެރި ސަރުކާރު އިގޭތޯ ރަށްވެހި ފަތިސް ވަރަށް ފުރިހަމަ ކަކަށް އަޅުގަނޑު ޤަބޫލުކުރަނީ
އަހަރުމެން މިކިޔަނީނޫންހޭ ރާއްޖެއޭ އާބާދީގެނިސްބަތުން އެންމެގިނައީ. ތިބުނާ އައިސްލޭންގައިވެސް ބަލިޖެހިނިމިފައިވާމީހުންވީމަ ރާއްޖެއަށްވުރެ 33 މީހުންއިތުރުވެގެން ތިއުޅެނީ އެކަމު 2މީހުންދޯ މިހާރުޖެހިފަތިބީ ވީމާ ރާއްޖެ ދުނިޔެއިން އާބާދީގެނިސްބަތުން 2 ވަނައެވެ. 1 އެމެރިކާ 2 ރާއްޖެއެވެ. މިއީ މޮޅަށްތައްޔާރުވެފައިވާ ސަރުކާރެވެ. ތައްޔާރުވީ ލާރިގަޑުކާށެވެ. އެކަންއެބަކުރޭ
މިއީ ހުސް ލިބޭ ކުރިއެރުން. އެހެންނުން އެޗްޕީއޭ..
ތީހަމަ ސަރުކާރުން ދުރާލާރާއިގެން އަޅާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ.
ރާއްޖޭގެ އެންމެންނަށް މި ބަލި ޖެހޭނެ.. މިއީ މަ ބުނާ އެއްޗެއް ނޫން. އެންމެންގެ ހިތްތިރި ނިޔަނެތި ރައީސް ގެ ބަސްފުޅެއް ނުވަތަ އެމަނިކުފާނު ބޭނުންފުޅުވެލައްވާ ގޮތް.
މި ލިބުނީ އަސްލު ހޯދަން ބޭނުންވާ މަގާމު ދެން ދުނިޔޭގެ ގައުމު ތަކުން ހިލޭ އެހީތައް ދޭނެ ދިންވަރަކަށް ކައް ކާލެވޭނެ ބޯލެވޭނެ.
ސަރުކާރުން ބަލިކޮންޓްރޯލް ކުރުމައްކުރާމަސައްކަތުގެ ފުރިހަމަކަމާ ހިކުމަތްތެރިކަން
އެއީ މިސަރުކާރުން ހޯދަން އުޅުނުވަނައަކީ މިތަނުން ކޮވިޑުފެނުނީމާ ހީވީ ޢީދެއްއައިހެން ޑަކުޓަރުން އާދޭސްކޮށްކޮށް ތިއްބައި ޤައުމުގެ ބޮޑުން ކޮވިޑް މާލެތެރަށް ބަހަން ފެށީ ނުވިތާކަށް ކޯލިސަން މެންބަރުންވެސް ހީވީ ކަމެންހެން.
ރަގަޅު ލިޔުމެއް!.. ރާއްޖެ އަށް މި ބަލިން އަރާގަނެވޭނީ ސަރުކާރުން ބަންގާޅިން ބޭރު ކޯށްގެން! ހުސް ބާންގާޅިންނާ ގުޅުން ހުރި ކޮންމެވެސް ދިވެއްސެއްގެ ފަރާތުން ބަލި ދިވެހިންނަށް މިޖެހެނީ! ހަކުރު ބޯނެ ތަނެއް ނެތިގެން ބަންގާޅިއަކު ދިރި އުޅޭތަނެއް ގެ ސިޑި މަތީ ނޫނީ ހަމަ ބަންގާޅި އެއ އުޅޭ ތަނެއް ތެރޭ ވެސް ބޮއެފާނެ ދެން އެމީހުންގެ ފަރާތުން ބަލި އަރުވާގެން އޭނަގެ އާއިލާ އށް ބަލި ފަތުރާ! މި ވެސް ހިގާ ސައިކަލް އެއް! ވިސްނާލާ!
ދޯހަޅި ސިޔާސަތެއް އޮތްކަމުގެ ހެކި މިފެންނަނީ.
ޕޮޒިޓިވް ވާ މީހުން ރާއްޖެ ކަހަލަ ގައުމަކުން ގިނަވުމަކީ ރަނގަޅެކެވެ. ސަބަބަކީ ޑަބްލިއު އެޗްއޯ ގެ ސަމާލުކަން އިތުރުވެ، އެހީ ލިބުން އަވަސްވެ ގިނަ ވާނެއެވެ. އަދި ވެކްސިންއެއް ނެރެވުނުހާ އަވަހަކަށް ރާއްޖެއަށް ވެކްސިން ލިބުން އަވަސްވެފަ ފަސޭހަ ވާނެއެވެ.
މި ސަރުކާރު ކަމަކުނުދޭ. އެކަމަކު މި ލިޔުމަށް ބާރު ދޭ ހެކި ކޮބާ؟ އެއްވެސް ރިސޯސް އެއްގެ ނަމެއް ނެތް. މަބެލި ހިސާބުތަކުގައި މިޔަށްވުރެ ކުދި ޤައުމުތަކުގައި މަރުވާ އިންސައްތަ މާ މަތި. އެހެނަސް ކޮން ތަނަކު 600000 މިންގަނޑަކަށް ބަލަނީ. ގެޓް ޔޯ ފެކްޓްސް ރައިޓް.
ޢަދި ވަރަށްއަވަހަށް އައިސް ލޭންޑްވެސް ބަލި ކުރާނަނަން. ލަން ކާވެސް 33 މީހުންގެ ތަފާތުން ކުރީގަ އޮއްވާ އެއޮތީ ޖެހިގެން އައި ދުވަހު 107 މީހުން ފައްސި ކޮށް 13 މީހުން އައްސި ކޮށް ތަޅާ ބަލި ކޮށްފަ. ފުޓްބޯޅައިން ވޯލްޑް ކަޕް ނުލިބުނަސް ކޮވިޑުން ވޯލްޑް ކަޕް މިފަހަރު ހޯދަންވާނެ. ޢެމެރި ކާ ކުރީގަ އޮތަސް އެގައުމުގަ މުޒާހަރާ ކުރާތީ މިހާރު އެވެރިން ތިބީ މި ކަމަ ކާ އެއް ނޫން. ޢެމީހުން މުޒާހަރާގަ ތިއްބާ ވާނެ އެމީހުންވެސް ބަލި ކޮށްލަން . މިތާގަ ކޮންމެ މީހަ ކަށް 3 ފަހަރު ކޮވިޑް ޖެއްސީމަ އެމެރި ކާވެސް ބަލި ކުރެވޭނެ.
ކޮބިޑުން ސަލާމަތް ވަންޏާ ޖަލުގައިއޮތް ވެކުސިން މުޅިރާއްޖެމަތީގައި ބުރުފައްޗަކަށް ލާފައި އަބުރާލަދީ ޕުލީސް