ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫޢޫގެ ދަށުން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ މިފަހަރު ބޮޑު ކިޔުއެއްގައި ނުޖެހި ފޯމް ލިބޭނެ އިންތިޒާމެއް ޤާއިމްކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ފޯމު ހުށަހެޅުމުގެ ކުރިން ބޭނުންވާ މައުލޫމާތާއި އެ މީހަކު ޝަރުތު ހަމަވާ ކެޓަގަރީ ވެސް މާދަމާ ފޯމް ދޫކުރާ ވަގުތު ދަރުބާރުގޭގައި ތިބޭ އެ މިނިސްޓްރީގެ މުވައްޒަފުން ސާފުކޮށްދޭނެ ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން އެމިނިސްޓްރީގެ ވެބްސައިޓްއިންވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

ބޯހިޔާވެހި ކަމުގެ މަޝްރޫޢުގެ ދަށުން 7،000 ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 12 ކެޓެގަރީއަކަށް ބަހާލައިގެނެވެ. މިގޮތުން؛

- ސިވިލް ސާވިސް މުވައްޒިފުންނަށް: 1،000

- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ ރައްޔިތުންނަށް: 1،000

- މާލޭގެ ރަށްވެހިންނަށް: 1،000

- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044

- ޑޮކްޓަރުންނާއި ނަރުހުންނަށް: 475

- ޓީޗަރުންނަށް: 625

- ފުލުހުންނާއި ސިފައިންނަށް: 600

- އެކަނިވެރި މައިންނާއި ބަފައިންނަށް: 400

- ނުކުޅެދޭ އާއިލާތަކަށް 200

- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300

- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

ފުލެޓް ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށް ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހިގެ 8،000 ފުލެޓް އެޅުމުގެ މަޝްރޫޢެއް ސަރުކާރުންވަނީ ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޞަރީފް

    ތި ކެޓަގަރީތަކައް ނުފެތޭމީހުން ވ ގިނަ މިއީ ވަރައް ދެރަކަމެއް

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  3. ޙަމްދީ

    ކޮބާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް؟؟

  4. ީިޖވބ

    40 އަހަރުން މަތީމީހުން ކައިރިއައް ވޯޓް ހޯދަން ނާންނާތި.

    • ފްލެތް

      40 ހުން މަތީގެ މީހުން ނަށްތާލަނީބާ

  5. ޓްރޫރޮކް

    ދިވެހި އުފެއްދުންތައް ވިއްކާ ފެޝަން ކަލެކްޝަން ހުޅުވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. އޯއް ޔޭއް އިއްޔެ މަމެން ހޯދީމޭ ދިވެހި މުންޑެއް އަދި ދިވެހި ހުދު އަތް ދިގު ގަމީހެއް އެއީ މުންޑު ޑާންސް ޖައްސަން މަމެންނަށް ނުފެނުނޭ ހުދު އަދި ގްރޭ ސްޓްރިޕް ދެމި މުންޑު ފޮއްޗެއް މާލޭން މަމެން އުއްމީދު ކުރަމޭ ކޮލިޓީ މުންޑު ހުންނާނެ ކަމަށް ތިޔާ ތަނުން ގަންނަން ލިބެން ތިޔާ ފެޝަން ކަލެކްޝަން ފިހާރު ހުޅުވުން އިޓްސް އަ ގުޑް ނިއުސް. ޔޭއް ޔޭއް ޔޭއް އިޓްސް ޓައިމް ޓު ރޮކް..

  6. އައްމަޑޭ މާމިގިލީ

    އެކަނިވެރި މައިންނާއި ބަފައިންނަށް...އެކަނިވެރި ބަފައިން އެބަ އުޅޭތޯ ރާއްޖޭގަ. ދެން ކީވެތޯ އެކަނިވެރި ބަފައިންނަށް2000 ރުފިޔާ ސަރުކާރުން ނުދީ، އެކަނިވެރި މައިންނައް އެފައިސާ ދެނީ.. ދެން ފުލެޓް އެކަނިވެރި ބަފައިންނަށް ދޭނެތޯ...

  7. މުހައްމަދު

    ކޮބާކުރީގަލީހާފޯމްތައް

  8. މުހައްމަދު އަލީ

    ކޮބާރިޒޯޓްގަ އުޅޭމީހުން ގެފުލެޓް އެއްވެސް ބަޔަކުރިޒޯޓް މީހުންްގެ ވާހަކައެއްނުދައްކާ

  9. އިބޫ

    7000 މީހުންްްގެ ވޯޓްއެކަނިތަބޭނުމީ

  10. އިބޫ

    7000 މީހުންްްގެ ވޯޓްއެކަނިތަބޭނުމީ 40އަހަަރުން މަތީމީހުންްކޮބާ

  11. މާލު

    7000 ފުލެޓްގެ ތެރެއިން 1000 ފުލެޓް މާލޭ ރައްވެހިންނަށް
    ޝުކުރިއްޔާ

  12. ޢައިޝާ

    ޥޯޓުހޯދަން ނާންނާތި.40 އަހަރުންމަތި މީހެއްމީ.

  13. މާލެ

    އަދިވެސް މާލެ މީހުނަށް 1000 ފްލެޓް، މިދެން އަޖައިބެންނު.. މިހާރުވެސް މާލެ ކޮންމެ މީހަކަށް ތީމުގެއާގެ ތީމުގެބާގެ ތީމުގެތިރީބައި ކިޔާފަ ފަސް ހަ ގޯތި އޮވޭ......

  14. ސަމާ

    ބަހާއަމަލާ ދިމާނުވާ ސަރުކާރު.