ފ. މަގޫދޫގައި ސެނިޓައިޒާ އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު "ވަގުތަށް" ވިދާޅުވީ ސެނިޓައިޒާ އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ އެ ރަށުގައި ހުންނަ އިޓަލީގެ ބިކާކޯ ޔުނިވަސިޓީގެ ގޮފިން އިސް ނަގައިގެން ކަމަށެވެ. އެ މަސައްކަތް ފަށާފައިވާ އިރު، ސެނިޓައިޒާއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރު ކުރަމުން އަންނަ ސެނިޓައިޒާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މަގޫދޫގައި ސެނިޓައިޒާ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަނީ މި ރަށުގައި ހުންނަ ބިކޯކާ ޔުނިވަސިޓީ އިން އިސް ނަގައިގެން. އެބޭފުޅުން މަސައްކަތް ކުރަމުން ދަނީ މި ސެނިޓައިޒާއަކީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް ހުންނަ އެއްޗެއް ކަމަށް ހެދުމަށް،" އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ އެ ޔުނިވަސިޓީ އިން ސެނިޓައިޒާ އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަނީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ކަމަށެވެ. އަދި މިގޮތުން އުފައްދާ ސެނިޓައިޒާ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ ސެނިޓައިޒާ އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަނީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ކަމަށާއި އޭގެ ތެރޭގައި ކާށި ކިރު ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

އަދި އެހެނިހެން ބައެއް ބޭސްތައް ސެނިޓައިޒާ އުފެއްދުމަށް ބޭނުންވާ ކަމަށާއި، އެތަކެތި ވެސް ރާއްޖޭގެ ބޭސްފިހާރަތަކުން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލޮލް

    ރަލުން ނުވަތަ އަލްކަހޯލުން ހަދަނީ ސޯ ރުކުރާވެސް އެއީ ހަމަ ރަލެއް މީހިންޓެއް ކަމަށް ބަލާފަ ހަދާބަލަދޯ

    4
    28
    • އޯތް ގަމާރާ

      ރަލާއި އެތަނޮލްއަކީ ދެއެއްޗެއް. ރަލުގައި އެތަނޮލް އެކުލެވިގެންވަނީ އެންމެ ގިނަވެގެން ވިޔަސް 40%. ކޮންމެ 44 މިލިލީޓަރަކަށް. އެހެން ނޫނީ އެބޯމީހާ ކުއްލި ގޮތަކަށް މަރުވޭ. ޖަރާސިމް މަރާ ސްޕިރިޓްގައި މިހުންނަނީ 100% އެތަނޮލް ނޫނީ 99% އެތަނޮލް. ރުކުރަލުގައި އެހާވަރެއް ނުހުންނާނެ. ރުކުރަލަކީ ރަލެއްވެސް ނޫން. ގަމާރުވިޔަސް ބޮޑުވަރު.

  2. ކކކކ

    ކާއްޓެއް ލިބެނީ 20 ރުފިޔާއށް. އެއިން ވަނީ ދެއިރަށް ކައްކަން.

    5
    14
  3. ބަނބުކެޔޮ

    ސެނެޓެއިޒާއައްވުރެން ކުރިއައް ވެކްސިނެއް ހަދަންވީނޫން؟

    1
    1
    • އިބްރާހިމު

      ބަނބުކެޔޮ ގަސް އެބަހުރިތަ އަހަރެމެންނަށް ވާވަރަށް?