ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރޭތޯ ބަލައި އެމީހުންނަށް މަސައްކަތް ހަވާލުކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ބިދޭސީންގެ އަތުގައި ވޯކްޕާމިޓެއް އޮތްތޯ ބެލުމަށް މިހާރު ހިދުމަތް ދެމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ތަންތަނާއި އަލަށް ފަށައިގަންނަ ތަންތަނުގައި އެދިފައިވާނެ ކަމަށެވެ. އަދި މިގޮތަށް ބަލާފައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީން ގެންގުޅޭ ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީގެ ސާކިއުލާގައިވެއެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމަށް ވަނީ ހުއްޓިފައެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ފެށުމަށް ނިންމާފައި ވަނީ ބޮޑެތި ބަދަލުތަކަކާ އެކުއެވެ.

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ. އެ މައްސަލަ ހައްލު ކުރަން ހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކޮށްފައި ވެއެވެ. މި ސަރުކާރުންވެސް އެފަދަ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ހަރަކާތްތަކެއް ހިންގާފައެވެ.

އެގޮތުން ދާދިފަހުން ވަނީ ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ދެނެގަތުމަށް ހާއްސަ ޕްރޮގްރާމެއް ހިންގާފައެވެ. މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ގަވައިދާއި ހިލާފަށް އެތެރެވެފައިވާ ގިނަ ބިދޭސީންތަކެއް ހޯދައި އެމީހުން ޑީޕޯޓުކުރިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންވެސް ސަރުކާރަށް ދަނީ އެފަދަ ބިދޭސީން ހޯދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2020

    ތިޔައީއަބަދުވެސްތިކަންކުރާގޮތް ދެންދާނެދުވަހާގަޑިއަންގާފަދާނީ ގެންގުޅޭމީހުންކޮޅު ޖެހިގެންއޮންނަރަށަށް ނުވަތަ ސަޕްލައިދޯނީގަ މަސްބާނަންފޮނުވާލާފަހުން ޗެކްކުރަންއަންނާނީ މިއީ އާންމުކޮށްކަންތައްވާގޮތް ސިނަމާލެތެރޭގަޑުރަގުނަގަން ތިބިވާހަކަ ރިޕޯޓުކުރާއިރަށް މައުލޫމާތުސާފުކޮށްނިމުނީމަ ދެންބަލާއިރު އެއްވެސްމީހަކުނޫޅޭނެ ވާގޮތެއްނޭގެ ދެން ގިނަފަހަރަށް ސާބިތުނުވާވާހަކަނުދައްކަން ޓީވީންއެދިވަޑައިގަތީމަ ފިލްމުނިމުނީ ވައްސަލާމް!

  2. ޙަސަނާ

    މިވަގުތު ރިސޯޓުތައް ބަންދުކޮއްފަ އޮތީމަ ތިހެންތިބުނަނީ ހަމަ ހުޅުވޭއިރައް ކޮންމެރިސޯޓަކުންވެސް ޢާދައިގެ ވަޒީފާތައް ކޮންމެވެސް ކުންފުންޔަކައް ކޮންޓުރެކުޓު އުސޫލުން ހަވާލުކުރާނެ ދެން ހަވާލުވާކުންފުނިން ހަދާގޮތަކީ މަގުތިން ގަވާއިދާހިލާފައް އުޅޭ ބިދޭސީންގެތެރެއިން މީހުންކޮޅެއްރިސޯޓައްފޮނުވާލާނީ މީމިކަންހިގާގޮތް ހާމަކަން ބޮޑުކޮއްމިކަން ހިގާގޮތް މިނިސްޓުރީގަތިބޭމީހުނައްވެސް އިގިގެން ހިގާ ކަން ކަން ކޭއްވެތޯ ކުޑަމިނުން ރިސޯޓުތަކުގެ އެޗް އާރު އޮފީހުގެ ވަޒީފާތައް ދިވެހިންނައް ހާއްސަކޮއްލަނުދެވިގެންތިއުޅުއްވަނީ ގިނަރިސޯޓުތަކުގަ މެނޭޖުމަންޓުގަ އެންމެދިވެއްސަކުނެތިވެސް އެބަހުރޭ ޓުއަރިޒަމް އިންލިބޭ ފައިދާގެ 80 ޕަސެންޓު ދަނީ ގައުމުން ބޭރައްކަން ވެސް އިގިނުލައްވަނީތޯ އުއްމީދުކުރަން ތިވިދާޅުވިގޮތައް އަލުން ރިސޯޓުތައްފެށޭއިރު ރިސޯޓުތަކަކީ ދިވެހިމުއައްޒަފުން ކޮންޓުރޯލްކުރާ ތަންތަނައް ހެދުމައްޓަކާ ދިވެހިންނައްފަސޭހަކަމާއެކު ވަޒީފާ ލިބިގެންދާނެ ތަންތަނައްވެގެންދާނެކަމައް އަދި ދިވެހިޒުވާނުންވެސް ޕާޓީޖަގަހަތައްދޫކޮއް ގައުމައްހިދުމަތްކުރަން ނުކުންނާނެ ކަމައް އަދި ދިވެހިން މަސައްކަތްކުރަން ލާޒިމުކުރާ ގާނޫނެއްވެސް ހަދަން އޭރުން މަސައްކަތެއްނުކޮއް މަގުމަތީ އުޅުމުގެ ފުރުސަތު ހަނިވެގެންވެސްދާނެ ކޮންމެއަކަސް އަލުންބަލުން ފަށަންމިއޮތީޖެހިފަ...

  3. ރިޒާ

    ތިކަމެއް ނުވާނެ