ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވާ ހާއްސަ ސްކޮލާޝިޕާއި އޭލެވެލް އައި އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނޭ ކުދިންނަށް ކޮންމެ އަހަރަކު ދޭ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕަކީ ސާނަވީ އިމްތިހާންގެ ހުރިހާ މާއްދާއަކުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާންގެ ހުރިހާ މާއްދާތަކަކުން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ދޭ ސްކޮލާޝިޕެކެވެ. މި ސްކޮލަޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލަރޝިޕާ ބެހޭ އުޞޫލުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭނެ ކަަމަށް ހަޔަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

މި ސްކޮލަރޝިޕް ލިބުމަށް ތިރީ ގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  • 2019 ވަނަ އަހަރު ސާނަވީ އިމްތިހާން ރާއްޖޭގެ ސްކޫލެއްގައި ހެދި ދަރިވަރަކަށް ވުން
  • "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން *A ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން *A ޙާޞިލްކޮށްފައިވުން
  • އޯލެވެލް ނުވަތަ އައިޖީސީސީއެސްސީ އިމްތިހާންގެ "އިނގިރޭސި މިމާއްދާއިން "ސީ" ފާސް ދަށްވެގެން ލިބިފައިވުން

މި ސްކޯލާޝިޕާއި ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީ އިން އާންމުކޮށްފައިވާ އިއުލާނުގައި ވެއެވެ.

ހައި އެޗީވާސް ސްކޮލަރޝިޕަށް ޝަރުތުހަމާވާނީ ސާނަވީ އިމްތިހާނުން ފަސް މާއްދާއިން އޭފާސް ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުން ފަސްމާއްދާއިން އޭ ފާސް ހޯދާފައިވާ ދަރިވަރުންގެއެވެ. މި ސްކޮލާޝިޕާ ބެހޭ އިތުރު މައުލޫމާތު ވެސް މިނިސްޓްރީގެ އިއުލާނުގައި އަދި ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.