ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލީ ނުހައްގުން ކަމަށް އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވިދާޅުނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި އެގޮތަށް ވިދާޅުވީ މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދާދި އަވަހަށް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާފާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެފައިވަނިކޮށެވެ. މައުމޫންގެ ދަރިކަލުން ޣައްސާން އެގޮތަށް ވިދާޅުވުމާ ގުޅިގެން މީސް މީޑިއާގައި ވަނީ ވަރަށް ބޮޑު ބަހުސެއް ފެށިގެން ގޮސްފައެވެ.

އެކަމަކު، އެކަމާ ގުޅިގެން މައުމޫން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޔާމީންގެ ދިފާއުގައި މައުމޫން ވާހަކަ ދައްކަވަފާނެ ކަމަށް ޣައްސާން ވިދާޅުވީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ސ. ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓުތަކަކަށް ރައްދު ދެއްވައެވެ.

ރައީސް މައުމޫނާއި ފާރިސް، ދާދިއަވަހަށް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާފާނެ!

ޣައްސާން ކުރެއްވި ޓުވީޓުގައި ވިދާޅުވި ގޮތުގައި ޔާމީން ޖަލަށްލާފައި ވަނީ ނުހައްގުންނެވެ. އެމަނިކުފާނު މިނިވަންކޮށް ވެރިކަމަށް ގެނައުމުގެ މަސައްކަތް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ޕީޕީއެމް/ޕީއެންސީ އިން ކުރަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިއްރު ޑީލްތައް ހަދައިގެނެއް ނޫން. އިންޝާ ﷲ . މި މަސައްކަތް ކާމިޔާބުވާނެ،" ޣައްސާން ވިދާޅުވިއެވެ.

ނަޝީދު އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި އިރު، ދާދި ފަހުން އެމަނިކުފާނު އާންމު ކުރެއްވި ނޯޓެއްގައި ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި ޔާމީން އެކަނި ޖަލަށްލައިގެން މާ ބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ހަމަ އެ ނޭވާގައި އެމަނިކުފާނު ވިދާޅުވީ ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީން އެކަނި ޖަލަށްލުމުން އިންސާފެއް ނުވިސްނޭ: ރައީސް ނަޝީދު

ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ކްރިމިނަލް ކޯޓުން ސާބިތުވުމާ ގުޅިގެންވެެ.

ޔާމީނަށް އިއްވީ ނުހައްގު ސިޔާސީ ހުކުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އަދި މިހާރު މިހާރަށް އެމަނިކުފާނު ޖަލުން މިނިވަން ކުރަން އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ. ޔާމީން މިވަގުތު ހުންނެވީ މާފުށީ ޖަލުގައި ހުންނަ ހާއްސަ ޔުނިޓެއްގައެވެ. އެ ތަނުގައި އެމަނިކުފާނު ހުންނަވާތާ މިހާރު ފަސް މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ޔާމީން މިނިވަން ކުރަން ގޮވާލަމުން ދާއިރު، ޔާމީންގެ ވެރިކަމުގައި، އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ގިނަ މަސްތަކެއް ވަންދެން ހޭދަކުރެއްވީ ޖަލުގައެވެ. އަދި މައުމޫން ގެ އަށް ބަދަލުކޮށްދިނުމަށް އެ މަނިކުފާނުގެ އާއިލާ އިން އެދުމުން އޭރު އިޖާބައެއް ނުދިނެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ޣ

    ތިނެސް ކަން ލޯބީގެ ކަންތަށް ވަރަށް ގަދަވެއްޖެއެވެ.

    43
  2. މަބޭ

    ފަނޑިޔާރަކު ވަގައްނަގައިގެން ޖަލައްހުޖުމްކުރީމަ އުނަގަންޑު ތެދުނުވެގެން ފިލުމީހެއްތީ އަދިވެސް އަދިވެސްއެމައްސަލަ އެބައޮތް

    139
    7
    • ކިނބޫ

      އާނ އެހެންޏަ ކަލޭ ބުނާ ގޮތަކަށް މައުމޫނު ވިދާޅުވާނީ. ކީކޭތަ ވިދާޅުވާންވީ؟ އެއެއްވެސް ބުނެލަބަލަ ދެފޫދޯރި.

  3. އަހްމަދު

    ރައީސް ޔާމީން ރައްޔިތުންނައް ގެނެސްދެއްވިތަރައްގީއާ ކުރިއެރުމަކީ ތިޔައިންއެއްވެސްބޭފުޅަަށްގެނެސްދެއްވުނު ތަރައްގީއެއްނޫން އެހެންވީމާ ތިބޭފުޅުންނައް އެކަންހަޖަމެއްނުކުރެވޭނެ

    146
    10
    • ޟަޓް

      ބައިތުލްމާލު ޢެވަރަށް ކައެއްވެސް ނުލެވޭނެ.

      8
      56
      • ނާސިރު

        ބައިތިލަމާލުއޮތީ އަހަރަކު 42 ބިލިޔަނާއެކު ކެނެރީގޭ ދޮރުމައްޗަށް އޮއްސާލާފަ. ޕާޓީކުދިންގެ ކުންފުނިތަކަށްއަޅާފަ ރައްޔިންނަށް ލިބެނީ ހުތްފެލި ތޮށިގަނޑު. އެމްޑީޕީ އެއްޗެހިން ލަދެއްނުގަންނާނެ

        13
    • ޢަހޮމަދު

      3 ބިލިއަން ރުފިޔާ ވަގަކަށް ނުނަގާ އަދި މިރާއްޖޭގަ ވެރިކަންކުރިމީހަކު. މީކިހާބޮޑު ސަރަފެއްތޯ މިވާހަކަވެސް ހިމަނާލިނަމަ ސަޅިވީސް...

      3
      43
      • ގަންޖާ

        އަދި އިތުރު ދެތިން ނަމުގަ ކޮމެންޓްކޮޅެއް ކަލޭ ލިޔެލަން މަށަށް ފެނޭ.

        4
        1
  4. ހުސާމު

    ހައްގުން ޖަލަށް ލެވުނު އެންމެ މީހެއް ޔާމީނަކީ...ނުހައްގީ މުއްދަތު...50އަހަރު ވެސް މަދު

    20
    167
    • އަލަނާސި

      ހާދަ ކަން ކަން ދަންނަ މީހެކޭދޯ.. ކިތަންމެ ވަރަކަށް ފުއްޕިޔަސް ރައީސް ޔާމީނަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް... އޭގެ އިންސާފު ލިބޭ ދުވަހެއްވެސް ފެންނާނެ... ޥ.ސަލާމް

      65
      5
  5. ޯއޯކޭ

    ޔާމީނު ޖަލަށްލީ ނުހައްގުންނޭ މައުމޫނު ބުނެފިނަމަ ދުޔިޔެވެސް މައުމޫނަށް މަލާމަތް ކުރާނެއެވެ. ނުބުނާނެއެކޭ ނުބުނާނަމެވެ.

    15
    100
  6. ސީދީ

    ހައްޤާއި ބާތިލު މައުމޫނަށް ހަމަ އޮޅިދާނެބާ؟

    21
    2
  7. ކިރިސް

    މައުމޫނު ބުނާ އެއްޗެއް އަޑު އަހާނެ މީހެއް މަދުވާނެ މިހާރު!

    25
    2
  8. ޒާ

    މައުމޫނަށް ބުނެވޭނެ އެއްޗެއްސާއި ނުބުނެވޭނެ އެއްޗެހި ބުނަން ނަޝީދަށް އެނގުމަކީ ވަރަށް ބޮޑު ކާމިޔާބެއް. މައުމޫނުގެ ހާލަތު މިހާރު ހުރީ ހަމަ އެހާލަތަށް ގޮސްފަ.

    20
    8
  9. ދަރަނި ދަންތުރަ

    ޖިއްނި ކަލެޔަކަށް ނޭގޭނެ މައުމޫނު ދައްކާނެ ވާހަކައެއް ކަލޭތީ ކުފޫ ހަމަނުވާ މީހެކޭ މައުމޫނު ބުނިތަ ؟

    24
    3
  10. ބޯހަލާކު

    މިއަދު މައުމޫނެއް، ނަސީދެއް،ގާސިމެއް،އިމްރާނެއް ބޭނުމެއްނުވޭ..؟! އިނޑީޔާއާއެކުޑީލްހަދާ ގައުމުމިހާލަތައް ވައްޓާލީ ތިބައިގަނޑު.!؟ މިއަދު ކޮންވާހަކައެއް މިފެންމަތިވީ..؟ ގައުމު އިނދަޖައްސާލާ ބައިއަޅާ ޔާމީން ޖަލައްލާ ހުރިހާކަމެއްކުރިއެކަކު މައުމޫނަކީ، ފާރިސް އެއީ ބޮޑުފިތުނަ އުފެއްދި އެކަކު...ތިމީހުން ކައިރިކޮއްފިއްޔާމު ޔާމީންގެ އިހްލާސްތެރިކިތައްމެމީހަކު ތިތަނުންދުރައްދާނެ..

    29
  11. ނަައީމް

    ޔާމީލް ޖަލަށްލީނުހައްގު ހުކުމެއްގަ ސަރުއީދާއިރާ އަނބުރަމުން ގިސް އައްނިގެ ހުރިހާ ވަކީލުން ހަމަވީ ހުކުންކުރީ އިންސާފު ހަމަވީ ދެން ކާކު ފަހެ ބުރާންތިއެއްނޫނީ ނުބުނާނީ އިންސާފޭ ކެޔަސް ހަމަޔާމީންވަރެއްހަމަނެތޭބުނެވޭނީ

    31
    1
  12. ޖަލު

    މައުމޫނު ޖަލަންލީ ހައްގުންތަ. ޠާމީން އުޅުނީ ވަރައް ވޭންދަންކާލަން ދެމީހުނަން.. މިއަދު ދަރި ބަފާކާރީގަ އަބަދު ރޮނީ މީޑިޔާއަށް އަރައް... ހަގީގަތް. ޔާމީނުއަކީ މީހުނައް ރަހުމެއް ހުންނަމީހެއް ނޫން.. ހުރިނަމަ މައުމޫނަކައް އެހާ އަނިޔާއެއް ނުދޭނެ. ދިދަ ގެންގުޅުނު އެއްމެން ކީއްވެ ބަންދު ނުކުރީ އޭނަކުރެއް އަޙާބަލަ... އޭނަކުރިކަމަކީ މައުމޫންގެ އަގުވައްޓާލަ.ން. ޢެކަންކުރި.. މިއަދު ބަލިން އުޅޭވާހަކަ ބުނަނީ.. އޭރު މައުމޫންވެސް ޙާދަބަލިވެ އުޅުނިީ.. މިޙާރު އިހްސާސްވާނެ މީހަކައް ދެރަދީފަ ނުވާނެކަން ވެސް..

    1
    28
  13. އެކްޓަރ

    ރ. ޔާމިމްގެ ސަޕޯޓަރުންނަށް އެއްވެސް މަށްސަލައެއް އޮތް މައުޝޫއެއްނޫން މިއީ.. މިސަރުކާރުން ރ.މައުމޫނު އާއި އަދި ޤާސިމް އާއި ގުޅުން ކަނޑާނެ. ރ.ޔާމިން ސަލާމަތްކުރާނީ ރ. ނަޝީދުގެ ވެސް ރުހުމުގައި، ދިވެހިރާއްޖޭގެ މަގުތައް ފުރާލާނެ، މިއަދު ރާއްޖޭގެ ޤާނޫނުތައް މުގުރާލާ އަދުލު އިންސާފު ހިސާރަކޮށްގެން ބޭނުން ހުކުމެއް ބޭނުން މީހަކަށް ކުރުމުންގެންދިއުން ރައްޔިތުން ހުއްޓުވާނެ... މާއްދާ 4 މާއްދާ 27 އެއީ އާރާއި ބާރު.. ރ.ޔާމިން ޖަލަށް ލާފައިވަނީ ނުހައްގުންނޭ ދޭހަވާފަދަ އިބާރާތުން ރ.ނަޝީދު ވިދާޅުވާއިރު ސީދާކޮށް އެއީ ނުހައްގުންކަމަށް ތަރުޖަމާކުރަން ރ. މައުމޫނަށް އަޅެފަހެ ނުކެރޭނެތޯ... ވަރަށް ސާފު؛ ދެން ބިންދާލާ ސިޔާސީ ރާޅުގެ ތެރޭ ރ. ޔާމިން މިނިވަންވާނެ. ލާހިކެއްނޫން ޤާނޫނު އަސާސީ މުގުރާ ފުނޑުކޮށްލާކަށް.... ރާއްޖޭގެ ވެރިކަމާހެދި އަބުދުﷲ ޝާހިދާއި، ރ. ނަޝީދާއި
    ރ.ސޯލިހު އާމެދު ތަޅުއެޅި ތިއްބަވަންޖެހޭނީ، ގޮޑިކޮއކޮއަކަށް އަދި ޕަޕެޓަކަށްވާކަށް ދިވެހިން ބޭނުމެއްނޫން...

    30
    2
  14. ލޫސިފާރ

    މިކަލޭގެ އެއްކޮޅުން ގެރި ނުޖެއްސިގެން އަނެއްކޮޅުން ފިތުނަ ފެއްޓީދޯ! ކަލޯގެ މަސައްކަތް ކުޑަކޮށްވެސް ކާމިޔާބުވާނީ ކޯލީޝަން ރޫޅައިލެވިގެން!

    24
  15. އަލީ

    ރައީސް ނަޝީދު ޖަލުން ދޫކޮށްލީ ހައްގުން ކަމަކަށް ވެސް މައުމޫނަކަށް ވިދާޅެއްނުވެވޭނެ.

    33
  16. ކުއްޅަވައް

    ކަލޭމެން ރައީސްޔާމީންގެމައްޗައް ކުރީ އިންސާފުވެރިޙުކުމެއްކަން ދައްކަންތިއުޅެނީ ކިހިނެއް އެއީ އިންސާފުވެރި ހުކުމެއްނަމަ އެމަނިކުފާނު ޖަލުގަހުންނަވާތާ ފަސްމަސްވީއިރުވެސް އެމަނިކުފާނުންގެ އެކައުންޓުގަ ހުރިކަމައްބުނާ ފައިސާ ސަރުކާރައްވެސް ނަގަންނުކެރި ހުރުމުގެ ސަބަބަކީ ކޮބާ އެއީ އެމަނިކުފާނުންގެ އެކައުންޓައް ތިބުނާގޮތައްވަތް ފައިސާކަމައްވާނަމަ އެއީ ދިވެހިރައްޔިތުންގެ ފައިސާ އެސަރުކާރައް ނުނެގެންވީ އެއްވެސްސަބަބެއްނޯންނާނެ އެހެންވީމާ މިބުނަނީ އެއީ އިންސާފުވެރި ޝަރީއަތެއްނޫނޭ އެއީ ސިޔާސީ ޝަރީއަތެކޭ ބޭއިންސާފުންނޭ ޖަލުގައެހުރީ އެހެންވީމާ މިގޮވަނީ ރައީސްޔާމީންދޫކޮއްލާށޭ

    27
  17. ޙަމު

    މައުމޫން ނަމަނަމަ އަދުރޭ ކާރި ނުކުރާތި... އަދި އާރިފު. ނިހާނުމެން....

  18. ސާޒީ

    ބޮއްޅަބޭ، ތިމާޔަށް ޓެރަރިޒަމްގެ ދައުވާ ކުރީވެސް ނުހައްގުންދޯ؟ ޢިސްތިއުފާދީފަ ޖެހިގެން އައިދުވަހު، އިސްތިއުފާ ދިނީ ބޮލުގަ ބަޑިޖައްސައިގެނޭ ބުނެ ހެދި ބުހުތާނު ދޮގެއްގެ ސަބަބުން، ދައުލަތް އަންދާލި ޕާޓީ ކުދިންވެެސް ކުރީ ހައްގު ކަމެއްދޯ

    20
  19. ޤާ ސިމް ބެ

    ޚުދު މުޚުތާރު ގެ ވެރި ކަމުގައި ޖަލުގައި ނުހައްގުން ބޭއްވީ ބައްޕާ ފުޅު! ޣައްސާނު އުޅެނީ އޮޅިގެން

    1
    23
  20. ރިޒާ

    މައޫމޫނު ވިދާޅުވަންވީ މައުމޫން، އާއި ފާރިސް ޖަލަށް ލީ ލާންޖެހިގެންނޭ..،،، ޔާމީނު ޖަލައްލީ ޖަލައް ލާންޖެހިގެނެއްނޫނޭ

    20
  21. ޢަދީލް

    މިދެން ބޮޑު އުނދަގުލެއް...

    9
    5
  22. ސުވާލު

    ޔާމީން ޖަލައްލާން މައުމޫނު ނަޝީދުއާއި އެކު އެއްބަސްވީ މި ގައުމުން އިސްލާމްދީން ފޮހެލަން އޮތް ނަޝީދުގެ އެ ޖެންޑާ އާއި ގުޅިގެން. މި ބިރުވެރިކަމު އަތުގައި ނަޝީދުއާއި މައުމޫނު ހަމަހަމަ.

    ޔާމިން ޖަލައްލި އިންސާފުން ބޭރުން. އިންސާފުގެތެރެއިންނަމަ މިރާއްޖޭގެ މަތީފަޑިގެ ބޮޑުބައި (އިބޫ ސޯލިހާއި ނަޝީދުއާއި އެކު) އޮންނާނީ ޖަލުގައި.

    21
  23. ށަވިޔަނި

    ހައްގާއި ބާތިލް އެގޭނެދުވަސް އަންނަންދެން އަގަމަނޑުން ލައިގެން ހުރުން މާބުއްދިވެރިވާނެ.

    17
  24. ާބޭކާރު

    ހަގީގަތުގަ ވެސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް،އެއީ ދަވްލަތުގެ ފައިސާއަކަށް ނުވާފައިސާއެއްގެ ގާ ސަރުކާރުންލިޔެކިއުން ހަދާފައިވާ މައްސަލާ އެއްގާ ކުރެވިފައިވާހުކުމެއް.އެސްއޯއެފް ގެ އެކައުންޓުން އެއްވެސް ފަރާތަކަށް ދޫކުރެވިފައިވާ ޗެކަކަށް ދަވްލަތުގެ ފައިސާއަކަށް ހިޔާނަތްތެރިވީއޭ ބުނުމުގެ ޖާގައެއް ނެތްކަމުން، އަދި ދަވްލަތުގެ ފައިސާ ބޭނުން ކުރުމުގެ ކުށް އެސްއޯއެފް ކުންފުނީގެ އެއްވެސް ހިއްސާދާރެއްގެ މައްޗަށް މިހާތަނަށްވެސް ސާބިތު ވެފައި ނުވާއިރު އެކުންފުނީގެ އެކައުންޓް ގާހުރީ ދަވްލަތުގެ ފައިސާކަމަށް ބެލުމުގެ ޖާގަ އެބައޮތްބާ؟

    20
    1
  25. ޙެހެ

    ޖަލުގަ އޮންނަން ވީމަ މައިބަދަ ބިންދައިގެން ދިޔަ މީހާ ޓިޝޫ ރޯލުގައި ފައިން ތަޅައިގެން ވެއްޓުނީމަ ރަނގަޅަށް ހުރީ ކިހިނެއް ބާ؟؟

    23
    1
  26. ބަނބުކެޔޮ

    އުނަގަނޑައް އެރިތަދުގެ ބާކީބައި އަދި ޖަލުގަހުންނަންޖެހޭނެ ހަނދާންކުރާތި انشاء الله

    20
  27. ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ

    ރައީސްމައުމޫން އަށް ނުބުނެވެއްޏާ އަޅުގަނޑަށް ބުނެވިދާ ނެ ތޯ ކަލޯ ބުއްޅަބެއާ މާތްﷲ އަށް ޓަކައި ދެތެއް ހަނދާނަމަ އަންނިއުނދުޅިޔަސް ބުއްޅައުނދުޅިޔަސް ބަރުލަމާނީޔަސް ޑިމޮކްރަސީގެ އަށްޕަވިޔަސް ކުޑަވަޒީރަސް ބޮޑުވަޒީރު ވިޔަސްކެނެރީގޭ ކެރަފާ ނަޝީދުވިޔަސް ރަންތިރީސް އަހަރުގެ ބާނިވިޔަސް ﷲއަށް ޓަކައި ތެދެއް ބުނަން ނަންޏާޖެހޭނީ ރައީސްޔާމީން އެހުންނެވީ ނުހައްޤުން ޖަލަށްލާފައޭ ކީއްވާނީ ބުނިކަމުން އެއްކަމެއް ވެސް ނުކުރެވޭނެ ތީދެންކާކު ތީމިހާރު ބޭނުން އުނދުޅިޔެއް ނޫން:

    18
  28. އަލަނާސި

    ކަލޭ ޖަލަށްލީ ނުޙައްޤުންނޭ ބުނަނ ކެރުނު މީހަކަށް ޔާމިން ޖަލައްލީ ނުހައްޤުންނޭ ބުނަން ނު ކެރޭންވީ ސަބަބަކ ކީ ކޮބާތަ؟ ބޯ ބުރާންޗާ....

    11
    1
  29. އަލަނާސި

    ކަލޭ ޖަލަށްލީ ނުޙައްޤުންނޭ ބުނަން ކެރުނު މީހަކަށް ޔާމިން ޖަލައްލީ ނުހައްޤުންނޭ ބުނަން ނު ކެރޭންވީ ސަބަބަކ ކީ ކޮބާތަ؟ ބޯ ބުރާންޗާ....

    10
  30. އަލި

    ސޮނިބެ ބުރުމާ މިވަރުގެ މަކަރު ވެރިންނެއް މިގައުމަކު އަދި ތިބިހެނެއްހީއެއްނުވޭ

  31. Anonymous

    ޔާމީން ޖަލަށްލީ ނުހައްގުން. ސަބަކީ އަދިވެސް އެމައްސަލައިގަ ހިމެނޭ އެހެން އެއްވެސް މީހެއްގެ ޝަރީއަތް ހިންގާފައި ނެތުން. އެޝަރީއަތުގެ ތަހުގީގު ފުރިހަމަވެފައިވާނަމަ ތުހުމަތު ކުރެވޭ މީހުން މިހިނގާ ސަރުކާރުގެ މަތީފަޑީގައި ނުތިބޭނެ. ދެން އޮތީ ނަށީދުގެ ވާހަކަ. ޖަލަށްލެވޭ މީހެއްގެ ހުކުމުގެ ބޮޑުބައި ޖަލުގައި ހޭދަކޮށްފިނަމަ ލުއި ދެވިދާނެ. ނަށީދު ކަންކުރީ ކިހިނެއްކަން ދިވެހިން ދަސް އެބަހުރި. ނަށީދު ހަނދާން ނެތަސް ގައުމުން ބޭރަށް ދެވުނީ ޔާމީން ފޮނުވަ ދިނީމަ. މިސާލަކަށް އަދީބަށަ ބަލާބަލަ. އެހެންވީމާ ހައްގުގޮތް ކިޔާދޭން ނަށީދަކަށް ނޭނގޭނެ.

  32. ދުރުމި

    ޣައްސާނު ވިދާޅުވީ ތެދުފުޅެއް ރ.ޔާމީނު ޖަލަށްލައިފައިވަނީ ސިޔާސީ މަޅިއެއްޖަހައިގެން އެކަމުގައި ނަޝީދުމެންގެ އައުވާނުންގެ ބައިވެރިވުން ބޮޑުވާނެކަން އެންމެންވެސް ޤަބޫލުކުރެއި ރައްޔިތުންގެ ދުޢާއަކީ ރ.ޔާމީނު ޖަލުން ސަލާމަތްވުން

  33. އަމީދު

    މައުމޫނު ޖަލައްލީވެސް ނުހައްގުންތޯ.؟ ކޯޓުގައި ސާބިތު ކޮއްގެން ނޫންތޯ.

  34. މުހައި

    ހެޔޮއް ތަރައްގީގެނެސް ގައުމުގެ މިނިވަންކަމާއި އަދި އިސްލާމްދީނައް ނަސްރުދީ އެހެންދީންތަކައް ފުރުސަތުނުދެންޏާ... ބައިތުލް މާލުން ކެޔަސް ރައްޔިތުންގެ ޝަކުވާއެއްނެތް.

  35. ކާފަބޭ2020

    ރައީސްޔާމީނު ޖަލަށްލީހައްގުންނަމަ ރިޕޯޓުގާވާހުރިހާނަންތައް އާންމު ކުރަންނު ކެރިގެންއުޅެނީ ކީއްވެތޯ؟ ތިޔަހާއިންސާފުންނަމަ އެލިސްޓުނެރިލަބަލަ ނުވާނެއެއް ކަމެއްވެސް އަމާބުނީތީފަރަށް ދާގޮތަށް ވީވައުދުފުއްދާފައެއޮތީ ވައުދުވީރައީސްޔާމީނުޖަލަށްލާން އިންސާފުހޯދާދޭ ކަށްނޫން!

  36. ރީ

    ހައިލަމް ފަހާދުވުނީ ކީއްވެގެން ނޯ ؟

    3
    1
  37. އިބުރާހިމް އާތިފް

    ރައީސް މައުމޫނަށް ވެސް ފާރިޝް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެބޭފުޅުންގެ ފިކުރާ އެއްގޮތައް އަލުން އެނބުރި އައިސް އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތް ކުރުން