ކޮވިޑް-19 އާ ގުޅިގެން މިހާރު ހިނގަމުން އަންނަ ޖޫން މަހާއި ޖުލައި މަހުގެ ވެސް ކުލި ކުޑަ ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.

އެޗްޑީސީން ނެރެފައިވާ އިއުލާނެއްގައި ވަނީ ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓް، ގޯތި، ރޯހައުސް އަދި ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް އޭޕްރިލް އަދި މޭ މަހު ދައްކަން ޖެހޭ އިންސްޓޯލްމަންޓް/ކުލީގެ 30 އިންސައްތައަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާ ނިންމުން ޖޫން އަދި ޖުލައި މަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ އޭޕްރިލް، މޭ، ޖޫން އަދި ޖުލައި މަހުގެ ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި 31 ޖުލައިގެ ނިޔަލަށް، އެކޯޕަރޭޝަނުގެ "މައި ހުޅުމާލެ" ވެބްޕޯޓަލްގައިވާ އޮންލައިން އެޕްލިކޭޝަން ފޯމު ހުށައެޅޭނެ ކަމަށެވެ.

އެގޮތުން މި ހަތަރު މަހުގެ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކޮށްދެވޭނީ މިއަހަރުގެ 31 މާރޗް އާއި ހަމައަށް އެއްބަސްވުމުގެ ދަށުން ގަވައިދުން ފައިސާ ދައްކާފައިވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ.

މިއާއެކު ކޮންމެ މަހަކު ދައްކަން ޖެހޭ ފައިސާގެ 70 އިންސައްތަ އެ ކޯޕަރޭޝަނަށް ދައްކާ ހަލާސް ކުރުމުގެ ފުރުސަތު 15 އޮގަސްޓް 2020 އާއި ހަމައަށް ދެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ 4 (ހަތަރެއް) މަހުގެ އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ އެކޯޕަރޭޝަނަށް އަނބުރާ ދައްކަން 12 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް (ކަސްޓަމަރު އެދޭ ގޮތުގެ މަތިން) ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ ނޮވެންބަރު މަހު ކަމަށެވެ.

އެޗްޑީސީން ބުނީ ފައިސާ ދެއްކުން ފަސްކުރެވޭ މުއްދަތު ނިމިގެން ހިނގާ ފުރަތަމަ 3 މަސް ދުވަހު ކަސްޓަމަރު ދައްކަންޖެހޭނީ ކުރިންވެސް ދައްކަމުން ދިޔަ އިންސްޓޯލްމަންޓް ކުލީ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، މިއެއްބަސްވުމުގެ ދަށުން ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ނުދެއްކިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުން އެކޯޕަރޭޝަނުން އަމަލުކުރަމުންދާ ޑޭޓް ކަލެކްޝަން ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ލުއިތަކެއް ދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތްކޮށް އިތުރު ލުއިތަކެއް ފޯރުކޮށް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށެވެ.

ހަތަރު މަހުގެ ކުލި ފަސްކުރުމަށް ބޭނުން ފުޅުވާ ފަރާތްތަކުން "މައި ހުޅުމާލެ" ވެބްޕޯޓަލް ގައިވާ ކޮވިޑް-19 އާއި ގުޅިގެން ފައިސާ ދެއްކުން ފަސްކުރުމަށް ހުށައަޅާ އޮންލައިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު، 31 ޖުލައި 2020 ގެ ކުރިން ފޮނުވުމަށް އެޗްޑީސީން އެދިލައްވައެވެ. އަދި އޭޕްރިލް، މޭ މަހުގެ އިންސްޓޯލްމަންޓް ކުލި ފަސްކުރުމަށް މިހާތަނަށް ފޯމު ހުށައަޅާފައިވާ ފަރާތްތަކުން އިތުރު ފޯމެއްހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.

މިކަމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އޮޅުން ފިލުވަން ބޭނުންފުޅު ނަމަ އެކޯޕަރޭޝަނުގެ ވައިބަރ ނަންބަރު 7290448 އަށް މެސެޖް ކުރެއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯކާބެ

    މީ އެދިގުރާސްތާ އުފެއްދި ރެފުއުޖީ ޓައުން ރައްޔިތުން ރެފިއުޖީންނައް ހަދާ ފުލެޓްގެ ނަމުގައި ގެސްޓްހައުސް ސީދާސަރުކާރުތަކުން ރާވައުގެން ރައްޔިތުން އަޅުވެތިކޮއް ފަސޭހަކަމާއެކު ރައްޔތިތުންއަތުން ވޯޓްހޯދަން ފުލެޓް ގެސްޓް ހައުސްގެ އަވާގައި ޖައްސާފައި އެމެރިކާޔައް ވުރެ ކުލިބޮޑޭ މިގައުމުގަ 1978 އަހަރާ ހަމަޔައް އެއްވެސް ސަރުކާރަކުންނެއް ރައްޔިތުންނައް ފުލެޓް ގެސްޓް ހައުސް ހަދައިގެން ވިޔަފާރި ކުރިސަރުކާރެއް މުޅި މިގައުމުގެ ތާރީހްގަ ވެސް މިއަދުވެސް ގާނޫނެއްގެ ހިޔަލުން ރައްޔިތުންގެ ޓެކްސްގެ ނަމުގައި ނަގާ ޖިޒީގެ ރުފިޔާއިން ގެދޮރާއި ކާންބޯން ޙަރަދު ކުރަން އިނާޔައް ނަގަމުން މިދަނީ