ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް 24 ޖުލައި 2015 ނެރެއްވާފައިވާ ވިޕް ލައިނަކީ “ޑީލެއް” ނޫންކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެލެކްސްގެ އެކައުންޓުން ވެސް މިހާރު ވިޕްލައިން ނެރެވިދާނެ އުސޫލުތަކުގެ ވާޙަކަ ކިޔާދެމުންދާކަމަށެވެ. އެލެކްސްގެ ނަމުގައި ޓްވިޓާގައި ހިންގާ އެކައުންޓަކީ ރައީސް ނަޝީދުގެ އެކައުންޓެއްކަމަށް ބުނާ އެކައުންޓެކެވެ.

ހައިލަމް ވަނީ 24 ޖުލައި 2015 ވަނަ ދުވަހު ޤާނޫނު އަސާސީ އިސްލާހު ކުރީ ޖަންގަލިން އައި ވިސްނުމަކުން ނޫން ކަމަށް ވިދާޅުވެފައެވެ.

ހައިލަމް "ވަގުތަށް" ވިދާޅުވީ މިއަދު ވިޕްލައިން ނެރެން ޖެހެނީ ވަކި ބާވަތެއްގެ ކަންތައް ކުރުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ޓްވީޓެއް ކުރައްވާފައިވާ ކަމަށާ އެ ޓްވީޓް އެލެކްސްގެ އެކައުންޓުން ރީޓްވީޓް ކުރައްވާފައިވާކަމަށެވެ.

އެލެކްސްގެ އެކައުންޓަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ އައިޑީއެއް ކަމަށް ބަައެއް ފަރާތްތަކުން ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ 2015 ވަނަ އަހަރު ޤާނޫނު އަސާސީ އިސްލާހު ކުރީ އޭރު ރައީސް ނަޝީދު ޖަލުގައި ހުންނެވުމުން އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއިން ބޭނުންވާ ކަންތައްތަކެއް ހުށަހަޅައިގެން ކަމަށް އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް މިއަދު ޤާނޫނު އަަސާސީ އިސްލާހުކުރަން ޖެހުމުން އެއީ ޖަންގަލީގެ ވިސްނުންކަމަށް ބުނަނީ ކީއްވެގެންތޯ ހައިލަމް ސުވާލު އުފެއްދެވިއެވެ.

"އެ ދުވަހު އަޅުގަނޑުމެން އެސިއުމް ކުރަމުން އައީ އެއީ ޑީލެއް ކަމަށް. އެ ދުވަހު އިމްތިޔާޒް ވެސް އެބަ ހުރި ވިދާޅުވެފައި އެންމެ ބޭނުން ނުވިޔަސް އޭރު ވޯޓުދެއްވީއޭ. މިއަދު ޤާނޫނު އަސާސީ އިސްލާހުކުރުން އެއީ ޖަންގަލީގެ ޤާނޫނުގެ ކަމެއްކަމަށް އިންތިޔާޒް ވިދާޅުވެފައިއެބަވޭ. އެބޭފުޅުން އޭރު ނެރުއްވި ވިޕްތަކެއް ނައިބު ރައީސް ޖަމީލް މަޤާމުން ވަކިކުރަން. އެ ދުވަހު ޤާނޫނު އަސާސީ އިސްލާހުކޮށްފަ މިއަދު ޖަންގަލީގެ ޤާނޫނުގެ އުސޫލޭ ވިދާޅުވަނީ ކީއްވެތޯ." ހައިލަމް ވިދާޅުވިއެވެ.

2015 ވަނަ އަހަރު ޤާނޫނު އަސާސީ އިސްލާހު ކުރީ ބޭރުގެ ފަރާތްތަކަށް އިގްތިސާދީ ބޭނުމަށް ރާއްޖޭގެ ބިން ދޫކުރެވޭ ގޮތަށެވެ. އޭރު ވެރިކަން ކުރި ޕާޓީ ޕީޕީއެމްގެ ތެރޭގައި ޚިޔާލް ތަފާތުވުމުން ވިޕްލައިނެއް ނެރެގެން އެ އިސްލާހަށް މެމްބަރުންގެ ވޯޓު ހޯދަން މަސައްކަތް ކުރުމުން، އެކަމަށް ވަރަށް ބޮޑަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ފާޑުކިޔުން އަމާޒުވިއެވެ.

ރާއްޖޭގެ ރަށްރަށުގައި މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދެންމުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހާ މެދުގައި ގޮތެއް ނިންމުމަށް މިރޭ މެންދަމު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކޮށްފައިވާއިރު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ އެ އިސްލާހާއި މެދު ޚިޔާލްތަފާތުވުން އުފެދިފައެވެ.

މަޖިލިހުގެ އިދާރާ އިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ޖަލްސާ އޮންނާނީ މިރޭ މެންދަމު 1:30 ގައެވެ. މިއީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް މިހާ ލަސް ގަޑިއެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެކުރިން ރޭގަނޑު ގަޑީގައި ޖަލްސާތައް ބާއްވާފައި އެބަހުއްޓެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދިމާވި ހާއްސަ ހާލަތުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތް ނުވުމުން މިހާރު ރަށްރަށުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށެވެ. މިއީ އެމްޑީޕީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން އުފެދިފައި އޮތް ކަމެކެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ ބުދަ ދުވަހު ހަމަވާނެއެވެ.

ރާއްޖޭގެ ރަށްރަށުގައި މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދެންމުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހާ މެދުގައި ގޮތެއް ނިންމުމަށް މިރޭ މެންދަމު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މަޖިލިހުގެ އިދާރާ އިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ޖަލްސާ އޮންނާނީ މިރޭ މެންދަމު 1:30 ގައެވެ. މިއީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް މިހާ ލަސް ގަޑިއެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެކުރިން ރޭގަނޑު ގަޑީގައި ޖަލްސާތައް ބާއްވާފައި އެބަހުއްޓެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދިމާވި ހާއްސަ ހާލަތުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތް ނުވުމުން މިހާރު ރަށްރަށުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށެވެ. މިއީ އެމްޑީޕީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން އުފެދިފައި އޮތް ކަމެކެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ ބުދަ ދުވަހު ހަމަވާނެއެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް ވެސް ވަނީ އެޖެންޑާކޮށްފައެވެ. ގާނޫނުއަސާސީ އަށް ގެންނަ އިސްލާހު ގެނައުމުގެ ބިލާއި އެ އިސްލާހާ ގުޅިގެން ކައުންސިލަރުން އަމަލު ކުރަން ލާޒިމް ކުރާ މި ބިލަކީ އަންނަ ބުދަ ދުވަހުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާ ދެ ބިލެވެ.

ދެ ބިލާ މެދުގައި ގޮތެއް ނުނިންމައިފި ނަމަ، ގާނޫނީ ހުސްކަމަކަށް ދާނެއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާނަމަ 66 މެމްބަރުންގެ ވޯޓެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު މަގާމުތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިއްބެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަބަރޭ

    ތި ފާސްކުރަން ތިއިޅޭ ގާނޫނަށް މަމެން ކިޔާއުޅެނީ އަދިރި އަދިރިން ގެ ގާނޫނު . ރޭގަޑު ދަންވަރު މީހުންނިދާއި ފާއިވަޅު އޮބުނީމާ މަޑުމަޑުން ނުކުމެ ގާނޫނު ކޮށާއި މަށާލަނީ

    30
  2. ޖަލާލް

    އަސްލު ރޭގަނޑަކީ ޖަލްސާތައް ބާއްވަން ރަނގަޅު ގަނޑިއެއްނޫން މީސްތަކުން ނިދުމަށްޓަކއި ﷲ ރޭގަނޑު ހަމަޖައްސަވާފައިވަނީ ކަމަކު

    18
  3. މިރޭމީ ރައްޔިތުނަށް ވަރަށްޚާސަރެއެއް

    ރައްޔަތުން ހޮވާފައި ތިބި މެންބަރުން ރައްޔިތުން ނަށްޓަކައި ނިމަނީ ކޮންގޮތަކަށް ކަން މިރޭގެ-1:30ހުގައި އެނގިގެންދާނެ ރަޔިތުންނަށް ޓަކައި އެމެންބަރުން ގެހިތުގައި އިޚުލާސް ތެރިކަން ހުރިމިންވަރު މިރޭ މެންދަމު -1:30 ގައި ލާވޯޓުން އެނގި ގެންދާނެ ރައްޔިތުން ނުނިދާ އިންތިޒާރު ކުރަމާ މިރެއަކީ ރައްޔިތުންނަށް ކުރިޔަށް އޮތްވުދަސް ތަކަކީ ފުފާވެރި ދުވަސްތަކެއްތޯ ނޫނީ ހިތާމަވެރިދުވަސް ތަކެއްތޯ ދެނެގަތުަމަށް ވަރަށް މުހިތްމު ރެއްއެއް އިންތިޒާރު ކުރަމާ'!

  4. ރީ

    ސާބަހޭ ހައިލަމް ކުރިޔަށް!

  5. ޒަކް

    ހޫން ތިޔަ ނޫނީ ނެތް މި ޤައުމުގަ ޤާނޫނު ދަންނަ މީހަކު... ކޮންފެންވަރެއް ހުންނާނި ރަނގަޅަށް އިނގެރޭސިބަހުން އެއްޗެއް ބުނެލަންވެސް ނޭނގޭ.. ކިހިނެއް ދުނިޔޭގެ ޤާނޫނީ ޢިލްމުގަ ފުންނާބުއުސް ބޭބޭފުޅުންގެ ނިންމެވުންތައް ދިރާސާކިށް އޮއްޓަރު ހުރި އެއްޗެއް ބުނަން އެނގޭނީ