ފުލުހުންގެ ތަރުޖަމާން ކަމުގެ މަގާމާއި ހަވާލުވެ ތާރީޚްގައި ވެސް މީޑިއާތަކާއި މެދު އެންމެ ބޮޑަށް ތަފާތު ކުރުންތައް ގެންގުޅުނު ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު ފުލުހުންގެ ތަރުޖަމާންގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާންގެ މަސްއޫލިއްޔަތުތަކުން ދުރުކުރިކަން ފުލުހުން އަދި ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައިވާ ގޮތުގައި އިޒްމިއާ ފުލުހުންގެ ތަރުޖަމާންގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ފުލުހުންގެ ތަރުޖަމާންގެ މަސްއޫލިއްުޔަތުތައް ވަގުތީގޮތުން އަދާކުރުން ވަނީ ޗީފް ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް ޔޫނުސް ޞާބަހް އާއި ހަވާލު ކޮށްފައެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާންގެ މަގާމަށް އައްޔަން ކުރެއްވި 2019 ވަނަ އަހަރުގެ ޖަނަވަރީ 01 ވަނަ ދުވަހު އެވެ.

އޭނާ ޒާތީ ގޮތުން ފުރަތަމަ ފިޔަވަޅު އަޅަން ފެށި މީޑިއާ އަކީ "ވަގުތު" އެވެ. ފުލުހުންގެ ތަރުޖަމާންގެ މަގާމަށް އައްޔަން ކުރުމުން މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އައި "ވަޓްސްއެޕް" ގްރޫޕުން ވެސް "ވަގުތު" ނޫސްވެރިން ބޭރުކުރިއެވެ.

އެމައްސަލަ "ވަގުތު" އިން މީޑިއާ ކައުންސިލަށް ހުށަހެޅުމުން އިޒްމިއާ ވިދާޅުވީ އެއީ އޭނާގެ އަމިއްލަ ހައިސިއްޔަތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރާ ގްރޫޕެއް ކަމަށެވެ. ނަމަވެސް އެގްރޫޕްގައި ފުލުހުންގެ މީޑިއާ އޮފިޝަލުން ވެސް ތިއްބަވައެވެ. އަދި ތަފާތު މައުލޫމާތުތައް މީޑިއާ އޮފިޝަލުން ވެސް ހިއްސާ ކުރައްވަމުން ގެންދަވައެވެ.

ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓާއި އެކު "ވަގުތު" އިން ދާދިފަހުން ބޭއްވި ބައްދަލުވުމަކަށް ފަހު ފުލުުހުންނަށް "ވަގުތު" އިން ފޮނުވި ސިއްރު ސިޓީއެއް ވެސް އިޒްމިއާ ވަނީ އާއްމު ކުރައްވާފައެވެ. އެސިިޓީ އިޒްމިއާ އާއްމު ކުރެއްވި މައްސަލަ ބަލަމުންދާ ކަން ފުލުހުން މީގެ ކުރިން "ވަގުތު" އަށް އެންގިއެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާންގެ މަގާމުގައި ހުންނަވައިގެން މީޑިއާތަކާއި މެދު ތަފާތު ކުރުންތައް ގެންގުޅެ، އަދި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ރަނގަޅަށް ފޯރުކޮށްދެމުން ނުދާތީ ބައެއް ސީނިއާ ފުލުހުން ވަނީ އެތައް ފަހަރަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި ކަން "ވަގުތު" އަށް ވަނީ ކަށަވަރު ވެފައެވެ.

އިޒްމިއާ ވަނީ "ވަގުތު" ގެ އިތުރުން އެހެން ބައެއް މީޑިއާތަކާއި މެދު ވެސް ވަރަށް ބޮޑަށް ތަފާތު ކުރުން ގެންގުޅެ، ބައެއް ނޫސްވެރިންނާއި ޒާތީ ގޮތުން ދިމާކޮށްފައެވެ. މިއީ މީގެ ކުރިން ފުލުހުންގެ ތަރުޖަމާންގެ މަގާމު އަދާކުރެއްވި އެއްވެސް ބޭފުޅެއްގެ ފަރާތުން ފެނުނު ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޢާދޭސް

  ފުލުހުންފަދަ މަސްއޫލިއްޔަތު ބޮޑު މުއައްސަސާއެއްގައި ހުރެ ސާބިތުވާފަަދަ ، ހާއްސަކޮށް ތިފަދަ އިހްލަސްތެރިކަމެއްނެތް ކަމެއް ސާބިތުވާ މުވައްޒަފުން ޖެހޭނެ ވަޒީފާއިންވެސް ވަކިކުރަން ، އެމީހުން އެނަގަނީ ރައްޔިތުންގެ ފައިސާ ، އިހްލާސްތެރިކަން ނެތިއްޔާ ބޭރުކުރަންވީ ، ހަމައެކަނި މަޤާމް އަތުލުމަކުން އެމީހާގެ ނުބާކަން ނުހުއްޓުވޭނެ ، އެކަމަކު ސިވިލްސްޓާފެއް ކުރިކަމެއްނަމަ ވަރަށް ވަރުދައްކާލިސް

  97
  11
 2. Anonymous

  ޥަގުތު ޓީމް މަރުހަބާ

  92
  11
 3. Anonymous

  ކޮންމެ މަޤާމަކަށް ވެސް ލާން ވަނީ ރައްޔިތުންނަށް އިތުބާރު ކުރެވޭ މީހުން. އެހެޔޮ ޤައުމުގެ ރައީސަކަށް ވިޔަސް މަޖިލީސް ރައީސަށް ވިޔަސް، ޕޮލިސް ކޮމިޝަނަރަށް ވިޔަސް. ރައްޔިތުންނަށް ބަލައެއް ނުގެނެވޭނެ މިފަދަ މަޤާމުތަކުގައި ތިބޭމީހުން ފާޑުފާޑުގެ ވީޑިއޯއެއްޗެހި ލީކުވަންޏާ. ރަނގަޅު ގޮތަކީ އަމިއްލައަށް ވެސް ޒިންމާ އަދާ ނުކުރެވެންޏާ އިސްތިއުފާ ދެއްވުން. މިކަހަލަ މަޤާމުތަކުގައި ހަމަހަމަ ވާން ޖެހޭނެ. ސިޔާސީ ފިކުރަށް މޮޅުކުރަން އުޅެގެން ނުވާނެ. ހެޔޮބަދަލަކަށް އެދެން.

  82
  7
 4. ކޮވިޑް

  ހާދަހާ ވަރުގަދަ އަނހެނެކޭ ދޯ؟

  39
 5. ރުންކުރު އަންހެނެއް

  ނަސަބަށް ނުވަތަ ޖިންސަށް ބަލާފަ ވަޒީފާ ދިނީމަވާނެ ގޮތް މީ.

  45
  1
 6. ސަޓޯ

  އިޒްމިއާ މީހަކާ ދެވާ.. އޭރުން ރަގަޅުވާނެ

  42
  2
 7. ބަނބުކެޔޮ

  މަޤާމެއް ލިބޭއިރައް ކޮއްމެމީހަކު މަށައްމަފެނިގެން ފުންމާގަންނައިރު ހަނދާނެއްނުހުރޭ ތިމާއަކީވެސް މާތްﷲ ގެއަޅެއްކަމާ ތިމާއައް މުސާރަމިދެނީ ދައުލަތުގެ ފައިސާއިންކަމެއް!

  37
  1
 8. މުހަންމަދު

  އަހުރެންނަކީ 20 އަހަރު ފުލުންގެ ވަޒީގައި އުޅުނު މިހެއްގެ ހައިސިއްޔަުން ތިޔަބޭފުޅުންނަށް ބުނެލަން އޮތީ، މި އިޒްމިޔާއަކީ ފުލުހުންގެ ވަޒީފާ އަދާކުރެވޭ ފަދަ ލިޔާގަތާއި ގާބިލިއްޔަތު ހުރި ބޭފުލެއްނޫން ވާހަކަ، މީހާ އާއި ނުބައްދަލު ރޭއްކެއްދިފައި ވެއްދީ ތިމަރަ ރިޔާޒެވެ. މިކަހަލަ ނާގާބިލް ކިތަންމެ، އަންހެނަކާއި، ފިރިހެނުން އެ ރިޔާޒު ވެއްދި.

  43
  1
 9. ޖޮބޭ

  ކޮބާ ކިހިނެތް ތިހެދީ. ދެރަވާނެ އެކުދިންވެސް އެކުރިހާ މަސައްކަތް ފެނަށް ދިޔައީ. އަދިވެސް ހަމަބިމަށް ތިރިވޭ

  29
  3
 10. ކުޅަދާނަކަން

  އޭނައަށް ވުރެ ރަނގަޅުވީސް އެމް ޑީ އެން ހަމީދު ބޭރުކުރި ނަމަ ވަކިބަޔަކު ކަޑާތީ އޭ މައްސަލައަކީ ކޮބައިތޯ އިންސާފު!

  27
 11. ގައްބަރު

  އެމަންޖެއަށް ޕޮރޮމޯޝަން ދިނީ މޮޔައިންނޭ!

  20
  4
 12. ލޮލް

  އިޒުމިޔަރު ސައިޒް ކޮށްލައިފި. ދެން ލަލަލަ ?

 13. ނަސްރީނާ

  މިހާރު ހުންނާނި ރާކެޑިމަސް ކެވިފަ މަޤާމެއް ލިބުނީމަ ޝުކުރުކުރުމުގެ ބަދަލުގާ ބޮޑާވެ ކިބުރުވެރި ކޮންމެ މީހެއްގެ ނިމުން އަންނާނެ

 14. ބަދަލޯދަން ކޯޓަށް

  ކޮބާ ބަދަލު ހޯދަން ސަރުކާރު ގޮވައިގެން ކޯޓަށް ދާންވާނެއެއްނު!

 15. މުސްކުޅިކުރެވުނު ފުލުހެއް

  ފުލުހުންގެ އިދާރާގައި މިފަދަ އެތަށް ބަޔަކު އެބަތިބި. ކޭކް ކޯސް ހަދާފައި ތިބި މީހުންނާއި، ބަށިކުޅޭ މީހުންނާއި، ވޮލީ ކުޅުމަށް ވެއްދި މީހުންނާއި، ސާފް ކުރުމަށް ވެއްދުނު މީހުންނާއި، ބޮޑީ ބިލްޑް ކުރުމަށް ވެއްދުނު މީހުންނާއި މިހެންގޮސް ދެން ނޭގެ. އަޅުގަނޑު އެމީހުންނަށް އިޙްތިރާމް ކުޑަކުރަން ބުނާ އެއްޗެއް ނޫން މީކީ. ނަމަވެސް، ފީލްޑް ތަޖުރިބާ ނެތި އެމީހުން އެތަނުގައި ތަޖުރިބާ ހުރި ކިޔަވާގެން ތިބި މީހުންނަށް ކޮމާންޑް ކުރަން ލީމަ އެތަން އޮތީ އަދިވެސް އެ ހާލުގައި. ބޮޑަށް ބެލެވެނީ އެންމެ މަތީގައި ތިބޭ 04 ވަރަކަށް މީހުން ބުނާހާ ގޮތަކަށް އެމީހުން ކަންކުރާތީވެ. ވަރަށް ދެރަވޭ، ހިތާމަވެސް ކުރަން. ކޮންމެ ފުލުހަކީވެސް އަމިއްލައަށް ގާނޫނު ތަންފީޛް ކުރެވެންޖެހޭނެ ފުލުހެއް. ވަކި ކަންތައްތަކެއްގައި، ޕޮލިސީ ލެވެލްއާއި ގުޅިފައި ހުންނަ ކުށްތަކުގައި ލަފައެއް ބޭނުންވެދާނެ. މުޅިތަނުގެ މަތީ ފަޑިން 50 ޕަސެންޓް ގޮސްގެން ނޫނީ ތިތަން ރަނގަޅުވާކަށް ނެތް، މާނައަކީ އެގްޒެކްޓިވް ބޯޑު.