ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހަ ވަނަ މީހަކު ނިޔާވެއްޖެ އެވެ.

އެކަން ހާމަކޮށް މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން 54 އަހަރުގެ ބަންގްލަދޭޝް މީހަކު ނިޔާވެފައިވާ ކަމަށެވެ.

އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 14:30 ގައިކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި ތިން ވަނަ ބަންގްލަދޭޝް މީހާއެވެ.

ރާއްޖެއިން މީގެ ކުރިން ތިން ދިވެއްސަކުވެސް ވަނީ ކޮވިޑް-19 ޖެހިގެން ނިޔާވެފައެވެ. އޭގެ ތެރޭގައި ދެމަފިރިން ހިމެނެއެވެ. އެ ދެމަފިރިންނަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން އާމިނަތު އާދަމެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1773އަށް އަރާފައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 453 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދުޢާ

    މާތް ކަލާންގޯ.. މި ކޮވިޑް19 އިން އަޅަމެން ސަލާމަތް ކޮށް ދެއްވާށި..މިކަހަލަ ހަބަރެއް އިވޭކޮންމެފަހަރަކު ބިރުންފިއްކެނޑޭނެ...ނޭގެ މާދަމާ މަރުވާނީ އަހަރެންކަމެއް

    84
    3
    • ދުއާ

      ކަލޭގެ ނެތީތަ އީމާންތެރިކަމުގެ ކަންފުޅެއްވެސް؟

      1
      4
  2. ސްކިޕަރ

    "މާބޮޑަށް އަވަސް އަރުވާލައިގެން ލޮކްޑައުނަށް ދޫދިނުމުގެ ސަބަބުން ލޮކްޑައުންގައި އަހަރެމެން އެންމެންވީ ޤުރުބާނީތައް ބޭކާރުކޮށްނުލުމަކީ ނުދިނުމަކީ އެންމެ މުހިންމުކަން" - ޑރ.ސްޓެފަން ގްރިފިން، ޔުނިވާސިޓީ އޮފް ލީޑްސްގެ ސްކޫލް އޮފް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރ

    60
    6
  3. ދިވެހި މީހާ

    އަހަރަމެން ނޫޅެން ބޭރަށް ނުދެވިގެން! ފަސިއްވާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ އިތުރު ވަމުން، އެކަމު މިސަރުކާރު މިއުޅެނީ ލޮކްޑައުން އުވާ ނުލެވިގެން. ކަލޭމެންނަށް މާމުހިންމު ފަތުރުވެރިން ގެނައުން. ސަރުކާރު ފެއިލް. ލ

    65
    3
    • ތޫފާން

      އަލީ ވަހީދުގެ ދުއްޕާން

  4. ކުރަނޑި

    ބޭހާއި ވެކްސިން އެބަ އުފައްދާ އިސްރޭލުގެ ކުންފުންޏަކުން. ކެތްކޮށްލާ

    1
    3