ސަރުކާރު ކޯލިޝަން ރޫޅައިގެން ދިއުމާއި އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ކުރީގެ ރައީސް، އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން ނިކުންނަވާނެ ކަމަށް ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވުމުން އެއްބަނޑު އެއްބަވާ ދައްތަ އަދި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ރައްދު ދެއްވައިފިއެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކޯލިޝަނަކުން ގެނައި ސަރުކާރެއް ކަމަށާއި މި ދަތި އުނދަގޫ ވަގުތުގައިވެސް ރައްޔިތުންނަށްޓަކައި ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަނީ އެކުގައި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މި ކޯލިޝަން ނުރޫޅޭނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދާދިއަވަހަށް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާފާނެ ކަމަށް ޣައްސާން ވިދާޅުވީ އޭނާ އަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވުމުން އެބޭފުޅުންނަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްތަކެއްގައެވެ.

ވައްޑެ އާއި ނިހާދު، ޣައްސާނަށް ފާޑުވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރަން ސިއްރުން ހަދާނެ ޑީލެއް ނޯންނާނެ ކަމަށާއި، ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ފާޅުގައި ކަމަށް ޣައްސާން ވިދާޅުވުމުންނެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާޢުގައި ބަހެއް ބުނަން އޭރު ނުކެރުނީ ކީއްވެތޯ ޣައްސާނާއި ވަނީ ސުވާލު ކުރައްވާފައެވެ. ޝަރީޢަތެއް، ޙުކުމެއް ވެސް ނެތި އޭރު އެބޭފުޅުން ޖަލަށް ލާފައި ތިބި ކަމަށާއި، މިހާރު ޔާމީން އެންމެނަށް ވެސް ގަބޫލު ކުރެވޭ ވަރުގެ ބޮޑު ޙުކުމެއްގައި ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެއަށް ރައްދުދެއްވާ ޣައްސާން ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު ޣައްސާން ވަނީ ރައީސް ޔާމީނަށް އޭނާ ތާއިދު ކުރައްވާ ސަބަބުތައް ތަފްސީލްކޮށް "ސަންގް ޓީވީ" ގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ވީޑިއޯއެއް ބައްލަވާލެވުމަށް އެދިވަޑައިގެންފައެވެ.

ވައްޑެ ވަނީ ވީޑިއޯ "ކުރު ފިލްމެއްވަރު ވާތީ" އަދި އެއްކޮށް ބަލައި ނުލެވޭ ކަމަށް ވިދާޅުވެ ޣައްސާނަށް ރިޕްލައި ކުރައްވާފައެވެ. ވައްޑެ ވިދާޅުވީ ޔާމީނަށް ސިޔާސީ ނުފޫޒުން ޙުކުމެއް އައިނަމަ ޔަގީނުން ވެސް ބައްޕާފުޅާއި ބޭބޭފުޅު ވެސް އެކަން ފާހަގަ ކުރައްވާނެ ކަމަށް ދެކޭކަމަށެވެ.

ވައްޑެގެ ޓްވީޓަށް ޣައްސާން ވިދާޅުވީ "އިޝާރާތް ކުރެއްވި ކަންތައް ކޯލިޝަން މުގުރުމުން ފެންނަން ފަށާނެ. އެދުވަސް ދާދިއަވަހަށް ފެންނަކަހަލަ" ކަމަށެވެ. އާއިލީ ގުޅުންތަކާއި ރަހުމާއި ހަމްދަރުދީ ގެންގުޅުއްވަނީ ވަކި ޒަމާނަކުން ވަކި ކޯލިޝަނެއް މުގުރުމަށްފަހު ކަމުގައި ފާހަގަ ކުރެއްވީތީ ޝުކުރުވެރިވާ ކަމަށް ވައްޑެ، ޣައްސާނަށް ރައްދުދެއްވާ ވިދާޅުވިއެވެ.

ދެން ޣައްސާން ވިދާޅުވީ "އިޝާރާތް ކުރީ ތެލާއި ފެނުގެ ގުޅުމަށް. ލެއާއި ލޭގެ ގުޅުން ބަދަހި." ކަމަށެވެ.

ޣައްސާން ރައީސް ޔާމީންގެ ދިފާޢުގައި ކުރެއްވި ޓްވީޓާއި ގުޅިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބައްޕާފުޅާއި އަމިއްލަ ބޭބެއަށް ނެތް ލޯތްބެއް، ޖަލު ގައިދީއަކަށް ހުރުމަކީ ކޮންމެވެސް އެހެން ލޯތްބެއް އުފެދިފައިވާ ކަމުގެ ހެއްކެއް" ކަމަށެވެ. ނިހާދު އެހެން ވިދާޅުވުމުން ނިހާދަށް ރައްދުދެއްވާ ޣައްސާން ވަނީ އެއީ ކޮން ލޯތްބެއްކަން ތަފްސީލް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދާދިފަހުން ފޭދޫގައި ފެންބޮޑުވިއިރު ވެސް ނިހާދުގެ އެހީއެއް ދާއިރާގެ ރައްޔިތުންނަށް ލިބިފައި ނުވާތީ އެކަމަށް އިޝާރާތް ކުރައްވާ ޣައްސާން ވަނީ ވިއްސާރަވެ ފެންބޮޑުވެ ރައްޔިތުން ހާލުގައި ޖެހުމުން ޓްވީޓަކުން ފުއްދާލާ ކަހަލަ ލޯބިތޯ ނިހާދު ކުރެން ސުވާލު ކުރައްވާފައެވެ.

ޣައްސާންގެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ނިހާދު ވިދާޅުވީ ދުނިޔަވީ އެދުމަށް ފެންބޮވައިގެންފައިވާ މިންވަރު ހާމަވާ ކަމަށެވެ. ގައިދީ އަކު މިނިވަން ކުރުމަކީ މަޖިލިސް އަދި ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އެހެނޭ ކިޔާފައި 800 އަށް ވުރެން ގިނަ އާއިލާ އާއި ގުޅިފައިވާ މައްސަލަ ކުރިއަށްދިޔަ ނުދީ ހިފެހެއްޓުމަކީ އަމިއްލަ އެދުމުން ފޯވެފައިވާ ކަމުގެ ހެއްކެއް." ނިހާދު ވިދާޅުވިއެވެ.

ނިހާދު އެހެން ވިދާޅުވުމުން ނިހާދަށް ރައްދު ދެއްވާ ޣައްސާން ވަނީ ސުޕަމެޖޯރިޓީ އޮވެ، ސުޕްރީމް ކޯޓުގެ ލަފާ ހޯއްދަވަން ވަގުތު އޮވެ، އިސްތިޝާރީ ލަފައިން އެނގޭ ގޮތުގައި ކަން ކުރެވެން ނެތް ގޮތަކަށް ކުރަން އުޅުއްވުން އެއީ އިހްލާސްތެރި ޚިދުމަތްތޯ ސުވާލު ކުރައްވާފައެވެ. ޣައްސާން އެސުވާލު ކުރެއްވުމުން ނިހާދު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. އެކްޓަރ

  ކޯލިޝަން ސަރުކާރު ދަންނަ ޤާނޫނު އަސާސީ އެއްނޫން ދިވެހިރާއްޖޭގައި އަމަލުކުރަނީ... މިފަދަ ކޯލިޝަނަކީ އުޑުގަ ހުންނަ ތަރތަކާއި ދުނިޔެއިން ލިބެންހުރި ލައްޒަތެއް އަހަރެން ތިބާއަށްޓަކާ ހޯދާ ދޭނަމޭ އެކުއްޖާ ކައިރީގަ ބުނި ފޮނި ވާހަކަތަކެއްފަދަކަމެއް...ނުވަތަ ބަޔަކު ޢަރަގު ވެދާނެކަމަށް ބިރުން ﷲ ސބވތ އަށް ދުއާކޮށް އެކަމުން ސަލާމަތްވީމަ ހަމަ ކުގުރުގެ މަގު ޚިޔާރުކުރުންފަދަ އެއްބަސްވުންތަކެއް ..ކޯލިޝަންގެ ސަބަބުން އެންމެރަގަޅު ޚިދުމަތެއް ރައްޔިތުންނަށް ނުލިބޭ، ޖެހުނުތަނަކުން ކައި ހުސްކުރަނީ.. ވައުދު އުވާލާނެ..އެންމެލަސް ތާރީޚަކީ މިޑް ޓަރމް... މިނިސްޓަރ ވެފަ ތިބެވޭ ވަގުތު ކުޑަތަންވެއްޖެ..ތިކޯލިޝަން ރޫޅާލާނުލައިފިނަމަ ރ.ނަޝީދުގެ ފޫޅު ކެޑީ މިޤައުމަކަށްނޫން.... އެމްޑީޕީގެ އިންޖީނަކީ ރ.ނަޝީދު، އޭނަޔަކީ ހަމަ އެޖެންޓެއް... ރ.ޔާމިނިވަންކުރާނީ ޤައުމު ނުކުމެ، މާއްދާ 4 ގެ ދަށުން.... ޚާއިނިުން ރޯންޖެހޭނީ..

  26
  1
 2. Anonymous

  ތިޔަށްކިޔަނީ މަޤާމު ދިފާއުކުރުން އެގިއްޖެތަ

  82
  4
 3. ކާފަބޭ2020

  ޙަގީގަތުގައި ކޯޅެޝަންއޮތީ އެއްބަސްވުމާޚިލާފަށް އިންތިޚާބުގަ ވާދަ ކުރަންނިންމިހިސާބުންރޫޅިފަ ކަމަނާމެންގެ ވަޒީފާގެއްލިދާނެތީ ބައްޕާފުޅު ދަލުބޭރުންޖެހިގެންލޯމަރާލައިގެންހުންނަވާތީ ތިޔަހުރެވެނީ އެޅިހާބަތަށްރިހަވެގެންހުންނަހާއިރަކު ކޯޅެޝަން ދެމިއޮންނާނީ!

  29
  2
 4. ވ ދެރަ

  ކަމަނާ ތިއުޅުއްވަނީ ޢާއިލީ ގުޅުމައް ހުރަހަކައްވެލައްވަންތޯ

  31
  3
 5. މާމީ

  ކޯލީޝަން ވަރައް ބޮޑުހެން ހީވަނީ ފޮރުވާގެން ކަމަނާ އުޅުއްވާތި މާގިނަ ދުވަހެއްނުވެ ތިކަން ފެނިދާނެ

  33
  3
 6. އަހްމަދު

  މަންޖެ ހީކުރަނީ މަންޖެއަށް އެނި އިރާދަ ކަމަށްތަ؟ އިރާދަކުރެއްވިއްޔާ ކޯލިޝަންވެސް ރޫޅޭނެ.

  34
  3
 7. ބޮއްބެ

  އެކުދިންގެ ހިތުން "ލޯކަލް މާރުކޭތު ކަންމަތީގަ ބަފާ ގެންނަނެ ވަގިތަކަށް، ރޯން ތިބި ދުވަސް" ހަނދާން ނެތިއްޖިއްޔާ ބަފަޔަށްވެސް ލަދު. ލައްކަ ގިނަ ވާހަކަ ކުރުކޮށް ފޮނިކޮށް މިބުނީ.

  4
  16
 8. ބޯހަލާކު

  ބަފަޔާ ކޯލީޝަނުން ގުޅިގެން ގައުމު އިންޑިޔާއަށް ވިއްކާލާ..!!؟؟އެދުމައިގެން ހަލާކުވަނީ.

  31
  2
 9. އަލި

  ކޯލިޝަނެއް ވުޖޫދަށް އައި އަޑު އިވުނު އެކަމަކު ޕެރަލައިޒް ވެފަ ދެން.................

  28
  2
 10. ނާނި

  އާނ، ކޯލިޝަން ރޫޅައެއް ނުލާނެ، އެކަމަކު، ތިމަޤާމް ގެއްލޭނެ، އޯކޭއެއްނު، ދެން ކޯލިޝަންވެސް ދޫކޮށްލަންޖެހޭނީ އަމިއްލައަށް، އޭރުން ހުންނާނީ ރާކަނިމަސް ކެވިފަ،

  27
  1
 11. އަހްމަދު

  ޔުމްނާބޭނުންވަނީ ތިޔަގޮތްކަމަށްވެދާނެ އެކަމަކު އެމްޑީޕީ ތިގޮތްބޭނުމެއްނުވޭ އެހެންވީމަ މިކަންތައްގަނޑުނިމޭއިރު ފަހަރަކުމީހަކު ބޭރުކުރަމުންގޮސް ތިކޯލިޝަން ކޯޅޭޝަނަކަށް ބަދަލުވެގެންދާނެ

  28
 12. މުހައްމަދު

  ތިޔަ ނިހާދަކ ކީ ކަނޑު ކޮހެއް..
  އަޑުަށްވެސް ހުރިބޮޑު ހުރުރެއް..
  ވާހަ ކަ ދައް ކަން ނޭގޭތާ މީހުންނާ ޖަދަލު ކުރަންވެސް ނޭގެނު ބުރާންޗެއް..
  ދެންހުރީ އަނެއްދޮޅުރޯނެކެވެ.ވައްޑެ ކޯ...

  26
  1
 13. ކަޅުމަރިޔަނބު

  އިރާދަކުރެއްވިއްޔާ ކޯލިޝަން ރޫޅޭނެ.

  33
  2
 14. މޫޗަ

  ކޯލިޝަން ރޫޅުނަނުދީ ބާރަށް ބައްދައިގެން އޮންނާތި އާއިލާ އެއްކޮށް ރޫޅުނަސް ވިސްނާނެކަމެއްނެތްއިނގޭ.

  28
  1
 15. ނާދިރާ

  ކޯލިޝަން ރޫޅުނަސް ނުރޫޅުނަސް ފާރިސް އަކަށް ވެރިކަމެއް ނުލިބޭނެ. އަދިވެސް ފުރުސަތަކަށް ބަލަބަލާ މި މަންޖެ މިހުންނަނީ. އުމުރު ފަނާ ކުރިޔަސް ތިކަމެއް ނެތް ވާކަށް. ކަޑަވޭ ދޯ!

  23
  1
 16. ނަައީމް

  ނިހާދަށް ރައްދު ދެއްވާ ޣައްސާން ވަނީ ސުޕަމެޖޯރިޓީ އޮވެ، ސުޕްރީމް ކޯޓުގެ ލަފާ ހޯއްދަވަން ވަގުތު އޮވެ، އިސްތިޝާރީ ލަފައިން އެނގޭ ގޮތުގައި ކަން ކުރެވެން ނެތް ގޮތަކަށް ކުރަން އުޅުއްވުން އެއީ އިހްލާސްތެރި ޚިދުމަތްތޯ ސުވާލު ކުރައްވާފައެވެ. ހަބޭސް ވާހަކައެއް

  22
  1
 17. ފައްލަންބޭ

  ހަމަ އެއްވާހަކައެއް

  18
  1
 18. ތުހުމަތު

  ކަމާނާ ވަޒީފާ ގެއްލިދާނެކަމަށް ބިރުފުޅުގަނެފި، ބޮޑުންގެ ކަންފަތައް އުނދަގޫވާތީ އެހެރަ ހުކުރުމިސްކިތުގައި ބަންގިގޮވިޔަނުދީ ހުންނަތާ ކިތައްމަސްވެއްޖިތަ؟އެމިސްކިތަކީ މިޤައުމުގެ އިސްލާމްކަމުގެ ފުރަތަމަ ބިނާއޭ ބުނުމުން ދޮގަކަށް ނުވާނެ! ކޯލިސަން މޯދީއާގުޅިގެން ހެދީ މިކަހަލަ ވަޢުދުތައް. ކަމެއްނުކުރެވުނަސް މިޤައުމުގެ ތަރިކަތައް ފުޑުފުޑުކުރާނެކަމެއްނެތް

 19. ސަޓޯ

  މިހާރުވެސް ރޫޅިފައި އޮތް އެއްޗެއްގެ ވާހަކަ ކަމަނާ ތިދައްކަވަނީ

 20. ނަގޫރޯޅި

  މޑޕ އާއިއެކު ހެދި ކޮންމެ ކޯލިސަނެއްގެ މިސާލަކީ،
  އެތާގަ ވާއެއްޗެއް މިތާ ނުވާއެއްޗެއް
  މިތާ ނުވާއެއްޗެއް އެތާގަވާއެއްޗެއް
  ތި ކޯލިސަން ބާރައް ބައްދައިގެން އެކުތިބުމަކީ ޕޕމގެ އެދުން. ކުރިޔައް އޮތް ލޯކަލް ކައުންސިލް ހާއްސަކޮއް 2023 ރިޔާސީ އިންތިހާބުގެ ބޮޑު އަގުލަބިއްޔަތަކުން ޕޕމ އައްކާމިޔާބު ކުރެވޭނެ އެއްމެބޮޑު ސިއްރަކީ ތި ކޯލިސަން އެއްބައިވެރިއަކު އަނެއްބައިވެރިއެއްގެ ނިގޫ ފިއްތައިގެން ވީހާވެސް ބޮޑަކައް ތާށިވެފަ ތިބުން. ރ.ޔާމިން ތޭރިންބޭރައް ނުކުންނާނެ އިންތިހާބު ކާމިޔާބުވެސް ކުރާނެ. ދެނެއް އަޅުން އިލެކްސަންސް ކޮމިސަނަކައް 2018 ކުޅުނު ކުޅިގަނޑު ހިލާ ނުކުޅެވޭނެ.

 21. މީނަ

  ކަމަނާ ވަޒީފާގެއްލިދާނެތީތޯ ކޮއްކޯފުޅާ ދެކޮޅަށް ބަހެއްއިއްވީ! ކޯލިސަނުގެ އައުވާނުންނަކީ ކަމަނާގެ ފެމެލީގެ ޢަދުއްވުންތަކެއް އެމީހުން ޚާއްސަކޮށް ޔާމީނާ ޣައްސާނާ ދެބެން ކައިވެސްލައިފާނެ، މިކަމާ ވިސްނާލާ !

 22. ޒަމް

  އަހަރެމެންނަށް މިފެންނަނީ ހުސް އެމްޑީޕީގެ ވެރިކަން ކޯލިޝަނަކީ ނަމެއްގަ އޮތް އެއްޗެއް.ޔުމްނާ ތީ ވެރިކަމާ ލައްޒަތާ މިނިސްޓަރުކަމާ ތިހުރިހާ އެއޗަކާހެދި ތިމާގެ ލޭގެ ގުޅުން ކަނޑާފަ ހުރި ފައްކާއަމިއްލަ އެދެމުން ފޯވެފަ ހުރިމީހެއް. ޔުމްނާ މެންނާހެދި ރާްޖޭ ހަލާކުގެތެރއަށް މިޢަރަޤުވެގެން ދަނީވެސް.