ސްރީލަންކަން އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ކާގޯ ފްލައިޓްތައް ފަށަން ނިންމައިފިއެވެ.

ސްރީލަންކަން އިން ބުނީ، މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއެއްގެ އާދީއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު ކާގޯ ޝެޑިއުލް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކޯގޯ ފްލައިޓްތަކުގައި އާންމު ގޮތެއްގައި ގެނައުމަށް ހަމަޖެހިފައިވަނީ ކާބޯތަކެތީގެ އިތުރުން ސިއްހީ ބައެއް ސާމާނުތަކެވެ.

ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓު ރާއްޖެއަށް އަންނަނީ ދެކުނު އެފްރިކާ، ދުބާއީ، ޖިއްދާ އަދި ޗައިނާގެ ބައެއް ހިސާބުތަކުން މުދާ ހިފައިގެންނެވެ. މި ދަތުރުތަކާއެކު ވިޔަފާރިވެރިންނަށް ތަރުކާރީ އާއި މޭވާ އަދި ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކުގެ އިތުރުން ސިއްޙީ ސާމާނުތައް ގެނައުމަށް ފަސޭހަވެގެންދާނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ ވައިގެ އުދުހުންތައް ހުއްޓައި ފުރަބަންދު އިއުލާނު ކޮށްފައިވާ ދަނޑިވަޅުގައިވެސް ސްރީލަންކަން އެއާލައިނުން ވަނީ މިދިޔަ މަހުގެ 23 އާއި ހަމައަށް 22 ފްލައިޓް ރާއްޖެއަށް އަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކާގޯ ފްލައިޓްތަކާއި މީހުން ގެނައުމަށް އަޅާފައިވާ ފްލައިޓްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. Anonymous

  އަދި ވެސް ނާދެވިފައި ތިބި މީހުން ލަންކާގައި އެބަތިބި.ކީއްތޯ ވަނީ ގެނަސްދިނިއްޔާ
  ބައްޕަ އަކީ ދުވަސްވީ މުސްކުޅި ބަލިމީހެއް ހިތުގެ މައްސަލައާއި ްްްްްްްް ސްޓްރޯކް ޖެހި އެނދުމަތި ވެފައި އެތައްއަހަރެއް . މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ގައި އެޑްމިޓް ކޮށްފައި.ލޮނުދައްވެ އޮކްސިޖަން ދައްވެ. ދޮންމަންމަ ނޮވެމްބަރު ގައި ޑރ.ދައްކަން ދިޔަގޮތަށް ނާދެވި ތާށިވެފައި. ކުރިން މީހުން ގެނައިއިރު ވެސް ޖާގަ ފުލުވީއޭ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު
  މިފަހަރު ވެސް މެމްބަރާއި ގުޅައިގެން ްްުްްުްްުްްުްްުްްުްްުްްުްްުްްުްްުްްއުޅެވެސް ފުރުސަތު ނުދިން މިކޮމެންޓް ޖަހާލަދީ ޕލޒ

  3
  1
 2. މޮޔަސޮރު

  ނުގެންނާތި