ޤާނޫނު އަސާސީ ސަރުކާރުން ބޭނުންވާ ގޮތައް އިސްލާހް ކުރަން މިރޭ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެނެސްފިއެވެ.

ގާސިމް މިރޭގެ ޖަލްސާއަށް ގެނައީ ޤާނޫނު އަސާސީ އިސްލާހް ކުރުމަށް ބޭނުންވާ 66 މެންބަރުންގެ ވޯޓް ނުލިބިދާނެ ކަމަށް ބެލެވިފައި ވުމުންނެވެ. މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 65 މެންބަރުންނެވެ. ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު އުނިކުރުމުން އެމްޑީޕީއަށް 64 މެންބަރުން ހަމަވި ނަމަވެސް، މިހާރު މާލޭގައި ތިއްބެވީ އެމްޑީޕީގެ 63 މެންބަރުންނެވެ. އެމްޑީޕީގެ އެއް މެންބަރަކު ރާއްޖޭގައި ވަޑައިގެން ނޫޅުއްވައެވެ.

އެހެންކަމުން މިރޭ ޤާނޫނު އަސާސީ އިސްލާހް ކުރެވެން އޮތީ ޖުމްހޫރީ ޕާޓީގެ މެންބަރުން ޤާނޫނު އަސާސީ އިސްލާހް ކުރަން ވޯޓް ދެއްވައިގެންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް މިއަދު ކުއްލިގޮތަކަށް މާލެ ވަޑައިގެންނެވީ މިރޭގެ ޖަލްސާގައި އޭނާ ބައިވެރިވުމަށް ސަރުކާރުން އެންގުމުންނެވެ. ގާސިމް މާލެ ވަޑައިގެންނެވީ ސީދާ ކޮންރަށަކުން ކަމެއް ކަށަވަރެއް ނުވެއެވެ. ކޮވިޑް-19 ފެތުރޭތީ ގާސިމްގެ ހަގު އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވެސް ހުންނެވީ ގާސިމްގެ ރިސޯޓްގައެވެ.

ޖަލްސާގައި ބައިވެރިވާން ގާސިމް، މާލެ ވަޑައިގެންފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ގާސިމް ގިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭ ލީވަށް ފޮނުވާލުމުން އޭނާ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ކޮވިޑް-19 ފެތުރެން ފެށުމުން އޮންލައިންކޮށް ބޭއްވި މަޖިލިސް ޖަލްސާތަކުގައި ވެސް ގާސިމް ބައިވެރިއެއް ނުވެއެވެ.

ސަރުކާރުން މިހާރު ވަނީ ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތައް ދިނުމަށް ޤާނޫނެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ޤާނޫނަކީ ގާސިމް ފަދަ މަހުޖަނުން ބޭނުން ވެގެން ފާސްކުރަން އުޅޭ ޤާނޫނެއް ކަމަށް ބުނެ ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.

ޖޭޕީގެ މެންބަރުން ޤާނޫނު އަސާސީ އިސްލާހް ކުރަން ވޯޓް ދެއްވި ނަމަވެސް ޤާނޫނު އަސާސީއަށް ގެންނަ އިސްލާހް ފާސްނުވުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެމްޑީޕީގެ ހަތަރު މެންބަރަކު ޤާނޫނު އަސާސީ އިސްލާހް ކުރުމާއި ދެކޮޅު ހައްދަވާފައި ވާތީއެވެ. އެމެންބަރުން މިރޭ ޕާޓީގެ ވިޕްލައިނާއި ހިލާފަށް ވޯޓް ދެއްވައިފިނަމަ އެމްޑީޕީ އާއި ޖޭޕީ މެންބަރުން އެކުވެގެން ވެސް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެއެވެ.

ޤާނޫނު އަސާސީ އިސްލާހް ކުރަން ވޯޓަށް އަހާނީ މިރޭ މެންދަމު 01:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މުހަންމަދު

    ގާސިމް އަކީ ހައި ރިސްކު ބޭފުޅެއް.. އޭނާ އަށް ތިޔަ ޖަލްސާގައި އޮންލައިންކޮއް ބައިވެރިވެވޭނެހެން އިންތިޒާމް ހަމަޖެއްސެން ޖެހޭނެ.

    80
    8
  2. މުހަންމަދު

    ގާސިމް ކަލޭ ފިލާއޮވެ ބިރިޔާނީއާއިސް އައިސް ކުރީމު ކައިފަ އޭސީގައި ނިދިޔަސް.. ކަލޭ ވަޒީފާތަކުން ވަކިނކުރި މީހުންނާއި މުސާރަ ކުޑަ ކުރިމީހުން އުޅެމުން ގެންދާ ދަތި ނިކަމެތި ހާލު އިނގޭހެއްޔެވެ. ކަލޭގެ އެންމެ އެސެޓެއް ވިއްކާލިޔަސް ނޫނީ ބޭރުގައުމުތަކުގަ ޖަމާކޮއްފަ ހުރި ލާރިތަކުނ 3 މިލިޔަނެއް ހާ ޑޮލަރު ގެނެޔަސް ހުރިހާ މުއައްޒަފުންނައް މުސާރަ ނުދެވޭނެތަ.

    136
    6
    • މޮހޮނު

      ކުޑަމިނުން ބައިތުލް މާލުން ޗަލުވާލި 130މިލިޔަނުން ދިނަސް އޯ ކޭތާ

      87
      1
  3. މާމިިގިލި މަންޖެ

    ސަރުކާރުން މިހާރު ވަނީ ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތައް ދިނުމަށް ޤާނޫނެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ،
    މި ބިލަށް ވޯޓްލާން ގާސިމްދިޔައީ. ސްޓަރުންނަށް އިނާޔަތާއި،މުސާރަނުދީ ގާސިމް އެދިޔައީ އަމިއްލަ އެދުމުން ފޯވެހުރެ، ގޭދޮށު މަސްފެކުޓެރީ އެޅުމުގައި ހުރެފަ އެދިޔައީ.. ގާނޫނު ހަދާ އެއަށް އަމަލު ނުކުރާ މީހެއް ގާސިމް އެއީ. އަދި ދުވަހެއް އެބައޮތް ކަން ވިސްނާތި، ތިމާ މުއްސަންޖަކަށް ވުމުން ސްޓަރފުންނަށް ތިޔަދެނީ ނުބާ މެސެޖެއް

    67
    4
  4. ދުންތަރި

    މިރޭގެ ވޯޓަށް ސަރުކާރުން ވަރަށްގިނަ ކަންކަން ކުރިޔާލައިކޮށްފި ވިޔަފާރިވެރިންގެ ވަޒީފާތަކުން މީހުން ވަކިކުރެވޭޏެ ޤާނޫނީ ހުއްޖަތެއް ޤާއިމުކުރާ ވާހަކަ ދައްކައިގެން ޤާސިމުގެނައީ ޤާސިމު މިރޭ ޤާނޫނު އަސާސީ އިސްލާޙުކުރަން ވޯޓު ދީފިނަމަ އެއީ ޤައުމާ ރައްޔިތުންނާ ދެކޮޅަށް ދޭ ވޯޓެއްކަން ކަނޑައެޅިގެން އެނގޭނެ

    75
    2
  5. ހޮރު

    ހޮރުގަ ދޯއޮތީ ހައް ހައް ހާ !

    57
    3
    • ރިސޯރޓު ބޯއީ

      ސަން އައިލެން ގަ އޮތީ ކަލޯ، މަާމިގިޔައް އަންނަން ވީމަ އޭނާއައް އާދެވޭ ފުރަބަންދު ކޮއްފައޮތަސް، ހަމަ އުޅޭނެ ގޮތަ ކައް އުޅިފަ އެދަނީ، ކައުންސިލުން ވެސް އަޅައެއް ނުލާ.

  6. ޒަރީރު

    ދީފައިވާ ޚިޔާލުތަކަށް ކަލޭމެން އެހުންނަނީ ވަކި ގޮތަކަށް ތާއީދު ކުރެވޭ ގޮތަށް ހަދާފައި! ވީމާ، ކިހާ މަޢުލޫމާތު ސައްޙަވާނެ ދޯ؟

    31
    4
  7. ނަޖީ

    އެމީހުން ބޭނުންވާބައެއް ބޭނުން ވަގުތަކު މަލެ ގެނެވޭއިރު ހަމަ ނިކަމެތި ރައްޔަތހުމީހާޔައް ރަށުބަންދުގަ ގޭބަންދުގަ ހުންނަން މިޖެހެނީ ނުވިތަނަކައް ކޮމްމެހެން ކާންޖެހޭ ބޭހެގަންނަން ނިކުތީމާޖޫރިމްނާކުރަނީ މިވެސް އިންސާފުތޯ

  8. Happy

    gAsimqbege risOTqtawq bowikoTq kurE

  9. ވިސްނާލުމަށް އެދެމޭ

    މޑޕ ކުޅެނީ ޑްރާމާ...ތިޔަބުނާ 4މެމްބަރުން ވޯޓުދޭނީ މޑޕއާ ސަރުކާރުން ނިންމާފަވާގޮތަށް..ގާސިމުވެސް ވޯޓުދޭނެ..މިއެއްމެން ކުޅެނީ ޑްރާމާ .މަޖުލިހު ރައީސެ ހޮވަންވެސް މޑޕ ކުޅުނީ ޑްރާމާ..މޑޕގެ ރައީސެއް ހޮވަންވެސް ކުޅުނީ ޑްރާމާ..މިރޭވެސް އޭގެން އެޕިސޯޑެ ފެންނާނެ..ޖޕގަތިބި ނަގޫފިތިފަތިބި އަޅުން..ގައުމު މަލި ކު ބޭރަށްދިޔައިރުވެސް ޖޕގެ ތިތިބި ގާފޮރޮޅާ ރިޔާޒާ ފްރޭމްވެފައޭ ކިޔާއުޅޭ ނާޒިމާ ގައުމުނަގާ ބޮލަށްލައިގެންއުޅޭ ގާސިމާ ކޮބާ..ހިރުވާތަން ކަހާނުލާ.. ކޮވިޑުން ކުރަމުންދާ ވައް ކަމުގެ ހިއްސާ މިމީހުންވެސް ބައެއްނަގައިގެން ސަރު ކާރަށް އަތްޖަހާދޭންމިތިބީ...ނި ކަމެތި ރައްޔިތުންގެ އިހުސާސްތައް ބިސް ކޭހަ ކާ ފިޔާބަސްތާޔަ ކަށް ގަނެގެންއެތިބީ...ދަގެތީދާއިރާ ރައްޔިތުން ޢާފިލުނުވާނަމަ ދާއިރާގެ ރައްޔިތުން އެބަޖެހޭ ގައުމާ ރައްޔިތުންނައްޓަ ކާ މެމްބަރު ޒިންމާދާރު ކުރުވަން..ތިމަރަފުށީގެ ބަސް ކިޔާނަގާ ބަޔަ ކު އިސްވެތިބެ އުފެއްދި ސަރު ކާރެމީ..އެމީހުންނަ ވަރިހަމަވާނެ ރައްޔިތުންނަ ކޮއްމެގޮތެވިޔަސް..އެހެންވެ އެހުރީ ދާހިލީވުޒާރާ އަމިއްލަ ކުންފުންޏަ ކަށްހެދި މީހަ ކަށް މެމްބަރު ކަންދީފަ.

  10. މިރޭގެއެންމެ ނާމާންވަގުތު 1:30

    ރައްޔިޔުންނޭ ހަނދާންކުރޭ މިރެޔަކީ އާދަޔާޚިލާފަށް ނާމާން ބިރުވެރި ރެއަކަށް ވެސްވެދާނެ ރައްޔިތު ނަށް ސަލާމަތާއި ރަށްކާތެރިކަމަކީ ކޮބައި ކަން މިރޭގެ މެންދަމު އެއްގަޑި 30 ރީހު ގައި އެނގިގެން ދާނެ ރައްޔަތުން ވިސްނައި ކަނުލައި އަޑުއަހައި ބަލަންތިބޭތި މިރެއަކީ އެއްބަޔަކަށް އުފާވެރި ރެއަކަށް ވެސްވެދާނެ އަނެއްބަޔަކަށް ހިތާމައިގެ ރެއަކަށް ވެސްވެދާނެ ރައްޔިތުން ކައިރިޔަށްއައިސް ސަލާންޖަހައިގެން މަޖީހުގެ ގޮޑިތައް ފުރާލިމީހުން އެރައްޔިތުން މަތިން ހަނދާހުރީ ކޮންމެން ބަރުންނެއްކަން މިރޭގެ ބިރުވެރި ނާމާން ވަގުތު އެއްގަޑި 30 ހުން އެގިގެންދާނެއެވެ.

  11. ބުުރޯ

    ފކޮވިޑް ފެތުރުމުގެ ކުރިން ވަރަށް އަގަ ގަދަަަަަަ ވެގެން އުޅުނު ސޮރެއް ތިޔައީ ، ލޮކްޑައުން ކުރީ މަ ސްޓާފުން ނަށް އެއޗެއް ކަޅެއް ދީފަ އެންމެ ހަގު އަބި ގޮވައިގެން ސުވިމިން ޕޫލަށް އެރިއޮތްވާ ބުއްޅަބޭ ބިރުދައްކާގެން ތީނަ ގެނެސްފަ ތިހިރީ ހިޔެއް ނުވޭ މިހާރު ތީއްޗަކު ހަމަހެން ވެސް ޗާބި ގަޑި ޔަކާ ވައްތަރީ ކޮންމެވެސް ސޮރަކު ތީތި ހަމަކޮއްލަ ދީބަލަ

  12. ކުނޫޒު

    މިވެރިން މިއުޅޭގޮތެއްބަލަ ކޮރޯނާ ބުނާގޮތުން 60އަހަރުން މަތީމީހުން ގޭގަމަޑުކުރަން އަންގަނީ އެކަމަކު މި ގެނައީ މިއޮތްބޮޑުޖަރީމާ ހިންގަން. މުޅިއުމުރައް މި ވެރިކަންވެސް އޮންނަގޮތަށް ފާސްކުރަން މި މީހުން ފާސްކޮށްފާނެ، ފަސްމާވަލުންގެ ފަސްވަގު ތިބީ މިތަނުގައިބާ

  13. ލައު

    ގާސިމް ބެ ހާދަ މާޔޫސް ވެފަ ކޮންމެ ތަނަކު އޮތަސް ދަމާ ކޫތާފަ ގެންނާނެ!

  14. ޖޯން

    ރައީސްޔާމީނަށް ހަޖޫޖެހި ކެނަރީގޭ ސޮރަށް މިވީ ކިހިނެއް. ރަތްޔިތުންނިދާފާ ތިބޭވަގުތުވެސް ޖަލްސާތައްބާއްވަނީ. މިދާވަރުންދަންޏާ އަހަރުމެން ހެނދުނު ހޭލާއިރު ކެނަރީގޭސޮރު އިނދެދާނެ ގާނޫނުއަސާސީ ބަދަލުކޮށް ބޮޑުވަޒީރަކަށް ވެގެން.

  15. ޖޯން

    ބުރުމަލަށް އެއިނީ ގުއިރޯގާ ޖެހިފަތަ.

  16. ރުމޭ

    ދާނެކަމެއްނެތް ތިތަނަކަށް. ތީ މަޖިހީހެއްތަ މަގުމަތީސޮރު އަރުވަިގެން މުޅި މޫނުމަތީ ޓޭޕުއޮޅައިގެން. މުޅި ގައުމުގަހިގަނީ މީނަގެ ބާރު.

  17. ޒަހީނު

    ގާސިމް އަށްވު ރެ އަމިއްލަ އެދުންބޮނޑު މުއްސައްޖެއް ނޫޅޭނެ، އެމްޑީޕީ ކުދިން މިއަދު ގާސިމް އަށް ސަނާކިޔާނެ މާދަމާ ނަގާ އެއްލާލާނެ، މި ރޭ ގާސިމް ދޭވޯޓްއަކީ ދީނާގައުމައްޓަކައިދޭ ވޯޓެއް، މިއައްޒަުންގެ އަނބިދަ ރީން ތިބީނުކާ.

  18. ޓިކްޓޮކް

    މިމީހާ ލަދެއްވެސް ނުގަނޭތަ މީހުންގެ ކުރިމައްޗަށް އަރާކަން އެހެނެއްނުވާނީ އުޑެއް ބުޑެއް ލަދެއް ހަޔާތެއް ގިތެއް ފޮތެއްހުންނަ އާދަމްގެ ދަރިއެއްނޫން

  19. ކެނެރީ

    އަދި ބޮލާ ތުބުޅިގަ ކަޅު ދަވާދު އުގުޅަންވީނު ބަލާބަލަ މީހާގެ މޫނު ހީވަނީ ފިޔޮންކާ ބުޅަލެއްހެއް ބަލާބަލަ މީހާ ހުރި ސިފަ މުވައްޒަފުންގެ މުސާރަކޮޅުކާލާގެން އަދި ދުވަހެއް ތިމީހާ އަހަރެނެއްގެ ކުރިމައްޗައް ނިކުންނާނެ އެދުވަހަކުން ފިސާރި ރީތިކޮށް ޖަވާބުދޭނަން މީނައަށް

    3
    1
  20. ވަހީދު

    މަޖުލީހުގައި މިދުވަސްކޮޅު ޖަލްސާ ބޭއްވުމާއި، މިނިސްޓަރުން މަޖުލީހަށް ހާޒިރު ކުރުމަކީ ވަރަށް ނުރައްކާ ކަމަކަށް ވެދާނެ. ޤާސިމުގެ އަނބިކަނބަލުން އާއި މައުމޫނުގެ ދަރިކަނބަލުން މަޖުލީހަށް ހާޒިރު ކުރުމުގެ ބޭނުމަކީ ކޮބާ މިނުރައްކާތެރި ދަނޅިވަޅުގައި. މައުމޫނު 80 ޕްލަސް ބޭފުޅެއް. ގާސިމު ވެސް 70 އަށް އަރަނީ. ކޯވިޑް ނުބަލާނެ ލޮލަކަށް ކަނދުރާއަކަށް.

  21. ފައިރޫޒު

    ވިކި ހުސްވެފައި ހުރި ތިންފަހަރު ކަށި ޖެހިޔަސް ނޭނގޭ ސޮރެއް ތިއީ